Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

2-ހިތް ހިގުން އަވަސްވޭ

lalla
lalla Level 1
June 21, 2025 One Min Read
5 Comments

ކާރުން ފޭބި ގޮތަށް ކުއްލިއަކަށް އޭނާއަށް ފެނުނީ އޭނާ ލޯބިވާ އިވާންއެވެ. އިވާން ފެނުމާއެކު އޭނާގެ ހިތް ހިނގުން އަވަސްވެގެން ދިޔައެވެ. ދުވަހަކުވެސް އިވާންދެކެ އޭނާ ލޯބިވާކަން އިވާންއަށް އިޙުސާސުވެފައި ނުވި ނަމަވެސް، އިވާން ދެކެ އުމްނާ ލޯބިވަނީ އޭނާގެ ނަފްސަށްވުރެ ބޮޑަށެވެ.
އިވާންއަކީ އުމްނާގެ އެންމެ ގާތް އެކުވެރިޔާ އީޝާގެ ދޮންބެއެވެ. ނަމަވެސް، އިވާން އަބަދުވެސް އުމްނާ ދެކެ ރުޅި އާދެއެވެ. އިވާންއަށް އުމްނާ ފެނިއްޖެނަމަ ރުޅި އަންނަނީ ކީއްވެކަމެއް އުމްނާއަކަށް ދުވަހަކުވެސް ނޭނގެއެވެ. މިކަމުގެ ސަބަބުން އުމްނާގެ ހިތަށް ބޮޑެތި ތަކްލީފުތަކެއް ލިބެއެވެ. އޭނާގެ ލޯބިވާ މީހާ އޭނާ ދެކެ ރުޅިވާ ކަމަކީ އޭނާގެ ހިތަށް އުފުލަން ދަތި ބުރައެކެވެ.
ސެކަންޑް ޕީރިއަޑް ނިމި ކުދިން ކޮރިޑޯތަކުގައި ދުވާ ހަލަބޮލި ވަގުތެވެ. އުމްނާ އޭނާގެ ކްލާހުން ނުކުމެ ކޮރިޑޯ މަތިން ހިނގާފައި ދަނިކޮށް ކުއްލިއަކަށް އޭނާގެ ގައިގައި ބަޔަކު ޖެހުނެވެ. އަދި އޭނާއަށް ނޭނގިހުއްޓާ އޭނާގެ ގައިގައި ޖެހުނު މީހާ އަކީ އެހެން މީހެއް ނޫނެވެ. އުމްނާ އެންމެ ލޯބިވާ، އަދި އޭނާ ދެކެ އެންމެ ރުޅިވާ އިވާންއެވެ.
“އަހަރެން ހިނގަން ހުއްޓާ މިހެން އައިސް ގައިގާ ޖެހެނީ ކީއްވެ؟ ކަނުކަމުގަ ނުވަތަ ކަންނެތް ކަމުގަ ހިނގާފައި ދަނީތަ؟” އިވާން ރުޅިއައިސްފައި އަޑުހަރުކޮށް އުމްނާއާ ދިމާލަށް އެއްޗެހި ކިޔަން ފެށިއެވެ. އުމްނާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އޭނާގެ ދެލޮލުން ކަރުނަ ފޮދުތައް ހިލިގަންނަން ފެށިއެވެ. އޭނާ ބޯ ހިއްލާލަންވެސް ނުކެރުނެވެ. ހަމަ އެހެން ހުއްޓާ އިވާން ހިނގާފައި ދިޔައީއެވެ. އިވާން ދިޔުމާއެކު އުމްނާ ކުދިކުދިކޮށް ރޯންފެށިއެވެ. އޭނާގެ ހިތްވަރެއް ނެތެވެ. މިހާ ބޮޑަށް އިވާން އޭނާދެކެ ރުޅިއަންނަނީ ކީއްވެކަމެއް އޭނާއަށް އެނގޭނެނަމައޭ ހިތަށް އެރިއެވެ. އޭނާގެ ދެލޯ ފުރިގެން ދިޔައީ ކަރުނައިންނެވެ. ހިތަށް އުފުލޭ ބުރައަކުން އޭނާ ވަރަށް ދެރަވިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lalla
Follow Me Written By

lalla

Level 1

Other Articles

Previous

އޭލިއަން ސިލްސިލާ: ވަރަ – 12

Next

ޔާރު ދެވުނޭ ލޯބޭ ހަޤީޤީ 02

Next
June 21, 2025

ޔާރު ދެވުނޭ ލޯބޭ ހަޤީޤީ 02

Previews
June 21, 2025

އޭލިއަން ސިލްސިލާ: ވަރަ – 12

5 Comments!

  1. Daisy 🌺 Daisy 🌺 says:
    June 23, 2025 at 1:18 pm

    Maasha Allah vrh reethi. When next

  2. Daisy 🌺 Daisy 🌺 says:
    June 23, 2025 at 1:19 pm

    Maasha Allah veg reethi

  3. Daisy 🌺 Daisy 🌺 says:
    June 23, 2025 at 1:20 pm

    Vrh reethi

    1. lalla lalla says:
      July 6, 2025 at 3:36 pm

      thanks

  4. Daisy 🌺 Daisy 🌺 says:
    June 26, 2025 at 12:10 pm

    Vrh reethi. When next

Comments are closed.

Next Episodeހިތް ހިގުން އަވަސްވޭ-3←


All Right Reserved!