އަބަދަށް-23
އޭރު ވެސް މިކަހަލަ ކަމެއް ވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް ބުނާކަށް ނުކެރުނެވެ. އެހެން މިމަސް މާހީ މީ ޒީކް އާއި އޭނާގެ ލޯބިވެރިޔާ ދޭތެރެއަށް ވަންނަން ކާކު ހެއްޔެވެ.
*ޕާރްޓް-23*
އެހެން އިންދައި ޒީކް އަށް ނިދުނެވެ. ޒީކް އެނދުމަތީ ބާއްވައި ލައިފައި މާހީ ނިކުތީ ބޭރަށެވެ. މާހީ ހުރީ ހާސްވެ ހަދާނެ ގޮތް ހުސްވެފަ އެވެ. ޒީކް ބަނޑު ބޮޑުވެ. އޭނާ އެކަމާއި ހިތާމަ ކުރަނީއެވެ. މާހީ އެކަމާއި މެދުވިސްނަން އިނދެފައި ނިދި އަންނަ ގޮތް ވުމުން ވަނީ ކޮޓަރިއަށެވެ.
އަރައިގެން އައި އިރާ އެކު ޖައިޝް ތެދުވިއެވެ. ފެންވަރާ ރީތިވެލައިގެން އޭނާ ގޮސް އަރަން އަށް ގޮވިއެވެ. ބަންދު ދުވަހެއްގައި އަވަހަށް ހޭލަން ޖެހުމުން އަރަން ހުރީ މޫނު ހަދައިގެން ނެވެ.
“ދެންވެސް ތި އަވަސް ކޮށްބަލަ.. ހިގާބެ ބޭރަށް ގޮސް ލާން… އެތާ އޮތް ކޯރު ބަލައިލަން ދާން..” ޖައިޝް ބާލީހުން އަރަންގެ ބޮލުގައި ޖަހައިލަމުން ބުނެލި އެވެ. ހޫން އަޅުވައިލައިފައި އަރަން ތެދުވެ އިށީނުމުން ޖައިޝް ނުކުތީ ބޭރަށެވެ. ދެމީހުންނަށް ކޮފީ ހަދައިފައި ޖައިޝް ގޮސް ބަލައިލި އިރު އަރަން އޮތީ ނިދާފައެވެ. ދެވަނަ ފަހަރަށް އަރަން އަށް ގޮވާފައި ފާހަނަ އަށް ވައްދައިފައި ޖައިޝް އައެވެ. އިރުކޮޅަކުން ޖިންސް އަކާއި ޓީޝާޓެއް ލައިގެން އަރަން އައެވެ.
“މިއޮށް ހެނދުނު ހެދުނާ ކޮންތާކަށް ދާން..؟” އަރަން މޭޒުދޮށުގައި އިށީންނަމުން އަހާލި އެވެ.
“އެތާ އޮތް ކޯރު ބަލާލަން..” ޖައިޝް ޕާން ޓޯސްޓުކޮށްލައިގެން އައިސް އިށީނެވެ. ދެމީހުންވެސް ސައިބޮއިގެން ނިކުތީ ބޭރަށެވެ. ހަމަ ނިދިނުލިބުމުގެ ސަބަބުން އަރަން ހުރީ އެހާ ވާހަކަ ދައްކާހިއްވާ މޫޑެއްގަ އެއް ނޫނެވެ. އިރުއަރައިގެން އައިތާ އެހާ ގިނައިރު ނުވާތީ ހަށިގަނޑަށް އަރާމު ހޫނެއް ވަމުން ދިޔައެވެ. ގަސް ބޯ ޖަންގަލި ތެރެއިން ލައިފައި އައިރު އެކަކުވެސް އަގައިންނެއް ނުބުނެއެވެ. ކޯރާ ހަމައަށް އާދެވުމުން ދެމީހުންވެސް ތިބީ ހައިރާން ވެފައެވެ. އެހާ ބޮޑު ނޫނަސް ބޮޑު ކޯރެކެވެ. ގަދަޔަށް އޮއިދަމައެވެ. އަވި އެޅިފައި އޮތުމުން ފެންގަނޑު ފެންނަން އޮތީ ނުލާހިކު ހިތްގައިމު ގޮތަކަށެވެ. އަރަން އަށް ފޮޓޯއެއް ނުނަގާ ނުހުރެވުނެވެ. އެހާވެސް މަންޒަރު ހިތްގައިމެވެ. ދެމީހުންވެސް ގުދުރަތުގެ ރީތިވާހަކަ ދައްކަމުން ހިގައިގަތީ ގެޔާ ދިމާއަށެވެ. ހިސާބަކަށް ދިޔަތަނާހެން ވިނަގަނޑުމަތީ އޮށޯވެލައިގެން އޮށް ފިރިހެން ކުއްޖަކު ފެނުނެވެ. އަރަންގެ ހިތުގައި އެއީ ކާކުތޯ ބަލައިލުމުގެ ޝައުގު އުފެދުނެވެ.
“އެއީ ކާކުތަ..؟” ޖައިޝް ވެސް ހަމަ އެފަދައެވެ.
“މަވެސް ހިތަތް އެރީ އެއީ ކާކުތޯ ބަލައިލަން ވީނޫންހޭ..” އަރަން ވެސް މަޑުމަޑުން ބުނެލި އެވެ. ދެމީހުންވެސް ކުޑަ މަޝްވަރާއަކަށް ފަހު އެދިމާއަށް ހިނގައިގަތެވެ. ހިސާބަކަށް ދެވުނު ތަނާހެން އެކުއްޖާއަށް ފޯނެއް އައިސްގެން އޭނާ ތެދުވެ އިށީނެވެ. އެވަގުތު އެކުއްޖާގެ މޫނުފެނުނެވެ. އެއީ ހަމަދެވަނަ މީހެއްނޫނެވެ. އެއީ މާހީ އާއި އެކު އުޅުނު ކުއްޖާއެވެ.
“އެއީ.. އެއީ..؟” ޖައިޝް އަކަށް ނުބުނެވުނެވެ.
“މާހީ އާއި އެކު އުޅޭ ގޮލާ.. ރަގަނޅު ފުރުސަތެއް..” އަރަން މަޑުކޮށްލީ އޭނާ ފޯނުބާއްވަން ދެކަށެވެ. މާއިލް ފޯނު ބާއްވައިފައި މޫނުގައި އަތް އެޅި އެވެ. އެހެން އިންދައި ފިޔަވަޅުތަކެއްގެ އަޑުއިވެން ފެށިއެވެ. މާއިލް ހީއްކުރީ އޭނާ ބަލައި މީހުންތަކެއް އައީ ކަމަށެވެ. ތެޅިގަނެފައި ފަހަތް ބަލައިލެވުނީ އެހެންވެއެވެ. އެކަމު އެއީ ކޮލެޖް ކުދިން ކޮޅެކެވެ. މާއިލް އަށް ދޫކޮށްލެވުނީ ހިތްހަމަ ޖެހުމުގެ ނޭވާ އެކެވެ.
“ހާދަ އެކަނިވެރި ވެފަ..” ޖައިޝް މާއިލް ކައިރީ އިށީންނަމުން ބުނެލި އެވެ.
“ހެހެ.. އެކަނި ވެރިވެފަ އެއްނޫން.. ހިތްހަމަ ޖައްސާލަން އައިސް މީނީ.. ކޮންނަމެއް ކިޔަނީ..؟” މާއިލް އަހާލިއެވެ.
“ޖައިޝް..”
“އަހަރެންމީ އަރަން..” އަރަން ބުނެލިއެވެ.
“އެހެންތަ..؟ އަހަރެންނަކީ މާއިލް..” މާއިލް ހިނިތުންވެލި އެވެ.
“އަރަން އަކީދޯ ކޮލެޖް ހުރިހާ އަންހެންކުދިންކޮޅެއް މޮޔަހައްދައިގެން އުޅޭ ސޮރަކީ..؟” އަރަން ބޯޖަހައިލި އެވެ. އަރަން ވެސް މާއިލްގެ އަނެއްކޮޅުގައި އިށީނެވެ.
“ގާލް ފްރެންޑް އެއް ހުރޭތަ..؟” އަރަން ބޭނުންވީ މާއިލް މާހީ އާއި މެދު ދެކޭގޮތް ބަލާށެވެ.
“ނުހުރެ.. އެކަމު ވަރަށް އަވަހަށް ލިބޭނެ..” މާއިލްގެ ތުންފަތް މަތީ ދުވެލީ ވިހަގަދަ ހިނިތުންވުމެކެވެ.
“ތިބުނީ..؟” ޖައިޝް އަށް އެގެހުރެވެސް އަހާލިއެވެ.
“މިބުނީ ލައިކްވާ ވާހަކަ.. އެކަމު އަދި ނާހަން..” މާއިލް ޖައިޝް އަށް ބަލާލިއެވެ.
“ކިހިނެއް އެނގެނީ އޭނަ ލައިކް ބެކް ވާކަމެއް..؟” އަރަން އަހާލީ މާއިލް ބުނާނެ އެއްޗެއް ބަލާލުމަށެވެ.
“ތިކަމަށް މާކުރިންވެސް އިންނާނީ ތައްޔާރުވެފަ..” މާއިލް މަޑުމަޑުން ހީލިއެވެ.
“ދެން މިހާރު މި ފްރެންޑް ވެވުނީނު.. ހިގާ ސައިބޯން ހޮޓަަލަކަށް ޖައްސާލަން..” އިރުކޮޅެއްގެ ހިމޭން ކަމަކަށްފަހު މާއިލް ބުންޔެވެ. ތިންމީހުންވެސް ވަނީ ކައިރީ ހުރި ހޮޓަލަކަށެވެ. މާއިލް އޭނާ އާއި ބެހޭގޮތުން އަރަން މެންނަށް ކިޔައިދިނެވެ. އޭނާ އަކީ ބޮޑު ވިޔަފާރީ ވެރިއެއްގެ ހުރި ހަމައެކަނި ދަރިކަމާއި އޭނާއަށް އެއްމެ 10 އަހަރުގައި މެލޭޝިއާއަށް ބަދަލުވިކަމެވެ. އަރަން އަށް ނުވިސްނުނު ކަމަކީ މާއިލް މާހީ ދެކެ ވަނީ ހަގީގީ ލޯބިބާވައެވެ؟
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






