އުމްނާ ގިސްލަމުން ގިސްލަމުން އިނީ ސްކޫލުގެ ކުލާސްރޫމްގެ ދޮރުމަތީގައި ހުރި ބެންޗެއްގެ މަތީގައެވެ. އޭނާގެ ހިތް ހުރީ ބާރަށް ތެޅިތެޅިފައެވެ. ދެތިން މިނެޓު ކުރިން އިވާން އޭނާއަށް ވަރަށް ހިތި އެއްޗެހި ކިޔައި، އޭނާގެ ހަށިގަނޑާމެދު ދިމާކުރިއެވެ. އިވާންގެ ބަސްތަކުން އުމްނާގެ ހިތް ރޮއްވާލައިފިއެވެ. އޭނާގެ ހިތަށް ލިބުނު ބޮޑު ހައިރާންކަމާއި ހިތާމައިގައި އުމްނާއަށް ހުރެވުނީ ހުއްޓުން އެރިފައެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ކޮޅެއް ނެތެވެ.
އެވަގުތު އުމްނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އީޝާ ކުލާހުން ނުކުމެގެން އައިސް އުމްނާ ރޯން އިންތަން ފެނި ހައިރާންވިއެވެ. “އުމްނާ! ކީއްވެ ތި ރޮނީ؟ ކިހިނެއްވީ؟” އީޝާ އަހާލީ އުމްނާގެ ކައިރީގައި އިށީނދެ އޭނާގެ ބުރިކަށުގައި ފިރުމާލަމުންނެވެ.
އުމްނާގެ ހިތް އަވަސްވެފައި ހުރުމުން ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ ރޮއިރޮއިފައި އިވާން އޭނާއަށް އެއްޗެހި ކިޔައި، ދިމާކުރި ގޮތް ކިޔައިދިނެވެ. “އީޝާ، އިވާން… އިވާން އަހަންނަށް ވަރަށް ނުބައި އެއްޗެހި ކިޔައިފި! އަހަރެން ހީކުރީ އަހަރެން ރަނގަޅޭ!” އުމްނާ ބުނެލީ ބުރަކޮށް ނޭވާއެއް ލަމުންނެވެ.
އީޝާ އުމްނާއަށް ހިތްވަރުދީ، އޭނާގެ އަތުގައި ހިފާލައިގެން ދެމީހުން ކުލާހަށް ދިޔައެވެ. ކުލާހުގައި އިން އިރުވެސް އުމްނާގެ ހިތް ތެޅެމުން ދިޔައީ ބާރަށެވެ. އެދުވަހުގެ ކިޔެވުމަށް އޭނާގެ ހިތް އެއްގޮތަކަށްވެސް ފަރާތެއް ނުދިނެވެ.
ސްކޫލް ސެޝަން ނިމުމުން އުމްނާ އޭނާގެ ބައްޕައާއެކު ގެއަށް އައެވެ. ގެއަށް ވައިން ތަނާ އުމްނާގެ މަންމަ އެެނާ ކައިރި ސްކޫލު ކިހިނެއްތޯ އެހިއެވެ. “ރަނގަޅު”.އުމްނާ ދިނީ ކުރިންވެސް ދޭ ޖަވާބެވެ. އެހެން ބުނެފައި އުމްނާ އޭނާގެ ކޮޓަރިއަށް ގޮސް ޔުނީފޯމު ބަދަލު ކޮށްގެން ކާން ދިޔައެވެ. ކާން އިން އިރުވެސް އޭނާގެ ހިތަށް ކަމެއް ވެފައިވާ ކަހަލައެވެ. ކާނެ ހިތެއްވެސް ނުވިއެވެ.
ކައި ނިންމާލާފައި ފިލާވަޅު ހަދަން އިންދާ އުމްނާއަށް އީޝާ ގުޅިއެވެ. “ހެލޯ އުމްނާ! ކިހިނެއްތަ؟ ހަވީރު ހިނގާލަން ދާން ވީންނުންތަ؟” އީޝާ އަހާލިއެވެ.
އުމްނާ އެއްބަސްވިއެވެ. “އާނ! ހިނގާބަ ދާން” އުމްނާ ބުނެލިއެވެ.
އަސުރު ނަމާދުކޮށްގެން ފެންވަރާލައިގެން އުމްނާ އީޝާމެން ގެއަށް ދިޔައެވެ. އޭނާގެ ހިތުގައި ހުރި ހިތާމައާއި ބިރުވެރިކަން ކުޑަކޮށް ނައްތާލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
އީޝާމެން ގެއަށް ގޮސް، ދޮރުމަތީގައި ހުއްޓި ބެލް ޖަހަން އުޅުނު ވަގުތު، ކުއްލިއަކަށް ގެއިން ނުކުން މީހަކު އުމްނާ ގައިގަ ޖެހުނެވެ. އުމްނާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ހިތް ހިނގުން އަވަސްވިއެވެ. އެއީ ކާކުތޯ ބަލާލަން މައްޗަށް ބަލައިލި ވަގުތު ފެނުނު މީހެއްގެ ސަބަބުން އުމްނާ ގައިން ހީބިހި ނަގައިސަތެވެ.
****************************************
މި އެޕިސޯޑު ލަސްވީތީ ކިޔުންތެރިންގެ ކިބައިން މާފަށް އެދެން
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.