Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-2

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
June 20, 2025 3 Mins Read
0 Comments

މަޑުމަޑުން ހިގައިލައިފައި އައި ޔަސްރާ ހުއްޓުން އެރީ މީހެއްގެ ހިލަމެއް ވުމުންނެވެ. ބަލައިލިއިރު އަޒްހާން އޭނާގެ ކޮޓަރިން ނިކުންނަނީ އެވެ. އޭނާގެ ތޫނު ކަޅު ދެލޯ އަމާޒުވެފައިވަނީ ޔަސްރާ އަށެވެ. ޔަސްރާ އަށް ވެސް ބަލަހައްޓައިގެން ހުރެވުނީ އެވެ.

*ޕާރްޓް-2*

“ކޫދޮން ބޭރަށް ދަނީތަ..؟” ދެމީހުންވެސް ސިހުނީ ހަޔާގެ އަޑަށެވެ. ޔަސްރާ ވަގުތުން ނަޒަރު ބަދަލު ކޮށްލި އެވެ. އަޒްހާން “ހޫމް” އޭ ބުނެލައިފައި ހިގައިގަތެވެ.

“އަހަރެންނަށް ޔަގީން ޔަސްއަށް ވަރަށް ރީތި ވާނެކަން އަހަރެން ގެނަ ހަދިޔާ..” ހަޔާ ހީލާފައި ގޮސް އަލަމާރި ހުޅުވާލި އެވެ. ހާޔާ ދޭނެ އެއްޗެއް ނެއިންގޭތި ޔަސްރާ ހުރީ ބިރުންނެވެ. ހަޔާ ނެގީ ކޮތަޅެކެވެ. ފެންނަ ފެނުމަށް އޭގައި އޮތީ ހެދުމެކެވެ.

“އަން ތިހުޅުވަބަލަ..” ހަޔާ ވެސް ހުރި ޔަސްރާ އަށް އެ އެއްޗިހި ކަމުދާނެކަން އެގޭތީ ނިކަން އުފަލުންނެވެ. ޔަސްރާ މަޑުމަޑުން އެކޮތަޅު ހުޅުވައިލި އެވެ. އޭގައި އޮތީ މަޑު ފެހި ކުލަ އަކާއި ދަނބު އަދި މަޑު އޮރެންޖް ކުލައެއްގެ ސްވެޓާއެކެވެ. އަދި 3 ފުޅާ ޖިންސެވެ.

“ހަޔާ ދެން.. މި ހާދަ އަގުބޮޑުވާނޭ..” ޔަސްރާ ހިތަތް އަރަނީ އޭނާ އަކި މިހާ އަގުބޮޑު އެއްޗިހި ހައްގު ނޫން ކުއްޖެއް ކަމަށެވެ.

“ދެން ތީގެ އަގު ނުބަލަ ބުނެބަލަ..؟ ކަމުދޭތަ..؟” ހަޔާ ހުރީ ހިނިތުންވެލައިގެނެވެ. މިގިތަށް ޔަސްރާ އަށް އެއްޗެއް ދޭ ކޮންމެ ފަހަރަކު އޭނާގެ ހިތަތް ހިތްހަމަ ޖެހުން ލިބެ އެވެ.

“ވަރަށް ލޯބި..” ޔަސްރާގެ ލޯ ކަރުނުން ފުރުނެވެ. ހަޔާ އަށް މިމަންޒަރު ފެނި ޔަސްރާ ގައިގައި ބައްދާލެވުނެވެ. ޔަސްރާ އަށް ބޮޑަށް ރޮވުނީ މިކަހަލަ ވަގުތެއްގައި މީހެއްގެ އަޅާލުން ލިބުނީމަ އެވެ.

“އަވަހަށް ހުއްޓާލާ.. ކެއްތެރި ވާންވާނެ..” ހަޔާ ޔަސްރާގެ ކަރުނަތަށް ފުހެދެމުން ބުނެލި އެވެ. ޔަސްރާ ވެސް ކަރުނަތަކު ތެރެއިން ހީލި އެވެ.

“ދޭބަ ތީއްޗިހި ލައިގެން އަންނަން..” ހަޔާ ބުނެލި އެވެ. ދެމީހުންވެސް އެތަތް އިރެއް ވަންދެން އެސަކަރާތެއްގައި ތިއްބެވެ. ޔަސްރާ ދިޔައީ އެގެއިން ހަވީރު ސައިވެސް ބުއިގެންނެވެ.

“ބާޔް.. ސީޔޫ ސޫން..” ހަޔާ ގޭޓާހަމައަށް ޔަސްރާ އާއި އެކު އައެވެ.

“ބާޔް..” ޔަސްރާ ވެސް ހަޔާ އަށް ހަނާ އަޅާލައިފައި ދިޔައެވެ. ލޮލު ކޮޅަށް ޔަސްރާ ގެއްލުމުން ހަޔާ ގެޔައްވަނެވެ.

މަޑުމަޑުން ހިގައިފައި އައި ޔަސްރާގެ ބޮލުތެރޭ ބޮޑު ހައިޖާނު ގަޑެއް ހިގަމުން ދިޔައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޔަސްރާ އަށް އެއް ސާދަ އަހަރުގައި އޭނާގެ މައިންބަފައިްނ ވަކިވެ ބައްޕަ އެހެން މީހަކާއި އިދެގެން އުޅެނީ އެގޭގަ އެވެ. އޭނާގެ މަންމަ މިހިތާމަ ތަކުގެ ސަބަބުން ދުނިޔެއާއި އަލްވަދާއު ކީރު ޔަސްރާގެ ކޮއްކޮ ޝުހުބާއަށް އެއްމެ ދެ އަހަރެވެ. އެހާޅައުމުރަކުން ފަށައިގެން ޔަސްރާ ދަނީ އޭނާގެ ލޮބިވާ ކޮއްކޮ ބަލަމުންނެވެ.

ޔަސްރާ ސިހުނީ ފޯނަށް މެސެޖެއް އައުމުންނެވެ. ބަލައިލި އިރު އޭގައި އޮތެވެ. “އާދެބަ ބީޗަށް..؟” ޔަސްރާ ވަގުތުން މިސްރާބު ބަދަލު ކޮށްލި އެވެ. އަތިރި މައްޗަށް ފޭބުމަށް ފަހު ޔަސްރާ އޭނާގެނަ ކޮތަޅު އެތާ ބެހެއްޓި އެވެ. އޭރު ރާޅު ޖަހާ ހިސާބުގައި ފިރިހެނަކު ހުއްޓިލައިގެން ހުއްޓެވެ. ޔަސްރާ ގޮސް އެމިހާގެ ފަހަތުގައި ހުއްޓިލުމުން އެމީހާ އެބުރުނެވެ. އެއީ އަޒްހާން އެވެ.

“ކީއްކުރަން މިތަނަށް އަންނަން ބުނީ..؟ މިގަޑީމީ ދޮންބެ އޮފީހުން އަންނަ ގަޑިޔޭ..” ޔަސްރާ ނުރުހުމުގެ ރާގަކަށް ބުނެލި އެެވެ.

“އެއްޗެއް އަހާލަން ވެގެން..” އަޒްހާން އޭރުވެސް ހުރީ ޖީބަށް އަތް ޖަހައިލައިގެނެވެ.

“ޗެޓުން ވެސް އެހިދާނު..” ޔަސްރާ ބުނެލި އެވެ.

“ދެން އަދި މިއަދު ޔަސް ނުފެންނާތީ އާއި އެކު..”

“ފެނުނެއްނު ތިގެޔަށް ދިޔައީމަ..” ޔަސްރާ އުކުލުގައި އަތް ވިއްދާލި އެވެ.

“ދެން ތިކުރަން އުޅޭ ސުވާލެއް ކޮށްބަލަ..؟”

އަޒްހާން ކުރިޔަށް ފިޔަވަޅެއް އަޅާލި އެވެ. ޔަސްރާގެ ވިންދު އަވަސް ވިއެވެ. ނެއިންގޭ ސަބަބަކާއި ހުރެ އޭނާގެ ގައިން ހީބިހި ނަގައިގަތެވެ.

“ކާކު މިއަދު ތިގެޔަށް ދިޔައީ..؟” އަޒްހާން އަހާލި އެވެ.

“އެއިން..؟” ޔަސްރާ އަށް ބުނެވުނެވެ. އަޒްހާންގެ މުނުމަތިން އެއްވެސް ޝުއޫރެއް ފެންނާކަށް ނެތެވެ. އަޒްހާން އަނެއްކާވެސް ކުރިޔަށް ފިޔަވަޅެއް އަޅާލި އެވެ.

“އޯހް އެއީ ދޮންބެގެ ފްރެންޑެއް..” ޔަސްރާ ހަދާން ވިއެވެ. އަޒްހާން އިތުރު އެއްޗެކޭ ނުބުނެ ޔަސްރާގެ އުނަގަނޑުގައި އަތް ވަށާލި އެވެ، ޔަސްރާވެސް އަޒްހާންގެ ކަރުގައި އަތް އަޅުވައިލި އެވެ.

“އަހަރެން އެހާ ހިތްހަމަ އެއް ނުޖެހެ ޔަސްގެ ދޮންބެ ނޫޅޭ ގަޑީގަ އެމީހުން ތިގެޔަށް ވައްދާކަށް..” އަޒްހާން މަޑުމަޑުން ބުނެލި އެވެ. ޔަސްރާ ބޯ ޖަހާލި އެވެ. އަޒްހަންގެ ލޮލުގައި އަޅައިގަތީ ޔަސްރާގެނަ ކޮތަޅެވެ.

“އެއީ ކޯއްޗެއް..؟” އަޒްހާން އަހާލިއެވެ.

“އެއީ ހަޔާ ދިން ހަދިޔާ އެއް.. ތިން ސްވެޓާއާ ޖިންސް ތަކަކާ..” ޔަސްރާ އޭނާ އާއި ހަޔާ ދެއްކި ވާހަކަތަށް އަޒްހާން އަށް ކިޔައިދިނެވެ. އެއޮށް ހާއިރު ވަންދެން ވަންދެން އަޒްހާން އިނީ ޝައުގުވެރި ކަމާއިއެކު ޔަސްރާގެ ކޮންމެ ހަރަކާތަކަށް ބަލާށެވެ.

“ދެން ހަޔާ އެހެން ބުނީމަ އެކުއްޖާ..” ޔަސްރާ ހުއްޓުން އެރީ ކުއްލިއަކަށް އަޒްހާން އޭނާގެ ތުންފަތަށް ބޮސްދިނުމުންނެވެ. ދެލޯބޮޑު ކޮށްލައިފައި އަޒްހާން އާއި ދިމާއަށް ބަލައިލި ތަނާހެން އޭނާ އަނެއްކާވެސް ކައިރި ވެލި އެވެ.

“ދެން ނޯ.. މީހަކަށް ފެނިދާނޭ..” ޔަސްރާ ލަދުގަތެވެ.

“މީހަކަށް ފެނިއްޖެއްޔާ ފެނުނު ކަން.. އެހެން ނޫނަސް މިއޮތް ފަދަ ގަޑީގަ ކާކަު މިތަނަށް އަންނާނީ..؟”އަޒްހާން ޔަސްރާގެ އުނަގަނޑުގައި އަތް އަޅުވައިލައިފައި ކައިރިއަށް ދަމައިގަތެވެ. ޔަސްރާވެސް ދުރަށް ދާކަށް ނޫޅެ އެވެ. ޔަސްރާގެ ރުހުން ލިބުނުކަން އެނގުމުން އަޒްހާން އަށް ހިނިތުން ވެލެވުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މަންޒިލް 3

Next

އޭލިއަން ސިލްސިލާ: ވަރަ – 11

Next
June 20, 2025

އޭލިއަން ސިލްސިލާ: ވަރަ – 11

Previews
June 20, 2025

މަންޒިލް 3



All Right Reserved!