Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-1

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
June 24, 2025 3 Mins Read
0 Comments

އެހެން ދުވަސް ތަކެކޭ އެއްފަދައިން މިއަދަކީ ވެސް އަހަރެން މަންމަ އާއި ތޮޅިފަ އި އައިސް އިން ދުވަހެކެވެ. މެންދުރުގެ ވަގުތެއްކަމުން އަވިގަދަ އެވެ. ނަމަވެސް އޭގެ މާބޮޑު އުދަގުލެއް ނުޖެހެއެވެ. ހިއްގައިމު ވައިރޯޅިތަށް ބިހިލަ އެވެ. އަހަރެން އޭރުވެސް އިނީ ނުރޯން ތުންފަތުގައި ދަތް އަޅައިގެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެން ދައްކާ ވާހަކައެއް މަންމަމެނެށް ގަބުލެއް ނުކުރެއެވެ. މަންމަމެން ބުނަނީ އަހަރެން ކަންކަންމާބޮޑުކުރަނީކަމުގަ އެވެ. އެހެންމީހުން އަހަރެންނަށް ގަނާކޮށް ހަދާއިރު އަހަރެން ދެއަތް އުރައިލައިގެން ހުންނަން ވީހެއްޔެވެ. މަންމަކައިރީ ފުރަތަމަ މިވާހަކަ ބުނުމުން ބުނީ “އެއީ މަޖަލަކަށް ކަމުގައެވެ”. ފުރަތަމަ އަހަރެންވެސް އެވާހަކަ ގަބޫލު ކުރިމެވެ. ނަމަވެސް އެމަޖާގަނޑު އިތުރަށް ފޮރިބޮޑުވެ ސަމާސާވިހަވީ އެވެ.

އަހަރެން ސިއްސައިގެން ދިޔައީ ޔުޝައުގެ އަޑުއިވުމުންނެވެ. އަވަހަށް ކަރުނަތަށް ފުހެލައިފައި އަހަރެން ފޭކް ހިނިތުންވުމެއް ދިނީމެވެ.

“މިއަދުވެސް މަންމައާ ތޮޅިފަ އައިސް އިންދުވަހެއްތަ..؟”ޔުޝައުއަށް އަހަރެންނާ ބެހޭ ހުރިހާ ކަމެއް އެނގޭ ކަހަލައެވެ. އެހެން ބުނުމުން އަނެއްކާވެސް އަހަރެންގެ ހިތް ބުރަވިއެވެ.

“ރާނީ.. ތިހެން އަބަދު ރޮންޔާ ބަލިވެދާނެ.. ތިނިކަން ހީލާބަ..” ޔުޝައު އަށް އަހަރެންނާ މެދު ހަމްދަރުދީ ވެވުނީ ކަންނޭގެ އެވެ. އަހަރެން ގަދަކަމުން އަނގަ ފޭކޮށްލިމެވެ. މިހެން ހެދުމުން އަހަރެންގެ ލޯ ކަރުނުން ފުރުނެވެ. ހިތުގައި މިހާވޭން އަޅާއިރު އުފާވާކަން ދެއްކޭނެ ހެއްޔެވެ.

“އަދި މަންމަމެންނަށް ވެސް ވިސްނޭނެ.. ރާނީވެސް ރިތިކޮށް ވާހަކަދެއްކީމަ މަންމަވެސް ރީތިކޮށްވާހަކަ ދައްކާނެ..” ޔޫޝައު އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުންޔެވެ.

“ކިހާރިއްޗަކަށް ވާހަކަދައްކަންވީ.. އެކަމުގެ ނަަންގާނައިރަކަށް އިންނާނި އަރާ ފުރާޅުމަތިގަ..” އަހަރެންނަށް ރޮވެން ފެށުނެވެ. ނަމަވެސް އަހަރެންމީ ދުވަހަކުވެސް މީހެއްކުރިމަތީގައި ރުއި މީހެއްނުނެވެ. އެކަމު ކޮންމެ އިންސާނަކަށްވެސް ކެއްކުރެވޭނީ ވަކިވަރަކަށެވެ. ޔުޝައު އަހަރެންނަށް ނަސޭހަތް ދިނެވެ. އަހަރެން އުފާކޮށްދެވޭތޯ އެކިއެކި ވާހަކަދެއްކި އެވެ. ހިދުކޮޅަކަށް ނަމަވެސް އަހަރެންގެ އުދާސްތަށް މަތިން ހަދާން ނެތުނެވެ. ޓާރްމަ ޓެސްޓު ކައިރިވެފައި އޮތުމާއިއެކު ޔޫޝައު އަހަރެންނަށް ނަސޭހަތްވީ މިކަންތަށް މަތިން ހަދާން ނައްތާލައިފައި ރަގަނޅު ނަތީޖާ އެއް ހޯދުމަށެވެ. އަހަރެން އެކަމަށް ވައުދުވީމެވެ.

ޔޫޝައު އަކީ އަހަރެންގެ އެއްމެ ގާތްއެކުވެރިޔާއެވެ. އަހެރެންނަށް ދިމާވާ ހުރިހާކަމަކުވެސް ޔޫޝައު އަހަރެންނަށް އެހީވެދެއެވެ. މިކަމުގައިވެސް އަހަރެނަނށް އެއްމެ ހިއްވަރުދީ އަޅާލައިދިނީ ޔޫޝައުއެވެ. އަހަރެން ދުވަހަކުވެސް ޔޫޝައު މިވީ ދީލަތިކަން ހަދާން ނައްތަލެއްނުލާނަމެވެ.

ހަވީރުވުމުން ޔޫޝައު ދިޔައީ ގެޔަށެވެ. އަހަރެންވެސް އިތުރަށް މަޑުނުކުރަންވެގެން ދިޔައީ ގެޔަށެވެ. އަހެރެން ހިތަތްއެރީ މިހާރު މަންމައިންނާނީ ދެންމެވީކަންތަ ހަދާންނައްތާލައި އަހަރެންގެ އިންތިޒާރުގައި ކަމަށެވެ. އަހަރެން އައިސ ްގެޔަށް ވަނުމާއިއެކު މަންމަގެ ހަރުކަށި އަޑު އިވުނެވެ.

“ކޮންތާކު ތެޅިތެޅިފަ ތިއައީ..؟ މިހާރު އަހަރެމެންމީ އެއްވެސް ބަޔެއް ނޫންދޯ.. ބޭނުންވިމަ ބޭނުންތާކަށް ގޮއްސަ.. ދެން އެހެންވީރު މިގޭގަވެސް ހުންނަނީ ކީއްކުރަން..؟” މަންމަ އިނީ ސިޓިން ރުމުގައި ފިލްމެއް ބަލާށެވެ. އެކަމަކު އަހަރެން ފެނުމުން ހަމަ އެއްޗެކޭ ނުބުނެ ނުހުރެވުނީ އެވެ. އަހަރެން އެކެއްޗެކޭވެސް ނުބުނެ ގޮސް ކޮޓަރި އަށް ވަދެ ތަޅުލީމެވެ. ދޮރުގައި ލެގިލުމަށް ފަހު ފުންނޭވާއެއް ބޭރު ކޮށްލީމެވެ. އަހަރެން ބޭނުންވީ ރޯށެވެ. ނަމަވެސް މާހިތްދެރަ މީހެއްގޮތުގައި ދުނިޔެއަކު ނުޅެވޭނެ އެވެ. އެހެންކަމުން ހިތްވަރު ކޮށްފައި އަހަރެން ފާހަނާ އަށް ވަނީ ފެންވަރާލުމުގެ ނިޔަތުގަ އެވެ.

ހަވީރު އެއްކޮށް އަހަރެން އޮތީ ލެޕް ހިފައިގެން ޔުޓިއުބް ބަލާށެވެ. މިއި ހަމައެކަނި އަހަރެނަށް ހިތްހަމަޖެހުން ލިބޭއެއްވަގުތޭ ބުނެވިދާނެއެވެ. އަހަރެން ސިއްސައިގެން ދިޔައީ މާބާރަކަށް ކޮޓަރިދޮރުގައި ޓަކިދޭ އަޑަށެވެ. ހެޑްސެޓް ނައްޓާލައިފައި ގަޑި ބަލައިލިއިރު ގަޑިން އިރުއޮއްސި ހަތެއް ޖެހީ އެވެ. އަވަހަށް ގޮސް ދޮރު ހުޅުވިއިރު ބައްޕަ މޫނުބަނަކޮށްލައިގެން ހުއްޓެވެ.

“މިހާރު ކޮންއިރެއްތަ ގޮވާތާ.. ދެން މި ދޮރު ތަޅުލައިގެން ނުވާނެ..” ބައްޕަ ހުރީ ވަރށް ރުޅި އައިސް އެވެ. އަހަރެން އިނީ އިސްޖަހައިލައިގެންނެވެ.

“ރާނިޔާ ކޮންމޮޔަ އެެއްވެގެންތަ މިއަދު ގެއިންނުކުމެގެން ދިޔައީ..؟ މަންމައާ ދިމާއަށް އެއްޗިހިކިޔާފަ ދެންމީ ކޮންގޮތެއްތަ އެއިން.. މަންމައާ ދިމާއަށް އެއްޗިހިކީކީނުން ރިއްވާލައިފަ.. ތިހާ ވަރުކުރާނެކަމަކަށް މަށެށް ހިތަކަށް ނާރަން..” ބައްޕަ މިހެން ބުނުމުން އަހަރެން ހައިރާންވިއެއެވެ. އަހަރެން މަންމައާއި ދިމާއަކށް އެއްޗިއްސެއްނުކިޔަ މެވެ. މަންމަވެސް ކަންތަށް ބޮޑުކޮށްލައިގެން ބައްޕަ ކައިރީ ކިޔަނީ ކީއްވެހެއްޔެވެ.

“އަހަރެން މަންމައާ ދިމާއަކަށް އެއްޗިއްސެއް ނުކިޔަން.. މަންމަ-” އެހިސާބަށް ބުނެވުނުތަނާހެން ބައްޕަ އަހަރެނެގެ ކަންކަށި މަތީ އެތިފަހަރެއް ވީއްލައިލިއެވެ. އަހަރެން އިނީ ޝޮކެއްގަ އެވެ. އެހެންނޫނީ ބައްޕަ އަހަރެންނަށް އަތް އިސްކޮށްފައެއް ނޯންނާނެއެވެ. އައި ރުޅިންނާއި ވީދެރައިން އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ.

“އަދިވެސް އެބަ ވާހަކަ ދައްކައެއްނު.. ރާނިޔާ ބޭނުންހާއިރަކު ބޭރުގަ އުޅެފަ އަންނަންދެކަށެށް އަހަރެންމެންނަކށް ނުތިބެވޭނެ..ތިވައްތަރަށް އުޅެންދޭ އެހެންގެޔަކަށް..” އަހަރެން އޭރުވެސް ހުރީ ކޮލުގައި އަތް ޖައްސާލައިގެން ގުޑިލަންވެސް ނެއިންގިފަ އެވެ. ބައްޕަ ބާރަކަށް ގޮސް ދޮރު ޖެހިއެވެ. އަހަރެން މަޑުމަޑުން ދޮރުލައްޕާލައިފައި އައިސް އެދުމައްޗަށް ޖެހިގަތީމެވެ. މަންމަ އަހަރެންނޭ ކިޔައިގެން ބައްޕަ ކައިރި ކުޓުވަނީ ހެއްޔެވެ. މޫނުމަތި ބާލިސް އަޅައި ބާރަށް ރޮއިގަތީމެވެ. މިއޮށްހާ ދުވަހު ބައްޕަ އަހަރެންނާ ދިމާއަށް އަތް އުފުލައިފައެއް ނުހުންނާނެއެވެ. މިއަދު ބައްޕަ އެހެންހެދުމުން އަހަރެން ވަރަށް ދެރަވި އެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ. ކުދިން ގަނާކުރުމުން އެއާއި ދެކޮޅަށް އެއްޗެއް ބުނުން ހެއްޔެވެ.

*ނުނިމޭ*

ކިޔުންތެރިންގެ ސަމާލުކަމަށް: އަޅުގަނޑު މިވަނީ އެސްފިޔައިގައި 3 ވާހަކަ އެއް ލިޔަންފަށައިފަ އެވެ. އެހެންކަމުން ކޮންމެ ހަފްތާ އަކު ވާހަކައެއްގެ 1 ބައިނެރެވޭތޯ ބަލާނަމެވެ. އަޅުގަނޑުގެ ޓާރްމް ޓެސްޓު ކައިރިވެފައި އޮތުމުން އަޅުގަނޑު ބިޒީވެދާނެ އެވެ. އެކަމަކު ވަރަށް ބޮޑަށް ޓްރައި ކުރާނަން ހަފްތާ އަކު ވާހަކައެއްގެ އެއްބައި ނެރެވޭތޯ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ކަތި ފިޔަވަޅު 10 – ފަހުބައި

Next

ލޯބި-2

Next
June 24, 2025

ލޯބި-2

Previews
June 24, 2025

ކަތި ފިޔަވަޅު 10 – ފަހުބައި



All Right Reserved!