Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިއަން ސިލްސިލާ: ހިރާސް – 4

Aashii
Aashii Level 310 Stories100 Login
June 26, 2025 4 Mins Read
0 Comments

“ތިންދުވަސް..” އެލް މަޑުމަޑުން އޭނަގެ ދަތްދޮޅީގައި އަތް ބާއްވައި ގުދުވެލިއެވެ. ވިސްނަމުން ދާ ކަހަލައެވެ. “ސާހިބާ…” ނުކެރިފައި ހުރެ މަޑުމަޑުން އެއަންހެންމީހާ އަނެއްކާ ވެސް ގޮވައިލިއެވެ. “ހޫމް..” އެއަޑު އިވިފައި ފަރުވާކުޑަ ގޮތަކަށް އެލް ހޫމް އަޅުވާލިއެވެ. “އަޅުގަނޑުގެ ދަރިފުޅު ދޫކޮށްލާނަންތޯ.. ޕްލޭން ކާމިޔާބު ވެއްޖެނަމަ…” އަންހެން މީހާ އަހަލިއެވެ. އެއަޑުގައި މަޑު ތުރުތުރެއް އުފެދިފައިވިއެވެ. އެލްވަނީ އޭނާގެ ދަރިފުޅު ސުލައިމާން ފޮރުވައި، ސުލައިމާން އަލުން ދެކެން ބޭނުްންނަމަ އެލްއަށް އޭނާގެ ކަންކަމުގައި ޖާސޫސު ކޮށްދިނުމަށް އެއަންހެންމީހާ ލައްވައި ވައުދު ކުރުވާފައެވެ. އެހެންކަމުން އެލްގެ އަމުރުތަކާއި ޚިލާފަށް އަމަލުތައް ބައްޓަންކުރުމަކީ އެއަންހެންމީހާއަށް ކުޅަދާނަ ކަމެއް ނޫނެވެ.

“މާބޮޑަށް ހާސްނުވޭ… އަހަރެން ވައްދުވި ގޮތަށް އޭނަ ދޫކޮށްލާނަމޭ…” އެންމެފަހު ޖުމްލަ އެލް ބުނެލީ ފަރުވާކުޑަ ގޮތަކަށް ހީނގަންނަމުންނެވެ. އެގޮތަށް ހޭން އިނުމަށްފަހު ހުއްޓާލީ އިރުގަނޑެއް ފަހުްންނެވެ. އޭރު އެއަްންހެންމީހާގެ ހިތުގައި އުފެދުނު ޝައްކާއި ވަހުމްތައް އުތުރި އަރައިގެންފިއެވެ. އެހެނަސް އިތުރަށް ސުވާލު ކުރާކަށް ބޭނުްމެއް ނުވިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ހިންދާލަމުން އޭނާގެ ދަރިފުޅު ހެޔޮހާލުގައި ވޭތޯ ހިތާހިތުން ދުއާކޮށްލިއެވެ.

އެގޮތަށް އިށިނދެލައިގެން އިނުމަށްފަހު އެލް ތެދުވެގެން ހިނގައިގަތީ ބަގީޗާގައި ހުންނަ ޖާދޫގެ ގަސްތަކާއި ދިމާލަށެވެ. އެއަންހެންމީހާ ވަށައިގެން ނަޒަރު ހިންގާލީ އެލްގެ ހަރަކާތްތައް ބަލާނެ އިތުރު މީހަކު ހުރިތޯއެވެ. އެހެނަސް ނަސީބުވެސް ދެރައީއެވެ. އެލްގެ އަމަލުތަކަށް ފާރަވެރިވުމަށްވުރެ، ހިސާބުގަނޑުގައި ތިބި ޑިޓެންޝަން ޗެންޓަރުން ބިޑިއަޅުވައިގެން ނުކުންވި ކުދިންކޮޅާއި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ބަގީޗާ ބަލެހެއްޓުމަށް ހަވާލުކުރެވިފައިވާ މީހުންނަށް ކުރާނެ އެހެން ކަންކަން މަދު ނުވީ ތޯއްޗެކެވެ.

އެއަންހެން މީހާ ބަލަބަލައި ހުއްޓާ މަޑު ހިނގުމެއްގައި ހިނގާލައިފައި ގޮސް އެލް އޭގެ ގަހެއްގެ ބުޑުގައި ދެކަކޫ މައްޗަށް އިށީނެވެ. އޭނަގެ ކަނާއަތް ގެންގޮސް ޝަހާދަތް އިނގިލި އެގަހުގެ މައިގަނޑުގައި ޖައްސާލިއެވެ. އެގަސް ހުރީ އެހެންމީހުން ތިބި ހިސާބާއި ތަންކޮޅެއް ދުރުގައި ކަމުން އެގަހާއި އެލްގެ އަތަށް އަރައިގެން ދިޔަ ލޮޅުން އެހެން މީހުންނަށް ފާހަގަ ނުވިއެއްކަމަކު އެއަންހެން މީހާއަށް ފަރުދާވެގެން ނުދިޔައެވެ. އެއަށްފަހު ފަސްވަރަކަށް މިނަޓު ހިނގަންދެން އިސްއުފުލައި ނުލާ އެލް ހަމަ އެއިން ގޮތަށް އިނެވެ. އެއީ އެގަހުން ލިބުނު ބާރުތައް ހަށިގަނޑުގައި ހަންމަތަ ކުރަން ނެގި ވަގުތުކަން އެއަންހެންމީހާއަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވެއެވެ. އެލް ތެދުވެގެން އެދިމާލަށް އެނބުރި އަންނަން ފެށުމުން އެއަންހެން މީހާ ހިންދިރުވާލައިފައި އިސްޖަހާލިއެވެ. ބަލަހައްޓައިގެން ހުންނަ އެހެންމީހަކަށް ޝައްކު ނުވާނެހެން ލުއި ފިޔަވަޅުތަކެެއްގައި  އެތަނުން ދުރަށް ހިނގައިގަތެވެ. ކިތަންމެ ވަރަކަށް އެލްގެ އަމަލުތައް ދުނިޔެއަށް ކިޔައިދީ އެލް ބޭޒާރުކޮށްލަން ހިތް ބޭނުންވިޔަސް އެހިތްވަރު އޭނައަށް ނުލިބެނީ އޭނާ ފުރާނަ ފަދައިން ލޯބިވާ ދަރިފުޅުގެ މުސްތަގްބަލަށް ބަނަ ވިލާގަނޑެއް ނެގުމަށް ނޭދޭތީއެވެ. 

“މަޑުކޮށްބަލަ…” ވައިގެ ތެރެއިން ފޭދިގެން އައި އެލްގެ އަޑު ކަންފަތުގައި ޖެހުމާއިއެކު އެއަންހެން މީހާގެ ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. ފަސްއެނބުރި ބަލާލި ވަގުތު އެލްގެ ދެލޮލާއި ދެލޮލުން ކަޝްފު ކޮށްދެމުން ދިޔަ ރުޅިވެރިކަން ފެނިފައި ހިންދިރުވާލެވުނެވެ. ހަުރު ހިނގުމެއްގައި އެނބުރި އެލާއި ދިމާލަށް ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. “މިރޭވެސް އަންނާތި.. ގަޑިއަށް!!..”  އެލް އޭނާ ބޭނުންވާ ކަންތައް ހާމަކޮށްލިއެވެ. އެއަންހެންމީހާއށް އިސްޖަހައިލެވުނީ އޭނާގެ އަތެއް އޭލިއަން ދުނިޔޭގެ ސަލާމަތަށް ހުރަސްއަޅާ ބައިގަނޑުގެ ތެރޭގައި މިރޭ ހިމެނޭނެކަން ވިސްނުނު ހިނދުއެވެ.

އެލްގެ ދެލޮލާއި ހަތަރުކަޅި ހަމަކުރަން ބޭނުން ނުވެފައި އެއަންހެން މީހާ ބޯ ޖަހާލިއެވެ. އެއަށްފަހު ކުރިއަށްވުރެން ހަލުވި ފިޔަވަޅުތައް ވެލިގަނޑަށް ދޫކުރަމުން އެއަންހެން މީހާ ފަސް އެނބުރި ހިނގައިގަތެވެ. ކިތަންމެ ވަރަކަށް އެލްގެ އެދުންތަކަށް ފާޅުގައި އިންކާރު ކުރަން ބޭނުންވިއަސް އެހިތްވަރު އޭނައަށް ވަނީ ނުލިބިފައެވެ. ވިހި އަހަރުވަންދެން އިންތިޒާރުކޮށް ކޮށްފައި ހިތަށް ފިނިކަމެއް ގެނެސްދިން ދަރިފުޅު އަތުން ބީވެގެން ދިޔުމަށް އެދޭނީ ކޮން އެކަނިވެރި މައެއް ހެއްޔެވެ؟

ފަތުރުވެއްސަށް އާދެވުނެވެ. ހުރިހާ ކުދިން ފައިބައި ދާގިނާ ބޭލުމުން އުޅަނދު އެނބުރި އައިކޮޅަށް ދުއްވާލިއެވެ. އެއާއިއެކު ނަޔާނީ މޯޅިއަކަށް ދެމިލައިފައި ކުރިމަތިން ފެންނަމުން ދިޔަ ބިޔަ އިމާރާތަށް އަވަސް ނަޒަރެއް ދިނެވެ. ހުރިހާ ކުދިން އެތެރެއަށް ވަދެ އަތުގައި ހުރި ކާޑުތައް ދެއްކުމުން އެކުދިންނަށް ހަމަޖެހުނު ކޮޓަރިތަކަށް ދެއްކުމަށް ރޮބޮޓުތައް އޭގެ މަސައްކަތް ފެށިއެވެ. ނަޔާނީ، ލިލިޔަން އަދި ރޫނާ ތިބެން ހަމަޖެހުނީ އެއްކޮޓަރިއެއްގައެވެ. ޖެހިގެން ހުރި ކޮޓަރީގައި މިކްޔާލާއި ރަޔާނެވެ. ކޮޓަރިތައް ވެސް ނުހަނު ބޮޑުވެފައި ޖާގަ ތަނަވަހެވެ. ހުރިހާ ކުދިންވެސް ނުހަނު ހިތްހަމަޖެހުނެވެ.

މެންދުރު އަތަށް އަޅައިފައި ވުމުން ހުރިހާ ކުދިން ވެސް ނިންމީ މެންދުރު ނަމާދު ކޮށްގެން، ކައިގެން ރަށުތެރެ ބަލައިލަން ދިޔުމަށެވެ. އެވަގުތު ވެސް އައިސް ޖެހުނެވެ. ޖަޒީރާ ރަށްތަކުގެ ރީތިކަމާއި ހިތްފަސޭހަ ކަމުން ހުރިހާ ކުދިންނަށް ތިބެވެނީ އާޝޯހުވެފައި ބަލަހައްޓައިގެންނެވެ. އެކުދިން އުންމީދު ކުރިވަރަށް ވުރެވެސް ފުރިހަމަވުމުންނެވެ.

“މޫދަށް އެރޭހިތެއް ނެތްތަ ..” ދިހުން ކުލަ އަރަމުން ދިޔަ  ވިލުނޫ ކުލައިގެ މޫދަަށް ބަލައިލަމުން ރޫނާ އަހާލިއެވެ. “މިއީތަ މޫދު؟؟ ..” ނަޔާނީ ހައިރާންވެފައި އަހައިލިއެވެ. ރަށުގައި އެރި އުޅުނު މޫދާއި މާކަ ބޮޑު ތަފާތެއް ނެތެވެ. “އާން!!..” ފެހިކުލައިގެ ގަހުގެ ފަތްތައް ދުރުކޮށްލަމުން ރަޔާން އެތަނުގެ ތަސްވީރު ހިތުގައި ރައްކާ ކޮށްލިއެވެ. ނުހަނު ރީއްޗެވެ.

“އާދޭ… އަގުޅި ނެއްޓީމަ މޫދަށް ވެސް އެރެން ވާނެ..” ނަޔާނީ އަތަކު ފަތަކު ނެޖެހޭހައި ބާރަށް ދުވެފައި ގޮސް މޫދަށް ފުންމައިލިއެވެ. ނަޔާނީ ދިޔަ މަންޒަރު ބަލަން ތިބެފައި މިކްޔާލާއި ރޫނާ އާއި ރަޔާން ވެސް ނަޔާނީގެ ފަހަތުން މޫދަށް އެރުނެވެ. ލިލިޔަން ހުރީ ބަލާށެވެ. އޭނާ މޫދަށް އެރޭކަށް ބޭނުމެއް ނުވިއެވެ. ނަޔާނީ އާއި ރޫނާ އަތުން ހަނާ އަޅައި އައުމަށް އެދި ގޮވި ނަމަވެސް ލިލިޔަންގެ ޚިޔާލު ބަދަލެއް ނުވިއެވެ. ގަސްތަކުން ހިޔާ އެޅޭ ހިސާބުގައި އަތުން ޖާގައެއް ހަދާލުމަށްފަހު ލިލިޔަން ހުުދުހުދު ދޮންވެލިތަކުގެ މަތީގައި އިށީނދެލައިގެން އިނީ އަތިރިމަތީގެ މޫރިތިކަން ބަލައިލާށެވެ.

އިރުކޮޅެއް ވަންދެން އިށީނދެލަިއގެން އިންދާ ފަހަތުން އަޑެއް އިވުނެވެ. ގަސްތަކުގެ ތެރެއިންނެވެ. ޖަޒީރާ ރަށްތަކުގައި އެކި ވައްތަރުގެ މަޚްލޫގުން އުޅޭ ވާހަކަ އާއި ސަމާލުވުމަށް ރޫނާމެން ބުނެފައިވުމުން ލިލިޔަން އަޅައިނުލާ އެކަން ދޫކޮށްލިއެވެ. އެހެންނަމަވެސް އިތުރަށް އެންމެ މިނަޓެއް ހޭދަ ނުވަނީސް އަނެއްކާވެސް އެއަޑު  އިވުނެވެ. ކަންފަތް ދީގެން އިންދާ ތިން ހަތަރު ފަހަރަށް އެއަޑު ތަކުރާރުވިއެވެ. އެއްޗެއް ކުކުރާ އަޑެވެ. އޭލިއަން ބަސް ހިތުދަސްވެފައި ވުމުން ލިލިޔަންއަށް އެކަމެއް ނުއޮޅުނެވެ. ދެޚިޔާލެއްގައި އިނދެފައި ލިލިޔަން ފަހަތަށް ނަޒަރު ހުއްޓާލިއެވެ. މޫދުގައި ސަކަރާތް ޖަހަން ތިބި އޭނަގެ އެކުވެރިންގެ ގާތުގައި ހަދަންވީ ކީއްތޯ އަހާލަން ބޭނުންވި ނަމަވެސް އެކުދިން ނަގަމުން ދިޔަ މަޖާ ފަނިކޮށްލާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ލިލިޔަން ނިންމީ ވީގޮތް ބަލައިލަން ދާށެވެ.

މޫދުގައި ތިބި ކުދިންނަށް ހިލަމެއް ނުވާނެހެން ލިލިޔަން ގަސްތަކުގެ ތެރެއަށް ދެމިގަތެވެ. މުޅި އެސަރަހައްދުގައި ވެސް އެކުދިން ފިޔަވައި އިތުރު ބަޔަކު ނޫޅެއެވެ. އެހެންކަމުން ލިލިޔަންގެ ހިތުގައި ހިސާބަކަށް ބިރުވެރިކަން އަށަގަތެވެ. މަޑުމަޑުން ގަސްތަކުގެ ގޮފިތައް އެއްކައިރި ކުރަމުން ލިލިޔަން ކުރިއަށް ފިޔަވަޅު ނަގަން ފެށިއެވެ. ވަށައި ބަލަމުންނެވެ. އިތުރު މަޚްލޫގެއްގެ ފައިހިލަވަޅު ފެނޭތޯއެވެ. އެގޮތުގައި ކުރިއަށް ދަނިކޮށް ލިލިޔަންގެ ލޮލުގައި އަޅައިގަތީ ވަޅެކެވެ. އޭގެ ދިގުމިނުގައި  ތިން ފޫޓު ހުއްޓެވެ. އަނެއްކާ ވެސް އެއަޑު ތަކުރާރުވިއިރު އަޑު އައީ އެވަޅުގެ ތެރެއިންނެވެ. ލިލިޔަން ބިރުގަނެފައި ހުރިވަރުން މޭގައި އަތްއަޅާ ހިތުގެ ހިނގުން ހަމައަކަށް އެޅުވޭތޯ ބެއްޔެވެ. 

ކުރާނެ ކަމެއް ނޭނގިފައި ހުރެވުނު ސުކޫތު ކޮޅަކަށް ފަހު ލިލިޔަން އެވަޅާއި ދިމާލަށް މަޑުމަޑުން ހިނގައިގަތެވެ. އަތުގައި ޖެހުނު ދަޑިގަނޑެއް އަތަށް ހެޔޮވަރު ކޮށްލަމުންނެވެ. އަތުވެދާނެ ނުރައްކަލަކަށް ސަމާލުވެގެންނެވެ. ހަށިގަނޑުގެ ހުރިހާ ހިއްސެއް ހޭލައްވާލައިގެން ލިލިޔަން ގޮސް އެވަޅުގަނޑުގެ ކައިރީގައި ހުއްޓި އޭގެ ތެރެއަށް ބޯ ގުދުކޮށްލައި ބަލައިލިއެވެ. 

“އަނހަ؟..” ހީކުރި ގޮތާއި މުޅިން ޚިލާފުވުމުން ލިލިޔަން ބޮލުގައި އަތްއަޅައި އަމިއްލަ މޮޔަކަމާއި މެދު ވިސްނައިލި ވަގުތު ހިނިއަންނަ ގޮތްވިއެވެ. ވަޅުގެ ތެރޭގައި އޮތީ ދެ އޭލިއަން ދޫންޏެވެ. އެހެންނަމަވެސް ފުރަތަމަ ދޫނި ވަރަށް ޅައެވެ. އަމިއްލައަށް އުނދުހިގަނެވޭ ވަރަަށް ވަރަގަނޑު ހެދިބޮޑު ނުވެއެވެ. އޭތީގެ ގާތުގައި އޮތީ އޭގެ މަންމަ ދޫނި ކަމުގައި ލިލިޔަން ނިންމިއެވެ. އެހެންނަމަވެސް އޭގެ ފިޔަގަނޑަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އަމިއްލައަށް އުދުހިގަނެ ސަލާމަތް ނުވެވުނީއެވެ. އަދި އޭގެ ދަރިފުޅު ގޮވައިގެން ސަލާމަތުގެ އައްސޭރިއަށް ވާސިލުވުމުގެ ކުޅަދާނަކަން ނުލިބުނީއެވެ. 

ވަޅުގެ ފުންމިނުގައި ގާތްގަނޑަކަށް ތިން ވަރަކަށް ފޫޓު ހުއްޓެވެ. އެދޫނިތައް ވަޅުން ނަގައިދޭން ލިލިޔަން ނިންމިއެވެ. ހިތުގައި އުފެދުނު ކުލުނެއްގެ ސަބަބުންނެވެ. ލިލިޔަން އަތް ދިއްކޮށްލުމުން އެދޫނިތަކުގެ މޫނުމައްޗަށް ކަންބޮޑުވުމުގެ އަސަރުތައް ފާއްދައިލައި ދުރަށް ޖެހިލައިފިއެވެ. އެހެން ނަމަވެސް ލިލިޔަން ހިތްވަރު ދޫކޮށެއް ނުލައެވެ. އެގޮތުގައި އިރުކޮޅެއް ވަންދެން މަސައްކަތް ކޮށްލުމުން އެދޫނިތައް ލިލިޔަންގެ އަތްތިލައާއި ދުރަށް ޖެހެން ކުރި މަސައްކަތް ދޫކޮށްލިއެވެ. އެހެންކަމުން އެހާގިނަ ތަކުލީފުތަކެއް ނުއުފުލައި ލިލިޔަންއަށް އެދުނީތައް ވަޅުން ބޭރަށް ނެގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ހަވޭލީ – ޓްރެއިލަރ

Next

8 – މަލަކާ

Next
June 26, 2025

8 – މަލަކާ

Previews
June 26, 2025

ހަވޭލީ – ޓްރެއިލަރ



All Right Reserved!