Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

ތި ލޯތްބެއް އަލަކުން ނުލިބޭޭނޭ! 3

Aysha_10 Level 1
July 22, 2025 3 Mins Read
0 Comments

ކިޔުންތެރިންގެ ސަމާލުކަމަށް!!

މި ބައި ލަސްވި ކަމަށް ޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި މި ވާހަކައިގެ ބައިތައް އަވަހަށް ގެނެސްދެވޭތޯ ބަލާނަމެވެ.

މި ބައި ވެސް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.

ނާލް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އެނދު ކައިރީގައި ގޮސް އިށީންދެލީ ހިތް ފުރޭ ވަރަށް ރޯލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ނަމަވެސް މީހަކު ކޮޓަރި ދޮރުގައި ޖެހުމުން ނާލް ގޮސް ދޮރު ހުޅުވާލިއިރު…….

ނާލް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އެނދު ކައިރީގައި ގޮސް އިށީންދެލީ ހިތް ފުރޭ ވަރަށް ރޯލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ނަމަވެސް މީހަކު ކޮޓަރި ދޮރުގައި ޖެހުމުން ނާލް ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ރޮވިފައި ހުރި ހިލްޔާގެ ދޮންތަ ފެނުމުން ހައިރާންވިއެވެ. މިވީ ހާ ދުވަހު ނާލްއަށް ވާހަކަ ނުދައްކާ ހުރެފައި ކުއްލިއަކަށް ނާލް ގާތަށް އައުމުންނެވެ.

ކޮޓަރިއަށް ވަނުމަށް ތަން ދެއްކުމަށްފަހު ނާލް ދޮރު ލައްޕާ ދުރުގައި ބަލަން ހުއްޓެވެ. ” އީނާލް … މިއޮށް ހުރިހާ ދުވަހު ވާހަކަ ނުދައްކާ ހުރެފައި މިއަދު ވާހަކަ ދެއްކީމާ އިނގޭ ހައިރާން ވާނެކަން… މިހާ އަވަހަށް އަހަރުތައް ފާއިތުވަމުން ގޮސް އީނާލް ވެސް ތިހިރީ 13 އަހަރު ވެފަ… މިގެޔަށް އައި އިރު އެންމެ 3 އަހަރު… އެންމެން ބަދަލު ވެއްޖެ… ތީ އެކައްޗެއް ވެސް ނުކިޔަވާ ހުރި ކުއްޖެއް… އެކަމާ އަހަރެން ވެސް ދެރަވޭ… ބުނަން އަހަންނާއި މަންމަ މި އުޅެނީ މާލެ ދާން.. ކުރަންވީ ކަމަކީ މަންމަ ކައިރި ގޮސް އާދޭސް ކުރޭ އަހަރެމެން ދާއިރު މާލެ ގެންދިޔުމަށް އަދި ކިޔަވަން ބޭނުން ކަމަށް ވެސް ބުނޭ… އޭރުން އެކަން ނުވެއްޖެއްޔާ އަހަރެން މަންމައަށް ބިރު ދައްކާނަން… އީނާލްއަށް ކިޔެވުމަށް ފުރުސަތު ނުދެންޔާ އަހަރެން ވެސް ނުދާނެ ކަމަށް.. އޯކޭ އެއްނު..” ނާލް ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. ހަޝް ގޮސް ނާލް ގައިގާ ބައްދާލުމުން މިޔޮށް ހުރިހާ ދުވަހު ނާލްއަށް ނުލިބުނު ލޯބި ލިބެން ފެށީބާއޭ ވެސް ހިތަށް އެރިއެވެ.

ނާލް އެކަމާ އެއްބަސްވެ، ހަޝްމާ އާ އެކު ގޮސް ވަނީ ހަނާގެ ކޮޓަރިއަށެވެ. ނާލް މަޑު ހިނގުމެއްގައި ގޮސް ހުއްޓިލީ ހަނާގެ ކުރިމަތީގައެވެ. މިވަނީ ކީއްކަމެއް ނޭނގި ހުރި ހަނާގެ ނަޒަރު ހުއްޓިލީ އެނދުމަތީގައި ހަމަޖެހިލައިގެން އިން ހަޝްމާއަށެވެ. ” މަންމާ….. މަންމަ ގާތު އީނާލް ވާހަކައެއް ބުނަން ބޭނުމޭ ބުނީމަ މިއައީ ގޮވައިގެން” އެހެން ބުނުމާއެކު ހަނާ ނާލް އާ ދިމާލަށް ބަލާލިއެވެ.

” މަ…މަންމާ! އަޅުގަނޑު ބޭނުން މަންމަމެންނާ އެކު މާލެ ގޮސް ކިޔަވަން..” އެހިސާބަށް ބުނެވުމާއެކު ހަނާ ވަގުތުން ނާލްގެ ވާހަކަ މެދު ކަނޑާލިއެވެ. ” ކިޔަވާށޭ! ހައް… ކޯއްޗެއް ކިޔަވަން އުމުރުން 13 އަހަރު ވެފައި ތިހުރީ ގުރޭޑު 1 ނު ވަންނަން ޖެހޭނީ ވެސް… ނޭނގެ އެންމެ ކުޑަ މިނުން އެއްޗެއް ލިޔަންވެސް އަމުދުން ކިޔާކަށް ވެސް ނޭނގެއެއްނު…. ތިކަހަލަ ގަމާރެއް ގެންގޮސްގެން މަ ލަދު ގަންނާނީ..” ހަޝް އިން ތަނުން ތެދުވެ ނާލްގެ ދިފާޢުގައި ތެދުވިއެވެ.

” މަންމާ.. ތިހެން ނުބުނޭ… މަންމަ ވެސް ތިހެން ކިޔާކަށް ރަނގަޅެއްނޫން… މަންމައަށް އިނގޭތަ ކިހާ ވަރެއްގެ ކަމެއްކަން ތި ކުރެވުނީ އޭން!! އަމިއްލަ… އަޅާނުލާ މިވާހަކަ ދެއްކުމުގެ ބޭނުން ވެސް ކޮބާ؟ މަންމާ އީނާލް އަށް ކިޔެވުމުގެ ފުރުސަތު ދީ.. މަންމައަށް ކިހިނެއް އިނގެނީ އީނާލްއަށް ލިޔަންކިޔަން ނޭނގޭ ކަމެއް… އީނާލްއަށް އިނގޭ ލިޔަން ވެސް ކިޔަން ވެސް… މިހާރު ވެސް އީނާލްއަށް ގޮސް ގްރޭޑު 7 ކަށް ވަދެވޭނެ.. މަންމާ!!! މަންމަ އީނާލްއަށް ކިޔެވުމުގެ ފުރުސަތު ނުދެންޔަކާ ހަޝްއެއް ވެސް ނުދާނަން” މިއިން ދުވަހަކު ހަނާއާ ދިމާލަށް އެއްޗެއް ނުކިޔާ ކުއްޖާ މިއަދު ކުއްލިއަކަށް އައި ބަދަލާއެކު ހަނާއަށް ސިހުމެއް ގެނުވިއެވެ. ހަޝްގެ ބަހަށް ގަބޫލުވެ، ހަނާ ނިންމީ ނާލްއަށް ކިޔެވުމުގެ ފުރުސަތު ދިނުމަށެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޖެހޭ މަޑު ވައިރޯޅިތަކުން ބެލްކަނީގައި ހުރި ނާލްގެ ރާޅު ބާނި އިސްތަށިގަނޑު އެ ވަޔާ ތޮޅެމުން ގެންދިޔުމަށްވަނީ ދޫކޮށްލާފައެވެ. ލޮލުން ހޫނު ކަރުނައިގެ ރޮނގެށް އެ ދޮން މޫނުގެ ކޯތާފަތް މަތިން ކުރެހިގެންދިޔައެވެ. ބައްޕަ ދުނިޔޭގަ ހުރެ، އެ ލޯބިން ވެސް ވަނީ މަހުރޫމުވެފައެވެ. އަމިއްލަ މަންމަ މި ދުނިޔެއާއި ވަކިވެގެން އެ ދިޔައީ މި ފުރާނަ ރަނގަޅަށް ބެލުމަށް ވަޞިއްޔަތް ކޮށްފައިނޫން ހެއްޔެވެ؟؟  ކޮށްފައިވީ ވަޞިއްޔަތަށް ވެސް ބައްޕަދީފައި އެވަނީ ބީރު ކަންފަތެކެވެ. މީ މިއަދު އެއް ކުއްޖަކު ވެސް އުޅެން ބޭނުންވާނެ ގޮތް ހެއްޔެވެ؟؟ އެތައް ޖަވާބު ނުލިބޭނެ ސުވާލު ތަކެއް ދިޔައީ ނާލްގެ ސިކުނޑި ވަށާލަމުންނެވެ.

އެތައް ވަގުތެއް އީނާލް ހޭދަކުރަމުންދަނީ މި ވޭނީ ދިރިއުޅުމުން ސަލާމަތްވުމަށް ކުރެވޭނެ ކަމަކާމެދު ވިސްނަމުންނެވެ. އެތައް ރެޔެއް ނުނިދާ އަމިއްލަ މީހާ ކުއްވެރި ކުރަމުންދިޔައީ ނާލް މި ދުނިޔެއަށް ނައިނަމަ ކަންކަން މިހެން ނުވީސްކަމަށް ބުނަމުންނެވެ.އަމިއްލަ ހިޔާލީ ދުނިޔޭގައި ފީނަމުން ދިޔަ އީނާލްއަށް ފުއްމާލެވުނީ ފުން ކަނޑެއްގެ ތެރެއަށެވެ. ނާލް ކުއްލިއަކަށް ތެދުވެ ރޯންފެށިއެވެ. މުޅި މީހާ އެއްކޮށް ދާހިއްލާ ފުން ނޭވާ ތަކެއް ލެވެމުން ދިޔައެވެ. އީނާލްގެ ބުޅި އިސްތަށިގަނޑުގައި ދެ އަތުން ހިފަހައްޓާ ހިތް ފުރޭ ވަރަށް ރޯލިއެވެ. ފެނިގެން މި ދިޔަ ހުވަފެނަކީ ހަޤީޤަތަށްވެދާނެ ކަމުގެ ބިރު ނާލްގެ ހިތުގައި ކުރެހެން ފެށިއެވެ.

( ނުނިމޭ )

 

 

 

 

Share Article

Follow Me Written By

Aysha_10

Level 1

I hope one day I can inspire you all with my writing....

Other Articles

Previous

މަޢާފް އެދެމުން 35

Next

އެހަނދާން 2

Next
July 22, 2025

އެހަނދާން 2

Previews
July 22, 2025

މަޢާފް އެދެމުން 35



All Right Reserved!