Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 3

ailessh Level 1
June 20, 2025 2 Mins Read
0 Comments

”ފުއްޕާމޭގެ ކެންސަރ، ސްްޓޭޖް 2” މާމަގެ އެ ޖުމުލަ އަހަންނަނަށް އިވުނީ ހޮނު ގުގުރިއެއްހެންނެވެ.

”ކީއްވެ ކުރީން ނުބުނީ..” ހައިރާން ކަމާއެކު އަހަރެންނަށް އަހާލެވުނެވެ.

”މާމައަށް ވެސް އަނެއް ދުވަހަކު އިނގުނީ.. އެ ހިސާބުން ދަރިފުޅު ގެންނަން ބޭނުންވި، މާމަ ދުނިޔޭގެ ހުއްޓަ ދަރިފުޅު ކައިވެނި ކުރާތަން ބަލަން މާމަ ބޭނުން… މިޝްކާ އަށް ގުޅޭނެ ގޮތް ހޯދާ.. މާމަ ކައިވެނީގެ ހުރިހާ ކަމެއް ކޮށްދޭނަން” މާމަ ހިތުގައި ވާގޮތް ހާމަކޮށްލިއެވެ.

”މިޝްކާ ހޯދާނީ ކިހިނެއް؟ ދިން ނަންބަރު ވެސް އޮންނަނީ ނިއްވާލާފަ، ދެން ޖެހޭނީ އެ ގެޔަށް ދާން…. މާމަ އަޅުގަނޑާއެކު ދާނަން ދޯ…؟” މޮޅު ގޮތެއް ވިސްނާލުމަށް ފަހު ބުނީމެވެ. މާމަ ވެސް އެކަމަށް އެއްބަސް ވެލަމުން ވަކިވީ ކައިވެނީގެ އެތައް ވާހަކައެއް ދައްކާފައެވެ.

”މާމަ ދިއުމާ އެކު ފޯނު ނަގއި މިޝްކާގެ ފޮޓޮއެއް ހުޅުވާލީމެވެ. އަދިވެސް ބޭނުންވަނީ މިޝްކާއެވެ. އެ ހުނުމުގެ އަޑޫ އަހާލާށެވެ.

***

މިޝްކާގެ ގެޔަށް މާމައާއެކު އާދެވުމުން ހިތް ނުތަނަވަސްވާން ފެށިއެވެ. މިވީ ދެދުވަސް ތެރޭގައި މާލެ އައިސް މިޝްކާގެ އެޑްރެސް ހޯދުމަށް އެތައް މަސައްކަތެއް ކުރެވިއްޖެވެ.

”ކާކު ހޯދަން؟” ޓަކި ދިނުމުން ދޮރު ހުޅުވީ ޒުވާނެކެވެ. މިޝްކާއާއި ވައްތަރު ގޮތެއް ހުއްޓެވެ. އެއީ މިޝްކާގެ ދައްތަ ކަމަށް ވެސް ވެދާނެވެ.

”މިޝްކާ އުޅޭބަތޯ؟” ސުވާޅޫ ކޮށްލީ ބިރު ފޮރުވަމުންނެވެ

”މިޝްކާއެއް ގެޔަކު ނެތް، އެކަމް މިހާރު އަންނަން އުޅޭނެ މަޑުކޮށްލަންވީނު” އެތެރެއަށް ވަނުމަށް ދައުވަތު ދިނުމުން އިންކާރެއް ނުކުރެވުނެވެ. މިޝްކާ ހާސިލް ކުރުމަށް ކަނޑައެޅި އަޒުމް އެއަށްވުރެ މާ ވަރުގަދައެވެ.

”ކީއްކުރަން މިޝްކާ ހޯދަނީ..” 2 ތަށީ ޖޫސް ގެނެސްދެމުން އެ އަންހެން މީހާ ސުވާލުކޮށްލިއެވެ.

”އަހަރެން މީ އާދިލް” އެ ވަގުތުވީ މިޝްކާ ވެސް ގެޔަށް އާ ވަގުތަށެވެ.

”އާދިލް މިތާ ކީއްތިކުރަނީީ… ކީއްކުރަން މިތަނަށް ތިއައީ… އާދިލް ހަމަ މިހާރުދޭ” ރުޅިވެރިކަން ނޫން އެހެން އެއްޗެއް މިޝްކާގެ މޫނަކުން ނުފެނެއެވެ.

”މިޝްކާ ރުޅި މަޑުކޮށްފަ އާދިލް އަށް ކިޔާދީބަލަ..!” މިޝްކާގެ ކޮނޑަށް އަތްލާ އަހަރެން ކުރިމައްޗަށް އިން ސޯފާގައި މިޝްކާ ބޭންދީ އެ ޒުވާނާއެވެ.އެވަގުތު މިޝްކާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަތަން ފެނުމުން އަހަރެންގެ ހިތަށް އަސަރު ކުރިއެވެ.

އަނެއްކާ މިޝްކާއަށް ކަމެއްވީބާއެވެ؟ މިޝްކާ ބަލީހެއްޔެވެ؟ ނޫނީ ގަސްތުގައި އަހަރެންނާކުރިމަތިލާން އިންކާރު ކުރަނީ ހެއްޔެވެ.

”ދައްތާ އެކަމް….. މަންމައަށް ފެނިދާނެއ…..” ބިރުން ހުރެ މިޝްކާ ބުނެލިއެވެ.

”ދައްތަ މިހުރީނު ހާސް ނުވޭ” މިޝްކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

”އާދިލް…. ސޮރީ” މަޑުމައިތިރި ކަމާއެކު މިޝްކާ ބުނެލިއެވެ.

”އިޓްސް އޯކޭ އޭ… މިޝް ކިޔާދީބަ.. ކިހިނެއްތަވީ؟” އަހަރެން ބުނެލީ ކެތްތެރިކަން ކުޑަވެފައި ހުރެއެެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ސިއްރު

Next

އެކުގައިވާނަން-2

Next
June 20, 2025

އެކުގައިވާނަން-2

Previews
June 20, 2025

ސިއްރު


All Right Reserved!