Skip to content
އެސްފިޔަ

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (1)

ރޭގަނޑުގެ ވަގުތެވެ. މާލޭގެ އެހަލަބޮލި މަގުމަތިން ހިނގާފައި ދިޔަ އަންހެން ކުއްޖާޔަށް އެތއް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ހިމަތޮޅިކޮށް ހުރި އެ އަންހެން ކުއްޖާޔަށް ގާތްގަނޑަކަށް ވާނީ 19 ވަރަކަށް އަހަރުކަން ގައިމެވެ. މޫނުމަތީގައި އެއްވެސް މޭކަޕެއް ކޮއްފައި ނެތް ނަމަވެސް އޭނާއަށް ލިބިފައިވާ  ގުދުރަތީ ރީތިކަމުގެ ސަބަބުން ފިރިހެނުންގެ ހިތްތައް ކަތިލާ ފަދައެވެ.

މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ އަންހެން ކުއްޖާ ގޮސް ހުއްޓިލީ ދިހަވަރަކަށް ބުރިޔަށް މައްޗަށް  ނަގާފައި ހުރި އިމާރާތެއް ކުރިމަތީގައެވެ. އަދި ހަމަޖެހިލަމުން ފުން ނޭވާއެއް ދޫ ކޮއްލިއެވެ. އަދި ގޭތެރެޔަށް ވަންނަން ހިނގައިގަތެވެ. ލިފްޓް ތެރޭގައި  ހުރި އިރުގައި ވެސް އޭނާއަށް ވިސްނެމުން ދިޔައީ ގެޔަށް ވަންނަ އިރަށް އޭނާއަށް އަންނާނެ ބަހުގެ ހަމަލާޔަކާ މެދުގައެވެ. ގިނަ ވަގުތުތަކެއް ނުވެ އޭނާގެ މަންޒިލަށް ވާސިލްވެވުނެވެ. އަދި މަޑުމަޑުން އެތެރެޔަށް ވަންނަން ހިނގައިގަތެވެ.

“ޔައިޝާ..”. ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު  ޔައިޝާއަށް ދެލޯ މަރާލަން ޖެހުނީ ބާރުއަޑަކުން އަންހެނަކު އޭނާއަށް ގޮވާލުމުންނެވެ. “ކިތައް ފަހަރު ބުނީމަތަ ކަލޭއަށް އަޑުއިވޭނީ.. އަމިއްލަ ގޭގައި ބޭނުން ގޮތަކަށް އުޅުނަސް މިގޭގައި ތިހެން ނޫޅެވޭނެ..”. އެ އަންހެން މީހާ ހިއްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. “ދައްތާ.. އަހަރެން ޑިއުޓީ ނިންމާފައޭ މިއައީ”. ޔައިޝާ ވާހަކަ ދެއްކީ އަސްދަށަށް ޖަހައިގެން ހުރެއެވެ.”ކޮންމެ ރެޔަކު ވެސް ހަމަ މިހާ ލަހުންތަ ނިމެނީ..؟؟ މިހާރު ގަޑިން ދިހައެއް ޖެހީ އެއޮށް ގޮސް.. ތިހެން އުޅެންޏާ އަހަރެންނަކަށް ކަލޭ ނުބެލޭނެ.. ކަލޭ ދޭ ކަލޭ ބައްޕަ ގާތަށް.. އޭރަށް މަށަކަށް ނުޖެހޭނެ ކަލޭގާތަކު ސަލާންޖަހާކަށް މިގޭގެ ކަންކަން ކުރާކަށް.. މަަށަށް އެނގޭ ގޭތެރޭގެ ކަންކަން ކުރަންޖެހޭތީ ކަލޭ ޖައްސާ މަޅިއެއް ކަން ތީ.. އާނނ އޭރަށް ނުޖެހޭނެ އެއްނު ކުރާކަށް.. ދޭ މިގޭން ނުކުމެގެން..“. އެއަންހެން މީހާ ކިޔަން ބޭނުންވާ ހުރިހާ އެއްޗެއް ޔައިޝާ އާއި ދިމާލަށް ކިޔައިގަތެވެ. ”ނޫން ދައްތާ އަހަރެން ވަކި ދާނީ ކޮންތާކަށްތަ؟..“ މިރޭގައި ހަމަ ރަނގަޅަށް ވެސް ޔައިޝާޔަށް ރޮވިއްޖެއެވެ. ހަމަ ރަނގަޅަށް ވެސް ހިތުގައި ޖެހައްޖެއެވެ. ޔައިޝާ ހަދާނެގޮތް ހުސްވިއެވެ. އޭނާ ވަކި ދާނީ ކޮންތާކަށް ހެއްޔެވެ؟.

ނާޝިދާ ޔައިޝާއާ ދިމާލަށް އެއްޗެސް ކިޔަނީ ވަކި ކޮންކަމެއް ނުކޮށްދީގެން ހެއްޔެވެ؟. ހެނދުނު ޑިއުޓީ ނިންމާފައި އަންނަ ކުއްޖާ ހަވީރު ޑިއުޓީ އަށް ދާން ވަންދެން އުޅެނީ ގޭތެރޭގެ ކޮންމެވެސް މަސެއްކަތެއްގައެވެ. އެއްވެސް ޝަކުވާއެއް އޭނާ ނުކުރެއެވެ. ޔައިޝާގެ މަންމަ ނޫރީން އާއި އޭނާގެ ބައްޕަ ހަމްދީ އެދެމީހުންގެ ހުރި ހަމަ އެކަނި ދަރިފުޅު މާލެ ކިޔަވަން ފޮނުވީ އެދެމަފިރިން ފަހުރުވެރިވާ ފަދަ ދަރިޔަކަށް ޔައިޝާ ހެދުމަށް ޓަކައެވެ. މާތް ﷲ ގެ އިރާދަފުޅުން ޔައިޝާ މިހާރު އެހުރީ އޭނާގެ މައިންބަފައިން ފަހުރުވެރިވާފަދަ ވަޒީފާއެއްގައެވެ. އޭނާ އަކީ ހީވާގި ނަރުހެކެވެ. އެހެންނަމަވެސް ޔައިޝާއަށް ދިމާވެފައިވާ ކަމެއްގެ ސަބަބުން މުޅި ދިރިއުޅުން ވަނީ އެފުއް މިފުށަށް ޖެހިފައެވެ.

1 އަހަރު ކުރިއެވެ.

*******

ކިޔަވައިގެން ރަށަށް ޔައިޝާ އައީ އޭނާގެ މަންމައަށް އެއުފާވެރި ހަބަރު ދިނުމަށް ޓަކައެވެ. އޭނާ ކިޔަވައިގެން ވަޒީފާ ލިބުނު ވާހަކަ ބުނަން ވެގެންނެވެ. ނަމަވެސް ގެޔަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއެކު އޭނާގެ ހިނގުން މަޑުވީ ގޭކައިރި މާމީހުން ގިނަހެން ހީވުމުންނެވެ. ވެގެން އުޅޭގޮތެއް ޔައިޝާއަކަށް ވެސް ނޭނގެއެވެ. މަޑުމަޑުން އޭނާ ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ޔައިޝާގެ ައތުގައި އޮތް ދަބަސް ތިރިޔަށް ވެއްޓުނެވެ. ދެލޮބޮޑުކޮށްލައިގެން ބަލަން ހުރީ ފެނިގެން އެދަނީ ދުވަހަކު ވެސް އޭނާ ބަލަން ބޭނުންވި މަންޒަރަކަށް ނުވާތީއެވެ.

ޔައިޝާގެ ލޮލުން ކަރުނަ ނީރާލިއެވެ. މަންމާއޭ ކިޔާ ރޮއެގަނެފައި ގޭތެރެޔަށް ދުއްވައިގަތެވެ.” މަންމާ….ކީއްވެ..ކީއްވެތަ ޔައި ދޫކޮއްފަ ތިދަނީ…. މަންމާ ހެޔޮނުވާނެ ތެދުވެބަލަ. މަންމަ އުފާ ކޮށްދޭންވެގެންނޭ ޔައި ކިޔަވައިގެން ރަށަށް ވެސް މިއައީ… މަންމަ ދެން އެކްޓް ނުކޮށް ތެދުވެބަލަ. ވަރަށް މޮޅެއްނު އެކްޓް ކުރަންދޯ… ދެން ތެދުވޭ…”. ނޫރީންގެ އަތުގައި ހިފާ ތަޅުވާލަމުން ޔައިޝާ ބުނެލިއެވެ. ޢޭރު ހަމްދީ ވެސް ފެންކަޅިވެފައި ޔައިޝާއަށް ބަލަން ހުއްޓެވެ. އެދަރިފުޅަށް އޭނަ ކިޔައިދޭނީ ވަކި ކޯއްޗެއް ހެއްޔެވެ. މިއޮއް ހުރިހާ ދުވަހުގައި ޔައިޝާއަށް ހަގީގަތް ސިއްރު ކުރެވުނިތީ ހަމްދީއަށް އޭނަގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ.

”ދަރިފުޅާ ޔައީ..” ހަމްދީ އޭނަގެ ދަރިފުޅު ޔައިޝާގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ގޮވަލިއެވެ. ” ބައްޕާ… ކީއްވެ ޔއި ދޫކޮއްފަ މަންމަ އެދަނީ.. މަންމަ ނުދާނެ ޔައި ދޫކޮއްފައެއް”. ހަމްދީ ގައިގައި ބައްދައިގަންނަމުން ޔައިޝާ ބުނެލިއެވެ.” ޔައި ދަރިފުޅާ ހިއްވަރު ކުރަން ވާނެ ކޮންމެ އިންސާނަކުވެސް މަރުވާނެ. އެއްވެސް މީހަކަށް ހުއްޓުވޭނެ ކަމެއް ނޫން އެއީކީ..”. ހަމްދީ ޔައިޝާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ.ލޯބިވާ ދަރިފުޅުގެ ހާލު ފެނުމުން ހަމަ ރަނގަޅަށް ވެސް ހަމްދީ ފެންކަޅިވެއްޖެއެވެ. ދަރިފުޅުގެ މުސްތަގުބަލައްޓަކައި އޭނާގެ ހަގީގަތާއި ނޫރިންގެ އަސްލު ހަގީގަތް އޭނާ ސިއްރުކުރަން އެބަޖެހެއެވެ. އާންއެކެވެ. އޭނާ ޔައިޝާ ގާތަކު އެވާހަކަތަކެއް ނުބުނާނެެވެ. ނަމަވެސް އޭނާއަށް އެނގޭ އެއްޗަކީ ކޮންމެ ވެސް ދުވަހަކުން ހަގީގަތް ޔައިޝާ އަށް ކިޔައިދޭން ޖެހޭނެކަމެވެ.

ނޫރީންގެ ޖަނާޒާގެ ކަންކަން ނިންމާފައި ހަމްދީ ގެއަށް އައިރު ޔައިޝާ އޮތީ ބޭރު ޖޯލިފަތީގައި މަަރުވެފަ އޮތް މައްޔިތެއް ފަދައިންނެވެ. ދަރިފުޅުގެ ހާލަތު ފެނިފައި ހަމްދީ އިސްޖަހާލިއެވެ. އަދި މަޑުމަޑުން ގޮސް ޔައިޝާ ގާތުގައި އިށީންދެލިއެވެ. ” ދަރިފުޅާ….”. ހަމްދީ ޔައިޝާގެ ބޮލުގައި ފިރުމާލިއެވެ. ” އެއްޗެއް ކައިފިންތަ މިހާރު ”. ހަމްދީ އަހައިލިއެވެ. ހަމައެކަނި ބޮލުން ނޫނެކޭ ބުނެލަމުން ޔައިޝާ ދެލޯމަރާލިއެވެ. އޭރުވެސް ލޮލުން ފެންގަނޑު ކޯރު ދަމަމުން ފައިބަމުން ދެެއެވެ. އޭނާގެ އޮތީ ކޮންކުށެއް ހެއްޔެވެ؟. މަންމަ ވެސް ދިޔައީއެވެ. މުޅިން އެކަނިވެރިވީއެވެ. ބައްޕަ މިހާރު އެހުރީ ދުވަސް ވެފައެވެ. ކޮންމެ ފަދަ ވަގުތެއްގައިވެސް މި ފަނާ ވެނިވި ދުނިޔެ ދޫކޮއްފައި ގޮސްފާނެއެވެ. އޭނާ ކެއްތެރިވާން އެބަ ޖެހެއެވެ. ބައްޕަ ބަލަން ވެސް ޖެހޭނީ މުސްތަގުބަލުގައި އޭނާއަށެވެ. ޔައިޝާ ދެލޯ ފުހެލަމުން ބައްޕަ ގާތުގައި ކާނަންތޯ އަހާލިއެވެ. ހަމްދީ ބޯޖަހާލުމާއެކު ހިނިތުން ވެލާފައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

ހަފްތާއެއް ވެގެން ދިޔައިރުގައި ޔައިޝާ ވަނީ ކުދަކޮށް ހަމަޔަކަށް އެޅިފައެވެ. އެހެންކަމުން ހަމްދީ ނިންމީ ޔައިޝާ މާލެފޮނުވާށެވެ. ނަމަވެސް ޔައިޝާ ދާކަށް ބޭނުމެއް ނޫނެވެ. ބައްޕަ އެކަނި ވެދާނެތީއެވެ. ހަމްދީ ވަރަށް ކިޔައިގެން އެންމެފަހުން ޔައިޝާ އެއްބަސްވީއެވެ. މާލެއަައިސް ދައްތައެއްގާތުގައި މަޑު ކުރީ ބައްޕަ އޭނާބަލައި އަންނާނެ ވާހަކަ ބުނުމުންނެވެ. އޭނާގެ ބައްޕައަކީ ނަންމަޝްހޫރު އައި.އެންވީ ކޮމްޕެނީގެ ވެރިމީހާއެވެ. އެކަމާ ޔައިޝާ އުފާކުރެވެ. ލިބޭމުސާރައިން ގޭގެ ކުލިދައްކާފައި ގެޔަށް ބޭނުންވާ ހުރިހައި އެއްޗެށް ގަނެވެެއެވެ.

*******

ޔައިޝާއަށް ހިޔާލުތަކުން ދުރުވެވުނީ ފޯނު ރިންގުވާންފެށި އަޑަށެވެ. ގުޅަނީ އެންމެ ގަތް އެކުވެރިޔާ އަލްޔާ އެވެ. މޫނުފުހެލަމުން ފޯނުނަގައި ހަލޯއޭބުނެލިއެވެ.” ޔައި. މިރޭގައި ބާރައިގެ ފަހުން ޑިއުޓީއަށް އެރިދާނެތަ…”. އަލްޔާ އަހައިލިއެވެ. ޔައިޝާ ވެސް އެރޭނެކަމަށް ބުނެލިއެވެ. ”ޔައި ކިހިނެތް ވެފަ ތިހުރީ ރޮއެގެންތަ… އަލްޔާއަށް ފާހަގަވެގެން އަހަލިއެވެ. ޔައިޝާ އަނގައިން ނުބުނެ މަޑުމަޑުން ހުރީއެވެ. ” ޔައި ވާހަކަ  ދަށްކަބަލަ ތިހެން ހުށްޓަކަސް ހައްލެއް ނުވާނެއޭ ބުނެބަ ދައްތަ އެއްޗެކޭ ބުނީ ދޯ… ”. ހަމަ އެކަނި ހޫމް އަކުން ޔައިޝާ ޖަވާބުދިނެވެ. އަލްޔާ ވެސް އަޅާނުލާށެ ބުނެ އާނިޝް ގުޅިތޯ އަހާލިއެވެ. ޔައިޝާ  ވެސް ވާހަކަ ދެއްކިކަމަށް ބުނެ މޫނުމަށްޗަށް ހިނިތުން ވުމެއް ވެރިކުރވިއެވެ. އޭނާގެ އެކަނިވެރި ހަޔާތުގައި ހިތްހަމަޖައްސައި ދެނީ އާނިޝް އާއި އަލްޔަ އެވެ. ހޫމް އެއްކަލަ ޔައި މިހާރު އޭނީ އަމިއްލަ ދުނިޔެއަށް ގެއްލިހުސްވެފަ. އަލްޔާ ވާހަކަ ދެއްކި އަޑަށް ޔައިޝާ ދިޔައީ ސިއްސައިގެންނެވެ. އަދި ހިނިގަނޑެއްޖަހާލަމުން ފަހުން ހަބަރުވާނެކަމަށް ބުނެ ފޯނު ކަނޑާލިއެވެ. އަދި ހަމަޖެހިލުމަށްފަހު ބަދިގެތެރެޔަށް ވަދެ ސާފުކޮށްލިއެވެ. ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްނިއްމާލުމަށް ފަހުގައި ޔައިޝާ ކޮޓަރިއަށް ވަނީ ޑިއުޓީ އަށް ދާންވާއިރަށް ފެންވަރާލުމަށެވެ.

ޔައިޝާ ފެންވަރައިގެނަ ފާހާނާއިން ނުކުތް އިރު އެގާރަގަޑި ބައިވެއްޖެއެވެ. އަވަސް ކޮށްލަމުން ނުކުމެ ހުދުކުލައިގެ އަތްކުރު ޓޮޕެއް ލުމަށް ފަހު ތިރިން އައިސް ބްލޫ ކުލައިގެ ޖިންސެއްލިއެވެ. އަދި ރީތިގޮތަކަށް އިސްތަށިގަނޑު އައްސާލުމަށް ފަހުގައި ދެފަރާތުން އިސްތަށިކޮޅެއް ވައްޓާލިއެވެ. އެގޮތަށް ހުންނައިރުގައި ޔައިޝާގެ ރީތި ކަން ދެގުނައެވެ. ރީތި ވެ ނިންމާލުމަށްފަހުގައި ޔައިޝާ އަވަސްވެގަތީ ނާޝިދާ ގަތުގައި ޑިއުޓީއަށް ދާންޖެހޭ ވާހަކަ ބުނަން ވެގެންނެވެ. އަތްދަބަހާއި ފޯނުގެ އިތުރުން ޗާޖަރު ހިފައިގެން ނުކުމެ ޔައިޝާ ނާޝިދާގެ ކޮޓަަރި ދޮރުމަތީގައި ހުއްޓިލިއެވެ.

” ދައްތާ.. ދައްތާ..” ނަޝިދާގެ ކޮޓަރިގެ ދޮރުގައި ދެފަހަރަކު ޓަކިދެމުން ޔައިޝާ ގޮވާލިއެވެ. މާކަށް ގިނައިރަކު ގޮވަން ނުޖެހި ނާޝިދާ ދޯރުހުޅުވައިލިއެވެ. ” އަމްމް.. މީ.. ނާޝިއްތާ އަހަރެން ބަރައިގެ ފަހުން މިރޭގަ ޑިއުޓީއަށް ދާންޖެހޭ ވާހަކަ ދެންމެ ގުޅާފަ ބުނެގެން…. އެހެންވެ ޑިއުޓީ އަށް މިދަނީ..”. އިސްދަށަށް ޖަހާލައިގެން ހުރެ ޔައިޝާ ބުނެލިއވެ. ނާޝިދާ ފެޝީ ހޭންށެވެ. ” އައްދޭ މަގޭ ކައިރިގައި އަހާނެ ކަމެއް ނެތް…. ކަލޭ ދާންވީމަ ހަމަ ދާންވީ… އެހެންނޫނަސް މަށަށް ހެޔޮ ގެޔަށް ނުވަނަކަސް…. މިގޭގައި މަސައްކަތްކުރަން ޖެހޭތީވެ ކަމަނާފާނު ހިތްހަމަނުޖެހިފަ ހުންނަކަން ވެސް މަށަށް އެނގޭ….”. ޔައިޝާއާއި ދިމާލަށް ފަޑަކަށް ބަލައިލަމުން ނާޝިދާ ބުނެލިއެވެ.” ނާޝިއްތާ ތިހެން ނުބުނެ މިގޭގައި ކަންތައްތައް އަހަރެން ކުރަނީ ހެޔޮހިތުން… އެއްވެސް ޝަކުވައެއް އަހަރެން ނުކުރަން… ދެން ކިއްވެ… ނާޝިއްތަ އަހަރެނަ ދެކެ ތިހާ ރުޅިއަންނަނީ އަހަރެންގެ ކޮންކުށެއް އޮވެގެންތަ…”. ޔައިޝާގެ ދެލޯ ފެންކަޅި ވިއެވެ. މާ ޑްރާމާ ބޮޑު ކުރާނެ ކަމެއް ނެތް ކަލޭގެ މަންމަ އެއް ނާންނާނެ ރޯތަން ބަލަކަށް…”. ނަޝިދާ ބުނެލިއެވެ.

”ކަމެއް ވައިރަށް އަހަރެން މަންމައާ ނުބެހިބަލަ… މިއޮއްހުރިހާ ދުވަހުވެސް އަހަރެން ދައްތަޔާ ދިމާލަށް އެއްވެސް އެއްޗެށް ނުކިޔަން އެކަމު އަހަރެން މަންމައާއި ބެހުނީމަ އަހަރެން ވެސް ބުނާނަން..”. ރޮއުމުގެ ތެރެއިން ޔައިޝާ ބުނެލިއެވެ.” އަހަރެން ދަނީ ދައްތަޔާ ޒުވާބުކޮށް ބަހުސް ކުރާކަށް އަހަންނަކަށް ވަގުތެއްނެތް..” އެހެން ބުނެލުމަށް ފަހުގައި ޔައިޝާ ބޭރަށް ނުކުންނަން މިސްރާބުޖެހިއެވެ.

********

ބާރު ދުވެލީގައި ސައިކަލު ދުއްވައިފައި އައިސް ބޮޑު ގެއެއްގެ ކުރިމަތީގައި މަޑުކޮށްލި ޒުވާނާގެ މޫނު ނިވާވެފައި ވަނީ އޭނާ އަޅާފައިވި ހެލްމެޓްގެ ސަބަބުންނެވެ. ބޮލުން ހެލްމެޓް ވަކިކޮށްލުމަށްފަހުގައި އެޒުވާނަ އިިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ސައިކަލުން ފޭބި އެވެ. އަދި އެބޮޑު ގެޔާ ދިމާލަށް ހިނގައިގަތެވެ. ބަލާބެލުމަށް ނިކަން ރީތި ފެންވަރަކަށް ހަދާފައި ހުރި ގެއެެކެވެ. އެގޭގެ ބޭރުންވެސް ރަމްޒުކޮށްދެނީ އެގޭގައި ދިރިއުޅެމުންދާ މީހުންގެ މުއްސަނދި ކަމެވެ. ގޭގެ ސެކިއުރިޓީ އަށްޓަކައި ބޭރު ދޮރުކައިރިވެސް ދެބޮޑީގާޑުން ތިއްބެވެ. އަދި ހަމަ އެޔާއެކު ގޭގެ އެތެރޭގައި ގެންގުޅޭ މަސައްކަތު މީހުން ވެސް ހަރަކާތް ތެރިވަމުން ދާތަން ފެނެއެވެ.

ގޭތެރެއށް ވަދެގެން އައީ ރީތި އިސްކޮޅެއްގެ ފިރިހެން ކުއްޖެކެވެ. ބަލާބެލުމަށް އޭނާއަކީ އަންހެން ކުދިންގެ ހިތްތަށް ދަމައިގަންނަ ފަދަ ރީތި ކަމެއް ލިބިފައިވާ ޒުވާނެކެވެ. ދޮންރިރި ހަށިގަނޑެއް ލިބިފައިވުމާއެކު ރާއްޖޭގެ ނަން މަޝްހޫރު ފިލްމީ ތަިޔަކަށް އޭނާ ދޫނުކުރާނެެއެވެ.މަޑު ހިނގުމއެއްގައި ގެތެރެޔަށް ވަދެގެން ދިޔަ ޒުވާނާޔަށް ހުއްޓެން މަޖުބޫރުވީ ފަހަތުން އައިސް މީހަކު ބަށްދާލުމުންނެވެ.

ނުނިމޭ.

ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެ ކަމަށް އުންމީދު ކުރަން…..

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. shihaamaa ali

    Heyyy guurrllll
    Finally after a long wait mi vhk ge episode one kiyaalevihjje.. i love how this is going.. i feel sooooo bad for yaii.. i hope she gets her happy endingg🤍
    And i noticed you used hama ginain dhivehi words.. mihr mostly hama english in dhw kudhin liyany.. so proud of u for that🥹🫶🏻
    In sha allah always shihaa ge support libeyne like u gave me🥹
    Can’t wait for the next episode
    When next?
    Lyyyyyyyyy

    1. gurrrl_8
      shihaamaa ali

      hehe thank you shiherrr
      yh aslu vrh busy koh ulhuniii ehnve vhk liyaakah time eh nuveyy ekm dhn inshallah kiyaalan libeyne… hehe dhw yaii ah vaagotheh balamaa dhw… awww vrh ufaavehje shiherr ge support abadhuves libeyne vhk buneema once again thankyou so much…
      next part soon
      stay turned
      lyyytt

  2. Aishath Limsha

    Finally lwbyyyy 🥹🥰🥰🥰
    I’ve been waiting for this since Soo long 🥹 finally I’m so happy kiyaalevunyma when’s next part????

    1. gurrrl_8
      Aishath Limsha

      hehe thankyou lim
      inshallah vrh avahah libeyene kiyaalan
      submit kohlaaafa ihnaani dhn emeehun up kureema dhw libeyni
      stay turrned

  3. writerr

    Woww😍, it’s reallyy good. Keep it up!!

    1. gurrrl_8
      writerr

      thnks

Comments are closed.