Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-19

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
June 8, 2025 3 Mins Read
0 Comments

ކައިގެން ކޮޓަރިއަށް ވަދެ ފޮތް ކިޔަން އުޅެ އުޅެ އަރަން އަކަށް ފޮތެއް ނުކިޔުނެވެ. ސިކުނޑި އެތަކެއް ހިޔާލު ތަކެއް ކުރަމުން ދިޔައެވެ. އެއްމެފަހުން އަރަން ބޭރަށް ނިކުތީ ސިކުނޑި ތާޒާކޮށް ލުމުގެ ބޭނުމުގަ އެވެ. އަރަންގެ މިސްރާބު ހުރީ ލައިބްރެރީ އަށެވެ. މަދުމަދުން ކުދިން ފެނެ އެވެ. ފޮތް ހަރެއް ކުރިމަތީ ހުއްޓި ލައިފައި ފަހަރަކު ފޮތެއްގައި އަތުލަމުން އޭނާ އައިސް އިށީނީ އެއްމެ ކައިރީ ހުރި މޭޒުގައެވެ. އަރަން ލައިބްރެރީ ތެރެއަށް ނަޒަރެއް ހިންގާ ލިއެވެ. ކިޔަވަން އައިސް ތިބި ކުދިން މަދެށް ނޫނެވެ. ހަމަ އެގޮތަށް ލޯބިވެރިން ވެސް މަޖާކޮށް ކޮށްފައި އުޅޭތަން ފެނެ އެވެ. އަރަންގެ ލޮލުގައި އަޅައިގަތީ ބުރުގާ އަޅައިގެން ހުރި ކުއްޖެކެވެ. ހަމަ ފެނުމާއި އެކު އެއީ ކާކުކަން އެނގުނެވެ

*ޕާރްޓް-19*

ކޮޓަރި ތެރެއޮތީ އަދިރިކޮށެވެ. ކުޑަދޮރު ހުޅުވައިގައި ހުރުމުން ހަނދުގެ އަލި އެޅިފައި އޮތެވެ. މަޑުމަޑުން ޖެހެމުން ދިޔަ ވައިރޯޅި ތަކުގެ ސަބަބުން ދޮރުފޮތިގަނޑު ނަށާލަ ނަށާލަ ހުއްޓެވެ. ކުޑަދޮރު ކުރިމައްޗަށް ވާގޮތަށް އިން ގޮޑިއެއްގައި ފިރިހެން ކުއްޖަކު އިނެވެ. އޭނާގެ އަތުތެރޭގައި ފޮޓޯއެއް އޮތެވެ. އެއީ މާއިލް އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ އެލާ އާއި އެކު ނަގައިފައި އިން ފޮޓޯއެކެވެ. މާއިލްގެ ދެލޮލުގައި ވީ ކަރުނައިގެ އަސަރެވެ.

“ސޮރީ އެލާ.. އަހަރެންނަށް މަޢާފް ކުރޭ..” މާއިލްގެ އަޑު ނުކުތީ މަޑުންނެވެ. ހަމަ އެވަގުތު އެކޮޓަރި ދޮރުގައި މީހަކު ޓަކި ދިނެވެ. އަވަސް އަވަހަށް މާއިލް ކަރުނަތަށް ފުހެލައިފައި ވަނުމަށް ބުންޔެވެ. ކޮޓަރި އަށް ވަނީ މާއިލްގެ މަންމަ ފަރީހާ އެވެ. ފަރީހާ އައިސް މާއިލް ކައިރީ ހުއްޓިލި އެވެ. މާއިލް އަދިވެސް އިނީ ގަބުވެފަ އެވެ.

“އެލާ މަތިން ހަނދާން ވަނީ ދޯ..؟” ފަރީހާ އަހާލިއެވެ.

“މަންމަ އަށް އެނގެއޭ ދަރިފުޅު ބޭނުން ނުވާނެކަން އެލާއާ ވަކިވާކަށް.. އެކަމު ބައްޕަ އެކަންތައް އެކުރީ ހަމަ ދަރިފުޅަށް ރަގަނޅަކަށް.. ދެން އެނގެއެއްނު ބައްޕަ ބޭނުން ނުވާނެކަން އެހާ ދަށުދަރަޖައިގެ މީހުންނާ އެކީ ދަރިފުޅު އުޅޭކަށް..” ފަރީހާ މާއިލްގެ ބޮލުގައި ފިރުމާލާފައި ނަސޭހަތް ދިނެވެ. މާއިލް އަށް ކެއްވީ އެހިސާބަށެވެ. ފަރީހާ ގެ އަތް ފޮޅުވައިލައި ފައި ތެދުވިއެވެ.

“ހެވެއްނު ނިކަމެއްޗަކަސް މުއްސަންޖަކަސް.. ހަމަ ބައްޕަގެ ހުރި ގޮތް ކުޑަކަމުން މަށަށް އެވަރުވެސް ކޮށްނުދިނީ.. އަޅެ ފަހެ މަ އެލާ އާ އިނދެގެން މިތަނުން ދުރަށް ދިޔައީމަ މަށާ ހެދި އުދަގޫވެގެން އުޅޭކަށް ނުޖެހޭނެއްނު.. މިހާރުވެސް މެރީކުރަން ތިކިޔާ އަންހެނާ އަކީ ކިހާ ދަށުދަރަޖައިގެ މީހެއްކަން އެނގެ ހުރެތަ ތި އުޅެނީ.. ހަމަ ބައްޕަގެ އެދުންތަ ފުދުނީމަ އެނިމުނީ.. ކޮބާ މަގޭ ބޭނުންތައް..؟ އެއްމެ ކަމަކު އެ މިބުނީ.. އެވަރުވެސް ކޮށްނުދެވުނު..” މާއިލްގެ ލޯފުރި ކަރުނަތަށް ފައިބަމުން ދިޔައިރު އޭނާ ހިތުގައި ޖެހިފައިވާ ވަރު އެނގެއެވެ. އިސްތަށިގަނޑު ގައި ހިފާ ބާރަށް ހަޅޭލަވައިގަތީ ހިތުގައިވާ އުދާސްތަށް ބޭރުކޮށް ލުމަށެވެ. ހަމަ އެވަގުތު މާއިލްގެ ބައްޕަ ހުޒާމް އައިސް ކޮޓަރި ދޮރުމަތީ ހުއްޓިލި އެވެ.

“ކޮން ހަޅޭކެއް ލަވާކަށް.. ހަވަރު އެއްނުކޮށް މަޑުން ހުރޭ..” ހުޒާމް އެހެން ބުނެލައިފައި ފައިބައިގެން ދިޔައެވެ.

“އާދޭ ކާންދާން..” ފަރީހާ ބުނެލި އެވެ.

“ނުކާނަން މަށެށް..” ކަރުނަތަށް ފުހެލައިފައި މާއިލް ކޮޓަރިން ނިކުތެވެ. އަވަސް ފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތަށް ގިރާކޮށް ފައި މާއިލް މިސްރާބުޖެހީ ގޭގެ މައިދޮރާދިމާ އަށެވެ.

“މާއިލް ކޮންތާކަށް ތިދަނީ..؟ މަޑުކޮށްބަލަ..” ފަރީހާ ވެސް ދުވަމުން އައިސް މަޑުކޮށް ލިއިރު މާއިލް ނުކުމެގެން ގޮތްސި އެވެ.

“ބަހައްޓާ.. އަމިއްލަ އަކަށެއްނު އެދިޔައީ..” ހުޒާމް ފޯނު ބަލަން ހުރެ ބުނެލި އެވެ. ފަރީހާ އަޅައިނުލާ ދިޔައީ ބަދިގެއަށެވެ. މާހީ އިނީ ލެޕްޓޮޕުން ކޮންމެވެސް އެއްޗެއް ކިޔާށެވެ. މާހީ އަށް ނެއިންގޭހާވެސް ކަމަކީ ތަންކޮޅެއް ދުރުގައި އަރަން މިހުރިހާ މަންޒަރެއް ބަލަން އިން ކަމެވެ. އެއްވެސް ފޫހިކަމެއް ނެތި މާހީގެ ކޮންމެހަރަކާތަކަށް ބަލަން އިން އަރަން ސިހުނީ މީހަކު ގޮވާލުމުންނެވެ. ބަލައިލި އިރު ކައިރީ ހުރީ ލިޔާ އެވެ. އަރަން ވަގުތުން ހިނިތުންވުން ފޮރުވާލި އެވެ.

“އައި ޑިޑިންޓް ނިއު ޔޫ ވާރްއެ ނައިޓް އާއިލާ..” ލިޔާ އިށީންނަމުން ބުނެލި އެވެ.

“ނޫން.. ހަމަ ފޫހިވެގެން އައިސް މިތާ ޖައްސާލީ..” އަރަން އިނީ ފުދޭވަރަކަށް އުދަގޫވެފައެވެ.

“އެހެންދޯ.. އަހަރެން ހީއްކުރީ ފޮތްކިޔަންކަމަށް އައިސް ތީނީ..” ލިޔާ އޭނާ ގެނަ ގޮތްތަށް ހުޅުވާލިއެވެ. ދާހާތާކުން ލިޔާ އާއި ބައްދަލުވާތީ އަރަން ހުރީ ކުދިކިޔާލާ ކިޔާލަ އެވެ.

“ހެލޯ..” އަރަން އެހެން އިދެ އިނދެފައި ފޯނުނަގައި ކަންފަތުގައި ޖައްސާލަމުން ގޮވާލި އެވެ.

“އޭނާ.. އާން މިދަނީ..” އަރަން މޫނުމައްޗަށް ހާސްކަމުގެ ކުލަވަރު ވެރިކުރަމުން ބުނެލި އެވެ.

“ކިހިނެއްވީ..؟ ހާދަ ހާސްވެފަ..” ލިޔާ އަހާލި އެވެ.

“ޖައިޝް ދެންމެ ބުނި އައިސް ބަލާށޭ ވަރަށް އަވަހަށް..” އަރަން ތެދުވަމުން ބުނެލި އެވެ. އަރަން ދިޔަ ދިމާއަށް ބަލަން ހުރެ ފައި ލިޔާ ދެން ބަލާލީ މާހީ އަށެވެ. އަރަން އާއި މިނުދަންނަ ކުއްޖާއާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ. އަރަން މިކުއްޖާ އާއި ދިމާ އަށް މިވަރަކުން ބަލަނީ ކީއްވެ ހެއްޔެވެ. ލިޔާ ފޫހި ގޮތަކަށް މާހީ އާއި ދިމާ އަށް ބަލަން ހުރެ ފައި އަވަސްވެގަތީ ފިލާވަޅު ހަދާށެވެ.

ގަސް ބޯ ޖަންގަލި ތެރެއިން މަޑުމަޑުން ހިނގާފައި އައި މާއިލްގެ ދެލޮލުގައި ވީ އިންތިހާ ދަރަޖައިގެ ވޭނެވެ. ފަތްތަކުގެ ތެރެއިން ފުރޭނިގެން އަންނަ ހަންދުވަރުގެ އަލިން ޖަންގަލި އޮތީ އަލިވެގައެވެ. މާއިލް އައިސް ހުއްޓިލީ އެތާ ހަދައިފައި އިން ބެންޗެއް ކައިރީގަ އެވެ. ބެންޗުގައި އަތް ހިންގާ ލުމާއި އެކު މާޒީގެ ހަދާން ތަށް އާވާން ފެށި އެވެ.

*****

“މާއިލް ޕްރޮމިސް ކޮއްބަލަ އަހަރެންނާ މެރީކުރަން..” މާއިލްގެ ކޮނޑުގައި ބޯއަޅައިގެން އޮވެ މަޑުމަޑުން އެލާ ބުނެލި އެވެ.

“ހެހެ.. އަށާރަ އަހަރު ފުރިގެނެއްނު ފުރަތަމަ..” މާއިލް އެލާގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށި ކޮޅު ދުރުކޮށްލަމުން ބުނެލި އެވެ.

“ދެން ޕްރޮމިސް ކޮއްބަ..” އެލާ އަނެއްކާ ވެސް އެދުނެވެ.

“ކުރިއަށް އޮތްތާގަ ވާނެ ގޮތެއްވެސް އަދި ނެއިންގެ އެންނު..” މާއިލް އެހެން ބަހަނާ އެއް ދެއްކި އެވެ.

“ކީއްވެތަ މާގިނަ ބަހަނާ ތިދައްކަނީ.. މާއިލް އަހަރެން ދެކެ ލޯބި ނުވަނީތަ..؟” ކުޑަކުއްޖެއް ހެން ތުންކޮޅު ދަމައި ލައިފައި އެލާ އަނެއް ފަރާތަށް އެނބުރުނެވެ. މާއިލްގެ ތުންފަތް މައްޗަށް ވެރިވީ ހިނިތުން ވުމެކެވެ.

“އައި ޕްރޮމިސް ޔޫ އައި ވިލް މެރީޔޫ ބޭބީ..” މާއިލް ފަހަތުން އެލާގައި ގައި ބައްދާލަމުން އެލާގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލި އެވެ.

“އަސްލުތަ..؟” އެލާ މާއިލް އާއި ވިފަރާތަށް އެނބުރިލަމުން ބުނެލިއިރު އެދެލޮލުގައި ވީ އުފާވެރި ކަމެވެ. މާއިލް ބޯޖަހައިލީ ސީދާ އެލާގެ ދެލޮލަށް ބަލަން ހުރެ އެވެ.

އެދުވަސް ތަކުގައި ދެމީހުން ކިތައްމެ އުފަލުގައި އުޅުނު ނަމަވެސް ފަހުން ކުރިމަތި ލާން ޖެހުނު ހިތްދަތި ދުވަސްތަށް ވަނީ މާއިލްގެ ހިތުތެރޭ ބިންވަޅު ނެގިފައެވެ. މާއިލް ބެންޗުގައި އިށީންދެެމުން ބަލާލީ ކުރިމައްޗެވެ. އެދުވަހު އެލާ ރުއިރުއި ފައި ކުރި އާދޭސްތަށް އަދިވެސް އިވޭކަހަލަ އެވެ.

*ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މަޢާފް އެދެމުން 16

Next

ޒައިޝާ 5

Next
June 8, 2025

ޒައިޝާ 5

Previews
June 8, 2025

މަޢާފް އެދެމުން 16



All Right Reserved!