Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިއަން ސިލްސިލާ: ވަރަ – 13

Aashii
Aashii Level 310 Stories100 Login
June 22, 2025 3 Mins Read
0 Comments

ހަމަ އެވަގުތެވެ. ހަރަކާތް ކޮށްފައި ނަގަން އުޅުނު ފައި ހުރި ގޮތަށް ގަނޑުވިއެވެ. ތަނަކަށް ހިރިލެވުނީއެއް ނޫނެވެ. ގަދަ އަލިގަނޑެއް ރޫނާގެ ގަޔަށް އެޅުނެވެ. ކޯއްޗެއް ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެތަން ފެނިގެން ރަޔާން ހުރީ ސިހުމެއްގައެވެ. އެހެން ނަމަވެސް އުފާވެ ހިނިތުންވެލައިގެންނެވެ. ކަމެއް ނުކޮށް އޮތް އެލްއަށްވެސް ލިބުނު ހައިރާން ކަމާއިއެކު ތެދުވެވިއްޖެއެވެ. ރޫނާއަށް ބާރުތައް ލިބުނީއެވެ. ދެން މިހާރަކު އެއީ ކުރީގެ ރޫނާއެއް ނޫނެވެ. އެލް ހާސްވާ ދަރަޖައަށް އެޅުނެވެ. އޭނާއަކަށް ދެން މޮޅެއް ނުވެވޭނެއެވެ. ރޫނާގެ ބާރުން ނުކުތް ޖާދޫގެ ޒައްރާ އެތިކޮޅުތައް އެ ސަރަޙައްދުގައި ހަރުލައިފައި ހުރިއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. އެލްއަށް ނޭވާލައި ކޮޅަށް ތެދުވެ އުޅުން ވެގެން ދިޔައީ ދަތިކަމަކަށެވެ.

 

އަލިގަނޑު މުޅިން ނިވި ތަން ހިމޭންވެ ދިޔައެވެ. ރޫނާގެ ވަރަގަނޑު ފިޔަވައި އެހެން އެއްވެސް ތަނަކަށް ބަދަލެއް ނާދެއެވެ. ކުރީގެ ވަރަގަނޑު މިހާރު ދެގުނަ ބޮޑުވެފައި ރީއްޗެވެ. ރަޔާން ހުރީ އާޝޯހު ވެފައި ބަލަހައްޓައިގެންނެވެ.

“ދޮންބޭ.. އަހަންނަށް ބާރުތައް ލިބުނީތަ އެހާ އަވަހަށް.. ” ހުރިހާ ކަމެއް ނިމުނުހާ އަވަހަކަށް އޭނަ އައީ ރަޔާން ކައިރިއަށެވެ. ރަޔާންގެ ކުރިމަތީގައި ރޫނާ ދަތުރުކުރީ އަލިކޮޅެއް ދަތުރުކުރާ ބާރުމިނުގައެވެ.

 

” އާން.. ރޫނާގެ ބާރުތައް ލިބުނު ތަން އެހެންމީހުންނަކަށް ނުފެނުނު ދޯ.. “ހިނިތުންވެލަމުން ރަޔާން ޖަވާބުދިނެވެ. އެންމެން ބަލަބަލާ ތިއްބާ އެއްފަހަރުން ރޫނާ ގާގަނޑު އެއްކޮށް ފުޑުފުޑު ކޮށްލައިފިއެވެ. އާގަމަވެ ހުއްޓުން އަރާފައި ތިބެވުނެވެ. އިރުކޮޅެއް ނުވެ ރިއާނާ އާއި ރާއިދު ކޮނޑުގައި އަޅުވައިގެން ނުކުމެ ރޫނާ އުދުހިފައި އައެވެ. އެއްފަހަރާ ދެމީހުން ގޮވައިގެން އުދުހެން ރޫނާ އަށް ބަރެއް ނުވޭ ބާއޭ ރަޔާންގެ ހިތަށް އެރިއެވެ. ރޫނާގެ ބާރުތައް އިތުރުވިކަން އެކަންޏެއް ނޫނެވެ. ރޫނާގެ ޖިސްމާނީ ބާރުގަދަކަން ވެސް ގަދަ ވެއްޖެއެވެ. މިހާރު އޭނާގެ ބާރުތަކާއި ރޫނާގެ ބާރުތައް އެއްފަދަވާނެއެވެ. އޭނާގެ ބާރުތައް އޭނައަށް ބޭނުން ކުރުވޭނީ އޭނާގެ ގިނަ ބާރުތަކުގައި ރިއާނާ އާއި ރާއިދު އަޅުވައިފައިވާ ތަޅު ފުނޑުފުނޑު ކޮށްލުމުންނެވެ. އެއީ އޭލިޔަން ދުނިޔޭގައި އުޅޭ ބާރުދެރަ އޭލިޔަނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަސްކަން ކުރާ އާއިލާގެ ފުރާފުރިހަމަވެ ބާރުތައް ލިބިފައިވާ އޭލިޔަނުންގެ މައްޗަށް ވާޖިބެކެވެ. އޭލިޔަން ދުނިޔޭގައި ދިރިއުޅޭ މަދުން ބާރުތައް ލިބިފައިވާ އޭލިޔަނުންގެ ޖިސްމާނީ ބާރުގަދަކަމާއި ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައެވެ. ރޫނާއަށް ބާރުތައް ލިބުމުން އެލްއަށް ވީފަދަ ގޮތްތަކުން އޭލިޔަނުންނާއި އެހެން މަޚްލޫގުން ރައްކާތެރި ކުރުމަށްޓަކައެވެ.

 

“އާން.. މަންމަމެން ހޭލައްވަން ހިނގާ.. ” ކައިރި ހިލަގަނޑެއްގެ މަތީގައި ދެމީހުން ބާއްވަމުން ރޫނާ ބުނެލިއެވެ. ރަޔާން ފެންފޮދެއް ގެނެސް ރިއާނާ އާއި ރާއިދުގެ މޫނަށް ބުރުވާލައިފިއެވެ. ކަމެއް ނުވިއެވެ. ދެމީހުން ނިދާފައި އޮތީ ޖާދޫގެ ބާރުގައެވެ. ޖާދޫގެ އަސަރު ކެނޑެންދެން އަދި ވަގުތުކޮޅެއް އެބަހުއްޓެވެ.

 

“ހަހް.. “ވީގޮތް އެނގުމުން ދެއަތް އުރާލައިފައި ރަޔާން އިށީނެވެ. ރޫނާއަށް ވެސް ކުަރާނެ ކަމެއް ނޭނގުނެވެ.  ރިއާނާ އާއި ރާއިދު އަނބުރާ ގަނޑުވަރަށް ގެންދިޔުން ބުއްދިވެރި ވާނެކަން އޭނައަށް ވިސްނުނެވެ. ރަޔާންގެ ޚިޔާލު ހޯދުމުން އޭނަވެސް ދެކޮޅެއް ނެހެދިއެވެ. ދެ މީހުން ނަގައިގެން ރޫނާ އުދުހިގަތް އިރު އެލް އިން ކޮށި ނަގައިގެން ރަޔާން އުދުއްސައިގަތީއެވެ.

 

*****

 

ވިސްނުމެއްގައި ހުރެގެން މިޝްކާ ހިނގީ ނާހިދާ އާއި ދެތިން ފިޔަވަޅު ފަހަތުގައެވެ. އަދިވެސް ނާހިދާ ދާން އުޅޭ ތާކަށް ނުދެވޭ ބާއޭ އޭނަގެ ހިތަށް އެރިއެވެ. އޭލިޔަން ގަނޑުވަރު ބޮޑު ނަމަވެސް މިހާރު އެދެމީހުން ހިނގާތާ ހަމަގައިމު ވެސް ވިހި މިނެޓު ވެދާނެއެވެ. ނުތަނަސްވެފައި ހުރެވުނީ ހަނިކޯރިޑޯ އަނދިރިވެފައި އެހެން އެއްޗެއްގެ ހިލަމެއް ނުވާތީއެވެ.

 

“މަންމާ!!!.. ” އިސްޖަހައިގެން ހުރެވުނު ވަގުތުކޮޅަކަށް ފަހު މިޝްކާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުވެ ދެލޮލުގެ ގޮބޮޅި ނުނުކުތީ ކިރިޔާއެވެ. ހަޅޭއްލަވައި ގަނެވުނީ އެހެނެއް ބަލައިފައެއް ނޫނެވެ. އުދުހިފައި އައި މަޚްލޫޤު ނާހިދާގެ ގައިގެ އެތަން މިތަނުގައި އޭތީގެ ތޫނު ވަކިތަކުން އަޅައި ޒަޚަމްކޮށްލައިފިއެވެ. ނާހިދާ އިދިފުށަށް ވެއްޓުނެވެ. ކެއްސަމުން މުށިތަކުގެ މަތީގައި ދެމިގެން ދިޔަ ވަގުތު މުޅި ހިސާބުގަނޑުގައި ލޭގެ ކޯރެއް އުފެދިގެން ދިޔައެވެ.  ވައިތެރޭ ބުރެއް އަޅާލުމަށްފަހު އެމަޚްލޫޤު މިޝްކާ އާއި ދިމާކޮށްލަން އައި ވަގުތު ނާހިދާ އޮތް ހާލު ފެނިފައި އިތުރު ފިޔަވަޅެއް އަޅާލާކަށް ވެސް މިޝްކާ އަކަށް ނުކެރުނެވެ.

ހަމައެވަގުތެވެ. އަޑުފަތްގަނޑެއް އިވުނެވެ. ބާރު ސްޕީޑްގައި އައި އެއްޗެއް ފާރު ފަޅާލައިފައި ނުކުތެވެ. ހެދުނު ބާގަނޑުން ވަނީ މިޝްކާއަށް ފެންނާނެ ކަމަށް އުންމީދު ކުރި ދެމީހުންނެއް ނޫނެވެ. ސޫރަ ބަދަލުވެ ގައިގެ އެތަން މިތަނުގައި ކަށިތައް ފަޅައިފައި ހުއްޓަސް މިޝްކާއަށް މިކްޔާލް އޮޅުމަކީ ނާދިރު ކަމެކެވެ. ނަޔާނީ ބިންމަތީގައި ބަހައްޓައި މިކްޔާލް، މިޝްކާ ނަގައިގެން އުދުހިފައި ގޮސް ދުރުގައި ބޭންދިއިރުވެސް މިޝްކާއަށް ހުރެވުނީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހުއްޓުން އަރާފައެވެ.

“މިޝް! މިޝް.. ހަމަޖެހިލާ.. މަންމަ އެބަގޮވައޭ.. އަވަހަށް ދޭ.. ” މިކްޔާލް ގޮވަގޮވައިފައި މިޝްކާގެ އިޖާބައެއް ނުލިބުމުން އަތުން ހަދާލި ގަނޑުފެންކޮޅެއް ވައިތެރޭގައި ވިހުރިލާފައި އައިސް މިޝްކާގެ މޫނުގައި ޖެހުނެވެ. ކުއްލިއަކަށް ހަމަބިމަށް އާދެވުމުން މިޝްކާއަށް ތެޅިގަނެފައި ބަލާލެވުނީ ލެއާއި ތަތްތެޅިފައި އޮތް ނާހިދާގެ މޫނަށެވެ. ނަޔާނީ އުޑަފައިން ނާހިދާގެ ގާތުގައި އިށީނދެ އިންއިރު އެމޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް ބުނެދޭން ދައްޗެވެ. އެއީ ދުވަހަކުވެސް މީހެއްގެ ކުރިމަތީގައި ރޮއެ ހެދި ކުއްޖެއް ނޫނެވެ. މިއަދު ކަރުނައިން ބޮޑު ދެލޯ ފުރާލައިގެން އިންއިރު މިޝްކާގެ ދެލޮލަށް އައި ކަރުނަތައް ހިފަހައްޓަން ވެސް ނުކުޅަދާނަ ވާވަރުވިއެވެ.

 

ނާހިދާގެ ކިރިޔާ ފުރާނަ ހުރިކަމެވެ. އިސްޖެހިފައި އިން ނަޔާނީއާއި ދުރުގައި އަޑުން އަޑުނަގައި ރޯން އިން މިޝްކާގެ ހާލަތު މިކްޔާލްއަށް ވުރެ ބޮޑަށް އެނގޭނެ އެހެން މީހަކު ނުހުންނާނެއެވެ. ނާހިދާ އާއި ދިމާކޮށްލީ ފަޒްނާކަން މިކްޔާލް ދަނެއެވެ. ހިތުގައި ރޯވި އަލިފާންގަނޑަށް ތެޔޮ އެޅެން މަޖުބޫރުވީ އެހެންވެގެންނެވެ. އޭނަގެ ބައްޕަ ދުނިޔެ ދޫކުރީ ފަޒްނާ ފެށި ވަރަދާނައެއްގެ ސަބަބުންނެވެ. އެކަން އެނގި ހަޖަމް ނުވެ އުޅެނިކޮށް ކުރިމަތިލާން ޖެހުނީ އޭނަގެ މަންމަގެ މަރާއެވެ. ނާހިދާއަށް އެހާލު ޖައްސަން ފަޒްނާ ރޭވިކަން ދުރާލައި އެނގުނު ނަމަ އޭނަ ފަޒްނާގެ ބޮލާއި ކަނދުރާ ވަކި ކޮއްލާނެތާ ކިތަންމެ އިރެކެވެ.

“ބަލަ ކޮންމެހެން އަހަރެންގެ އާއިލާ މީހުންނާއި ދިމާކުރާނެ ކަމެއް ނެތޭ.. ” މަޑު ހަޅޭކާއި އެކު މިކްޔާލް އަތުން ފޮނުވާނި އަލިފާން ބޯޅަތައް ހީވީ ފަޒްނާގެ ގަޔާއި ދިމާލަށް ގިނިހިލައިގެ ވާރޭއެއް އޮއްސައިލި ހެންނެވެ. އޭގެން ރެކޭން ވެގެން ފަޒްނާއަށް ޖެހުނީ ސިފަ ބަދަލުކޮށްލާށެވެ. ހަރުފަކަށް ބަދަލުވެ އެއްވެސް އެއްޗެއްގައި ނުޖެހި ރެކިގެން ސަލާމަތް ވެގަތެވެ.

“މައާފް ކުރޭ.. އެކަމު އަހަރެން ކުރަން ޖެހޭ ކަންތައްތައް ކުރާނަމޭ.. އަހަންނަށް ކޮން މައްސަލައެއް ތިމީހުންނަށް ކޮންމެ ކަމެއް ވިޔަސް.. “. ފަޒްނާގެ އަޑުން ފާޅުވެގެން ދިޔައީ ރުޅިވެރިކަމާއި ނަފްރަތެވެ.

“އެހެންތަ؟ އަހަރެންގެ މަންމައަށް އެހެން ހެދީވެސް؟.. އެއީ ވެސް ކުރަން ޖެހުނު ކަމެއްތަ؟.. މަންމަ ކޮންކަމެއް ކޮށްގެން.. އެއީ ބާރެއްނެތް އިންސާނެކޭ.. ކަލޭމެން ކަހަލަ ބާރުގަދަ މީހުން އާރެއް ބާރެއް ނެތް މަޚްލޫގުންނަށް އަތްގަދަކޮށް އަނިޔާކުރަނީ ކީއްވެތަ؟ ތިއީ ހާދަ ނުބައި މީހެކޭ.. ހިތެއްވެސް ނެތީތަ.. ތިކަހަލަ މީހަކާއި މިއިން ޒަމާނަކުވެސް ދިމާވަނެ ކަމެއް ނޭނގެ”. ފަޒްނާގެ ބަސްތަކުން މިކްޔާލް ރުޅިއަންނަ ގޮތްވިއެވެ. މިކްޔާލްގެ އަޑުޖެހުމުން ފަޒްނާ އެއްމިޔަނަކުން ހިނިތުންވެލައިފިއެވެ. މިކްޔާލުގެ ހިތުގައި އަނދަމުން ދިޔަ އަލިފާނުގެ ހުޅުކޮޅަށް ތެޔޮ އެޅުނު ފަދައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

މަޢާފް އެދެމުން 22

Next

ކަތި ފިޔަވަޅު 7

Next
June 22, 2025

ކަތި ފިޔަވަޅު 7

Previews
June 22, 2025

މަޢާފް އެދެމުން 22



All Right Reserved!