Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތި ލޯތްބެއް އަލަކުން ނުލިބޭނޭ! 1

Aysha_10 Level 1
May 7, 2025 2 Mins Read
2 Comments

ބަންގީގެ މޫރިތި އާޔަތްތަކާއެކު ފުރަތަމަ ނޭވާ ކުޑަކުޑަ އީނާލް ލުމާއެކު، ލޯބިވާ މަންމަ އަލްމާ މި ދުނިޔެއާ އަލްވަދާޢުކިޔެވެ. ތުއްތު ފުރާނައިގެ ރުއިމުގެ އަޑު އަލާންގެ ކަންފަތުގައި ޖެހުމާއެކު އުފަލުން ހިތް ނަށާލިއެވެ. ނަމަވެސް ނަރުސް ކުއްޖާގެ މޫނުމަތިން ފެނިގެންދަނީ މާޔޫސްކަމެވެ. އަލާން އޭނާގެ ދަރިފުޅު މަންމަ އަތަށް ދިނުމަށްފަހު، ވީ ކިހިނެއްތޯ ނަރުސް ކުއްޖާ ގާތު ސުވާލު ކުރިއެވެ. ” ކޮބާ އަލްމާ؟ އަހަރެންގެ އަންހެނުންގެ ޙާލު ކިހިނެއްތަ؟؟” އެ ކުއްޖާއަށް ވެސް އަލާން އޭނާގެ އަނބިމީހާ ދެކެ ލޯބިވާ މިންވަރު ސިއްރެނުވެއެެވެ. ” އަލްމާ ވަނީ މިދުނިޔެއާ ވަކިވެގެންގޮސްފަ… އާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރު ކުރައްވާށި!” އަލާންގެ ކަންފަތްދޮށުގައި ހޮނު ގުގުރިއެއް އަޅާލި ކަހަލައެވެ. ވަގުތުން ހިތަށް ވީ ތަދުން ބިންމަތީ ކަކޫ ޖައްސައިލެވުނެވެ. އަލާންގެ މަންމައަށް ވެސް ސިހުމެއް ގެނުވީ އަލާން މިވީ ދުވަސްތަކުގެ ތެރޭގައި ރުއިތަަން ފެނިފައި ނުވާތީއެވެ. އަލާންއަކީ އާނިސާގެ ހުރި ހަމައެކަނި ދަރިފުޅުކަމުން، އެ ދަރިފުޅަށްޓަކައި އާނިސާ ހިތްވަރުކޮށްލާ އަބަދުމެ ހިދުމަތުގައި ދެމިހުންނަން ބޭނުންވިއެވެ.

ގޭގައި ކުއްޔަށް އުޅޭ މަލްހާ އަތަށް އީނަލް ދީފައި އާނިސާ ދިޔައީ ހިނަވާގެއަށެވެ. މަލްހާއަކީ ވެސް ދެ ކުދިންގެ މަންމައެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގަ ހުރީ އެއް އަހަރުގެ ކުޑަކުޑަ އަޒިޔަންއެވެ. އަޒިޔަންގެ ކުރިން ލިބުނު ދަރިފުޅު ކެންސަރގެ ޝިކާރައަކަށްވި ކަމަށް ޓަކައި މި ދުނިޔެއާ ވަކިވާން ޖެހުނީއެވެ. ކުޑަކުޑަ ނާލް ބަނޑުަހައިވެގެން މާ ވަރަކަށް ރޯތީ މަލްހާގެ ހިތުގާ ރިއްސާލިއެވެ. އެހެން މީހެއްގެ ދަރިޔަކަށް ގާތުން ދީފިއްޔާ ރުޅި އައިސް ދާނެތީ ބިރުގަންނަނީއެވެ. ގިރާފައި އެހާ ކުޑައިރު ދިނުމަކީ ރަނގަޅު ކަމެއް ނޫންކަން މަލްހާ އަށް އެނގުނަސް އެ ކުއްޖާ އެހާ ބަނޑުހައިވެގެން ތެޅޭ އިރު އެގޮތަށް ދޫކޮށްްލަން ބޭނުން ނުވެގެން ގިރާފައި ނާލްއަށް ބުއްފުޅި ޖެއްސިއެވެ.

**** 3 އަހަރު ފަސް *****

މިހާރު އަލާން އުޅެނީ މަޑުއްވަރީގެ ވަރަށް މުއްސަނދި އާޢިލާއެއްގެ މީހަކާ ކައިވެނިކޮށްގންނެވެ. ހަނާ އަކީ ދެ ކުދިންގެ މަންމައެވެ. ނާލްއަކީ އޭނާގެ ދޮންދަރިކަމުން އެހެން ކުދިންނާ ނާލް އާ ހާސްބައި ތަފާތު ކުރެއެވެ. މިހާރު އަލާންއަކީ އެގޭ އެއް ރިސޯޓުގެ ވެރިއެއް ކަމުން ރަށަށް އާދެވެނީ ވަރަށް މަދުންނެވެ. އީނާލްއަށް އެންމެ ކުޑައިރުއްސުރެ މަންމައެއްގެ ލޯތްބަށް އެދިއެދި ހުއްޓާ ބައްޕަ ހަނާއަށް އިނުމުން ވީ އުފާވެސް ބަޔާންކޮށްދޭކަށް ނޭނގެއެެވެ. ނަމަވެސް ކަންތައްތައް ވގެންދަނީ ނާލް ހީކުރި ގޮތާ ޙިލާފަށެވެ.

” ކިތައް ފަހަރު ބުނީމަ ތަ ކުއްޖާގަނޑަށް އަޑު އިވޭނީ… އޭން… މަ ކިތައް ފަހަރު ބުނެފިން މަގޭ ދަރިން ގައިގަ އަތް ނުލާށޭ..ހަޑި މުޑުދާރު ކުއްޖާގަނޑާ މަ ހިތަށް އަރާ ކަލޭ މަރާލަންވެސް… ކުރިމަތިން ދުރަށް ދާންއުޅޭ… ކިތަންމެ ވަރަކަށް ރުޔަސް މީހަކު ނާންނާނެ ތި ކުއްޖާގަނޑު ކައިރިއަކަށް… ހަމަ މިހާރު ހުއްޓާލާފަ ދޭ ގޭ ދޮށް ކުނިކަހަން!!” ހަނާގެ ހަރުކަށިކަމުން ނާލް ހިތުގައި ޖެހުނެވެ.އުމުރުން އެންމެ ތިން އަހަރުގެ ނާލްގެ ކުށަކީ ކޮބާ މެދު ކިތަންމެ ވަރަކަށް ވިސްނިޔަސް އެ ކުޑަކުޑަ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. ނާލް ހުރިގޮތަށް އެއްވެސް ހަރަކާތެއް ނުކޮށް ހުރުމުން ހަނާ އައި ގޮތަށް އައިސް ނާލްގެ އަގުގައި ހިފާ ދޮރާ ދިމާލަށް ކޮއްޕާލިއެވެ. ވީ ތަދުން ނާލްއަށް ބާރަށް ރޮއިގަނެވުނެވެ.

” މަން….މަންމާ…”ނާލް ބާރަށް ހަޅޭލަވައިގަތެވެ. ” މަށަށް ކޮންމެހެން މަންމަ ކިޔަން ހަދާނެ ކަންނެތް… ބުނީމަ ބުނާ ކަންކަން ނުކޮށް މާކަނައެއްހެން ހުންނަންޏާ ޖެހޭނީ ބޮނޑިއެއް އަޅާލަން އަނެއްކާވެސް… ހަމަ މިހާރު ދޭ ބުނި ކަންތައް ކުރަން”. ގިސްލަ ގިސްލާ ރޮވެމުން ދިޔަ ނާލް ގައިގަ ހުރި ހިތްވަރެއްލާ ކޮއްޅަށް ތެދުވިއެވެ. ގުދަނުން އިލޮށި ފައްޗެއް ނަގައިގެން ގޮސް ބޭރު ކަހަން ފަށިއެވެ. ލޮލުން ހުއްޓުމެއްނެތި އަންނަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލިއެވެ. ކުނިކަހާ ނިންމާލުމަށްފަހު ނާލް ފެންވަރާލައިގެން އަރާމުކޮށްލުމަށްޓަކއި ބޭރުގައި ބަހައްޓާފައި ހުރި ފަތްޖެހި އެނދުގަައި ހަމަޖެހިލިއެވެ.

” ކޮބާތަ އެ ކުއްޖާގަނޑު މަ މިހާރު ބަނޑުހައިވޭ އެބަ…. ކައްކައިގެންނެއް ނުކެވޭނެ..” ހަނާ ގޭގެ އަނެއް ފަަޅިއަށް ދިޔައިރު ނިދާފައި އޮތް އީނާލް ފެނުމުން އައި ރުޅީގައި ގޮސް އަލަމާރިން ފިނި ފެންފުޅިއެއް ނަގާ ނާލް ގަޔަށް އަޅާލިއެވެ.

” ހަހަހާ…. ކޮަންމެހެން ނިދާނެ ކަމެއްނެތް… ސަކޫރުބެމެން ގޭ ފިހާރައަށް ގޮސް ކާއެއްޗެއް ގަނެގެން ދޭ އަންނަން” ރުފިޔާތައް ބިންމައްޗަށް އުކާލާފައި ހަނާ ގޮސް ކޮޓަރިއަށް ވަނެވެ. މަޑު ހިނގުމެއްގައި ނާލް ހިނގާފައި ދަނިކޮށް މޫނު މައްޗަށް އަނދިރިވާން ފަށާ މަންޒަރު ފުސްވެގެންދިޔައެވެ. ނާލްއަށް ހޭލެވުނު އިރު އޮތީ ކުޑަ ޖިފުޑިގަނޑެއް ފަދަ ތާކުއެވެ. ދެން ފެނުނު މަންޒަރުން ނާލްގެ ދެލޯ މަރާ ބާރުކޮށްލިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aysha_10

Level 1

I hope one day I can inspire you all with my writing....

Other Articles

Previous

ޒެވިއަން 7

Next

އިރީނާ ސުލައިމާން

Next
May 8, 2025

އިރީނާ ސުލައިމާން

Previews
May 7, 2025

ޒެވިއަން 7

2 Comments!

  1. leeshaa says:
    May 9, 2025 at 6:15 pm

    Mi part vx vrh reethi Masha Allah sis ❤️
    ekamaku e kuhjjaa ah ehn hadhaakah nuvaane ehnu
    haadha thadheh vaaneyey
    i have experienced gayay fini fen elheema vaagoii 😖
    alaanu vx e ulhenee hama laariyaigen moya vegen huvaa mi buni
    naal ah fenunee kon manzarehbaa
    i wonder 🤔
    luv yu bodukohhh sissy 😘

    1. POCHINKI says:
      May 9, 2025 at 7:05 pm

      thank you very much 💗
      assu vx dhw
      hehe mee too aslu freeze vanee huri thanah dhw
      money is life for him ig
      lets ckn manzarehkan fenunee dhw
      luv you maa bodukohhh 💋

Comments are closed.

Next Episodeތި ލޯތްބެއް އަލަކުން ނުލިބޭނޭ! 2←


All Right Reserved!