އެކުގައިވާނަން-5
އެމީހާ ސިގެރޭޓެއް ނަގައި ރޯކޮށްލި އެެވެ. އަގައިން ސިގެރޭޓު ދުްނތަށް ބޭރުކޮށްލަމުން އޭނާ އެހެން ސިގެރޭޓެއް ނަގައި އަޒްހާން އަށް ދިއްކޮށްލި އެވެ. އަޒްހާން އޭގައި ހިފިއެވެ. އޭނާ ހިތަށް އެރިއެވެ. މީހުން ސިގެރޭޓާއި ވޭޕް ފަދަ ތަކެތި ބޮނީ ހިތުގެ އުދާސްތަށް ފުހެލައި އުފާ ލިބިގަތުމަށެވެ. ވަގުތީ އުފަލަށް ޓަކައެވެ.
“އަޒްހާން..؟” އަޒްހާން ސިހުނީ ޔަސްރާގެ އަޑު އިވުުމުންނެވެ.
*ޕާރްޓް-5*
އަވަސް އަވަހަށް އެބުރި ބަލައިލިއިރު ޔަސްރާ އިނީ އަޒްހާންގެ އަތުގައި އޮތް ސިގެރޭޓަށް ބަލަހައްޓައިގެންނެވެ. ދެން އަޒްހާން ހޯދައިލީ އެމީހާ އަށެވެ. އެމީހާގެ ހިލަމެއް ނުވެއެވެ. ދިޔަނުދިޔަ ދިމާލެއް ނެއިންގެއެވެ.
“އަޒްހާން މިހާރު ސިގެރޭޓު ބޯން ފެށީތަ..؟” ޔަސްރާގެ މޫނުމަތީވަނީ ހައިރާން ކަމެވެ.
“އުހުން..” އަޒްހާން އޭތި ނިމްމައްޗަށް ވައްޓާލައިފައި ވެލިގަޑާލައި ފޮރުވާލި އެވެ.
“ކާކު ދިންއެއްޗެއް އެއީ..؟” ޔަސްރާ މޭމަތީއަަތް ހުރަސް ކޮށްލަމުން ބުންޔެވެ.
“ނޭންގެ..” އެއީ ކާކު ކަމެއް ޙުދު އޭނާ އަކަށް ވެސް ނޭންގެއެވެ.
“ކޮބާ ޝުހޫ..؟ ބުނީ ގޮވައިގެނޭ އަންނަންޖެހެނީ..” އަޒްހާން ޔަސްރާގެ ކޮޑުގައި އަތް ބާއްވައިލައިގެން ހުރެ އެއްގަމަށް ހިގައިގަތެވެ.
“ގެއިން ނުކުތީ މާމަ ބުނީ ޝުހޫ ގޮވާގެން އަންނާށޭ އެގެޔަށް..” ޔަސްރާ އޮޅުން ފިލުވައިދިނެވެ.
“ވަރަށް ގިނަދުވަސްވެއްޖެ ޝުހޫ ނުފެންނަތާ..” އަޒްހާން އިށީންނަމުން ބުނެލި އެވެ.
“ހޫމް.. ޝުހޫވެސް އަހައޭ އަޒްހާންބެ ކޮބާހޭ..؟ ދޮންތި ހެޕީ ކޮށްދޭހޭ..؟” ޔަސްރާ އެހެން ބުނުމުން އަޒްހާން އަނެއްކާ ވެސް އަހައިލި އެވެ.
“ދެން ޔަސް ބުނީ ކީކޭ..” އަޒްހާން ހިނިތުންވެލައިގެން ހުރެ އަހާލި އެވެ. ޔަސްރާ ވެސް ބަލާލިއެވެ.
“ދެން އަހަރެން ބުނަންވީ ކީކޭ..؟ އާއެކޭނު.. ދެން ޔަސް ބުނީ ޝުހޫ ކައިރީ ޝުހޫ އެއްނޫންހޭ ދޮންތި އެއްމެ ބޮޑަށް ހެޕީކޮށްދެނީ.. ޝުހޫ ދުވަހަކުވެސް ދޮންތި ދެރަވާ ކަހަލަ ކަމެއް ނުކުރައްޗޭ..” ޔަސްރާ ލޮލުން ކަރުނަ ހިލުނެވެ.
“ދެން ޔަސް ތިހާ ގިނައިން ރޯކަށް ނުވާނެ..” އަޒްހާން ޔަސްރާގެ ލޯފުހެލަ ދިނެވެ.
“ދެން އަޒްހާން ވެސް ތިހެންނޫޅި ފެމިލީ މީހުންނާ ވާހަކަދައްކާބަލަ..” ޔަސްރާ އަޒްހާން އަށް ވިސްނައިދީ ނަސޭހަތް ތެރިވެދިނެވެ. ބަސް އަހާކުޑަކުއްޖެއްފަދައިން އަޒްހާން އިސްޖަހައިލައިގެން ހުއްޓެވެ. ޔަސްރާ ސިހުނީ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ބަލައިލިއިރު މާމަ އެވެ.
“ދަރިފުޅާ ޝުހުބާ ބަލާއާދޭ.. މާމަ ހަވީރު ތަނަކަށް ދާންޖެހޭ..” އެކޮޅުން ވާހަކަދެއްކި އެވެ.
“ލައްބަ މިދަނީ..” ޔަސްރާ ފޯނުބޭއްވުމުން ދަނީތޯ އަހާލި އެވެ.
“ހޫމް.. އަޒްހާން ވެސް ބޭނުމިއްޔާ އާދޭ އަހަރެނާ އެކު.. ދޮންބެވެސް ނޫޅޭ ރަށަކު..” އަޒްހާން އެއްބަސް ވިއެވެ. ދެމިހުންވެސް ޔަސްރާ މާމަމެން ގެޔާ ހަމައަށް އައިސް އަޒްހާން ދިޔައެވެ. ޔަސްރާ ގޮސް ޝޫހުބާ ގޮވައިގެން ނިކުމެ ހިގައިގަތެވެ. ހިސާބަކަށް އާދެވުނު ތަނާހެން ފަޔަށް ވާޅުވީކަމަށް ބުނެ ޝުުހުބާ ބޮޑާ ހާކާލި އެވެ. ޔަސްރާ ޝުހުބާ އުރައިލައިގެން އަނެއްކާވެސް ހިގައިގަތެވެ. އިރުކޮޅާކުން ޝުހުބާ ޔަސްރާގެ ކަންފަތްބުޑުގައި މަޑުމުޑުން އަހާލި އެވެ.
“ތިއައީ އަޒްހާންބެ ކައިރިއަށް ގޮސްއަ ދޯ..؟” ޔަސްރާ ހީލާފައި ބޯޖަހާލި އެވެ.
“ކޮއްކަ އަށް އެނގޭ” ޝުހުބާ ހީލި އެވެ.
“އާން އެހެންމަ ޝޫޝް.. މީ ސީކްރެޓް އެއް އެނގޭ..” ޔަސްރާ ތުންފަތުގައި އިގިލި ޖައްސާަމުން ބުނެލިއެެވެ. ޝުހުބާ ބޯ ޖަހައިލައިފައި ހީލިއެވެ. ދެން ޝުހުބާ ކިޔައިދިނީ އޭނާ މާމަ އާއި އެއްކޮށް ކުރިކަންތަކުގެ ވާހަކައެވެ.
ނަހާން އޮފީހަށް ދާންޖެހޭތީ އަވަހަށް ކައިގެން ދިޔައެވެ. ލިވާން ވެސް ކައިގެން ކިރާން ގޮވައިގެން ދިޔައީ ކުޅޭށެވެ.
“މަންމާ.. ކީއްވެތަ އަޒްހާން އެހާ ރުންކުރުކޮށް މަންމައާ ވާހަކަދައްކަނީ..؟” ކައިނިންމާ ލައިފައި އެންމެން ވާހަކަދައްކަން މަޑުކޮށްލައިގެން ތިއްބައި ރަފާ އަހާލިއެވެ. މިންހާ އެއްޗެކޭ ނުބުނެއެވެ.
“ތެދެކޭ މަންމާ ކީއްވެތަ އަޒްހާން އެހާ ރުޅިއަންނަނީ މަންމަދެކެ..؟” ޖިޔާންވެސް ހުރީ އެސުވާލުގެ ޖަވާބު ބޭނުންވެފަ އެވެ.
“އެއީ ރުޅިއެއްނޫން.. އެއީ ހިތާމަ..” މިންހާ ބުނެލިއެވެ.
“ތިބުނީ..؟” ހަޔާ ވެސް ހުރީ އެނގެން ބޭނުންވެފަ އެެވެ.
“އަޒްހާން މަންމައަށް އެއްމެ ބޭނުންވި ވަގުތު މަންމައަކަށް އަޒްހާން ކައިރިއަކު ނުހުރެވުނު.. ދެއްކިވާހަކަ ގަބޫލުނުކުރެވުނީމަ އެހިތާމަ އެދައްކަނީ ރުޅީގެ ގޮތުގަ..” މިންހާ ހިތަތް ތަދުވިއެވެ. އެދުވަހު އަޒްހާން ކުރި އާދޭސްތަކަށް ބީރުކަންފަތެއް ދެވުނީމަ އޭގެ ނަތީޖާ މިހަރު އެފެންނަނީއެވެ.
“އެއީ ކުދިން ބުލީކުރީމަ އެކަން ގަބޫލުނުކުރުމުންދޯ..؟” ހަޔާ އަހާލި އެވެ. މިންހާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި އެވެ. ހަޔާ އަށް އަޒްހާން އާއި ދޭތެރޭ ހަމްދަރުދީ އުފެދުނެވެ. ކޫދޮން އަބަދުހެން ރުޅިއައިސް އިންނަނީކީ ނޫނެވެ. އެއީ ހިތާމައެވެ. އެހެންމީހުންނަށް ފޮރުވައިގެން ބޭރުފުށުން އެދައްކަނީ އެހެން އިހުސާސެކެވެ.
ޔަސްރާ އައިސް ދޮރާށިން ވަދެ ދޮރު ލައްޕާލިތަނާހެން މީހަކު “ޕޮށް” އޭ ކިޔައި ސިއްސުވާލިއެވެ. ޔަސްރާ ނުސިހުނަސް ޝުހުބާ ތެޅިގަތެވެ. ބާރަށް ޔަސްރާ ގައިގައި ހިފައިގެން ގޮތުން ޔަސްރާގެ އިތުރަށް އަޒްހާން އަށް ވެސް ހެވުނެވެ.
“އަޒްހާންބޭ.. ވަރަށް ގިނަދުވަސް ވެއްޖެނުފެންނަތާ.. ޝުހޫ ވަރަށް މިސްވި އަޒަހާންބެ މަތިން..” ޝުހުބާ އަޒްހާންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.
“އަޒްހާންބެ ވެސް ޝުހޫ މަތިން ވަރަށް މިސްވި..” އަޒްހާންގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.
“ބޭރުގަ ނުތިބެ އެތެރެއަށް އާދޭ..” ޔަސްރާ ދޮރުހުޅުވާލަމުން އަޒްހާން ވަނެވެ. ކުޑަގެޔެށް ނަމަވެސް ހިތްގައިމެވެ. ތަރުތީބުން ކޮންމެއެއްޗެއް ވެސް ބަހައްޓައިފައި ވީރު ޔަސްރާ އަކި ސާފު ތާހިރު ކަމަށް ލޯބިކުރާ ކުއްޖެއްކަން އެނގިގެން ދެއެވެ. ލަކުޑިން ހަދައިފައިވާ ކުޑަ ޕާޓިޗަންއަކުން ސިޓިންރޫމާއި ގޭތެރެއަށް ވަދެގެން އަންނަ ބައި ވަކި ކޮށްދެއެވެ. ކުޑަ ބަދިގެޔަކާއި ކާގެއެކެވެ. ކޮރިޑޯތެރޭގައި ތިން ކޮޓަރި ހުއްޓެވެ. އެކިތަންތަން ބަލަމުން އައިސް އަޒްހާން ސޮފާގައި އިށީން ދެލި އެވެ. މިއީ އޭނާ މިގެޔަށް އައި ފުރަތަމަ ފަހަރެވެ.
“ސޮރީ މެންދުރަށް ކާނެއެއްޗެއް ނެތީމަ.. ހެދުނުގަޑީ ހުރި ޕާންވެސް ހުސްވެއްޖެ..” ޔަސްރާ ހުރީ ފުދޭވަކަށް ލަދުންނެވެ. އަޒްހާން ހެދުނު ސައިނުބޮއި ހުއްޓައި ކާނެ އެއްޗެއް ނެތީމަ އެވެ.
“ނޫޑުލްސް ކާނަންތަ..؟” އަޒްހާން ބޯ ޖަހާލުމުން ޔަސްރާ ގޮސް ބަދިގެޔަށް ވަނެވެ. ޔަސްރާ ކައްކަން އުޅުނުއިރު އޒްހާން އުޅުނީ ޝުހުބާ އާއި އެކު މަޖާކުރުމުގަ އެވެ. ޔަސްރާ އާއި އަޒްހާންގެ ގުލުން އެނގޭ ހަމައެކަނި މީހަކީ ޝުހުބާ އޭ ބުންޔަސް ދޮގަތަކަށް ނުވާނެއެވެ.
ކައްކައި ނިއްމައިފައި ބަލާލިއިރު އަޒްހާން ބަލަން ހުރުމުން އައުމަށް ބުނެ ޔަސްރާ ދެތަޓަށް ނޫޑުލްސް އަޅައިގެން އައިސް އިށީނެވެ. ޝުހުބާ ކުޅުމުގެ ފޯރީގައި އިނެވެ.
“މީރުތަ..؟” ކެއުމުގެ ތެރެއިން ޔަސްރާ އަހާލިއެވެ. އަޒްހާން ބޯޖަހާލި އެވެ. ދެމީހުންވެސް ކައިނިމިގެން ވާހަކަ ދައްކަން ތިބެފައި ޝުހުބާގެ އަދެއް ނީވޭތީވެ ބަލައިލިއިރު އޭނާ އޮތީ ނިދާފައެވެ. އަޒްހާން ވެސް އިރުކޮޅަަކު އެގޭގައި މަޑުކޮށްލައިފައި ގެޔަށް އައިރު ހަވީރު ވެއްޖެވެ.
ކޮޓަރި ބެލްކަންޔަށް ނިކުމެ ރެއިލިން މަތީ އަތް އަޅވައިލައިގެން ހަޔާ ހުއްޓެވެ. އޭނާ ވިސްނަމުން ދިޔައީ މިއަަދު މިންހާ ދެއްކި ވާހަކައާއި މެދުއެވެ. ހަޔާ އަށް ނެއިންގުނު ނަމަވެސް އަޒްހާންގެ މިޒާޖަށް މިހާ ބޮޑުބަދަލެއް އައި ސަބަބަކީ އާއިލާ މީހުންގެ އެއްބާރުލުން ނުލިބުނީތީ އެވެ. އޭނާ އަޒްހާން އުފާކޮށްދޭން ބޭނުމެވެ. އެ ހިތާމަތަކުން މިންޖުކުރަން ބޭނުމެވެ. އެކަނިވެރިކަން އިހުސާސް ވިޔަކަ ނުދޭނެއެވެ. ހަޔާ އަމިއްލަ ނަފްސަށް ވައުދުވީ އަޒްހާން އަށް ދެރަގޮތެއް ނެހެދުމަށެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






