Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-4

_devil_ Level 210 Stories100 Comments100 Login
July 2, 2025 3 Mins Read
0 Comments

ތިންމީހުންވެސް ފޯރީގައި ތާސްކުޅެން ތިބިއިރު ގަޑިދިޔަގޮތެއްވެސް ނެއިންގެއެވެ. އެއްމެ ފަހުން ބޭރުގަ އަޑުގަދަވެގެން މިންހާ ނިކުތެވެ. އޭރު ގަޑިން 2:30 ވެއްޖެވެ. ތިންމީހުންވެސް ކޮޓަރިއަށް ވަނީ ނިދާށެވެ.

*ޕާރްޓް-4*

ސިޓިން ރޫމް ސޯފާގައި 17 އަހަރުގެ ފިރިހެން ކުއްޖެއް ނިދާފަ އޮތެވެ. ޓީވީ އަޅުވައިފައި ހުރީރު ކުރިމަތީ ހުރި މޭޒުމަތީގައި ހުސްތައްޓަކާއި ދެ ދަޅު ކޯކު ހުއްޓެވެ. އޭރުވެސް ބޭރުދޮރުގައި މީހަކު ޓަކިދޭ އަޑުއިވެއެވެ. އެފިރިހެން ކުއްޖާ ކަންނެތް ގޮތަކަށް ހިގާލައިފައި އައިސް ދޮރު ހުޅިވާލިއެވެ.

“ޕިސް ޕިސް.. އަދި ތިހޭލީ.. އެގޭދޯ ތިހާ ލަހުން ހޭލީމަ ބައްޕަ  ރުޅި އަންނާނެކަން..” އަންހެން މީހާ ގޭތެރެއަށް ވަދެ އެތިވަރު ގޮވާލި އެވެ.

“ސޮރީ..” އެފިރިހެން ކުއްޖާ ލޮއުގުޅަމުން އައިސް ސޮފާގައި އިށީނެވެ.

“ދެން ވެސް ދޭ ރީތިވެގެން ސައިބޯން އަންނަން..” އެމީހާ ބަދިގެޔަށް ވަނެވެ. އެފިރިހެން ކުއްޖާ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ.

“ކައިލާން..” އެއަންހެން މިހާ ގޮސް އެކޮޓަރީގައި ޓަކިދޭން ފެށިއެވެ. ރިތިވެގެން މިއަންނަނީ ބުއިންމީހާ އަދިވެސް ނުނިކުމެއެވެ. ކައިލާން ދޮރު ހުޅުވައިލިއިރު އޭނާ އިނީ ކަޅު ޓީޝާ ޓަކާއި ސޯޓެއް ލައިގެންނެވެ.

“ކައިލާން މަންމަ ބުނީ އައިސް ބަލާށޯ ބައްދަލް ކޮށްލަން..” އެއަންހެންމީހާ ކަންފަތުގައި ފޯނުޖަހައިގެން ހުރެެ ބުނެލިއެވެ.

“އެއީ ކިއްކުރަން..؟” ކައިލާން ނިކުމެގެން ގޮސް ބަދިގެޔަށް ވަނެވެ.

“ކައިލާން ނުފެންނަތާ ގިނަދުވަސް ވީމައޯ..” އެމީހާ ބުންޔެވެ. ކައިލާން ފޫހިރާގަކަށް “ހެހް” އޭ ބުނެލިއެވެ. މިއޮށްހާ ދުވަހު އޭނާ ބަލައިލަން ނައީ ކީއްވެހެއްޔެވެ. މިހާރު ކޮން ހިތެއް ޖެހުނީ ހެއްޔެވެ.

“ނަައީމައްތަ ދޭބަލަ..” ކައިލާން ސައިތައްޓެއް ހަދައިލައިގެން އައިސް އިށީނެވެ.

އޭނަ ބުނީ ނުދާނަމޯ.. އެހެންޔަ..” ނައީމައްތަ ދެންކިއެއްޗެއް ނެއިންގުނީ އޭނާ ދުރަށް ދިޔުމުން ނެވެ.

ކައިލާންގެ މަންމަ އޭނާ އަށް 12 އަހަރުގައި ބައްޕަ އާއި ވަރިވެގެން ގޮއްސިއެވެ. އޭރު ކައިލާން މަންމަ މަތިން ކިތައްމެ ހަދާންވިއަސް މަންމަ ކުރިކަންތަ އެނގުމުން އެހިތުގައި މަންމަ އާއި މެދު ނަފްރަތު އުފެދުނެވެ.

ސައިބޯ ނިއްމައިލާފައި ކައިލާން ނުކުތީ ގޯތިތެރެއަށެވެ. ގޮތިތެރެ ވަނީ އެކިކަހަލަ މާގަސް ތަކުން ފުރިފަ އެވެ. ދޫނިކޮށްޓެއްވެސް އެތާ އިން ގަހެއްގައި އެލުވައިފައި ހުއްޓެވެ. އަނބުގަހުގައި އޮދޯއްޔެއް އެލުވައިފައިވީއިރު ކިތަށްމެ ހާވެސް ހިއްގައިމު ކަމަށް ދައްކައެވެ. ކައިލާން އައިސް ޖޯލިގައި އިށީން ދެލީ ފުންވިސްނުމެއްގައި ހުރެއެވެ. އެ ކަޅު ދެލޮލުން ފެނަންހުރި ވަރުބަލިކަމެވެ. ވޭނެވެ. ލަސްލަހުން ކައިލާން ދެލޯމަރާލި އެވެ.

މެންދުރުގެ ކެއްކުމުގައި ހަޔާ ވެސް އެހިވެ ދިނެވެ. ދުވަހަކީ ހޮނިހިރު ދުވަސް ކަމުން ޖިޔާން ވެސް އައިސް އުޅުނެވެ. ރަފާ އާއި މިންހާގެ އިތުރަށް ހަޔާ އޮލަވާހަކަ ތަކުގައި ތިއްބައި އަޒްހާން އަައިސް ބަދިގެޔަށް ވަނެވެ.

“ކޯއްޗެއް ކާން ހުރީ..؟” އަޒްހާން އަހާލިއެވެ.

“ޕާނާ ޖޭމާ.. އެކަމު ޕާން ހުސްވެއްޖެ.. އެހެންމަ ބަތް ދޯ ކާނީ..؟” މިންހާ ނިކަން ލޯބިން އަހާލިއެވެ.

“ކޮފީ އެބަހުރިތަ..؟” އަޒްހާން ފޫހި ގޮތަކަށް ބުމައަރުވާލައިފި އެވެ.

“އާން.. މަންމަ ސައިތަށި ހަދާދޭނަން..” މިންހާ ވަގުތުން ކޮށަން އިން ފިޔާ ތަށި ބެހެއްޓިއެވެ.

“ނޯތޭންކްސް..” އަޒްހާން އިންކާރު ކުރިއެވެ. މިންހާ އެމާބޮޑު ކަމަކަށް ނަހަދާ އަނެއްކާ ފިޔާ ކޮށަން ފެށިއެވެ.މިންހާ ދެން ހަދާންވީ ނަހާން ބުއިން ވާހަކައެވެ.

“ދަރިފުޅާ.. މަންމަ ވާހަކައެއް އަހާލަންތަ..؟” މިންހާ ހުރީ ޖެހިލުން ވެފައެވެ. އަޒްހާން ހޫމް އަޅުވައިލިއެވެ. ހަޔާ އާއި ރަފަ ވެސް ތިބި މިންހާގެ ސުވާލުގެ އިންތިޒާރުގަ އެވެ.

“ކޮންމެ ދުވަހަކު އެހާގިނައިރު ބޭރުގަ އުޅެނީ ކީއްވެތަ..؟ މިހެން މިބުނީ އެއްވެސް އެކުވެރިއެއް ނެތްއިރު އަބަދު ބޭރުގަ އުޅޭތީ..” މިންހާ އެހެން ބުނުމުން އަޒްހާން އަށް ހީވީ އޭނާ އަށް މަލާމާތެއް ކޮށްލިހެންނެވެ. ތުމުގައި ޖަހައިގެން އިން ތަށި ތިރިކޮށްލާ ފައި އޭނާ ބަލައިލިއެވެ.

“ދެން ތިބުނީ އަބަދު ގޭތެރޭ އަޅައިފަ އޮންނާށޭތަ..؟” އަޒްހާން ނުރުހުމުގެ ރާގަކަށް ބުނެލި އެވެ.

“އުހުން.. ބައްޕަ އެހާ ހިތްހަމަ އެއްނުޖެހެ ދަރިފުޅު އެހާ ގިނައިރު ބޭރުގަ އުޅޭކަށް..” މިންހާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ.

“ގޭތެރޭ އޮވެގެން އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭރު، ހިތްހަމަޖެހެން އޮތްގޮތް ދޫކޮށްލާކަށް މަށެށް ބޭނުމެއްނުން..” އަޒްހާން މިހެން ބުނުމުން މިންހާ އަށް އިސްޖަހާލެވުނެވެ. މިދަރިފުޅު މިހާ ބަދަލުވީ ހަމަ އޭނާގެ ފަރުވާކުޑަކަމުންނެވެ. ދެން އެދަރިފުޅު އަނބުރާ ގެނައުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ.

އަޒްހާންގެ މިސްރާބު ހުރީ އަތިރިމައްޗަށެެވެ. މަޑު ހިގުމެއްގައި އައިސް ރާޅު ޖަހާ ހިސާބަށް މަޑުކޮށްލައިފައި އޭނާ ފުންނޭވާއެއް އެތެރެ ކޮށްލިއެވެ. ޖެހޭ ހިތްގައިމު ވައިރޯޅި އެފަން އިސްތަށިގަނޑަށް ގޯނާ ކުރަމުން ދިޔައެެވެ. އަޒްހާން ސިހުނީ މީހަކު ވާހަކަ ދެއްކުމުންނެވެ.

“ހާދަ އެކަނި ވެރިވެފަ..؟” އެމީހާ އިނީމޫދާ ދިމާ އަށް ބލަހައްޓައިގެންނެވެ. އަޒްހާން އަށް އެމިހަކެއް ނެއިންގުނެވެ. ހަމގައިމުވެސް މިއީ އޭނާ ކުރިން ނުދެކޭ މީހެކެވެ.

“ތިހާ ފުންވިސްނުން ތަކަށް ދާކަށް ނުވާނެ.. އަބަދު ހިތާމަ ކުރުމަކުން އެއްވެސް އުފަލެއް ހާސިލެއް ނުކުރެވޭނެ.. ތިކަހަލަ ހިޔާލުތަށް ޖހޭނީ ބޭރުކޮށްލަން..” އެމީހާގެ ވާހަކަ ހުރިގޮތުން އަޒްހާން އިނި ހައިރާން ވެފައެވެ. އޭނާއަށް އަޒްހާންގެ ހިތުގައި ވާހާ އެއްޗެއް އެނގުނީ ކިހިނެއް ހެއްޔެވެ. އެމިހާ ސިގެރޭޓެއް ނަގައި ރޯކޮށްލިއެވެ. އަގައިން ސިގެރޭޓު ދުންތަށް ރޮއި ކޮށްލައިފައި އޭނާ އެހެން ސިގެރޭޓެއް ނަގައި އަޒްހާން އަށް ދިއްކޮށްލިއެވެ. އަޒްހާން އޭގައި ހިފިއެވެ. އޭނާ ހިތަތް އެރިއެވެ. މީހުން ސިގެރޭޓު ވޭޕް ފަދަ އެއްޗިހި ބޮނީ ހިތުގެ އުދާސްތަށް ފުހެލައި ހިތަތް ހަމަޖެހުން ހޯދުަމަށެވެ. ވަގުތީ އުފަލައްޓަކައެވެ.

“އަޒްހާން..؟” އަޒްހާން ސިހުނީ ޔަސްރާގެ އަޑުއިވުމުންނެވެ.

*ނުނިމޭ*

Share Article

Follow Me Written By

_devil_

Level 210 Stories100 Comments100 Login

Other Articles

Previous

ދަތުރު-8

Next

ލޯބީގެ ކުރި ދަތުރު 11

Next
July 2, 2025

ލޯބީގެ ކުރި ދަތުރު 11

Previews
July 2, 2025

ދަތުރު-8


All Right Reserved!