ތި ލޯތްބެއް އަލަކުން ނުލިބޭނޭ! 2
ހުރިހާ ކިޔުންތެރިންގެ ސަމާލު ކަމަށް އަޅުގަނޑުގެ ކުރީގެ އެކައުންޓ ރިކަވަރ ނުކުރެވުމާއި ގުޅިގެން މި އެކައުންޓ އިން ވާހަކަ ކުރިޔަށް ގެންދިޔުމަށް ނިންމައިފީމެވެ.
އަދި ކެތްތެރި ކަމާއެކު ވާހަކައަށް އިންތިޒާރު ކުރެއްވި ކަމަށް ޓަކައި ޝުކުރުއަދާކުރަމެވެ.
ޝިހާގެ ކިބައިންނާއި ޝިހާގެ ލޮބުވެތި ކިޔުންތެރިންގެ ކިބައިން އަޅުގަނޑު ނިހާޔަތަށް މަޢާފަށް އެދެމެވެ.
މި ބައި ވެސް ހުރިހާ ކިޔުންތެރިނަންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
” ހަހަހާ…. ކޮންމެހެން ނިދާނެ ކަމެއްނެތް….. ސަކޫރުބެމެން ގޭ ފިހާރައަށް ގޮސް ކާއެއްޗެއް ގަނެގެން ދޭ އަންނަން” ރުފިޔާތަށް ބިންމައްޗަށް އުކާލާފައި ހަނާ ގޮސް ކޮޓަރިއަށް ވަނެވެ. މަޑު ހިނގުމެއްގައި ނާލް ހިނގާފައި ދަނިކޮށް މޫނު މައްޗަށް އަނދިރިވާން ފަށާ މަންޒަރު ފުސްވެގެންދިޔައެވެ. ނާލްއަށް ހޭލެވުނުއިރު އޮތީ ޖިފުޑިގަނޑެއް ފަދަ ތާކުއެވެ. ދެން ފެނުނު މަންޒަރުން ނާލްގެ ދެލޯ މަރާ ބާރު ކޮށްލިއެވެ.
ނާލް އާ ލޭގެ ގޮތުން އެއްވެސް ގުޅުމެއް ނެތް ހަނާގެ އެންމެ ހަގު ދަރިފުޅު ހިލްޔާގެ ގަޔަށް ވަޅިއެއް ހަރާލާފައި އޮތް ތަން ފެނުމުން ނާލްގެ ހިތް ނުބައި ގޮތަކަށް ތެޅެން ފެށިއެވެ. އެހެންނަމަވެސް ނާލް އަށް ކުއްލި ސިހުމެއް ގެނުވީ ހަނާގެ ހުނުމުގެ އަޑަށެވެ.
” ހާދަ ގިނަ ދުވަހަކު މަށަށް މަޑުކުރެވިއްޖެޔޭ.. އެކަކު ކައިރިން ސަލާމަތްވީ.. ދެން ހުރީ އެ އަލާނުގެ ދަރި ގަނޑު އެކަމް އޭނަ އަދި ބަހައްޓާ މަށަށް ހުރިހާ ކަމެއް ކޮއްދޭނެ އެހެން މީހަކު ވަންދެން.. ހަހަހާ…” ހަނާ ނުލަފާ ހިނިގަނޑެއް ޖަހާލާ ނާލް އޮތް ކޮޓަރިއަށް ވަތް އިރު ނާލް ހޭ އަރާފައި އޮތުމުން ކައިރީގައި އޮތް ދަގަނޑު ހޮޅި އަތަށް ހެޔޮ ވަރުކޮއްލާ ނާލްގެ ބަނޑު މަތީ އަތުގަ ހުރި ބާރެއްލާ ޖެހިއެވެ.
ވަގުތުން ނާލްއަށް ބާރަށް ހަޅޭލަވައިގަނެވުނެވެ. އަދި އަނގައިން ދޫކޮށްލާފައި ހުރި ފެން އިސްކޫރެއްހެން ލޭތައް އަންނަން ފެށިއެވެ. ” ބުނަން ކަލޭ ގެއަށް ގޮސް މިއިން އެއްވެސް ވާހަކައެއް އެކަކު ކައިރި ވެސް ކިޔައިގެން ނުވާނެ!! ކިޔައިފިއްޔާ މާ ބޮޑު ވަރު ކޮއްލަން ޖެހިދާނެ..” ހަނާގެ އިންޒާރާއެކު ނާލްގެ ދެލޮލޮން ކަރުނަތަށް އަނެއްކާވެސް ފައިބަން ފެށިއެވެ.
ހަނާ ކައިރީގައި މާސްކެއް އަޅައިގެން ހުރި ފިރިހެން މީހާ ނާލްއާ ދިމާލަށް ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ” ހަނާ… ހަނާ ކިހިނެއް ހިލްޔާގެ ކަންކަން ގެއަށް ގޮސް ހަމަ ޖައްސާނީ؟؟” އެމީހާ އެހެން ބުނުމާއެކު ހަނާ ހިނިގަނޑެއް ޖަހާލިއެވެ. ” ހީކުރީތަ މަ މިހާރު މިހިރީ ބިރުންނޭ؟؟ އަހަރެން ގެއަށް ގޮސް ރޯނީ އެންމެން ކުރިމަތީގަ ހިލްޔާ ގެއްލިއްޖެޔޭ ކިޔައިގެން.. ހަހަހާ … ދެން މާ ދެރަވާކަމަށް ހަދާފައި މިހިރަ އަލާނުގެ ދަރި ގައިގާ ބައްދާލާނީ އެވެސް ނޭވާ ނުލެވޭ ވަރަށް.. ދެން އަހަރެންގެ ދޮށީ ދަރި ހަމައެކަނި އަހަރެން އެންމެ ލޯބިވާ ދަރިފުޅު.. އެ ކުއްޖާ ގޮވައިގެން މާދަމާ މާލެދާން ފުރަން ތައްޔާރު ވާނީ… މަންމަމެން އަހައިފިއްޔާ ބުނާނީ ހަޝްގެ ޓެސްޓުތައް ފޭސްޓުފޭސް ބާއްވާތީ ކުއްލި ގޮތަކަށް ދާން ޖެހުނިއްޔޭ…. ނިމުނީނު…” ހަނާ ކުރަން އުޅޭ ކަންތައްތައް އަޑު އަހާފައި ނާލް އޮތީ ހިރިލަން ވެސް ނުކެރިފައެވެ.
ނާލްގެ ބައްޕަ ގާތުގަ ހުރި ނަމަވެސް މިއަދު މަންމަ ނޫން މީހެއްގެ ބަސް ގަބޫލު ނުކުރާނެކަން އެނގެއެވެ. ހަނާ އައިސް ނާލް ކޮޅަށް ނަގާ ގެއަށް ދިޔުމަށް އަމުރުކުރިއެވެ. ގައިގާ އަޅާ ވޭނަށް ކެތްކޮށްލަމުން ނާލް މަޑުމަޑުން ގެޔާ ދިމާލަށް ދިޔައެވެ. ނާލް އަށް މަޑުކުރަން މަޖުބޫރުވީ އަނެއްކާވެސް އަނގައިން ލޭ އަންނަން ފެށުމުންނެވެ. ގޭ ތެރޭގައި މީހުން ނެތުމުން ނާލް ބާރަށް ކޮޓަރިއާ ދިމާލަށް ދުއްވައި ގަތެވެ. އަވަހަށް ގޮސް ފާހާނާއަށް ވަދެ އަނގަ ދޮވެލިއެވެ. ފެންވެރުމަށް ޓަކައި ނާލް މާގަނޑު ދޫކޮށްލާ މުޅި ހަށިގަނޑު ތެންމާލިއެވެ. ނަގަމުން ދިޔަ ދިލައިގެ ސަބަބުން ނާލް ދުރަށް ޖެހިލިއެވެ. އަދި ބަނޑުގައި އަތް އަޅާފައި ތިރިވެލި ވަގުތު ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ކޯތާފަތްމަތިން ފާއްދާލިއެވެ.
” މަންމާ… މަންމަ މިއަދު މި ދުނިޔޭގެ ހުރި ނަމަ ކިހާ ރަނގަޅުވީސް… ނާލްއަށް މި ޙާލުގަ އުޅޭކަށް ނުޖެހުނީހެއްނު…. ކީއްވެ… ކީއްވެ މަންމަ ނާލް ދޫކޮށްލާފަ ތި ދިޔައީ.. މިއަދު މަންމަ ނާލް ގާތު ހުރި ނަމަ މަންމައެއް ދޭން ޖެހޭ ލޯބިން އަޅުގަނޑު މަހުރޫމެއް ނުވީހެއްނު… ސްކޫލަށް ވެސް ދެވުނީހެއްނު… މިހާރު ނާލްއަށް މި އުޅެން ޖެހެނީ މީހެއްގެ ނޯކަރެއް ގޮތުގަ… ވަލު ޖަނަވާރުން އުޅޭ ގޮތަށް… އެހެން ކުދިން ލާ ގޮތަށް ރީތި ހެދުން ލާން ނާލް ވެސް ބޭނުމޭ… މަންމަ އާއި ބައްޕަ އާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުމޭ…. މިހުރިހާ އުފާތަކަކުން ނާލް އެކަނި ކީއްވެތަ ބާކީ ވެފަ ހުންނަން މި ޖެހެނީ… ނާލްގެ ކޮން ކުށެއް އޮވެގެންތަ….. ދުވަހަކު ވެސް ޝަކުވާ ނުކުރާން ހިތުލިޔަސް ނާލްއަށް ކޮންމެ ދުވަހަކު ކުރިމަތިލާން މި ޖެހޭ ކަންކަމުގެ ސަބަބުން ޝަކުވާ ކުރެވެނީއޭ… މަންމާ….. ނާލްއަށް މަޢާފް ކުރޭ!!!…” ހިތުގައި އުފެދެމުންދިޔަ ޝަކުވާތަށް ބޭރު ކޮއްލުމަށްފަހު ނާލް ރީތި ވެލައިގެން ކޮޓަރިން ބޭރަށް ނުކުތް އިރު މީހެއްގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. ނާލްއަށް ދެ ފަރާތަށް ބޯހޫރާ ލެވުނީ ޔަގީނުން ވެސް އެއީ ހަނާކަން އެނގޭތީއެވެ. މަޑު މަޑުން ނާލް ތިރިއަށް ފައިބާލިއެވެ.
” އަހަރެންގެ ދަރިފުޅު…. ހެޔޮނުވާނެ އެ ކުއްޖާ ކޮންތާކަށްތަ ފިލަން ދާނީ ވެސް… ކީއްވެތަ ހަމަ އަހަރެންގެ ދަރިންނަށް ކަންތައްތައް މީހުން އެ ކުރަނީ… ބައްޕާ ހިލްޔާ ހޯދަން ޕޮލިހުންނަށް ވެސް ގުޅާބަލަ!!!….” ހަނާ އެކްޓު ކުރަން ވެސް މޮޅޭ ނާލް ހިތަށް އެރިއެވެ. އިރުކޮޅަކު އެހެން ރޯން ހުރެފާ ހަނާ އައި ގޮތަށް އައިސް ނާލް ގައިގާ ބާރަށް ބައްދައިގަތެވެ. އަދި ބުރަކަށީގައި ބާރަށް ވިކައިގަތެވެ. ވަގުތުން ނާލްގެ ދެލޯ ފެންކަޅިވިއެވެ.
” ހަނާ … ދަރިފުޅު ރޯތީ މިހާރު އީނާލް ވެސް އެއޮށް ރޮނީ… ދެން ހުއްޓާލާ އަވަހަށް ބައްޕަ މިހާރު ޕޮލިހުނަނަށް ގުޅައިގެން ހިލޫ ހޯދުމުގެ މަސައްކަތް ފަށައިފި…. އަވަހަށް ހުއްޓާލާ އިރާދަ ކުރެއްވިއްޔާ ހިލްޔާ ފެންނާނެ…” ކަން ވެގެން ދިޔައީ ކިހިނެއްކަން ނޭންގުމުން ހަނާ މަންމަގެ ވާހަކަތަކުން ހަނާ ގާތަށް ހިނި އައެވެ. ނަމަވެސް އެއްޗެކޭ ނުބުނެ ގައިގަ ވަރު ނެތް މީހެއް ފަދައިން ކޮޓަރިއަށް ހަޝް ގޮވައިގެން ހަނާ ވަނެވެ. ވީ ގޮތް ހަޝް އަށް ކިޔައިދިނުމުން ދެރަވި ނަމަވެސް މަންމަ ސަބަބަކާ އެކަން ނުކުރާނެކަމަށް ހަޝް ގަބޫލު ކޮށްލިއެވެ. މާލެ ދިޔުމަށް ޓަކައި އެއްޗެހިތައް ފޮއްޓަށް އަޅަން ފެށިއެވެ. ހަނާ ފެންވަރަން ދިޔަ ވަގުތު އޭނާގެ ފޯނަށް އަލާންގެ ކޯލެއް އައުމުން ހަޝް ފޯނު ނެގިއެވެ. އަދި އަލާން ގާތު ކުއްލިއަކަށް މާލެ ދާން ޖެހިގެން ދާ ކަމަށް ބުނެ ހަޝް ފޯނު ކަނޑާލިއެވެ.
ނާލް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އެނދު ކައިރީގައި ގޮސް އިށީންދެލީ ހިތް ފުރޭ ވަރަށް ރޯލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ނަމަވެސް މީހަކު ކޮޓަރި ދޮރުގައި ޖެހުމުން ނާލް ގޮސް ދޮރު ހުޅުވާލިއިރު………
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.

Long time no see sis
Mi part vx vrh reethi Masha Allah ❤️
Rovihjje eenaal ge part kiyaalaafa…
When next ???
Vrh loabiveyyy 😘😘😘
Yes yes long time no see 🙈
Dhn huhttaalaa avahah
Soon Indha Allah 💗
Loabiveyyy moreeeee 💋
Gurrrl mi part vrh habeys ingey
Hulhuvaali iru kaaku huree???
I hate hanaa so much
Dhn oii part ah inthizaaru kurevey eba
Ly<3
Thank you yaanu 💗
Neynge kaaku kameh next part ga ingeyne…
Hanaa dhw same
Lym ❤️
Eyy koyaa
Mi part vrh salhi Masha Allah
Eenaal ah e varu nukohbbala dhw magey future viyya
I lalla vey hessa ingey ❤️❤️❤️
Ooi brw
Thanks
Wallaahi sorry broski 😭😭😭
Lalla vey moreeee 😘
Insha Allah*