އަބަދަށް-22
ކްލާހަށް ދިޔަ މަގުމަތީ މާހީ ހިތަތް އެރިއެވެ. އޭނާ އަޔަންޝް ކިބައިން ސަލާމަތް ކޮއްދިނީ ކާކުހެއްޔެވެ؟ ހަމަގައިމުވެސް އެއީ މާއިލް އެއްް ނުނެވެ. އެއީ ކާކުކަން ނެއިންގުނަސް މާހީ އަށް ހިތާ ހިތުން އެމީހަކަށް ޝުކުރު އަދާކުރެވުނެވެ.
“ކަލޭ ކައިރީ ކުރަން ބުނާ ކަންތަކަށް ވުރެއް އިތުރަށް ކުރަންޔާ ލިބޭނީ ތިކަހަލަ ލަނޑު..” މާއިލްގެ އަޑުގައިވީ ނުރުހުމެވެ.
*ޕާރްޓް-22*
“ނުބުންޔަސް މިކުރީނު.. ކަލޭ ބޭނުން ކަންތަށް ވެއްޖެއްނު.. އެވަރުން ފުއްދާބަލަ..” އަޔަންޝް ވެސް ހުރީ ރުޅި އައިސް އެވެ. އޭނާ ހުރީ އައިސް ޕެކެޓެއް ހިފައިގެން ލޯކައިރީ ޖައްސާށެވެ. އެމީހަކާ އަޔަންޝް ތަޅައިގަނެ އމީހަކު އަޔަންޝް ބަލި ކޮށްލިއިރު އެތަކެއް އަނިޔާ އެއް ދީފި އެވެ.
“ދެންފަހަރަކުން މަ ބުނާގޮތަށް ކަންތަށް ކުރާނީ..” މާއިލް އަމުރު ކޮށްލި އެވެ.
“ކާކުތަ މަގޭ ގައިގަ ތަޅައިގަތީ.. އެއީ ކަލޭގެ ކަމެއްތަ..؟” އަޔަންޝް ހުރީ ޝައްކެއްގެ މަތީގަ އެވެ.
“މަށެއް ނުބުނަން އެކަކުގައި ގަވެސް ކަލޭގައިގަ ތަޅައިގަންނާކަށް..” މާއިލް އިތުރަށް ރުޅި އަންނަން ފެށި އެވެ. އެހެންކަމުން އޭނާ އަޔަންޝް އަށް ދޭންޖެހޭ ލާރިދީފައި ކާރުގައި ދިޔައެވެ. މާއިލް ބާރު ސްޕީޑެއްގައި ދުވައިފައި ދިޔައިރު ދޮރުގަނޑު ހުޅުވައިފައި ވުމުން އެފަން އިސްތަށިގަނޑު ވިހުރެމުން ދިޔައެވެ. އެއް އަތުން ދޮރުގަނޑުގައި އަތް އަޅުވައިލައިގެން އިނީރު އޭނާ ވިސްނަމުން ދިޔައެވެ. އަޔަންޝް ގައިގައި ތަޅައިގަތީ ކާކު ހެއްޔެވެ؟ އަނެއްކާ އެމީހަކާ މާހީގެ ގުޅުމެއް އޮތީ ހެއްޔެވެ؟ އެމީހަކީ ކާކުތޯ އެނގެން އެބައެނގެން ޖެހެއެވެ.
މިއަދު ހިގި ހާދިސާ އަށް ފަހު މާހީ އިންނަނީ ކުޑަކޮށް ބިރުންނެވެ. އަޔަންޝްގެ ކަންތަށް މިހާރު މާ ބޮޑުވަނީ އެވެ. މާހީ އޭނާއަށް އުދަގުލެއް ނުކުރާ އިރު އޭނާ އައިސް މާހީ އަށް ޖެއްސުން ކުރަންވީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް އެހިޔާލު މާހީގެ ސިކުދިޔަށް އައެވެ. އަރަން ހުރިނަމަ އޭނާ މާހީ އަށް ދިމާވާ ކޮށްމެ މުސީބާތަކުން ސަލާމަތް ކޮށް ދޭނެ އެވެ. އެކަމު މާއިލް އަށް ވެސް ހިތުން ޝުކުރު އަދާކުރެވުނު އަދަދެއްވެސް ނެއިންގެ އެވެ. މާއިލް އައިސް އޭނާ ނުހުފޭއްޓި ނަމަ އަނެއްކާ އެކުދިންގެ އަތްދަށަށް މާހީ ދިޔައީއްސެވެ.
މާއިލް ގެޔަށް ވަދެގެން އައިރު ސިޓިން ރުމުގައި ތިބި ފަރީހާ އާއި ހުޒާމް އެއް ނުފެނުނެވެ. އޭނާ އޭރުވެސް ދިޔައީ ކޮންމެވެސް ކަމަކާ ވިސްނަމުންނެވެ. މާއިލް އަށް ހަމަ ބިމަށް އާދެވުނީ ފަރީހާ ގޮވާލުމުންނެވެ.
“ދަރިފުޅާ.. ކަމެއްވީތަ..؟ ހާދަ ބާރަކަށް..” ފަރީހާ ނިކަން ލޯބިން އަހާލި އެވެ.
“ޕިސް..” މާއިލް އެހެން ބުނެ އަވަހަށް އަރައިގެން ދިޔައެވެ. އެލާގެ މަރަށް ފަހު މާއިލް އާއި ފަރީހާގެ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މާއިލް ގަބޫލު ކުރާގޮތުގައި ހުޒާމް ކުރަން އުޅުނު ކަންތަށް ފަރީހާ އަށް އެނގި ހުރެވެސް ނުހުއްޓުވީ އެވެ. ހަމަ އެލާ އާއި އޭނާ ދުރުކުރުވަން ފަރީހާ ވެސް ބޭނުންވީ އެވެ.
ކޮޓަރިއަށް ވަދެފައި ކާރުތަޅުދަނޑި ޑްރެސިންޓޭބަލް މަތީ ބާއްވައިފައި މާއިލް އިށީން ދެލީ ސޮފާގަ އެވެ. މާހީ ވިސްނަމުން ދިޔައީ މާހީ އޭނާގެ މީހަކަށް ހަދައިފައި މާހީ އަށް ހަދަންވީ ގޮތާ މެދުގަ އެވެ. ސިކުނޑިތެރޭ ހުރިހާކަމެއް ރާވާ ނިއްމައިލިއިރު އޭނާގެ ތުންފަތް މަތީވީ ފުރިހަމަ ހިނިތުންވުމެކެވެ. އިރުކޮޅަކުން މީހަކު އައިސް ދޮރުގައި ޓަކިދީފި އެވެ. ވަންނަން ބުނުމުން ވަނީ ހުޒާމްގެ މަސަށްކަތު މިހެކެވެ. މާއިލް މުނަށް ވައްތަރެއް ޖައްސާލައިފައި އައީ ކީއްކުރަންތޯ އެހި އެވެ.
“މިސްޓާރް ހުޒާމް ބުނީ ހަވާލުކުރި މަސަށްކަތް ކިހިނެއްހޯ ކުރިޔަށް ދަނީ..؟” އެމީހާ އިނީ މާއިލް ކުރިމަތީ އަދަބުވެރިކަމާއި އެކޮ އިސްޖަހައިލައިގެންނެެވެ.
“ހަމަ ބަރާބަރު.. ޕްލޭން އާއި އެއްގޮތަށް ހުރިހާކަމެއްވެސް ދަނީ.. އަތް ޖެހޭހާ ކައިރީ އޮތް އެެއްޗެށް ޖަހައިގަންނާކަށް އުދަގުލެއް ނުވާނެ..” މާއިލް ބުނެލި އެވެ. އިޝާރާތުން ދާން ބުނުމުން އެމީހާ މަޑުކޮށްލި އެވެ.
“މިސްޓާރް ހުޒާމް ބުނީ އައިސްބަލާށޯ..”
“ނުދެވޭނެ.. ބުނޭ މިގަޑީ މަގޭ ބިޒި އޭ..” މާއިލް ކުޑަދޮރު ކައިރިއަށް ޖެހިލި އެވެ. މާއިލް ހުރީ ހުޒާމް އަށް އޭނާގެ މޮޅުކަން ދައްކާލަން ބޭނުން ވެފައެވެ. އޭނާ މިފަހަރު ހުރީ ގޮތުގައި ހިފާއްތައިގެންނެވެ. އޭނ މިފަހަރަކު ހުޒާމް ބުނާގޮތެއް ނަހަދާނެއެވެ.
ސިޓިން ރޫމް ސޯފާގައި އިން އަރަން ދިޔައީ އޭނާގެ މުނުގައި މަލަން ކޮޅެއް އަޅަމުންނެވެ. އޭނާ މިއަދު ނުވެސް ދައްނަކުއްޖަކާއި އެކީ ތަޅާފޮޅައިގަތީ އެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އެކުއްޖާ މާހީ އާއި ބެހުނީއެވެ. އޭނާ ކޮންމެގޮތެއްވެސް ހަދައިފައި މާހީ ރައްކާތެރިކުރާނެއެވެ. އަރަން ނިކުމެލީ ބެލްކަންޔަށެވެ. އުޑުމަތީ ވިލާބޯ ވައިބާރު ރެއެކެވެ. އަރަން އަށް ވިސްނެމުން ދިޔައީ މާހީ އާއި މެދުއެވެ. މާހީ އާއި އަބަދުހެން އެއުޅެނީ ކާކު ހެއްޔެވެ؟ އަނެއްކާ ކުރިން މާހީ އަށް ފާރަލީމީހާ އާއި މިމިހާ އާއި ގުޅުމެއް ވަނީ ހެއްްޔެވެ؟ ނުނިއްޔާ މާހީ އަށް ފާރަލީމީހާ އަކީ މިހާރު މާހީ އާއި އެކު އުޅުނު މީހާ ހެއްޔެވެ؟ މިކަހަލަ ސުވާލުތަކުން އަރަންގެ ސިކުނޑި ބައްދަމުން ދިޔަ އެވެ. އަރަން އަށް ހަމަބިމައް އާދެވުނީ ބޯކޮށް ވާރޭ އޮއްސާގަތީމަ އެވެ. އިރުކޮޅަކު ވާޜޭ ވެހޭ ހިއްގައިމު މަންޒަރު ބަލަން އިދެލައިފައި އޭނާ ވަނީ އެތެރެ އަށެވެ.
ފޮތް ކިޔާނިއްމައިލައިފައި މާހީ ގޮޑީގައި ހަމަޖެހިލި އެވެ. މިއަދު ވީ ކަންތަށް ހަދާނވުމުން މާހީ ބޭނުމީ އެކުވެރިންނަށް މިވާހަކަ ހިއްސާކުރާށެވެ. ނަމަވެސް މިހާ ލަސްވުމުން ގުޅާކަށް ނުކެރުނެވެ. މާހީ ދެން ހަދާންވީ ޒިކް މަތިންނެވެ. ޒީކް މިހާ ބަލިކޮށް އުޅޭއިރު އޭނާ ޒީކްގެ ހާލުވެސް ބަލައިނުލާ މިއޮންނަނީ އެވެ. އަވަހަށް ނިކުމެގެން ގޮސް ޒީކް ކޮޓަރިގައި ޓަކިދިނެވެ. ވަންނަން ބުނުމުން މާހީ ދޮރުހުޅުވާލިއެވެ. އޭރު ޒިކް އެދުގައި އިށީން ދެލައިގެން އިނެވެ. އޭނާ ދެލޯ ވަނީ ރަތްވެ ދުޅަވެފަ އެވެ. ހީވާ ގޮތުން އޭނާ ރުއީ އެވެ. މާހި އައިސް ޒިކް ކައިރި އިށީން ދެލި އެވެ.
“މިހާރު ކިހިނެއް..؟”މާހީ އަހާލި އެވެ.
“އެއްވެސް ރަގަނޅެއް ނޫން..”ޒީކް ބަލާލީ ވޭނުން ފުރިގެން ވީ ނަޒަރަކުންނެވެ.
“ކިހިނެއްވީ..؟ މީހަކު ޒީކް އަށް ކަމެއް ކުރީތަ..؟” މާހީ އަނެއްކާވެސް އަހާލި އެވެ.
“މާހީ އަށް އެނގޭތަ އަހަރެން ހިއްކުރީ އަހަރެން ރޭގަނޑު ނުކާތީ ގޭސްވެގެން ކަމަށް ހޮޑުލެވެނީ.. އެކަމަކު..” ޒީކްގެ ދެލޯ ކަރުނުން ފުރިގެން ދިޔައީ ސިކުންތުކޮޅެއްތެރޭގަ އެވެ. ޒިކް ނުބުންޔަސް މާހީ އަށް އެނގުނެވެ. އޭނާ އަށް ދެލޯބޮޑުކޮށްލެވުނެވެ.
“އާން.. އަހަރެން ޕްރެގެނެންޓް.. އަހަރެން ވަރަށް ބެލިން ޒަޔާން ހުއްޓުވޭތޯ.. އެކަމަކު.. އެއީ ވެސް އަހަރެންގެ ރުހުމުން..” ޒީކް އަށް ބޮޑަށް ރޮވެން ފެށުނެވެ. މާހީ އަށް ކުރެވުނުހާވެސް ކަމަކީ ޒީކްގެ ކޮޑުގައި ފިރުމާލުމެވެ.
“މަންމަމެން ކައިރީ ބުނެފިއްޔާ އަހަރެން ރަށަށް ގެންދާނެ.. އެކަމު އަހަރެން ބޭނުން ކިޔަވަން..” ޒީކް އަށް ގިސްލެވެން ފެށުނެވެ. މާހީ އޭނާ ގަޔާކާރި ކޮށްލައިގެން ރޯން ފުރުސަތުދީގެން އިނެވެ. އޭރުވެސް މިކަހަލަ ކަމެއް ވާނެކަން އޭނާ އަށް އެނގެ އެވެ. ނަމަވެސް ބުނާކަށް ނުކެރުނެވެ. އެހެން ނޫނަސް މާހީ މީ ޒިކް އާއި އޭނާގެ ލޮބިވެރިޔާ ދޭތެރެ އަށް ވަންނަން ކާކު ހެއްޔެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






