Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިކުޑަކުދިންގެ

އޭލިއަން ސިލްސިލާ: ވަރަ – 12

Aashii
Aashii Level 310 Stories100 Login
June 21, 2025 3 Mins Read
0 Comments

ހަނި ކޯރިޑޯ އެއްގެ ތެރެއިން މިޝްކާ އާއި ނާހިދާ ދެމީހުން ހިނގާފައި އައި އިރު ވަށައިގެން ވީ އަނދިރިކަމެވެ. ކައިރީގައި ތިބުމާއިއެކު އެކަކު އަނެކަކަށް ދެމީހުން ފެންނަކަމެވެ. މިޝްކާ ފޫހިވެގެން އެކިކަހަލަ ވާހަކަ ތަކެއް ދައްކަމުން ދިޔައިރު ނާހިދާއަށް ހުރެވުނީ އަނގައިން ބަހެއް ނުބުނެވިފައެވެ. މިއީ އޭނަގެ ފަހުވަގުކޮޅޭ ހިތަށް އަރައި ހަދާނެ ގޮތް ހުސްވެފައި ހުރެވުނެވެ. މިޝްކާގެ ގާތުގައި ކިތަންމެ ވާހަކައެއް ބުނަން އޭނަ ބޭނުންވެއެވެ. ބަސްއަހައި އުޅެން ނަސޭހަތްދީފައި ބާރުތަކުގެ ވާހަކަ ކިޔައިދޭން ބޭނުންވިއެވެ. އެހެންނަމަވެސް އެހިތްވަރު ލާކަށް ނުކެރުނެވެ. އޭނާ ނެތް ދުނިޔެއެއްގައި ތިންކުދިން އުޅެން ޖެހޭނެ ހާލު ހިތަށް އަރާފައި ލޮލަށް ކަރުނަ ޖަމާވެއެވެ. ދޮށީ ދެކުދިންނާއި ޚިލާފަށް މިޝްކާގެ ހަށިގަނޑުގައި ބާރެއް ނެތްކަން ނާހިދާ ދަނެއެވެ. މިޝްކާއަށް ބަލަން މިކްޔާލް އާއި ނަޔާނީގެ ގާތުގައި ބުނެވުނީ ވެސް އެހެންވެގެންނެވެ

“މިޝްކާ.. ” ނާހިދާއަށް ގޮވާލެވުނެވެ. ހުއްޓާނުލައި އަނގަތަޅަން ހުރި މިޝްކާ ހައިރާންވެފައި ބަލާލިއެވެ. ” މިޝް ބަސްއަހައްޗޭ.. ކޮންމެތަނަކަށް ދިޔައަސް.. ތުއްތު އާއި ނަޔާއްތަ ބުނާގޮތަށް ހަދައިގެން އިނގޭ އުޅެނީ މަންމަ ނުހުންނަ ތަންތަނުގަ..” މިޝްކާގެ ބޮލުގައި އަތް ބާއްވާލައިފައި ނާހިދާ ކިޔާލިއެވެ. ނާހިދާގެ މިއަމަލުން ބޯގޯސްވީ މިޝްކާއެވެ. އާދަވެގެން ނުފެންނަ ކަންތައްތައް ނާހިދާގެ ކިބައިން ފެނި މިޝްކާގެ ބޯ ހާސްވެފައި ހުންނަތާ ކިތަންމެ އިރެކެވެ. ފުރަތަމަ ކޮޅުން ވާހަކަ މަދުވެއްޖެއެވެ. އެހެން ދުވަސްދުވަހު ނާހިދާ ރުޅިއަންނަ ކަންތައް ކުރުމުން ކަހާތަން ހިރުވައިވެސް ނުލިއެވެ. އޭނަ މިހުރިހާ އިރަކު ބޭކާރު ވާހަކަ ދައްކަމުން އައީވެސް ނާހިދާގެ ސަމާލުކަން ހޯދުމަށެވެ. އިރުތަކެއްވެގެން ދިޔައިރުވެސް ކަމަކަށް ގެއްލިފައި ހުރުން ނޫން އެހެން ކަމެއް ނާހިދާ ނުކުރިއެވެެ. ނާހިދާގެ ގާތުގައި ވީގޮތް އަހާލަން ވެސް އޭނާ ބޭނުންވެއެވެ. އެހެނަސް ނާހިދާ އޭނާގެ ސުވާލުތަކަށް ޖަވާބު ނުދޭނެކަން އޭނައަށް އެނގެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔައި ވާހަކައަށް އަތްއަޅައި އޮއްބާލާނެކަން ވެސް އޭނާ ދަނެއެވެ. އޭނަގެ އުމުރުގެ މިހާތަނަށް އައި އިރުވެސް ކަމެއް ކުރަން ނާހިދާ ހިތު އެޅިއްޔާ ނޫނީ އެއްވެސް ކަމެއް ކުރެވިފައެއް ނުވެއެވެ. ނާހިދާގެ ފުށުން އެއްބާރުލުން ނުލިބޭ ކަންކަމުގައި ކުރިއެރުމެއް ލިބިފައި ވެސް ނުވެއެވެ. ދަރިން ކިތަންމެ އާދޭހެއް ކުރިއަސް ނާހިދާގެ ނިންމުންތަކަށް ބަދަލު އައުމަކީ ނާދިރުކަމެކެވެ.

 

“އޯކޭ.. ” ގަސްތަކާއި ނުލައި މިޝްކާއަށް ބުނެވުނެވެ. އޭނަ މަންމައަށް ވެފައި އެހުރީ ކިހިނެއް ހެއްޔެވެ. އެހެރަ ދުވަހަކު ނުދައްކާ ގާތްކަމަކާއި ކުލުނެކެވެ. ނާހިދާގެ އުޅުމާއި މިޒާޖަށް އައި ބަދަލު ފެނިފައި މިޝްކާގެ ހިތަށްވީ އެހެން ގޮތެކެވެ. އޭނަ މަންމަ ދެން އަބަދުވެސް އުޅޭނީ މިހެން ބާއޭ ހިތަށް އެރިއެވެ. ދުވަހަކުވެސް މަންމަގެ މިމިޒާޖަށް އޭނައަށް ހޭނިދާނެހެން މިޝްކާއަކަށް ހިޔެއް ނުވެއެވެ. އެކަމަކު މަންމަ އެދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ މަންމަ ނުހުންނަ ތަންތަނުގައި ނަޔާއްތަ އާއި ތުއްތުގެ ބަސް އަހާށޭ އެބުނަނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ މަންމަ ކަމަކު ތަނަކަށް ދާން އުޅެނީހެއްޔެވެ؟ އެހެންނަމަ ކޮންތަނަކަށް ހެއްޔެވެ؟ ސުވާލުތައް ހިތަށް އަރައި ފައިބަމުން ދިޔައިރުވެސް މިޝްކާއަށް އިސްނަގައި ނާހިދާ ގާތުގައި ސުވާލުކޮށްލުމަށް ނުކުޅެދުނެވެ.

 

****

 

ރަޔާން އާއި އެކީގައި އުދުހިލާފައި ރޫނާ ގޮސް ޖެއްސީ ހޮހޮޅައާއި މާދުރުނޫން ގަސްތަކެއްގެ ތެރޭގައި އޮތް ބޮޑު ހިލައެއްގެ މައްޗަށެވެ. ކައިރި ހިސާބަކުން ވިޔަސް އެލްގެ ހިލަމެއް ވޭތޯ ބަލާލަން އިރުކޮޅަކަށް މަޑުކޮށްލަން ޖެހުނެވެ. އެއީ ފުރަތަމަ އެލްގެ ހަމަލާއެއް އަތުވެއްޖެއްޔާ އެލްއަށް ހަމަލާނުދީ ސަލާމަތްވާނެ މަގެއް ނުހޯދޭނެތީއެވެ. ރޫނާ އާއި ރަޔާން ހިތުގައި އެލްއަށް ހަމަލާދިނުމުގެ ވިސްނުމެއް ނުގެންގުޅުނެވެ.

 

“ރޫނާ.. އެލް ހުރި ހިސާބު އެނގިއްޖެ.. އެއޮތް ބޮޑު ގަލުގެ މަތީގައި ނިދާފައި އެލް އޮތީ ..” ކައިރި ހިސާބުތައް ބަލާލުމަށްފަހު ހަލުވި ދުވެލީގައި އައިސް އެތަނަށް ހުއްޓުނު ރަޔާން ބުނެލިއެވެ. “އެހެން ވީމަ ނުނުކުމެވޭ ގޮތަށް އެލްގެ ވަށައިގެން ކޮށްޓެއް ހަރުކުރީމަ ރަނގަޅުވާނެ..” ރޫނާ ދިނީ މޮޅު ހިޔާލެކެވެ. އެގޮތް ކަމުގޮސްގެން ރަޔާން އަވަސްވެގަތެވެ. ބާރުގެ ބޭނުން ކޮށްގެން އެލްއަށް ފުނޑައިނުލެވޭ ވަރުގެ ދަގަޑު ކޮށްޓެއް ކޮށްޓެއް ހެއްޖެވެ. ކޮށީގެ ތެރޭގައި އެލް ނަގައިގެން އައިސް ބާއްވާފައި ތަޅުލީ އެލްއަށް ހޭވެރިކަންވުމުގެ ކުރިންނެވެ.

 

“އޯކޭ.. ދެން އެހެންވީމާ އޭތި ހަލާކު ކޮށްލަން ދޯ މިޖެހެނީ. ” ހޮހޮޅައަށް ވަންނަން ހުރަހަކަށް ވެފައި އޮތް ގަލަށް އިޝާރާތް ކޮށްލަމުން ރޫނާ ބުނެލިއެވެ.” އާން.. އަދި ކޮބައިތަ.. މިބުނީ ރޫނާގެ ބާރުތަކޯ؟؟.. އެނުލިބޭތަ.. މިބުނީ ލިބޭހާއިރު ވެއްޖެއެންނު.. ” ރަޔާންގެ ސުވާލު އިވުމުން ރޫނާ ދެކޮނޑު އަރުވާލިއެވެ. ހަމަޔަގީނުންވެސް މާދަމާ އިރު އަރާއިރު އޭނައަށް ލިބެންޖެހޭ ބާރުތައް ހުންނާނީ ލިބިފައެވެ. އެހެންވީމާ ކަންބޮޑު ވާނެ ކަމެއް ނެތެވެ.

ދެއަތް ދެއަތާއި ޖައްސައި ބާރުތައް ބޭނުންކޮށްގެން ހެދި އަލިފާންބޯޅަ ރަޔާން ފޮނުވާލީ ހޮހޮޅަ ކުރިމަތީގައި އޮތް ގާގަނޑާއި ދިމާލަށެވެ. ރަޔާންގެ އަޑުއިވުނު ރޫނާ ނޭނގެއޭ ބުނެލުމަށްފަހު ރަޔާން ހެދި ގޮތް ތަކުރާރު ކޮށް ގާގަނޑު ފުޑުފުޑު ކޮށްލަން މަސައްކަތް ކުރިއެވެ. ކާމިޔާބުވާ  ގޮތެއް ނުވިއެވެ. ބޯ ދުންގަނޑެއް އަރައި ހިލަތައް ފޭބުން ފިޔަވައި އެހެން އިތުރު ކަމެއް ނުވިއެވެ. އެގޮތަށް އެކިވައްތަރު އާލާތްތައް ބޭނުން ކޮށްގެން ވިޔަސް އަވަހަށް މަސައްކަތް ނިންމައިލެވޭތޯ ބެއްޔެވެ.

 

އިރުކޮޅެއް ފަހެވެ. ގާގަނޑު އެއްކޮށް އެއްފަރާތަކަށް ޖައްސައިލެވޭ ވަރެއް ނުވިއެވެ. މާ ގިނައިން ބާރުގެ ބޭނުން ވެސް ކުރެވިއްޖެއެވެ. ވަރުބަލިވެގެން ރޫނާގެ ނިތްކުރިމަތިން ދާތިކި ތަޅައެވެ. ހަމަޖެހިލެވެންދެން ހިލަގަނޑެއްގެ މަތީގައި އޭނަ އިށީންދެލައިގެން އިނެވެ. އޭރުވެސް ރަޔާން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ދިޔައީ ގާގަނޑު ފުޑުފުޑު ކޮށްލާށެވެ. އަޑުގަދަވެގެން ކޮށީގައި އޮތް އެލްވެސް ތެދުވެ ނިދި ބުރާންތިކަމާއި އެކު ބަލަން އޮތެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މަސްހުނި އިޙްސާސް ތަކެވެ. ކުރިމަތީގައި ހިނގަމުން ދިޔަ ކަންތައްތަކަށް އޭނަގެ އެއްވެސް ފަރުވާލެއް ނެތް ފަދައެވެ.

 

“އެއްލު.. ކީއްކުރަން ކުރި ކަމެއްތަ މިއީ.. ” އެލްގެ ކައިރީގައި ވިނަގަނޑު މަތީ އިށީދެލަމުން ރޫނާ އުޅުނީ އެލްގެ އަނގައިން ބަހެއް ބުނުވޭތޯއެވެ . ހޭލި ފަހުން މީހަކާއި އަނގައިން ނުބުނި ތާކަށް މީހަކާއި ދިމާލަށް ބަލާލާކަށް ވެސް ނޫޅުނެވެ. އެލްގެ ގޮތްދޫނުކުރާ މިޒާޖު ރޫނާއަށް ފެނުނުމީ ފުރަތަމަ ފަހަރެވެ. ވެފައިހުރި ހައިރާންކަމާއިއެކު ވެސް އެލް އެގޮތަށް ބައިންދާކަށް ރޫނާގެ ހިތެއް ނޭދުނެވެ. ރުޅިއައިސްގެން ހަރުކަށިކޮށް ވާހަކަ ދައްކާކަށް ވެސް ބޭނުމެއް ނުވިއެވެ. އެލްގެ ހިތް އެދޭ ގޮތަށް އެލް ކަންތައް ކުރަންވީއެވެ. އެއީ އޭނަ ބެހެން އޭނަގެ ހަޔާތެއް ނޫނެވެ.

އެލް މޫނު އަނބުރާލިއެވެ. އެއަމަލުން އެކަނިވެސް ބުނަން އުޅުނު ވާހަކަ ރޫނައަށް ދޭހަވި ފަދައެވެ. ތެދުވާން ފައި ހިއްލާލެވުނީ އެހެން އިތުރު ވިސްނުމެއް ނެތިއެވެ. އޭނަގެ މައްސަލައެއް ނެތެވެ. ކުރިން މިހެން ވާން އޮތްކަން އެނގުނު ނަމަ އޭނަ ކުރީއްސުރެ ފިޔަވަޅު އެޅީހެވެ. އޭނައަށް މިއަދުގެ ހެނދުނު ދިމާވި ހާދިސާ އާއި މިހާރާއި އަޅުވާ ކިޔާލެވުނެވެ. އެހެން ނަމަވެސް ވެގެން އުޅޭ އަހަރުގެ ގޮތެއް ބޮލަކަށް ނުވިސްނުނެވެ.

 

ހަމަ އެވަގުތެވެ. ހަރަކާތް ކޮށްފައި ނަގަން އުޅުނު ފައި ހުރި ގޮތަށް ގަނޑުވިއެވެ. ތަނަކަށް ހިރިލެވުނީއެއް ނޫނެވެ. ގަދަ އަލިގަނޑެއް ރޫނާގެ ގަޔަށް އެޅުނެވެ. ކޯއްޗެއް ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެތަން ފެނިގެން ރަޔާން ހުރީ ސިހުމެއްގައެވެ. އެހެން ނަމަވެސް އުފާވެ ހިނިތުންވެލައިގެންނެވެ. ކަމެއް ނުކޮށް އޮތް އެލްއަށްވެސް ލިބުނު ހައިރާން ކަމާއިއެކު ތެދުވެވިއްޖެއެވެ. ރޫނާއަށް ބާރުތައް ލިބުނީއެވެ. ދެން މިހާރަކު އެއީ ކުރީގެ ރޫނާއެއް ނޫނެވެ. އެލް ހާސްވާ ދަރަޖައަށް އެޅުނެވެ. އޭނައަށް ދެން މޮޅެއް ނުވެވޭނެއެވެ. ރޫނާގެ ބާރުން ނުކުތް ޖާދޫގެ ޒައްރާ އެތިކޮޅުތައް އެ ސަރަޙައްދުގައި ހަރުލައިފައި ހުރިއިރު ހީވަނީ އެހެން ކަމެއް ހެންނެވެ. އެލްއަށް ނޭވާ ލައި ކޮޅަށް ތެދުވެ އުޅުން ވެސް ވާނީ ދަތި ކަމަކަށެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aashii
Follow Me Written By

Aashii

Level 310 Stories100 Login

:))

Other Articles

Previous

ވާ ލޯބި އެނގޭނަމަ(21)

Next

2-ހިތް ހިގުން އަވަސްވޭ

Next
June 21, 2025

2-ހިތް ހިގުން އަވަސްވޭ

Previews
June 21, 2025

ވާ ލޯބި އެނގޭނަމަ(21)



All Right Reserved!