Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-3

_devil_ Level 210 Stories100 Comments100 Login
July 5, 2025 2 Mins Read
0 Comments

ޓާރްމް ބަންދު އައިސް ޖެހިއްޖެއެވެ. އަހަރެން އަބަދުހެން އޮންނަނީ ގޭގައެވެ. އެކީގައި ބޭރަށް ގޮސްލާނެ އެކުވެރިއެއްވެސް އަހަރެންގެ ނެތެވެ. ޔޫޝައުވެސް ވީ މާލޭގަ އެވެ. އެހެންކަމުން އަހަރެންގެ ހިތާމަ ދެގުނަ އިތުރުވިއެވެ. ކާހިތެއް ނުވެއެވެ. މުޅިކުއްޖާ ހިކި އިލޮށްޓަކަށް ވެއްޖެވެ. ގަޔަކު ވަރެއް ނުހުރެއެވެ. އަބަދުހެން ކަމަކީ ރުއިމެވެ. މިއީ އަހަރެންގެ ހާލަތު ހުރި ގޮތެވެ.

*ޕާރްޓް-3*

ދުވަސްތަށް އޭގެ ހަލުވި މިނުގައި ދަތުރުކުރަމުންގޮސް ދެވަނަ ޓާރްމް ކިޔެވުން ފެށުނެވެ. އަހަރެން ނިންމީ ފަހުއަހަރުކަމުން ޖީސީން ރަގަނޅު ނަތީޖާ އެއް ހޯދުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށެވެ. މަންމަމެން ކިޔާނެ އެއްޗެއް ކިޔަސް މިހާރު އަހަރެންނަށް ވަރިހަމަ އެވެ. އަހރެން ހިއްވަރު ކުރާނަމެވެ. ރަގަނޅު ނަތީޖާ އެއް ހޯދާނަމެވެ. އެ އަޒުމާއިއެކު ކިޔެވުން ކުރިއަަށް ދަމުން ދިޔައިރު އަހަރެންނަށް އެހެންކަމެއް އުދަގޫކުރަން ފެށިއެވެ. މިހާރު ޔޫޝައުގެ އުޅުމަށް ހާދަހާވާ ބަދަލެއް އައިސ ފައިވެއެވެ. ހީވަނީ އޭނާ އަހަރެންނާއި ވާހަކަދައްކަން ބޭނުންނުވެފަ ހުންނަހެންނެވެ. ކޮންމެސަ އުޒުރެއް ދައްކައިގެން އޭނާ އަހަރެނާއި ވާހަކަ ދައްކަން އޮތް ފުރުސަތު ގެއްލުވާލާނެއެވެ. ފުރަތަމަ އަހަރެން ހަމަ އަސްލަށްވެސް ހީއްކުރީ އެއީ ބިޒީ ކަމުން ކަމުގަ އެވެ. ނަމަވެސް ފަހުން އެނގުނީ އެއީ ގަސްތުގައި ކަމަށެވެ. އެހެން ކަމުން އަހަރެން ނިއްމީ ސަބަބު އެހުމަށެވެ.

އެއްދުވަހަކު ހަވީރު އަހަރެން ބޭރަށް ނުކުމެލީމެވެ. އެއީ ޔޫޝައު ފެންނާނެ ކަމުގެ އުންމީދުގަ އެވެ. މަގުތަކުން ލައިފައި ބަދަރަށް އަރަން ދަނިކޮށްް ޔޫޝައު ފެނުނެވެ. އޭނާ ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ޖިންސްއެއް ލައިގެންނެވެ. ފެންނަލެއް ކިތައްމެހާވެސް ހިއްގައިމެވެ. އޭނާ އާއި އެކު ދެތިން ފިރިހެން ކުއްޖަކުވެސް އައެވެ. އަހަރެން މަޑުކޮށްލައިގެން ހުރީ ޔޫޝައު އަށް އަހަރެން ފެނަން ދެނެވެ. އެތާ އިން ކުއްޖަކު ޔޫޝައު އަށް އަހަރެން ދެއްކި އެވެ. އެނާ ހަމައެކަނި ބަލާލައިފައި އަހަރެންނަށް ހިނިތުންވެލީ އެވެ. އަހަރެންވެސް ހިނިތުންވެލީމެވެ. އހަރެން ހީއްކުރީ ޔޫޝައު އަހަރެން ކައިރިއަށް އަންނާނެ ކަމަށެވެ. ނަމަވެސް ކަންވި އެހެނެއް ނުނެވެ. އޭނާ ހަމަ އަހަރެންނަށް ބަލައިލައިފައި ދެން އަޅައެއް ނުލިއެވެ. އަހަރެންގެ ހިތުގެ ކަނެއްގައި ރިއްސާލި އެވެ. ޔޫޝައު ހަމަ އަހަރެން ދެކެ ފޫހިވީ ހެއްޔެވެ. އަހަރެން ކޮންކަމެއް ކޮއްގެންހެއްޔެވެ؟

“ޔޫޝައު..؟” އަހަރެން ކުރިއަށް ހިގައިގަންނަމުން ގޮވާލީ މެވެ. ޔޫޝައު ފަސްއެނބުރި ބަލައިލިއެވެ. ނަމަވެސް އެބަލާލުމުން އަހަރެންނަށް ހީވީ އުދަގޫވެގެން، މަޖުބޫރުވެގެން ބަލައިލި ހެންނެވެ. އަހަރެންނަށް އިރުކޮޅަކު ހުއްޓުން  އަރައިފައި ހުރެވުނެވެ. ޔޫޝައު ބުމަ އަރުވާލި އެވެ. އަހަރެން ދެކޮޅަށް ބޯ ހޫރައިލައިފައި އެނބުރި ހިގައިގަތީމެވެ. އޭރު އަހަރެންގެ ލޯކަރުނުން ފުރި ފައިވިއެވެ.

“އޭ ތިހެން އެމަންްޖެ އަށް ނަހަދާ ވާހަކަދައްކާ ލަބަލަ..؟” އެތަނުން ކުއްޖަކު ޔޫޝައު އަށް ބުނެލި އަޑު އިވުނެވެ. އަހަރެން ބާރަށް ހިގައިފައި ގޮސް ގެޔަށް ވަނީމެވެ. ޖޮސް ޖޯލީގައި އިށީން ދެލެވުނީ ހަމަކިރިޔާ އެެވެ. ހަމަރަގަނޅަށް ވެސް ރޮވިއްޖެވެ. އަޑު ނުކުމެދާނެތީ އަގަމަތީ އަތް އަޅައިގެން ހުރީމެވެ. އެއްމެ އެކުވެރިކޮށް އުޅުނު ޔޫޝައު ހަމަ އަހަރެން ދޫކޮށް ލައިފައި ދާން އުޅެނީ ހެއްޔެވެ. ކީއްވެހެއްޔެވެ؟ އަހަރެންނަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ނުބުނަންޔަކާ އެއް އެކަމެއް އިސްލާހު ކުރާކަށްވެސް ނެއިންގޭނެއް ނޫންހެއްޔެވެ. އޮށޯވެލައިގެން ވިސްނަން އޮށްވައި މީހަކު ގޯތި ދޮރު ހުޅުވި އަޑު އިވުނެވެ. އަހަރެން އަވަހަށް ކަރުނަ ފުހެލާފައި ބަލާލީމެވެ. އަހަރެން ކުޑަކޮށް ހައިރާންވި އެވެ.

*ނުނިމޭ*

Share Article

Follow Me Written By

_devil_

Level 210 Stories100 Comments100 Login

Other Articles

Previous

ހިތުގެ ނާރުތަކުގާވެސް ތިބާ… 7

Next

ދަތުރު-10

Next
July 5, 2025

ދަތުރު-10

Previews
July 5, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 7


All Right Reserved!