އަބަދަށް-20
އެދުވަސް ތަކުގައި ދެމީހުން ކިތައްމެ އުފަލުގައި އުޅުނު ނަމަވެސް ފަހުން ކުރިމަތިލާން ޖެހުނު ހިތްދަތިކަން ވަނީ މާއިލްގެ ހިތުގައި ބިންވަޅުނެގިފަ އެވެ. ބެންޗުގައި އިށީންދެފައި މާއިލް ބަލައިލީ ކުރިމައްޗެވެ. އެދުވަހު އެލާ ރުއިރުއިފައި ކުރި އާދޭސްތަށް އަދިވެސް އިވޭކަހަލަ އެވެ.
*ޕާރްޓް-20*
*******
ދެމީހުންވެސް ބެންޗްގައި އިށީންދެލައިގެން ތިބެ ވާހަކަދައްކަމުން ދިޔައިރު އެއްވެސް ހިޔާލެއް ފިކުރެއް ނެތެވެ. ކުއްލިއަކަށް ދެމީހުންވެސް ސިހުނީ ފިސްތޯލު ޖެހި އަޑު އިވިފައެވެ. އެލާ ބިރުން ދެލޯ ބޮޑު ކޮށްލައިގެން ހުރެ އެކިކޮޅު ކޮޅު ބަލަނީ އެވެ. ކޮންދިމާއަކުން އިވުނު އަޑެއްތޯ ބަލަން ވެގެން މާއިލް ވެސް ތެދުވެ ދެތިން ފިޔަވަޅު ކުރިއައް އެޅި އެވެ. އަނެއްކާވެސް ފިސްތޯލު ޖެހި އަޑު އިވިފައި ދެން ފެނުނީ މާއިލް ކޮނޑުގައި އަތް އަޅައިގެން ތިރިވި ތަނެވެ.
އެލާ އަށް މިމަންޒަރު ފެނުމާއި އެކު ރޮއިގަނެވުނެވެ. މާއިލް ކައިރީ އިށީންދެލި އެވެ.
“އަރ ޔޫ އޯކޭ..؟ ހިގާ އަވަހަށް ހޮސްޕިޓަލަށް..” އެލާ އަށް ބުނެވުނީ އެހިސާ ބަށެވެ. ކޮންމެވެސް ދެމީހަކު އައިސް އެލާގެ ދެއަތުގައި ހިފާ މާއިލް އާއި ދުރުކުރިއެވެ. މާއިލް ރަގަނޅަށް އެދެމީހުންނަށް ބަލައިލި އެވެ. އެއީ އޭނާގެ ބައްޕަގެންގުޅޭ ދެމީހުންކަން ދެނެގަންނާކަށް މާގިނައިރެއް ނުނެގި އެވެ. ހަމަ އެވަގުތު ކާރެއް އައިސް މަޑުކޮށްލި އެވެ. އޭގެން ފެއިބީ ހުޒާމް އާއި ކޮންމެވެސް ދެ ފިރިހެނެކެވެ. ހުޒާމް އެދެމީހުންނަށް ލޮލުގެ އިޝާރާތުން އެންގުމުން އެދެމީހުން ގޮސް މާއިލްގެ ދެއަތް ފުރަގަހަށްލާ ވަދެލި އެވެ. އަދި އަނގައިގައި ފޮތި ގަނޑެއް އެއްސި އެވެ.
“ކަލޭގެ ހުރި ނުލަފާ ކަން.. ކޮންމެރެއަކު ކިޔަވަންދޮއުމުގެ ބަހަނާގަ އައިސް ތި ބައްދަލު ކުރާނީ މި އަންހެނާ އާތަ.. އަދި އުމުރުން އެއްމެ 16 އަހަރޭ ތިއުޅެނީ ލޯބީގެ އިޝްގުގަ ޖެހިގެން.. ފަހަކަށް އައިސް ކަލޭ ކިޔެވުމަށް ދެއްވާ ސަބަބަކީ މިއަންހެނާދޯ..؟ ހުރި ލަދުކުޑަ ކަން..” ހުޒާމް އެހެން ބުނެ މާއިލްގެ މޫނުގައި ޖެހި އެވެ. ވީތަދުން މާއިލް އަށް ރޮވުނެވެ.
“ޕްލީސް ބޭބޭ.. މާއިލް އަށް ތިހެން ނުހަދާ.. އެއީ އަޅުގަނޑު..”
“ކަލޭ ހުރޭ އަނގަ މައިތިރި ކޮށްގެން.. ކަލެއާ މީހަކު ވާހަކަ ދައްކާފިތަ އެއިން..” ހުޒާމް ދެން ބަލައިލީ އެލާ އަށެވެ.
“ކަލޭ ހީއްކުރީތަ މީނާއާއި އެކީ އުޅެގެން ކަލޭގެ ހަޔާތް އުފާވެރި ވާނެ އޭ..” ހުޒާމް ހަޅޭލަވައިގަތުމުން އޭނާގެ އަޑު މުޅިތާގައި ގުގުމައިގެން ދިޔައެވެ. އަނެއްކާވެސް މާއިލްގެ ކަންކަށިމަތީ ޖަހައިފައި އޭނާ އެންގިީ މާއިލް ނުދިޔަ ހިފޭއްޓުމަށެވެ.
“ކަލޭ ދެން.. ކޮންތާކުން އައި މީހެއްކަމެއް ވެސް ނެއިންގެ.. މަގޭ ދަރިފުޅު ލިބޭނެ ކަމަށްތަ ހިތަށް އެރީ..” ހުޒާމް އެލާ އާއި ދިމާއަށް ހިގައިގަތުމުން މާއިލް ހަޅޭ ލަވައިގަތެވެ. ނަމަވެސް އަޑު ނުކުތީ މަޑުންނެވެ. ހުޒާމް ދަމުން ދަމުން ދިޔައީ އެތާ އިން މީހެއްގެ ފިސްތޯލު ހިފައިގެންނެވެ. އެލާ އަށް ބިރުން ހަޅޭ ލަވާއިގަނެވުނެވެ.
“މާއިލް… ބޭބޭ ޕްލީސް..” އެލާގެ އަޑު ނުކުތީ ކެޑިކެޑިގެންނެވެ. އޭނާ ބިރުން ރޫރޫ އަޅަނީއެވެ. ބޭނުމީ ދުވެފިލާ ރައްކަވާށެވެ. ނަމަވެސް ސަލާމަތް ވާނެ އެއްވެސް މަގެއް ނެތެވެ. މާއިލް ބޭނުންވީ ގޮސް އެލާ އެމީހުން އަތުން ސަލާމަތް ކުރުވާށެވެ. އޭނާގެ ލޯ ކުރިމަތީގައި އޭނާގެ ބައްޕަ އޭނާގެ ލޯބިވެރިޔާއަށް ގެއްލުމެއް ދޭކަށް ނޭދެއެވެ.
“ކަލޭ މިދުނިޔެއިން ވަކިވުމީ އެއްމެ ރަގަނޅު ގޮތް..” ހުޒާމް އެހެން ބުނެ ފިސްތޯލު ލޯޑުކޮށްލި އެވެ. މާއިލް އަނެއްކާވެސް ހަޅޭލަވައިގަތެވެ. މާއިލް ހިފަހައްޓައިގެން ތިބި މީހުންނަށް ވެސް މާއިލް ހިފޭއްޓެނީ ކިރިޔާ އެވެ.
“އެނީ ލާސްޓް ވޯޑްސް..” ހުޒާމް އެއްމިޔަ ކަނަށް ހީލަމުން ނުލަފާ ގޮތަކަށް އަހާލި އެވެ. އެލާގެ ނަޒަރު ހުއްޓުނީ މާއިލް އަށެވެ. ދެލޯ ރަތް ވެފައި ހުރީރު ގިސް ލެވެއެވެ.
“އައި ލަވް ޔޫ މާއިލް.. ތި ދިން ލޯތްބާ އަހަރެންނަށް ހުސްކުރި ވަގުތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އަހަރެންނަށް މާއިލް ހިތްހަމަ ނުޖެހޭ ނޫނީ ދެރަވާ ފަދަ ކަމެއް ކުރެވިފަ އޮވެއްޖިއްޔާ މަޢާފަށް އެދެން.. އައި ހޯޕް އަހަރެންނާ ނުލާ ވެސް މާއިލް އުފަލުގައި އުޅޭނެ ކަމަށް..” އެލާ އަސަރުން ފުރިގެންވާ އަޑަކުން ބުންޔެވެ. މިއީ އޭނާގެ ނިމުން ކަން އެނގެއެވެ. މާއިލް އަށް ބޮޑަށް ރޮވުނެވެ. ދެކޮޅަށް ބޯ ހޫރައިލީ އެހެން ނުބުނާށޭ ބުނާ ފަދަ އަކުންނެވެ. އިހްސާސް ކުރެވެމުން ދިޔަ ހިތާމައިންނާއި ރުޅިން މާއިލް ދިޔައީ ތުރުތުރު ލަމުންނެވެ.
“އުފް.. ތިދިން ހިތާމަވެރި ސްޕީޗް އަޑުއަހާފަ މަގޭ ހިޔާލު ބަދަލު ވެއްޖެ..” ފިސްތޯލު ތިރިކޮށްލަމުން ހުޒާމް ބުނެލި އެވެ. މާއިލް އާއި އެލާ އަށްވެސް ބަލާލެވުނީ ހުޒާމް އަށެވެ.
“ހީއްކުރީތަ ކަލޭގެ ތި ފޮނި ބަސްތަކުން މަގޭ ހިޔާލު ބަދަލު ވާނެ ކަމަށް..” ހުޒާމް ކުއްލިއަކަށް ފިސްތޯލު ޖެހިއެވެ. ގޮވި ބާރު އަޑުފައްގަޑާއި އެކު އެލާގެ ވޭނީ ހަޅޭކުގެ އަޑުވެސް ފަޒާގެ ތެރޭ ގުގުމައިގެން ދިޔައެވެ. މާއިލް އަށް ދެލޯ މަރާލެވުނެވެ.
“ނިމުނު މިކަންވެސް.. ދެންހިގަދާން..” ހުޒާމް ލައިގެން ހުރި ސޫޓް ރީތި ކޮށްލަމުން ހިނގައިގަތެވެ. މާއިލްގެ އަތުގައިވާ ވާގަނޑު ނައްޓާލުމުން މާއިލް ދުވެފައި ގޮސް އެލާ ކައިރީ އިށީނެވެ.
“އެލާ.. އެލާ.. އަތް ޔޫ ދެއާރް..؟” މާއިލް އެލާގެ ބޯ އޭނާގެ އުނގުގައި ބާއްވާލަމުން ގޮވާލި އެވެ.
“މާއިލް.. އައި ލަވް ޔޫ.. ސޯމަޗް.. ދެން.. އަހަރެން މަތިން.. ހަދާން ނައްތާލައިފައި.. ދިރި އުޅުމާއިގެން.. ކުރިއަށްދޭ..” މާއިލްގެ އަތުގައި ބޮސް ދީފައި އެލާ ބުނެލި އެވެ. މާއިލް އަށް ގިސްލެވޭ ވަރުން އެއްޗެކޭ ނުބުނެއެވެ އެވެ. އެހެން އޮވެ އެލާގެ ދެލޯ މެރިގެން ދިޔައެވެ.
“އެލާ.. އެލާ..” އެލާގެ ކޮލުގައި ކޮށްޓާލައިފައި މާއިލް ގޮވާލި އެވެ. އެލާގެ އެއްވެސް ހަރަކާތެއް ނެތްކަން އެނގުމުން އޭނާ މިދުނިޔެ ދޫކޮށްލިކަން އެގުނެވެ.
“ނޯ……” މާއިލް އަށް ހަޅޭ ލަވާއިގަނެވުނެވެ. އޭނާގެ ލޯބި ވެރިޔާ އޭނާއާއި ހެދި މިދުނިޔެ އާއި ވަކިވާން ޖެހުނީ އެވެ. ލޯބިވާ އާއިލާ ދޫކޮށްލަން ޖެހުނީ އެވެ. މާއިލް އަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އެލާގެ ފުރާނަ ނެތް މަސްގަނޑުގައި ބައްދައިލައިގެން އޮވެ އެތަށް ވަގުތެއް ވަންދެން މާއިލް ރުއެވެ. އެތަށް ހަފްތާ އެއް ވަންދެން މާއިލް އެހިތާމަ ކުރި އެވެ. އޭނާ އަކީ ހާދަ ބަދުނަސީބު ކުއްޖެކޭ ވެސް ނިޔަތް އެރި އެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






