Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަ

13 – މަލަކާ

ishko Level 110 Stories
July 1, 2025 3 Mins Read
1 Comment

ތޭރަވަނަ ބައި

އޮސްޓްރޭލިޔާ އަށް އާދެވުމާއި އެކު އަހުސަންގެ އުންމީދަކަށްވީ މަންމަ އާއި ބައްޕަގެ އުންމީދުތައް ފުރިހަމަ ކުރުމަށްޓަކއި މިންނަތާއި އެކު މަސައްކަތް ކޮށް އެދެމީހުން ފަޙުރުވެރިވާނޭ ދަރިއަކަށް ވުމަށެވެ. އެހެންނަމަވެސް އަހުސަންގެ ދިރިއުޅުން ބައްޓަންވީ ޙުދު އަހުސަން ވެސް ބޭނުންވިގޮތަކަށްނޫނެވެ. އޮސްޓްރޭލިޔާ ދެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަހުސަން އަށް އާ ރައްޓެހިންތަކެއް ލިބުނެވެ. ފޮނި އުއްމީދެއްގައި ކިޔަވަން އައި އަހުސަން އަށް، މިލިބުނު ރައްޓެހިން ވީ އައި މަގްސަދުވެސް ހަނދާންނައްތާލުވި ބަޔަކަށެވެ. އެހާވެސް މަޖަލުގައި ދުވަސްތައް ގުނަމުން ދިޔައިރު މިވެއްޓެނީ ކިހާ އަޑިއަށް ކަމެއް އޭރަކު އަހުސަންއަކަށް ނުވިސްނެއެވެ. މަސްތުވާ ތަކެތީގެ އަވައިގައި ޖެހި މުޅި މީހާ އޮޔާދާ ކަރުދާސް ކޮޅެއްގެ ބީދައިން ދާއިރު އާއިލާ މީހުންނާއި ރަށުގެ ހެޔޮއެދޭ އެކުވެރިން މަތިން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. އަހުސަން ފުރާނަފަދައިން ލޯބިވި ބައްޕަ މިދުނިޔެ ދޫކޮށްދިޔަ ހިތާމަ ވެރި ހަބަރު ދިނުމުން އެހަބަރު އޭރު އަހުސަން އެހީ އެއީ އެއްވެސް ކަމެއްނޫން ކަމުގައެވެ. މަސްތުގައި ޖެހި ވާނުވާ ނޭނގޭ ހާލު އަހަރުތައް ވޭތުކުރަމުން ދިޔުމުގެ ނަތީޖާ އެއްގެ ގޮތުން އަހުސަން ބަލިވާން ފެށިއެވެ. އެނދުން ނުތެދުވެވޭ ހާލު އައުމުން އެންމެ ފުރަތަމަވެސް އަހުސަންގެ ހަނދާނަށް އައީ ބައްޕަގެ މަތިންނެވެ. ބައްޕަ ދެއްވި އަގުހުރި ނަސޭހަތްތަކެވެ. ބައްޕަ ކުރި އުންމީދު ތަކެވެ. ބަލިހާލު ބޮޑުވަމުން ގޮސް އޮތްތަނުން ނުތެދެވޭ ހާލަށް އަހުސަން ދިޔައެވެ. އެހާލުގައި އަހުސަން އަށް އެހީތެރިވީ އަހުސަން ހުންނަ ގޭގައި މަސައްކަތް ކުރާ ނޯކަރެކެވެ. ޑޮކްޓަރުގެ އެތައް ތަހުލީލު ތަކެއް ކުރުމަށްފަހު ދިން ޖަވާބަކުން އަހުސަންގެ މުޅި ދިރިއުޅުން ބަންޑުންވެގެން ދިޔަހެން ހީވިއެވެ. އެހެންނަމަވެސް ވިސްނުނީ މާފަހުންނެވެ. ދެއަތް މައްޗަށް ނަގާ ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. ހެޔޮ ތައުބާއަކުން ތައުބާވިއެވެ. އެހެންނަމަވެސް އޭރު އަހުސަންގެ މުޅި ދިރިއުޅުން ހަލާކުވެއްޖެއެވެ. އެއިޑްސް ޖެހިފައިވާ މީހެއްގެ ގޮތުގައި އެނބުރި އާއިލާ މީހުން ކައިރިއަށް ދާން ޖެހިލުންވިއެވެ. އެހެންނަމަވެސް ދުނިޔެ އަޅާ ދިއުމުގެ ކުރިން އެއްމެ ފަހަރަކު ނަމަވެސް ލޯބިވާ ދެކޮއްކޮ ދެކިލުމަށްޓަކައި ހިތް އަވަސް ވެގަތެވެ. އެންމެ ހިނދުކޮޅަކުވެސް އެތާ ހުންނަން އަހުސަން ބޭނުން ނުވީއެވެ. އެހެންވެ އަވަހަށް ފުރައިގެން އައީ ދުވަހަކުވެސް ދެން އެނބުރި ނާންނަ ގޮތަށެވެ. އުމުރަށް އަލްވަދާއު ކިޔާފައެވެ.
މީ އަހުސަން ގެ ހަޔާތް ބަރުބާދުވެގެން ދިޔަގޮތެވެ.
އަހުސަންގެ އަތް ތުރުތުރު އަޅާހާލު ބޮލުގައި ދެއަތުން ބާރަށް އަތް އަޅާ ބާރުކޮށްލިއެވެ. އަޑުގެ ކޮޅަށް ހަޅެއްލަވައިގަންނަން އަހުސަންގެ ހިތަށް އެރިއެވެ. އެހެންނަމަވަވެސް މަޑުމައިތިރިކަން ހިޔާރުކުރިއެވެ. މަލަކާ އަށް ރޮވޭ ގޮތްވި ނަމަވެސް އެކަން ދޮންބެ އަށް ނުދައްކަން މޫނު އަނބުރާލިއެވެ. އަހުސަން ހީކުރީ މަލަކާ ރުޅިއައީ ކަމަށެވެ. ތެދެކެވެ. އަހުސަން ދެކެ އެންމެން ރުޅިއައުން ހައްގެވެ. ފޫހިވުން ހައްގެވެ. މިހެންވެ މަޑުމަޑުން ތެދުވެ ހިނގައިގަތެވެ. އެވަގުތު މަލަކާ އަހސަންގެ އަތުގައި ހިފަހެއްޓިއެވެ. “ދޮންބޭ.. ކޮންތާކަށް”.. މަލަކާ ތެދުވިއެވެ. އަދި އަހުސަންގެ ކުރިމައްޗަށް އެރިއެވެ. “ދޮންބެ އަކީ މާފު ހައްގުވާ މީހެއް ނޫން. އެހެންނަމަވެސް ދޮންބެއަށް މާފުކުރޭ. ދޮންބެ ދަނީ. މަލަކާޔާ ދުރަށް. އައިކޮ އާ ދުރަށް.. ” އަހުސަން އަނެއްކާވެސް ހިނގައިގަންނަން އުޅުނެވެ. އެވަގުތު އައިމަން އައިސް އަހުސަންގެ ފައިގައި ބައްދާގަނެވެ. “ކޮއްކޮ ބަހައްޓާފަ ނުދޭ.. ބައްޕަވެސް ދިޔައީ.. ދޮންބެ ވެސް ދަނީ.. އައިކޮ ކިހާ އެކަނިވާނެ..” އަހުސަން ރޯން ފެށިއެވެ. މަލަކާވެސް އަހުސަން އަތުގައި ބާރަށް ހިފަހައްޓާލިއެވެ. ދުވަހަކުވެސް ނުދާށޭ ބުނާ ފަދަގޮތަކަށެވެ. “ދޮންބޭ. ނުދޭ. އަހަރެމެން ދޫކޮށްފަ ނުދޭ.” އަހުސަން އަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަކަށް ނޭޅުނެވެ. އަހުސަން ގެ ލޮލުން ކަރުނަ ފާޢްދާލިއެވެ. އައިމަން ނަގާ ބާރަށް ބައްދާލިއެވެ. އެވަގުތު މުޅި ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައީ ތިންބެއިންގެ ގިސްލުމުގެ އަޑެވެ. އަހުސަންގެ ހަޔާތުގެ ބާކީ ދުވަސްތައް އައިމަން އާ މަލަކާ އާ އެކީ ހޭދަކުރުމަށް ނިންމިއެވެ. އެކުޑަ އާއިލާއަށް އުފާވެރިކަން ގެނެސްދޭން އަހުސަން އަޒުމް ކަޑައެޅިއެވެ. ހަޔާތުގެ ކުރު ދުވަސްތައް އުފަލުގައި ހޭދަކުރަން ނިންމިއެވެ. ހަމައެކަނި ދެކޮއްކޮގެ ހައްގުގައެވެ.
“މިއަދަކީ ކިހާ އުފާވެރި ދުވަހެއް. މަލަކާ ކޮއްކޮ އާ ހަޔާތެއް ފެށިދުވަސް” އަހުސަން ކަރުނަ ފޮހެލުމަށްފަހު ހިނިތުންވެލަމުން ބުންޏެވެ. އެވަގުތު މަލަކާގެ މޫނު ޖަންބުވެގެން ދިޔައެވެ. “އޯކެ ދޮންބޭ.. ދޮންބެވެސް އާހަޔާތެއް ފަށާނެ އެއްނު” މަލަކާއަށް މިހެން ބުނެވުނީއެވެ. އެވަގުތު މުޅިތަނަށް އަނެއްކާވެސް ހަމަހިމޭންކަން ވެރިވިއެވެ. އެހަމަހިމޭންކަން ކަނޑާލީ ކޮޓަރިތެރެއަށް ވަދެގެން އައި ސަނާހުއެވެ. “ކޮބާ މިހާރު ހަމަޔަކަށް އެޅިއްޖެތަ؟ ނޫނީ އަދިވެސް ކަރުނަ ނުހިކޭ” ސަމާސާކޮށްލަމުން ސަނާހް ބުންޏެވެ. “މާމަ އެބައުޅޭ ތިން ކުދިން ނުފެނިގެން.. ސަޔަށް ތައްޔާރުކުރަން އުޅފަ މަލަކާ ދިޔަ ތަނެއް ނޭނގެޔޯ ކިޔަމުން މިދިމާލަށް އަންނަން ހެދީމަ މަބުނިން މަލަކާ ގޮވައިގެން މިއަންނަނީއެ. އަވަހަށް ދޭ މަލަކާ. އައިމަން ވެސް ދޭ އެފަރާތަށް.” ސަނާހް މިހެން ބުނުމުން މަލަކާ ވެސް އައިމަން ގޮވައިގެން ނިކުތެވެ. ސަނާހް އާ އަހުސަން އާ ދެމީހުން ވާހަކަދައްކަން ކޮޓަރީގައި މަޑުކޮށްގެން ތިބީއެވެ.
މަލަކާގެ ހަޔާތަށް އަނެއްކާވެސް އުފާވެރިކަން އައީއެވެ. ހަމައެކަނި މަލަކާގެ ހަޔާތަކަށް ނޫނެވެ. އައިމަން ވެސް ހުންނަނީ އަބަދުވެސް އުފަލުން ފޮޅިފައެވެ. އާޒިމް ދިއުމުގެ ހިތާމާގައި ގަބުވެފައި ހުންނަ އައިމަން އަށް އަހުސަން އައުމުން ބައްޕަނެތް ކަމުގެ އިހުސާސް ކުޑަކޮށްދިނެވެ. މަލަކާވެސް އާހަޔާތެއް ފެށުމުން ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ މަންމަގެ ދިރިއުޅުމުން ފިލާވަޅުތަކެއް ދަސްކޮށްގެންނެވެ. އެއީ ކެތްތެރިކަމެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނޭ މަލަކާކައިރީ އަބަދުވެސް މަންމަ ބުނާނެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ގޮތެއްވެސް ނޭނގެއެވެ. މަލަކާއަށް ލޯބި ލޯބި އަންހެން ކުއްޖަކު ލިބުނެވެ. އެއީ ޔަނާލްއެވެ. ޔަނާލް މިދުނިޔެއަށް ނޭވާލީ ދުވަހަކީ އަހުސަން މިދުނިޔެ ދޫކުރި ދުވަހެވެ. އެދުވަހު މަލަކާ ވަރަށް ރުޔެވެ. އެހެންނަމަވެސް ކޮންމެ މީހަކީވެސް ދުނިޔެ ދޫކޮށް ދާންޖެހޭނެ މީހެކެވެ. އަހުސަން މިދުނިޔެ ދޫކޮށް ދިއުމުން އެންމެ ފުން ހިތާމައެއް ކުރީ އައިމަންއެވެ. އެހެންނަމަވެސް ސަނާހްގެ ހިތްވަރުން ފުރިގެންވާ ބަސްތަކުން އައިމަން ހަމަޔަކަށް އެޅުވިއެވެ. ސަނާހް އަކީ މަލަކާގެ ހަޔާތަށް އައި ނަސީބެއް ކަމުގައި މަލަކާ ދެކުނެވެ. މަލަކާއާއި އައިމަން އަށް އެހާ އަޅާލާ އޯގާތެރިއެވެ.
މިހާރު ތިން އަހަރު ފާއިތުވެގެން ދިޔައީ އެވެ. މާސިންގާ ކަނޑުގެ ރާޅުތަކަށް ބަލަން އިން މަލަކާ ހޭވެރިކަންވީ މަލަކާގެ އުނގުމަތީއިން ޔަނާލް ގެ އަޑަށެވެ. “ބައްޕާ ” .. އެހިނދު މަލަކާ ފަހަތް ބަލާލިއެވެ. ސަނާހް ހުރީ މަލަކާގެ ފުރަގަހުގައެވެ. އައިމަން ހުރި ކަން އެނގުނީ ސަނާހެ ގެ ފަހަތުގަ ހުރެފަ ކުއްލިއަކަށް ސިއްސުވާލީމައެވެ. އައިމަން އާ ޔަނާލް ދެކުދިން ސަނާހްގެ އަތުގައި ހިފައިގެން މަލަކާ ކައިރީ އިށީނެވެ. މިހާރު އެއީ ފުރިހަމަ އާއިލާއެކެވެ. ދުވަހަކުވެސް ވަކިވެގެން ނުދާނޭގޮތުގައެވެ.

 

= ނިމުނީ =

Share Article

Follow Me Written By

ishko

Level 110 Stories

Other Articles

Previous

މަޢާފް އެދެމުން 26

Next

ދަތުރު-7

Next
July 1, 2025

ދަތުރު-7

Previews
July 1, 2025

މަޢާފް އެދެމުން 26

One Comment

  1. Shaf_maan says:
    July 1, 2025 at 6:19 pm

    Maasha Allah mi stry vrh reethi💜
    Vrh kiyaahithun kiyaali stry eh
    You are a very talented author
    I really appreciate your work
    Hope to see a new stry from you
    Tc.. Lyy💜💜

Comments are closed.



All Right Reserved!