އެކުގައި ވާނަން-1
ހެނދުނުގެ ވަގުތެވެ. މިންހާ އުޅުނީ އަވަދި ނެތި ނާސްތާ ތައްޔާރު ކުރުމުގަ އެވެ. ހަމަ އެކަނި ހުރި އަންހެން ދަރި ފުޅު 4 އަހަރު ފަހުން, ރަށުގައި ކިޔަވަން އުޅެފައި އެނބުރި އަންނާތި މިންހާ ހުރީ އުފަލުންނެވެ. އިރުއިރު ކޮޅާ ބެލްކަންޏަށް ނުކުމެ ބަލާލަ އެވެ.
“މަންމާ.. ކޮންއިރަކުން ތިއްތަ އަންނަނީ..” 14 އަހަރުގެ ލިވާން ލޯއުގުޅަމުން އައިސް ބަދިގެއަށް ވަނެވެ.
“ސާބަސް.. އަދިތިހޭލެވުނީ.. ބައްޕަ މިހާރު ގޮއްސި ތިއްތަ ބަލާ.. ދެން ވެސް ދޭބަލަ ރީތިވެގެން އަންނަން..” މިންހާ މޭޒުމަތި ތައްޔާރު ކޮށް ނިއްމާލައިގައި ގޮސް ސިޓިން ރޫމު ސޯފާގައި އިށީންދެލި އެވެ.
އިރުކޮޅަކުން ދޮރުގައި ބެލް އެޅުމުން މިންހާ ގޮސް ދޮރު ހުޅުވި އެވެ. ކުރިމަތީ ހުރީ ނަހާން އެކަންޔެވެ. އޭނާ އަތުގައި ފޮއްޓެއް ވެސް އޮތެވެ.
“ކޮބާ ހަޔާ..؟” މިންހާގެ މޫނުމަތި ފެނިގެންދިޔައީ ހާސް ކަމެވެ. ކުއްލި އަކަށް ހަޔާ ނަހާންގެ ފަހަތުން ނުކުމެ “ޕޮއް” އޭ ކިޔާލި އެވެ. މިންހާ އަށް ހަޔާ ގަޔާ ލައިބޮޑި ކޮށްލެވުނެވެ. އުފާވި ވަރުން މިންހާގެ ލޮލުން ކަރުނަ އައެވެ.
“ދެން އަހަރެން އައީމަ ވެސް މަންމަ ރޯނީތަ..؟” ހަޔާ މިންހާގެ ކަރުނަތަށް ފުހެލަދިނެވެ.
“އަހަ.. ލިވީ..” ހަޔާ އަށް ލިވާން ފެނުމުން ގޮސް ލިވާންގެ އިސްތަށިގަނޑާ ކުޅެލިއެވެ.
“ދެން ހަމަ، އެއޮއް ރީތިކޮށް ފުނާ އަޅައިގެން އައީމަ ވެސް..” ލިވާން އަތުން އިސްތަށިގަނޑު ރީތި ކޮށްލަމުން ބުނެލި އެވެ.
“ހޫން..ހޫން.. ނެއިންގެ ކާކައްކަމެއްވެސް ފޮނި ދައްކަން އުޅެނީވެސް..” ހަޔާ މަޖާވެލައިފައި ބުނެލި އެވެ.
ހަތަރު މައިންބެސް ދެން ދިޔައީ ސައި ބޯށެވެ. ބަދިގެއަށް ވަނުމާއި އެކު ހަޔާ ކުޅުދިޔާ ވި އެވެ. ޓޯސްޓް އާއި ފަތު މަސްހުންޔެވެ. އޭނާ އެއްމެ ކާހިއްވާ ދޭޗެވެ. ހަޔާ އަވަހަށް އައިސް ކާންފެށި އެވެ
“ދަރިފުޅާ.. އޭލެވެލް.ނޮއްމާފަ ކޯއްޗެއް ކިޔަވަން ތި ވިސްނަނީ..؟” ނަހާން އަހާލި އެވެ.
“އަދި ނެއިންގެ..” ހަޔާ ވިސްނައިލައިފައި ބުންޔެވެ.
“އާން އެހެންނު ވާނީ.. އެއްދުވަހު ބުނާނީ ތިމަންނަ ބޭނުމީ ޓީޗަރަކަށް ވާށޭ.. އެހެން ދުވަހަކުން ބުނާނެ ތިމަންނަ ބޭނުން ވަނީ ނަރުހަކަށް ވާށޭ..” ލިވާން އަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ.
“މާގިނަ ޗޮއިސް އެބަހުރި ދޯ..” މިންހާ ހީލައިފައި ބުނެލި އެވެ.
“މަންމާ.. ކޮބާތަ ދޮންބެ..؟” ހަޔާ އަށް ހަދާން ވުމުން އަހާލި އެވެ.
“ބުނީ މެންދުރު އަންނާނަން ކަމުގަ..”
“ކޮބާތަ ކޫދޮން..؟” ހަޔާ އަނެއްކާވެސް އަހާލި އެވެ.
“ނުހޭލާ.. އެބޮތް ނިދާފަ.. ގޮވީމާ އެތިވަރު ގޮވާލާފިއެއްނު.. މާބޮޑަށް ރުޅި އައިސް ދާނެތީ ނުގޮވީދެން..” މިންހާ ބުނެލި އެވެ. ހަޔާ ހުރީ އޭނާގެ ކުދިން ދެކޭ ހިތުން ކެއްމަދުވެފަ އެވެ. އެކަމު ކޮޓަރިން ނުނިކުންނަ މީހަކު ފެންނާނެ ހެއްޔެވެ.
އެންމެންވެސް ސައިބޮއިގެން ނިކުތީ ސިޓިން ރޫމަށެވެ. ހަޔާ ދިޔައީ ކޮޓަރިއަށެވެ. ފޮށިހުޅުވާލައިފައި ހެދުމާއި ތުވާލި ހިފައިގެން އޭނާ ވަނީ ފެންވަރާށެވެ.
ހެނދުނު ސައިބޮއިގެން ތަށިތައް ދޮވެ މޭޒުމަތި ސާފުކުރުމަށްފަހު ޔަސްރާ އައިސް ސޯފާގައި އޮށޯވެލި އެވެ. މާ ފަތިހާ ހޭލައިގެން އުޅެން ފެށުމުން އޭނާގެ މޫނުމަތިން ފެންނަން ހުރީ ވަރުބަލި ކަމެވެ. އޭނާގެ ބޭބެ އަންނަން ވާއިރަށް ޝުހުބާ ނަގާ ރީތި ކުރުވަންވެސް ޖެހެ އެވެ. ތިން އަހަރުގެ ޝުހުބާ ހޭލުއްވައިފައި ސައިދީގެން ތައްޔާރު ކުރުވީ ޑޭކެޔާރް އަށް ލާންދާށެވެ. މިގޮތަށް ޝުހުބާ އާއި ވަކިވާން ޖެހޭ ކޮންމެ ފަހަރަކު ޔަސްރާގެ ހިތަތް ފުން އަސަރުތަކެއް ކުރެއެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. މިއީ އޭނާ އުޅެން މަޖުބޫރު ވެފަވާގޮތެވެ. ޔަސްރާ ފޯނުބަލާލީރު ހަޔާގެ މެސެޖެއް އައިސް ފައި އިނެވެ. ބަލައިލި އިރު އޭގައި އޮތެވެ.
“ހަދިޔާ އެއް ފޮނުވާފަ އޮންނާނެ.. އަންނައްޗޭ ބަލާ..” ޔަސްރާގެ މޫނަށް ވެރިވި ހިނިތުން ވުމެކެވެ. ހަޔާ ނޫނީ އޭނާ އަށް މިގޮތަށް އަޅާލާނެ މީހެއް މީހުންނަށް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
ހަޔާ ފޮށިން އެއްޗިހި ތަށް ނަގައި ކޮތަރި ތެރެ ތަރުތީބު ކޮށްލި އެވެ. ދެން އޭނާ ކައިރިވެލިީ ފާރުކައިރީ، ތިރިން މައްޗަށް ހަދައިފައި ވާ ޝެލްފް ކައިރިއަށެވެ. ޝެލްފް ފުރާ ހުރީ ހުސްމެން ވާހަކަ އެވެ. ދިވެހި ވާހަކަތަށް ހުރި ބައި ހާވައިފައި ކިޔާހިއްވާ ކަހަލަ ވާހަކަ އެއް ނުފެނުމުން އޭނާ ޖެހިލީ އެގެރޭސި ފޮތްތަށް ހުރި ބަޔަށެވެ. ހަޔާ އަކީ ވަރަށް ވާހަކަ ކިޔާ ކުއްޖެކެވެ. އޮންލައިން ކޮށްވެސް އޭނާ ކިޔަން ބޭނުންވާ ވާހަކައެއް އިންނަމަ ނަހާން ކައިރީ ބުނެގެން އެގަނެއެވެ.
ވާހަކަ ފޮތެއް ހިފައިގެން އެނދުގައި އޮއްވައި މީހަކު ޓަކި ޖަހައިލައިފި އެވެ. ފޫހި ގޮތަކަށް ހިގައިލައިފައި ގޮސް ދޮރު ހުޅުވައިފި އިރު ކުރިމަތީ ހުރި އޭނާގެ ދޮންބެ ޖިޔާން އާއި ދޮންބެގެ ދެމަސްވީ ދަރިފުޅު ކިރާން އުރައިލައިގެންނެވެ. ވީ އުފަލުން ހަޔާ ވަގުތުން ކިރާން އަތުލައިފައި ސަމާސާ ކޮށްލި އެވެ.
“ދޮންބެ ރަގަނޅުތަ..؟” ހަޔާ ޖިޔާން އާއި ދިމާލަށް ބަލައިލި އެވެ.
“ރަގަނޅު.. ހަޔާ ކިހިނެއް..؟” ޖިޔާން ހީލިއެވެ.
“އަހަރެން ހަމަ ގަދަފަދަ.. ކޮބާ ދޮންބެދައްތަ..؟” ހަޔާ ހޯދާލި އެވެ.
“ނުގެންނަން…” ޖިޔާން އެހެން ބުނެލުމުން ހަޔާ ކުޑަކުއްޖެއް ފަދައިން ތުންކޮޅު ދޫކޮށްލި އެވެ.
“ސާބަހޭ ޖިޔާން އަށް.. ހަޔާ ދެރަކޮށް ލާކަށް ނުވާނެއްނު..” ފަހަތުން އައި ރަފާ ޖިޔާންގެ ކޮނޑުގައި މަޑުމަޑުނާ ޖަހައިލިއެވެ.
ހަޔާ އާއި ރަފާ ފޯރީގައި ވާހަކަ ދައްކަން ތިއްބައި އަޒްހާން ކޮޓަރިން ނިމކުގެން އަންނަ ތަން ފެނުނެވެ. އޭނާ ލައިގެން ހުރީ ކަޅު ޖޯޒީ އަކާއި ކުރު ސޯޓެކެވެ. އޭނާގެ މޫނުމަތިން އަދިވެސް ފެންނަން ހުރީ ނިދީގެ އަސަރެވެ. ހަޔާ އަށް އަޒްހާން ފެނުމުން ކިރާން ރަފާ އަތަށް ދީފައި ދިޔައެވެ.
“ކޫދޮން..؟” ހަޔާ ބަދިގެއަށް ވަދެފައި ގޮވައިލި އެވެ. އަޒްހާން ގަސް އެނބުރި ބަލައިލި އެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވީ ކަންނެތް ހިނިތުން ވުމެކެވެ.
“ހަޔައްކޯ… ކޮންއިރަކު އައީ..؟” އަޒްހާން އަހައިލި އެވެ.
“ހެނދުނު.. ކޫދޮން ނުވެސް ހޭލަމެއްނު.. ” ހަޔާ ޝަކުވާކޮށްލި އެވެ.
“ހެހެ.. މާގަދަޔަށް ނުދުނީ..” އަޒްހާން އައިސް އިށީން ދެލި އެވެ. ހަޔާ ވެސް އިރުކޮޅަކު މަޑުކޮށްލައިފައި ދިޔަ އައެވެ.
ހަވީރުގެ ވަގުތެވެ. ޔަސްރާ ރީތި ވެލައިގެން އައިސް ހުއްޓިލީ “ބްލެކް ރޯޒް” ގޭ ކުރިމަތީގަ އެވެ. ފުން ނޭވާއެއް ލުމަށްފަހު ގަދަކަމުން ހިނިތުންވެލައިފައި އޭނާ ދޮރުގައި ބެލް އަޅައިލި އެވެ. ދޮރު ހުޅުވި މިންހާ އެވެ.
“އަހަ ޔަސްރާ.. އަވަހަށް ވަދޭ..” މިންހާ އަވަހަށް ޔަސްރާ ވަންނަން ތަން ދެއްކި އެވެ.
“ހަޔާ ބުނީ ހަދިޔާ އެއް ފޮނުވީމޭ އެހެންވެގެން..” ޔަސްރާ އައިސް ސޯފާގައި އިށީންދެލަމުން ބުނެލި އެވެ. މިންހާ ހީލައިފައި މައްޗަށް އެރި އެވެ. އިރުކޮޅަކުން މީހަކު އައިސް “ސަޕްރައިޒް” އޭބުނެލި އެވެ. ޔަސްރާ ބަލައިލި އިރު ހަޔާ އިނީ ފުޅާ ހިނިތުން ވުމެއް ދީގެނެވެ. ޔަސްރާ އަށް ހަޔާ ގައިގައި އޮޅުލައި ގަނެވުނެވެ. އެހާ ގިނަދުވަސް ވަންދެން އެއްމެ ގާތް އެކުވެރިޔާ ފެނުމުން ހިތަތް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ.
“ނުވެސް ބުނޭ..؟” ޔަސްރާ ޝަކުވާ ކޮށްލި އެވެ.
“ހަމަ ޔަސް އަށް ސަޕްރައިޒް އެއް ދޭން..” ހަޔާ ބުނެލި އެވެ.
“އާދޭ ކޮޓަރިއަށް އޮންނާނެ ހަދިޔާ އެއް ގެނެއްސަ..” ހަޔާ ޔަސްރާގެ އަތުގައި ހިފައިގެން ސިޑިއާއި ދިމާއަށް ދާން ހިގައިގަތުމުން މިންހާ ގޮވައިލި އެވެ. ޔަސްރާ ކައިރީ އޭނާގެ ކޮޓަރިއަށް ދާށޭ ބުނެފައި އޭނާ ދިޔައީ މިންހާ ކައިރި އަށެވެ.
މަޑުމަޑުން ހިގައިލައިފައި އައި ޔަސްރާ ހުއްޓުން އެރީ މީހަކުގެ ހިލަމެއްވުމުންނެވެ. ބަލައިލި އިރު އަޒްހާން އޭނާގެ ކޮޓަރިން ނިކުންނަނީ އެވެ. އޭނާގެ ތޫނު ކަޅު ދެލޯ އަމާޒުވެފައިވަނީ ޔަސްރާ އަށެވެ. ޔަސްރާ އަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ.
*ނުނިމޭ*
ހުރިހާ ކިޔުން ތެރިންގެ މިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން މި ޕާރްޓް ލަސްވީމަ..!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






