އެކުގައިވާނަން-3
“މީހަކަށް ފެނިއްޖެއްޔާ ފެނުނުކަން.. އެހެން ނޫނަސް މިއޮށްފަދަ ގަޑީގަ ކާކު މިތަނަށް އަންނާނީ..؟” އަޒްހާން ޔަސްރާގެ އުނަގަނޑުގައި އަތް އަޅުވައިލައިފައި ކައިރިއަށް ދަމައިގަތެވެ. ޔަސްރާވެސް ދުރަށް ދާކަށް ނޫޅެއެެވެ. ޔަސްރާގެ ރުހުން ލިބުނުކަން އެނގުމުން އަޒްހާން އަށް ހިނިތުންވެލެވުނެވެ.
*ޕާރްޓް-3*
ހަޔާ އޮތީ އެދުމަތި އޮށޯވެލައިގެން ވިސްނުމަކަށް ގެއްލިފަ އެވެ. އަނެއްކާވެސް ދުވަސް ކޮޅަކުން ސްކޫލު ހުޅުވޭނެއެވެ. އެކަމަކު މިފަހަރު ހާޔާ އާއި ބައްދަލް ވާނީ އާމޫނުތަކަކާއެވެ. އާ މާހައުލަކާ އެވެ. އެކަމުވެސް އޭނާ ޖެހޭނީ އެހެންކުދިންނާއި އެއްބައިވެގެން ކުރިޔަށް ދާށެވެ.
ރޭގަނޑު ކެއުމަށް މިންހާ މޭޒުމަތި ތައްޔާރު ކޮށްލިއެވެ. ހަމައެކަނި ކާނީ ނަހާންކަން އެނގޭތީ އޭނާ ހުރީ ހަމަޖެހިލައިގެންނެވެ. ނަހާން އައިސް ކާންފެށުމުން މިންހާ ވެސް އިށީނެވެ.
“ކޮބާ އަޒްހާން..؟” ކެއުމުގެ ތެރެއިން ނަހާން އަހާލިއެވެ.
“ހަވިރު ބޭރަށް ދިޔަގޮތަކަށް އަދި ނާދޭ..” މިންހާ ބުންޔެވެ.
“އެއީ މިންހާ ވެސް ދޫކޮށްލައިފަ ބަހައްޓާތީ އޭ..” ނަހާން ނުރުހުމުގެ ރާގަކަށް ބުންޔެވެ.
“ދެން އެއީ ކުޑަކުއްޖެއް ނޫން ދޯ.. އުމުރުން ވިހި އަހަރުވީމަ އަމިއްލައަށް ރަގަނޅު ނުބައި ވަކިކުރަން އެނގޭނެ.. ތިހާވަރަށް ހާސް ނުވެބަލަ..” މިންހާ ނަހާން އަށް ވިސްނައިދެވޭތޯ ބެލި އެވެ.
“އެއްވެސް އެކުވެރިއެއް ހުންނަނީކީ ނޫން.. ދެން އަބަދު ބޭރުގަ އަޅައިފަ އޮތީމައޯ..؟” ނަހާން އިތުރު ކޮށްލިއެވެ.
“ވެދާނު މައިންޑް ފްރެޝް ކޮށްލަން ކަމަށްވެސް..” މިންހާ ބުނެލި އެވެ.
އަޒްހާން އަކީ ކުޑައިރުއްސުރެއްވެސް އެހެންކުދިންނާއި ހިލާފަށް ކިޔެވުމަށް ވަރަށް މޮޅު ކުއްޖެކެވެެ. މިކަމާއި ހުރެ އެހެންކުދިންގެ ގަނާކުރުމާއި އަޒްހާން އަށް ކުރިމަތިލާން ޖެހުނެވެ. ފަހުން ފަހުން އައިސް އެކުދިން އަޒްހާން ގަޔަށް އަތްލާން ފެށުމުން އަމިއްލަ ނަފްސުގެ ދިފާއުގައި އަޒްހާން ކަމެއްކުރުމުން ގޯސްވީ އަޒްހާން އެވެ. މަންމަމެން ވެސް ގަބޫލުކުރީ ޓީޗަރުން ދެއްކި ވާހަކަ އެވެ. އަޒްހާން ފަކިރު ދެއްކި ވާހަކަ އެކަކުވެސް ގަބޫލެއް ނުކުރި އެވެ. މިހެން ކަންތަށް ތަކުރާރު ވާންފެށުމުން އަޒްހާންގެ މިޒާޖު މުލިން އެއްކޮށް ބަދަލު ވިއެވެ. އަބަދުހެން ހިނިތުންވެލައިގެން އިންނަ އަޒްހާންގެ ހިނިތުންވުން ފިލިއެވެ. އަބަދުހެން އިންނަނީ ރުޅިއައިސް އެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. އަމިއްލަ މައިންބަފައިން ތިމާ ވޭނުގައި އުޅޭ އިރު އަޅާނުލުމަކީ މިދުނިޔެއިންވެސް އިހްސާސް ވާނޭ އެއްމެ ބޮޑު އެއް ވޭނެވެ. އަބަދުހެން ކިޔަނީ އަޒްހާން ކަންތަށް މާ ބޮޑު ކުރަނީ ކަމުގަ އެވެ. މިހެން ވުމުގެ ސަބަބުން އަޒްހާން ކިޔެވުމަށް ފަރުވާކުޑަކޮށްލި އެވެ. އެކަކާކވެސް އަގައިންނެށް ނުބުނެއެވެ. އަބަދުހެން އޮންނަނީ ކޮޓަރީގަ އެވެ.
ޔަސްރާ އާއި އަޒްހަން ހިގާލައިފައި އައީ ޔަސްރާމެން ގެޔާ ހަމައަށެވެ. އަޒްހާން ގައިގައި ބައްދާލައިފައި ޔަސްރާ ގެޔަށް ވަނެވެ. ޔަސްރާ ދިޔުމުން އަޒްހާންގެ ހިނިތުންވުން ފިލިއެވެ. މުނުމައްޗަށް ވެރިވީ އުދާސް ކަމެވެ. މަޑުމަޑުން ހިގައިލައިފައި އައިރު އަޒްހާންގެ ހިތަތް އަރަމުން ދިޔައެވެ. ތިމަންނަމީ ހަމަ އެހާ ގޯސްމީހަކީ ހެއްޔެވެ. މަންމަމެންވެސް އަބަދުހެން ބައިންދަނީ އޭނާ ބާކި ކޮށްލައިފަ އެވެ. އެއްމެ އެއްކޮށް އުޅުނު ދޮންބެއަށް ވީކިހިނެއް ހެއްޔެެވެ؟ ހާލު ބަލާލާކަށް ވެސް ނާދެއެވެ. ދެން ހުރީ ލޮބިވާ ކޮއްކޮ ހަޔާ އެވެ. ހަޔާ ކޮންމެވެސް ވަރަކަށް އަޒްހާން އާއި ވާހަކަ ދައްކަ އެވެ. ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރެއެވެ.
ނަމަވެސް އަޒްހާން އަށް އެއްމެ އުފާ ލިބޭ ވަގުތަކީ ޔަސްރާ އާއި އެކު ހޭދަކުރާ ވަގުތެވެ. ޔަސްރާގެ އެރިީތި ހިނިތުންވުންތަކާއި ޖާދޫވީ އަޑުން އަޒްހާންގެ ހިތުގައިވާ ހުރިހާ އުދާސްކަމެއް ނެތިގެން ދެއެވެ. ދުނިޔެ މަތި އަލިކޮށް އުފާކޮށްދެއެވެ. ނަމަވެސ ްޔަސްރާ އާއި ވަކިވުމާއެކީ އަނެއްކާ ވެސް އެ އަދިރި ހިތާމަވެރި ދުނިޔެއަށް އަބުރާ އާދެވެއެވެ.
ހަޔާ އާއި ލިވާން ތިބީ ޓީވީ ބަލާށެވެ. އެހެން ތިއްބައި އަޒްހާން އައެެވެ. ހަޔާ ވަގުތުން އަޒްހާން އަށް ދައުވަތު ދިނެވެ. އަޒްހާން ވެސް އައިސް ސޯފާގައި އިށީނެވެ.
“ހިގާދެން ދެން ތާސް ކުޅެން.. ތިން މީހުން ހަމަވީނު..” ލިވާން ވަގުތުން ޓީވީ ނިއްވާ ލައިފައި ތާސްބަ ބަހާލި އެވެ.
ތިންމިހުންވެސް ފޯރީގައި ބޮޑިކުޅެން ތިބިރު ގަޑި ދިޔަ ގޮތެއްވެސް ނެއިންގެ އެވެ. އެއްމެ ފަހުން ބޭރުގަ އަޑުގަދަވެގެން މިންހާ ނުކުތެވެ. އޭރު ގަޑިން ދެގަޑި ބަޔެވެ. އެއްމެންވެސް ކުޅުން ހުއްޓާލައިފައި ވަނީ ކޮޓަރިއަށް ނިދާށެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






