Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-21

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
June 19, 2025 2 Mins Read
0 Comments

އެލާގެ ފުރާނަ ނެތް މަސްގަނޑުގައި ބައްދައިލައިގެން އޮވެ އެތައް ވަގުތެއް މާއިލް ރުއެވެ. އެތަށް ހަފްތާ އެއް ވަންދެން އެހިތާމަ ކުރި އެވެ. އޭނާ އަކީ ކިހާ ބަދުނަސީބު ކުއްޖެކޭ ވެސް ހިތަތް އެރި އެވެ.

*ޕާރްޓް-21*

*******

އާ ދުވަހަކަށް އިރު އަރާފި އެވެ. ފަތިސް ނަމާދަށް ފަހު މާހީ ނިކުމެލީ ކޮފީއެއް ބޯލާށެވެ. ޒީކް ނުނިކުންނާތީ އެކޮޓަރި ދޮރުގައި ޓަކިދިން ނަމަވެސް ދޮރެއް ނުހުޅުވި އެވެ. އެއްމެ ފަހުން ޒީކް އަށް ގުޅަން ފޯނު ނެގި ތަނާހެން ފެނުނީ އޭނާ ކޮށްފައި އިން މެސެޖެވެ.

“މިއުޅެނީ ކުޑަކޮށް ބަލިވެ އެހެންމަ މިއަދަކީ ވެސް ނުދެވޭނެ…” އެމެސެޖް ކިޔާލައި ފައި މާހީ ހިތަތް އެރިއެވެ. ރޭގައިވެސް އޭނާ މަޑުން އިނީ ބަލިވެ އުޅޭތީ އެވެ.

ކޮލެޖް އަށް ވަދެގެން އައިރު މާހީ އަށް ހޯދަމުން ދިޔައީ މާއިލް އަށެވެ. މާއިލް ނުފެނުމުން މާހީ ސިޑިން އަރަން ދިޔައެވެ. ނަމަވެސް މާހީގެ ފިޔަވަޅުތައް މަޑުޖެހުނީ ކުއްޖެއް ގޮވާލުމުންނެވެ. އެނބުރި ބަލައިލި އިރު ނޫރާ އެވެ. ކޮލެޖްގެ އެއްމެ ބޮޑު އެއް “ބުލީ” އެވެ.

“ކަލެއާ މާއިލްގެ އޮތީ ކޮން ގުޅުމެއް..؟” ނޫރާ އަހާލި އެވެ.

“ފްރެންޑްސް..” މާހީ އެހެން ބުނުމުން ނޫރާ އޭނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާ ލައިފައި “ޝޫޝް” އޭ ބުނެލި އެވެ.

“އެކަމު ހީވަނީ އެއައްތުރެ ގާތް ގުޅުމެއް އޮންނަހެން.. އެހެންނުވާނީ ދެމީހުން އަބަދު ތިބެނީ މާފޮޅުވާލަ ފޮޅުވާލާ ވިއްޔަ..” ނޫރާ އާއި އެއްބައިވެގެން އޭނާގެ ދެ “ސައިޑް ޗިކްސް” ވެސް ހެއިންފެށި އެވެ. މާހީ އިތުރަށް މަޑުނުކުރަންވެގެން އެނބުރުނު ތަނާހެން ދެން  ފެނުނީ އަޔަންޝް އެވެ. އަޔަންޝް ކައިރީގަ ހުރުމުން މާހީ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލި އެވެ.

“ޑިޑް ޔޫ މިސްއަސް..؟” އަޔަންޝް އިޝާރާތް ކޮށްލީ އޭނާގެ ފަހަތުގައި ތިބި ދެ ފިރިހެން ކުދިންނަށެވެ.

“ކަލޭ އަދި އިއްޔެ އައި މީހަކު މިހާރު އެއްމެ މަތީމީހުންނާ އެކީ އެބަ އުޅެއްނު..” އަޔަންޝް އަނެއްކާވެސް ފިޔަވަޅެއް އަޅާލި ކުރިއަށެވެ. މިފަހަރު މާހީ ފަހަތަކަށް ނުޖެހެ އެވެ. ނަމަވެސް ބަލައިލީ އިންޒާރުގެ ނަޒަރަކުން ނެވެ.

“ސްޓޭ އަވޭ ފްރޮމް މާއިލް.. ހީޒް އޮންލީ މައިން.. ދެން ތިމީހުންނަށް ހަވާލު ކޮށްފަ ނޫ މިދަނީ..” ނޫރާ ފޮނި ގޮތަކަށް ހިގައިލައިފައި ދިޔަ އެވެ.

“މިހާރު ކަލޭ ޕްރޮޓެކްޓް ކުރާނެ މިހަކަުވެސް ލިބުނީ ދޯ.. އެކަމު ކީއްކުރާނީ އަހަރެމެން އަތުން ސަލާމަތެއް ނުވެވޭނެ..” އަޔަންޝް މިފަހަރު ނެގި ދިގުފިޔަވަޅުން އޭނާ އާއި މާހީ ދެމެދުގައި އިންނާނީ 3 އިންޗިހާ ދުރުމިނެވެ. މާހީ ފަހަތަށް ޖެހޭ ވަރަކަށް އަޔަންޝް އަންނަނީ ކުރިޔަށެވެ.

“މޮޔަވީތަ..؟ ދުރުގަ ހުރޭ..” މާހީ އެއްމެފަހުން ބުންޔެވެ.

“ނުދާނަން..” އަޔަންޝް ފާރުގައި އަތް އަޅުވައިލައިފައި ބުނެލި އެވެ. އޭނާ މާހީ އާއި ދިމާއަށް ގުދުވެލި އެވެ.

“ކިހާ ދެރަ ސަލާމަތް ކުރަން އެކަކުވެސް ނައީމަ..” އަޔަންޝް އެހެން ބުނުމުން ކޮންވެސް މީހަކު އައިސް އޭނާގެ ގަމީހުގައި ހިފާ ދަމައިގަތެވެ. އަދި  މޫނުމަތީ  ގޮތް މުއްކަވައިފައި ޖެހި އެވެ. ދެމީހުންގެވެސް ބޮޑު ތަޅާފޮޅުން ގަނޑެއް ހިގައިގަތެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި މާހީ ދުއްވައިގަތެވެ. ފަހަތް ބަލައިވެސް ނުލައި އޭނާ އައިރު ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ހިސާބަކަށް ދެވުނު ތަނާހެން މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަނެ ފާރާލާ ތަތް ކޮށްލިއެވެ. މާހީ ހަޅޭ ލަވައިގަންނަން އުޅުމުން އެމީހަކު އޭނާގެ އަގަމަތީ އަތް އެޅި އެވެ.

“އިހަށް މަޑު ކޮށްލަބަލަ..” މާއިލްގެ އަޑެވެ. މާހީ ލޯހުޅުވާ ބަލައިލިއިރު އޭނާގެ މޫނުގަ ޖެހޭ ނުޖެހޭ ހާކައިރިން މާއިލްގެ ކަޅު ދެލޯ ފެނުނެވެ. މާހީގެ މުޅި ގައި އެއްކޮށް ފިނިވެގެން ދިޔައެވެ. މާއިލް އެހާ ކައިރީގައި އިނުމުން ވީކަމެއް ނުވަތަ އެނޫން ކަމެއް ވީމަ ކަމެއް ނެއިންގެއެވެ.

“ޝޫޝް.. އެމީހުން އެބަ ހޯދާ މާހީ އަށް..” މާއިްލ ހޯދައިލައިފައި ބުންޔެވެ. މާހީ ބަހެއް ނުބުނެ ހުންނަން ފެށުމުން މާއިލް އަވަހަށް ދުރަށް ޖެހިލިއެވެ. އަދި ބޮކަހައިލި އެވެ. މާހީ ފާރުގައި ލެގިލައިގެން ހުރެ ނޭވާ ހަމައަކަށް އެޅުވިއެވެ.

“އެމީހުން ކީކޭތަކީ..؟’ މާއިލް އަހާލި އެވެ.

“މާއިލް އާއި މާކްލޯސް ކޮށްއުޅޭތީ އޯ..” މާހީ ބުނެލި އެވެ.

“އަޅެ އެމީހުންނަކާ ކިޔެއްތަ.. ހަމަ ބޭނުމީ މިހާރުގޮސް އެމީހުން ސައިޒަށް ތިރިކޮށްލަން..” މާއިލްގެ ލޮލުން ފެންނަން ހުރީ ނުރުހުމުގެ އަސަރެވެ.

“ދެން އަޅާ ނުލާ.. ހިގާ ކްލާހަށް..” މާހީ ހިގައިގަތުމުން މާއިލް ވެސް ފަހަތުން އައެވެ. ކްލާހަށް ދިޔަމަގުމަތީ މާހީ ހިތަތް އެރި އެވެ. އަޔަންޝް ކިބައިން އޭނާ ސަލާމަތް ކުރީ ކާކު ހެއްޔެވެ؟ ހަމަގައިމުވެސް މާއިލްއަކަށެށް ނުވާނެވެ. މާހީ އަށް އެއީ ކާކުކަން ނެއިންގުނުނަމަވެސް ހިތާ ހިތުން އެމީހަކަށް ޝުކުރުއަދާ ކުރެވުނެވެ.

“ކަލޭ ކައިރީ ކުރަން ބުނާކަންތަކަށް ވުރެއް އިތުރަށް ކުރަން އުޅެންޔާ ތިކަހަލަ ލަޑުލިބޭނީ..” މާއިލްހެ އަޑުގައިވަނީ ނުރުހުމެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ކަތި ފިޔަވަޅު 4

Next

ޒެވިއަން 50 ފަހުބައި

Next
June 19, 2025

ޒެވިއަން 50 ފަހުބައި

Previews
June 19, 2025

ކަތި ފިޔަވަޅު 4



All Right Reserved!