ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދިފާ-2
މަޑުމަޑުން ދޮރު ލައްޕާލައިފައި އައިސް އެދުމައްޗަށް ޖެހިގަތީމެވެ. މަންމަ އަހަރެންނޭ ކިޔައިގެން ބައްޕަ ކައިރީ ކުޓުވަނީ ހެއްޔެވެ. މުނުމަތީ ބާލިސް އަޅައި ބާރަށް ރޮއި ގަތީމެވެ. މިއޮށްހާ ދުވަހު ބައްޕަ އަހަރެންނާއި ދިމާއަށް އަތް އިސް ކޮށްފައެއް ނުހުންނާނެއެވެ. މިއަދު ބައްޕަ އެހެން ހެދުމުން އަހަރެން ވަރަށް ދެރަވި އެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ. ކުދިން ގަނާކުރާތި އެކަމާއި ދެކޮޅަށް އެއްޗެކެ ބުނާތީ ހެއްޔެވެ؟
*ޕާރްޓް-2*
އެތަށް އިރަކު އެހެން އޮވެ ރޮއިފައި އަހަރެން ތެދުވީ ބަޑުހައިވެގެން މީހާ ތުރުތުރު އަަޅަން ފެށީމައެވެ. ގަދަކަމުން ހިއްވަރު ކޮށްފައި ކޮޓަރިން ނުކުމެ ހޯދައިލީމެވެ. އެއްވެސް މިހެއްގެ ހިލަމެއް ނުވެއެވެ. ހިވާ ގޮތުން މަންމަ އާއި ބައްޕަ ވަޒީފާ އަށް ދިޔައީ އެވެ. ގޭގައި ނެތިއްޔާ ދާނެ ހަމައެކަނި ތަނަކީ އެއީ އެވެ. ދަރިއަކަށް ބަލާކަށް ނުޖެހޭނެ އެވެ. އެކުއްޖާ ކޮންމެ ހާލެއްގައި އުޅެންވެސް ދުކޮށްލައިފައި ބަހައްޓަންވީ އެވެ. މަންމަމެންނަށް އަދި އިތުރު ކުއްޖަކު ލިބިއްޖެއްޔާ ވާނެ ވަރު ހިތަށް އަރުވާލާފަވެސް އަހަރެންނަށް ރޮވެން ފެށުނެވެ. ކައިގެން ކޮތަރި އަށް އައިސް ފޮތް ކިޔަން އުޅެ އުޅެ ފޮތެއް ނުކިޔުނެވެ. އެހެން ކަމުން އަހަރެން ނިންމީ އިރުކޮޅަކު ފޯނުބަލާލައިފައި އަނެއްކާވެސް ފޮތް ކިޔުމަށެވެ. އެކަމު ފޯނުހިފައިގެން އެހެން އޮށްވައި ނިދުނީއެވެ.
މިއަދު ސްކޫލުވެސް އާދައިގެ ގޮތަކަށް ގޮސް ނިމުނެވެ. އަހަރެން މިހެން ބުންޔަސް އާދައިގެ ގޮތަކަށޭ ހިތަތް ނާރުވައްޗެވެ. އެތަށް ކުދިންގެ ގަނާކުރުމާއި ޖެސުމަށް އަހަރެން ކުރިމަތިލާން ޖެހުނެވެ. މިއަދު ކްލާހުގައި އުޅުނު ކުދިންކޮޅެއް އަހަރެންގެ ޕޯސްގަނޑު ނަގައި އޭގައި ހުރު ގަލަންތަށް ހުރިހާ ކުދިންނަށް ބަހާނިއްމި އެވެ. ނަމަވެސް ޔޫޝައު އެކުދިން އަތުން އޭޗިހި އަތުލައި އަހަރެންނަށް ހަވާލު ކުރި އެވެ.
ސްކޫލު ނިންމާފައި ގެޔަށް ދާންވެގެން އަހަރެން ހިގައިގަތުމުން ސްކޫލު ކައުންސިލަރް އަހަރެންނަށް ގޮވި އެވެ. އަހަރެން ފުރަތަމަ ވަރަށް ބިރުގަތެވެ. އަނެއްކާ އަހަރެންނަށް ކަމެއް ގޯސްކޮށް ކުރެވުނީ ހެއްޔެވެ. ކައުންސިލާރް އައިސް އަހަރެން ކައިރީ ބުނެލި އެވެ.
“ރާނިޔާގެ ބައިގަޑީރުގެ ސެޝަން އެއް އެބައިން.. އެހެންމަ އާދޭ މިސް އާއެކު..” އެހެން ބުނުމުން އަހަރެން ހައިރާންވި އެވެ. މަންމަ އަހަރެންކައިރީ ނުވެސް ބުނެލަ އަހަރެން ކައުންސިލް ސެޝަން ގައި ބައިވެރި ކުރުވީހެއްޔެވެ. ކިއްވެހެއްޔެވެ. އަހަރެންނަށް ކަމެއް ނުވެއެވެ. މަންމަ ދެކެ އިތުރަށް ފުހި ވިއެވެ.
ސެޝަން ގަޑީގައި މިސް އަހަރެންނަށް ގިނަ އަދަދެއްގެ ސުވާލު ކުރިއެވެ. އަހަރެން މަންމަމެންނަށް އަޑުލާތީވެ އެއީ ކީއްވެތޮވެސް ސުވާލު ކުރުވިއެވެ. އެސުވާލު ކުރުމުން އަހަރެންގެ ސުވާލަކަށްވެސް ޖަވާބު ލިބުނެވެ. މަންމަ އަހަރެން މިގައި ބައިވެރި ކުރުވީ މިހެންވެގެނެވެ. އަހަރެން ހުރިހާ ވަހަކަށް އެއްވެސް ވަރަށް ސާފުކޮށް ކިޔައިދިނީމެވެ. ހިތުގައިވީ ހުރިހާކަމެއް ބޭރުކޮށްލީ މެވެ. ހިތަތް ބުނަން ނެއިންގޭ ހިތްހަމަ ޖެހުމެއް އަހަރެންނަށް އިހްސާސް ކުރެވުނެވެ.
ފަހުން ހަފްތާ އަކު ދެފަހަރު ނޫނީ އެއްފަހަރު އަހަރެން ކައިންސިލިން ސެޝަން އަށް ދަމެވެ. މިހާރު އަހަރެން ވަރަށް އުފާވަމެވެ. ހިތުގައި އެއްވެސް ބުރަކަމެއް ނެތި އުޅެވޭތީ އެެވެ. ކައުންސިލަރް ބުނިހެން އަހަރެން ބެލީ މަންމަމެންނާއި ރިއްޗަށް ވާހަކަ ދެއްކުމަށެވެ. އަހަރެން އެކަން ކުރުމަށް މަސައްކަތް ކުރަމެވެ. އެކަމަކު ބައެއްފަރު މަންމަ ބުނާ އެއްޗިހިން އަހަރެން ވަރަށް ރުޅިއާދެއެވެ. ރައްދުގައި އެއްޗެށް ބުނެލާނަމޭ ހިތަތް ވެސް އަރައެވެ. ނަމަވެސް ހަމަ ކެއްކޮށްލައިގެން ހުންނަނީއެވެ.
އަހަރެންގެ ހާލަތު ރަގަނޅު ވަމުން އަންނަން ފެށުމުން ކައުންސިލިން ހުއްޓާލީ މެވެ. ޓާރްމް ޓެސްޓް ކައިރިވެފައި ވުމުން އަހަރެން ވަރަށް މަސްއްކަތް ކުރީމެވެ. އަހަރެން ކުރި ބުރަމަސައްކަތުގެ ނަތީޖާ ލިބުން އަހަރެން ވަރަށް އުފާވީ މެވެ. ހުރިހާ އެއްޗަކުން ވެސް އަހަރެން ފާސްވީމެވެ. މަންމަމެންނަށް ޕޭޕަރުތަށް ދެއްކުމުންވެސް ލެވީ ހަޅޭކެވެ. އެހެން ކުދިން މިއަށް ތުރެއް މަތިން މާރްކްސް ހޯދައޭ ކިޔައިފައި އެއްޗިހިކިޔެވެ. އަހަރެން ކަހަލަ މީހަކު މުޖްތަމައުން ބަލައިވެސް ނުގަންނާނެއޭ ކިޔައިފަައި އަހަރެނާއި ދިމާ އަށް އެއްޗިހިކިޔެވެ. އަހަރެން ބަހެއްވެސް ނުބުނެ ރޮއިލަރޮއިލަ ހުރީ އެވެ.
ޓާރްމް ބަންދު އައިސް ޖެހިއްޖެވެ. އަހަރެން އަބަދުހެން އޮންނަނީ ގޭގައެވެ. ބޭރަށް އެކީގައި ގޮސްލާނެ އެކުވެރިއެއްވެސް އަހަރެންގެ ނެތެވެ. ޔޫޝައު ވެސްވީ މާލޭގަ އެވެ. އެހެން ކަމުން އަހަރެންގެ ހިތާމަ ދެގުނަ އިތުރުވިއެވެ. ކާހިތެއް ނުވެއެވެ. މުޅިކުއްޖާ ހިކި އިލޮށްޓަކަށް ވެއްޖެވެ. ގަޔަކު ވަރެއް ނުހުރެއެވެ. އަދުހެން ކަމަކީ ރުއިމެވެ. މީ އަހަރެންގެ ހާލަތު ހުރި ގޮތެވެ.
- *ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






