Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 16

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
December 12, 2025 8 Mins Read
11 Comments

“ރައިހާން އޭނަ މަރައިލިއޭ ކިޔާފަ ވަކި ވާނެ ފައިދާއެއް އޮންނާނެތަ..؟ ވީ ކަމެއް ނުވާ ކަމަކަށް ހެދޭނެތަ..؟ ދެން ވެސް އެންމެ ބުއްދިވެރި ގޮތަކީ އޭނަ ޕޮލިހަށް ގެންދިިޔުން.. ކުށްވެރިންނަށް ހައްގު އަދަބު ދޭނީ އެމީހުން.. ރައިހާންއެއް ނޫން!” ޒާމިން ދައްކަމުން ދިޔަ ވާހަކަތައް ވިސްނެން ފެށުމާއި އެކު ރައިހާންގެ ރުޅިގަނޑު ތަންކޮޅެއް ފިނިވިއެވެ. ފުންކޮށް ނޭވާ ލަމުން ރައިހާން އަނެއް ފަރާތަށް މޫނު އަނބުރައިލީ ނާއިމްގެ ސޫރަ ވެސް ދެކެން ބޭނުން ނުވާ ފަދައިންނެވެ.

“ގުޅާ ޕޮލިހަށް.. އޭނަގެ ކޭސްގެ ހުރިހައި މައުލޫމާތެއް ބަރާބަރަށް އަހަންނާ ހިއްސާ ކުރާތި..” ފަހަރުގައި ވެސް ނާއިމަށް ހައްގުވާ އަދަބު ނުލިބި އޭނާ ސަލާމަށް ވުމަކީ ރައިހާން އެއްގޮތަކަށް ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ރައިހާންގެ ބަހަށް ޒާމިން ބޯޖަހައިލަމުން ރައިހާން އަދި އެއްފަހަރު ނާއިމަށް އަލިފާނުން ފިއްސައިލާ ވަރުގެ ނަޒަރެއް ދިނުމަށް ފަހު ފަސްއެނބުރި ހިނގައިގަތީ އެތަނުން ނުކުންނާށެވެ.

*** ** ***

ރައިހާން ގެއަށް އައި އިރު ސޯފާގައި ރިއާއާ ވާހަކަ ދައްކަން އިން ލިވްޔާ ފެނިފައި ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނީ ލިވްޔާގެ މޫނުމަތީގައިވީ ފަނޑު ނަމަވެސް ހިތްގައިމު ހިނިތުންވުން ފެނިފައެވެ. ލިވްޔާ މަޑުމަޑުން ހަމައަކަށް އެޅޭ ތަން ފެނުމުން ރައިހާންއަށް ހިތާހިތުން ލިވްޔާގެ ކެތްތެރިކަމާއި ހިތްވަރުގަދަ ކަމަށް ތަޢުރީފު ކުރެވުނެވެ.

ލަސް ފިޔަވަޅުތަކެއްގައި ރައިހާން ގޮސް ރިއާގެ ކައިރީގައި އިށީނީ ލިވްޔާއަށް އަވަސް ނަޒަރެއް ދިނުމަށް ފަހުއެވެ. ރައިހާން އިށީނުމާއެކު ރިއާ އުފަލުން ދޮންބެއޭ ކިޔައި ރައިހާންގެ އުނގަށް އެރި ނަމަވެސް ލިވްޔާ އެ އިން ގޮތަށް އިނީ ރައިހާންއާ ދިމާއަށް ބަލައި ވެސް ނުލައެވެ.

ރިއާގެ ކުޑަކުޑަ ހަށިގަނޑުގައި އޭނާގެ ވަރުގަދަ ދެއަތް ވަށައިލަމުން ރައިހާން ލިވްޔާއަށް ބަލައިލިއެވެ. އެހެނަސް މިލާފައިވީ އެ މޫނުމަތިން ފެނުނު ބީރައްޓެހިކަމާއި ދުރުކަމުން ރައިހާންގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރުވައިފިއެވެ. އިސްވެ އެދެމެދުގައިވީ ހިމޭންކަން ނައްތައިލުމަށް އެދި ރައިހާންގެ ހިތް ބޭޤަރާރުވަމުން ދިޔަ ނަމަވެސް ލިވްޔާ އެގޮތް ބޭނުން ނުވާނޭ ކަން އެނގޭތީ ރައިހާން ފަސްޖެހެނީއެވެ.

ކުޑަކުޑަ ރިއާއަށް އެދެމުގައިވީ ދުރުކަން އިހުސާސް ކުރެވުނީ ކަންނޭނގެއެވެ. ކުރީ ރޭ ރައިހާން ކިޔައިދިން ވާހަކަތަކާއި މިވަގުތު ރައިހާން އާއި ލިވްޔާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތައް ރިއާގެ މައުސޫމް ސިކުނޑިއަށް ނަގައިގަތީ ވިސްނޭ ބޮޑު މީހަކު ފަދައިންނެވެ.

“ލިވީ ދައްތީ..” ރިއާގެ މައުސޫމު އަޑުން އޭނާއަށް ގޮވައިލުމުން ލިވްޔާ ރިއާއަށް ބަލައިލީ ގަދަކަމުން ހިނިތުންވެލާފައެވެ.

“ލިވީ ދައްތި ކީއްވެ ދޮންބެ އައީމަ ޓޯކް ކުރުން ހުއްޓާލީ..؟” ރިއާގެ މައުސޫމު ސުވާލުން ލިވްޔާގެ މޫނުމަތީގައިވީ މަސްނޫއީ ހިނިތުންވުން ފޭދިގެން ދިޔައެވެ. ރިއާގެ ސުވާލާއެކު ވަގުތުން ރައިހާންގެ ހިއްސުތައް ވެސް ކޮޅަށް ޖެހުނީ ވިސްނައިނުލާ ރިއާ ކޮށްލާ އެފަދަ ސުވާލުތަކުން ލިވްޔާއަށް އަސަރު ކުރާނެކަން އެނގޭތީއެވެ.

“ދޮންބެ އެ ހުރީ ލިވީ ދައްތި ޓޯކް ނުކުރާތީ ވަރަށް ސޭޑް ވެފަ..” ދެން ރިއާ ބުނެލި ޖުމުލައިން ލިވްޔާއަށް ރައިހާންގެ މޫނަށް ބަލައިލެވުނީ ރިއާ އެބުނި ބަސްތަކުގެ ތެދުކަން އަމިއްލައަށް ޔަގީންކުރާށެވެ. ލިވްޔާއާ ހަތަރުކަޅި ހަމަވުމާއެކު ރައިހާންގެ މުޅި ހަށިގަނޑުން ހީބިހި ހިލުވައިލި އިރު އެ މޫނުމަތީގައި އޮޅިފައިވީ ހިތާމައިގެ ސާލުންނާއި، ރޭގަނޑެއް ފަދަ އަނދިރި ކަޅީގެ ތެރެއިން ފެނުނު ހިތްދަތިކަމުން ރިއާގެ ތުއްތުތުއްތު ބަސްތަކުގެ ތެދުކަން ސާބިތުކޮށްދީފިއެވެ.

“ދޮންބެ ބުނީ ލިވީ ދައްތި ގާތު ސޮރީ ވެސް ބުނީމޭ.. ލިވީ ދައްތި ފޮގިވް ނުކުރާތީ ދޮންބެ ހުންނަނީ ވަރަށް ސޭޑް ވެފަ.. ލިވީ ދައްތިި ސިކްވީ ރޭގަ ދޮންބެ ކްރައި ވެސް ކުރި..” ރިއާ އެންމެ ފަހުން ބުނެލި ޖުމުލައާ އެކީ ރައިހާން ތެޅިގަނެފައި ރިއާއަށް ބަލައިލީ ރިއާ އެފަދަ ވާހަކައެއް ބުނުމުން ކުޑަކޮށް ލަދުގަނެފައި އިނދެއެވެ. ލިވްޔާއަށް ވެސް ހިސާބަކަށް ހައިރާންވީ ދުވަހަކު ވެސް ރައިހާން ފަދަ ހަރު ހިތެއްގެ ވެރިޔަކު ކަރުނައަޅާފާނެ ކަމަށް ހީކުރެވިފައި ނެތުމުންނެވެ. ވަކިން ޚާއްސަކޮށް އޭނާގެ ސަބަބުން ރައިހާން ރޮއެފާނެކަމަށް ގަބޫލު ކުރަން އޭނާއަށް ދަތިވަނީއެވެ.

“ރިއްކޮ.. އެއީ ސީކްރެޓް އެކޭ.. އެކަހަލަ ވާހަކަ އެހެން ކުދިން ކައިރި ނުބުނާނެ އިނގޭ..؟” ރިއާގެ ތުއްތު ސިކުނޑިއަށް ވިސްނޭނޭ ފަދައިން ރައިހާން ބުނެލުމާއެކު ރިއާ އަނގަ ވައްކޮށްލާފައި “އޯވ” އޭ ބުނެލިއެވެ.

“އެކަމަކު ދޮންބެ ސޭޑް ވީމަ ރިއްކޮ ވަރަށް ދެރަވޭ..” ރިއާ ތުންދަމައިލާފައި ބުނެލި ގޮތުން ރައިހާންގެ އިތުރުން ލިވްޔާގެ ހިތް ވެސް މަޑުވެލިއެވެ.

“ލިވީ ދައްތީ..” ރައިހާންގެ އުނގުން ފައިބާފައި ރިއާ ގޮސް ލިވްޔާގެ އުނގަށް އަރާފައި އެ ކުޑަކުޑަ ދެއަތުން ލިވްޔާގެ މޫނުގައި ހިފަަހައްޓައިލިއެވެ.

“ލިވީ ދައްތި ދޮންބެއަށް ފޮގިވް ކުރައްޗޭ.. ދޮންބެ ހުންނަނީ އަސްލު ވެސް ވަރަށް ސޭޑް ވެފަ..” ރިއާ ދެރަވެލާފައި ބުނެލި ގޮތުން ލިވްޔާއަށް އިންކާރު ކުރަން އުނދަގޫވިއެވެ. ލަސްލަހުން ރިއާގެ ކުޑަކުޑަ މޫނުގައި ހިފަހައްޓައިލާފައި އެ ދޮންދޮން ކޯތާފަތަށް ލިވްޔާ ދޮނެއް ދިނީ ރިއާއަށް ދޭން ޖަވާބެއް އޭނާގެ ދުލުގައި ނެތީތީއެވެ.

“ދޮންބޭ.. ބުނެބަ ސޮރީއޭ ލިވީ ދައްތި ގާތު.. އޭރުން ލިވީ ދައްތަ ފޮގިވް ކުރާނީ..” ލިވްޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން ރިއާ ރައިހާންއާ ދިމާއަށް އެނބުރިފައި ބުނެލިއެވެ. އެއާއެކު ރައިހާން ފުން ނޭވާއެއް ދޫކޮށްލާފައި ރިއާގެ ތުއްތު ތުއްތު މޫނަށް ބަލައިލިއެވެ.

“ރިއްކޮ.. ދޮންބެ އަސްލު ވެސް ވަރަށް ވަރަށް ދެރަވޭ.. ދޮންބެ ވަރަށް ދެރަވޭ ދޮންބެއާ ހަދައި ލިވީ ދައްތަ ސޭޑްވާކަން އެނގުނީމަ.. ދޮންބެއަށް ކުރިން ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. ދޮންބެ ބޭނުން ބައިވަރު ފަހަރު ސޮރީ ބުނަން.. ދޮންބެ ބޭނުން ލިވީ ދައްތަ ސްމައިލް ކޮށްދޭން.. ލިވީ ދައްތި ހެޕީ ކޮށްދޭން.. އެކަމަކު ދޮންބެއަށް ކުރެވުނީ ލިވީ ދައްތިގެ ފޮގިވްނެސް ނުލިބޭ ވަރުގެ ކަމެއް..” ރައިހާންގެ ދުލުން ބުނެލި ޖުމުލަތައް ބުނީ ރިއާ ގާތުގައި ކަމަށް ވިޔަސް އެ ލަފްޒުތައް އަމާޒު ކުރެވުނީ ރިއާގެ ގައިގައި ހިފަހައްޓާލައިގެން އިން ލިވްޔާއަށެވެ. ރައިހާންގެ ވާހަކަތަކުން ލިވްޔާގެ ހިތަށް ކުރި ފުން އަސަރު ރަމްޒުކޮށްދެމުން ދިޔައީ އެ ދިގު އެސްފިޔަތައް ފޫއަޅުވައިލާފައި ފައިބަމުން ދިޔަ ކަރުނައިގެ މުތީތަކެވެ.

“ލިވީ ދައްތި މިހާރު ބޭނުމެއް ނުވޭ ދޮންބެއާ ވާހަކަ ދައްކާކަށް ވެސް.. ދޮންބެއާ ދިމާއަށް ބަލައިލަން ވެސް.. އެކަމަކު ލިވީ ދައްތި އެހެން ހަދާތީ ދޮންބެ.. ވަރަށް ދެރަވޭ.. ވަރަށް ވަރަށް ދެރަވޭ…” ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ބޮޑުކަމުން ރައިހާންގެ އަޑު ވެސް ބޭރުވީ ކުރެހިގެންނެވެ. ލިވްޔާގެ ކަރުނަވީ ދެލޮލުން މަޢާފު ކުރި ކަމުގެ ކުޑަ ނަމަވެސް އިޝާރާތެއް ފެނިލާތޯ ރައިހާންއަށް އިންތިޒާރު ކުރެވެމުން ދިޔައީ، ލިވްޔާގެ މަޢާފު އޭނާއަށް ޙައްޤު ނުވާކަން ރަނގަޅަށް އެނގި ހުރެއެވެ.

“ލިވީ ދައްތީ.. އަޑު އިވިއްޖެތަ..؟ ބަލާބަ ދޮންބެ ސޭޑް ވެފަ ހުރި ވަރު..” ލޯބިވާ ދޮންބެގެ އާދޭހުގެ ބަސްތަކުގައި އޮޅިފައިވީ ހިތާމައިގެ ސާލުން ކުޑަކުޑަ ރިއާ ވެސް ލިވްޔާ ގާތު އާދޭސް ކުރަން ފެށިއެވެ. އޭނާގެ ފަރާތުން ރިއާ ޖަވާބެއް ބޭނުންވާކަން އެނގުމުން ލިވްޔާ ހިތްވަރު ކޮށްލާފައި ފުން ނޭވާއެއް ދޫކޮށްލީ، ކޮންމެވެސް އެއްޗެކޭ ބުނުމަށެވެ.

“ދޮންބެ މިހާރު ސޭޑް ވިޔަސް ދުވަސްކޮޅަކުން ހުރިހައި ކަމެއް ހަނދާން ނެތިދާނެ.. ލިވީ ދައްތި މަތިން ވެސް ހަނދާން ނެތޭނެ.. އެއީ އެހައި ބޮޑު ކަމެއް ނޫނޭ ދޫނި..” ރިއާގެ ފަށުވިކޮޅެއް ފަދަ ފަން އިސްތަށިގަނޑުގައި ފިރުމައިލަމުން ލިވްޔާ ބުނެލި ވާހަކައިން އަސަރު ކުރީ ރައިހާންގެ ހިތަށެވެ. ސިހިފައި ލިވްޔާގެ މޫނަށް ބަލައިލެވުނު އިރު އެ ދެލޯ ތެރޭގައި ގައިދުވެފައިވީ ކަރުނަ ތިކިތައް ހީވަނީ ދެންމެ ދެންމެ ކޯތާފަތް މައްޗަށް މިނިވަންވެދާނެ ހެންނެވެ.

ލިވްޔާއަށް ހަމަ ހަގީގަތުގައި ވެސް އެހެން ހީވަނީ ހެއްޔެވެ؟ އޭނާއަށް ލިވްޔާ ޚާއްސަވާ ވަރު، އޭނާއަށް ލިވްޔާ މުހިއްމުވާ ވަރު ލިވްޔާއަށް އެނގޭނެ ނަމައެވެ. އެ ހިތުން ލިވްޔާއަށް ދެވިފައިވާ މަޤާމު ލިވްޔާއަށް އިހުސާސް ކުރެވޭނެ ނަމައެވެ. ދުވަސްކޮޅަކުން ލިވްޔާގެ މަތިން އޭނާ ހަނދާން ނެތިދާނެ ކަމަށް ލިވްޔާ ބުނާ އިރު، ދުވަހެއްގެ އެންމެ ސިކުންތަކަށް ވެސް އެ ހިތުން ލިވްޔާގެ ސޫރަ ފިލައިގެން ނުދާކަން ލިވްޔާއަށް ވިސްނޭނެ ނަމައެވެ.

“ނޫން.. އެހެންނެއް ނުވާނެ! ލިވީ ދައްތި މަތިން ދޮންބެއަށް ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލެވޭނެ.. ލިވީ ދައްތި އަކީ ދޮންބެއަށް އެއަށް ވުރެ މާ ސްޕެޝަލް ކުއްޖެއް..” ރައިހާންގެ ދޫ މަތީގައި އެ ލަފްޒުތައް ފުރޮޅިލީ ޚުދު ރައިހާންއަށް ވެސް ނޭނގިއެވެ. ރައިހާންގެ އެ ވާހަކައިން ލިވްޔާއަށް ރައިހާންގެ މޫނަށް ބަލައިލެވުނީ ސިހިފައެވެ. ރައިހާން އެ ހަދަނީ ދޮގު ކަމަށް ގަބޫލު ކުރަން ބޭނުންވީ ނަމަވެސް ރައިާންގެ އެ ފުން ކަނޑެއް ފަދަ ދެލޮލުން ފެނުނު އަސަރަކުންނާއި އެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތަކުން ސާބިތުކޮށްދެމުން ދިޔައީ ރައިހާންގެ ކޮންމެ ލަފުޒެއްގައި ހުރި ބުރަދަނާއި ތެދުވެރިކަމެެވެ.

“ދޮންބެއަށް އެނގޭ ދޮންބެ މިހެން ބުނީމަ ލިވީ ދައްތި ގަބޫލު ނުކުރާނެކަން ވެސް.. އެކަމަކު ވެސް ދޮންބެ މި ހަދަނީ ދޮގެއް ނޫން.. ރިއްކޮ.. ލިވީ ދައްތަ ގާތު ބުނެދީ ދޮންބެއަށް ފޮގިވް ކޮށްދޭށޭ.. އޭރުން ދޮންބެ ދެން ދުވަހަކު ވެސް ލިވީ ދައްތި ދެރައެއް ނުކުރާނަން..” އަދިވެސް ރައިހާން ބުނަމުން ދިޔަ ކޮންމެ ބަހެއް ރިއާ ގާތު ބުނަމުން ދިޔަ ނަމަވެސް އެ ބަސްތައް އަމާޒު ކުރެވެނީ ލިވްޔާއަށެވެ.

“ލިވީ ދައްތީ.. ބަލާބަލަ ދޮންބެ ބައިވަރު ފަހަރު ސޮރީ ބުނެފި މިހާރު.. ދެން އަވަހަށް ފޮގިވް ކުރޭ.. ދޮންބެ އެހުރީ ވަރަށް ގިލްޓީ ވެފަ…” ރިއާ ވެސް އޭނާގެ ތުއްތު ސިކުނޑިއަށް ވިސްނުނު ގޮތަކަށް ރައިހާންގެ ބަސްތައް ނަގައިގެން ލިވްޔާ ގާތު ބުނެލީ އާދޭހުގެ ރާގަކަށެވެ.

އިތުރަށް ރައިހާންގެ އެ ބަސްތައް އަޑުއަހަން ވެއްޖެ ނަމަ އޭނާ ނިންމައިގެން ހުރި ގޮތާ ޚިލާފަށް ކަންތައް ކުރެވިދާނެ ކަމުގެ ބިރު އޮތުމުން ލިވްޔާ ބޭނުންވީ އެތަނުން ދުވެ ފިލާށެވެ. އަވަސް ޙަރަކާތަކާ އެކީ އޭނާގެ އުނގުގައި އިން ރިއާ ސޯފާގައި ބޭންދުމަށްފަހު ލިވްޔާ ސޯފާއިން ތެދުވެ ހިނގައިގަތެވެ. ލިވްޔާ އޭނާއާ ދުރަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކީ ރައިހާންއަށް ހީވަމުން ދިޔައީ އޭނާގެ ހިތުގައި އިތުރު ކޫރުމެއް އެޅެމުން ދިޔަ ހެންނެވެ. ހިނދުކޮޅަކަށް ވެސް ލިވްޔާގެ އެ ސޫރަ ލޯކުރިމަތިން ގެއްލެން ބޭނުން ނުވާ އިރު އެގޮތަށް ލިވްޔާ އޭނައާ ދުރަށް ދާން މަސައްކަތް ކުރާތީ ރައިހާން ބިރުގަތެވެ. އޭނާއަށް ލިވްޔާ ގެއްލިއްޖެ ނަމަ އޭނާގެ ހަށިގަނޑާއި ފުރާނަ ވެސް ދެތަންވެދާނެއެވެ.

“ލިވްޔާ..” އަވަސް ޙަރަކާތަކާ އެކީ ސޯފާއިން ތެދުވެ ރައިހާން ހަލުވި ފިޔަވަޅުތަކެއްގައި ލިވްޔާއާ އެއްހަމަ ކުރަން މަސައްކަތް ކުރަމުން ދިޔައީ ލޯކުރިމަތިން ލިވްޔާ ގެއްލިދާނެ ކަމުގެ ބިރަށެވެ.

ރައިހާން އޭނާގެ ނަމުން ގޮވައިލި އަޑު އިވިފައި ލިވްޔާ އޭނާގެ ފިޔަވަޅުތައް ހަލުވި ކޮށްލިއެވެ. ރައިހާން އެ ދައްކާ ދަޅައެއްގައި ޖެހޭކަށް އޭނާ ބޭނުމެއް ނުވެޔޭ ހިތަށް އަރުވައިލަމުން ދެފަޔަށް ލެވުނުހައި ވާރެއް ލާފައި ލިވްޔާ ކޮޓަރިއަށް ވަނެވެ. ފަހަތަށް އެނބުރިފައި ލިވްޔާއަށް ދޮރު ލެއްޕުނު އިރު ރައިހާން އެހިސާބާ އަރާ ހަމަވަނީއެވެ. އަވަސް ހަރަކާތަކާއެކީ ލިވްޔާ ދޮރު ލައްޕައި ތަޅުލި ވަގުތަކީ ރައިހާންގެ އަތް ދޮރުގައި ޖެހުނު ވަގުތެވެ.

“ލިވްޔާ.. ޕްލީޒް.. ތިހެން ނުހަދާ.. ދޮރު ހުޅުވަބަލަ..” ދޮރުގައި ނިތް ޖައްސާލައިގެން ހުރެ ރައިހާން ތަކުރާރުކޮށް ބުނަމުން ދިޔަ އިރު އެ އަޑު ވަނީ ކުރެހިފައެވެ.

ރައިހާންގެ އާދޭސްތައް އަޑުއަހަން ދޮރުގެ އަނެއް ފަރާތުގައި ބުރަކަށި ޖައްސާލައިގެން ހުރި ލިވްޔާގެ ކޯތާފަތް ތެމެމުން ދިޔައީ ތާޒާ ކަރުނައިންނެވެ. އިރުކޮޅަކުން ކެތް ނުވެގެން އެ ހިމޭން ކަރުނަތަކާއި އެކުގައި ގިސްލުމުގެ އަޑު ވެސް އެ ދެތުންފަތް ފޫއަޅުވައިލާފައި ބޭރުވާން ފެށިއެވެ.

ލިވްޔާގެ ވޭނީ ގިސްލުމުގެ އަޑު ރައިހާންގެ ކަންފަތުގައި ޖެހުމުން ރައިހާންގެ ހިތް އިތުރަށް ކުދިކުދިވީ ފަދައެވެ. ރައިހާންގެ ދެލޮލުން ވެސް ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔަ އިރު ކުރިޔަށްވުރެ ވެސް ބާރަށް ދޮރުގައި ޖަހަމުން ދިޔައެވެ.

“ލިވްޔާ ހެޔޮނުވާނެ.. ދޮރު ހުޅުވަބަލަ.. އަހަންނަށް ތިހެން ނުހަދާ… ޕްލީޒް…” ގިސްލެވެމުން ދިޔުމުގެ ސަބަބުން ރައިހާންގެ އަޑު ނުކުތީ ވެސް ކެނޑިކެނޑިގެންނެވެ.

“ޕްލީޒް ރައިހާން.. ދުރަށް ދޭ.. ޕްލީޒް.. އަހަންނާ ގާތް ވާން ނޫޅެބަލަ…” ބުނަން ބޭނުންވީ ބަސްތައް އަރުތެރޭގައި ތާށިވެފައިވީހެން ހީވި ދެތިން މިނެޓަށް ފަހު ލިވްޔާ ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.

“ނޫން.. ޕްލީޒް ތިހެން ނުބުނޭ.. އެއް ފަހަރު އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ.. ޕްލީޒް.. އާދޭސް ކުރަން..” އެހުރި ގޮތަށް ލިވްޔާގެ ކޮޓަރީގެ ދޮރުގައި ނިތްކުރި ޖައްސާލައިގެން ހުރެ ރައިހާން އާދޭސްކުރަމުން ދިޔައެވެ.

“ދުރަށް ދޭ! އަހަރެން ބޭނުމެއް ނޫން ރައިހާން ދެކޭކަށް ވެސް! ވާހަކަ ދައްކާކަށް ވެސް!” އަމިއްލަ ހިތުގައި އަތް އަޅާލައިގެން ހުރެ ލިވްޔާ އޭނާގެ ނިންމުން އިއްވައިލުމާއެކު ރައިހާންގެ މުޅި ދުނިޔެ އެނބުރިގަތް ފަދައެވެ.

“ތިހެން ނުބުނޭ ލިވްޔާ.. ޔޫ.. ޔޫ ޑޯންޓް މީން ދެޓް…” ރަައިހާން އެންމެ ފަހުން ބުނެލި ޖުމުލަ ހީވަނީ އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔަ ވާހަކައެއް ހެންނެވެ.

“އައި ޑޫ! އައި މެންޓް ދެޓް! އަހަރެން ބޭނުމެއް ނޫން ރައިހާން ފެންނަ ހިސާބަށް ދާކަށް ވެސް! ދޭ މިތަނުން!” ލިވްޔާ ބުނި އަޑު އިވުމާއިއެކު ރައިހާންގެ ކަނިވެފައިވީ އުއްމީދީ ހުޅުކޮޅު އެކުގައި ނިވިގެން ދިޔަ ފަދައެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ އެ ހުރި ގޮތަށް ލިވްޔާގެ ގިސްލުމުގެ އަޑު އަހަން ހުރުމަށް ފަހު ރައިހާން ލަސްލަހުން ދޮރާ ދުރުވެލިއެވެ. ކޯތާފަތްމަތީގައި ފިރުކެމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށް ފަހު ރައިހާން ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ކިތަންމެ ވަރަކަށް މިވަގުތު ލިވްޔާ ގާތު އާދޭސް ކުރިޔަސް ލިވްޔާ އޭނާއަށް ބަލައިލަން ވެސް އެއްބަސް ނުވާނެކަން އެނގޭތީ ރައިހާން ބޭނުންވީ ލިވްޔާއަށް އެކަނި ވަގުތުކޮޅެއް ދިނުމަށެވެ. ލިވްޔާ ތަންކޮޅެއް ހަމަޖެހިލުމުން އަނެއްކައި ވެސް ލިވްޔާއާ ވާހަކަ ދައްކަން ނިންމައިގެން ހުރެ ރައިހާން ފަސްދީފައި ހިނގައިގަތް އިރު އެ ރީތި މޫނުމަތި ވަނީ އެކުގައި މިލާފައެވެ.

*** ** ***

އޭގެ ފަހުން ހަފްތާއެއް ވެއަތުވެގެން ދިޔަ އިރު، ކޮންމެ ދުވަހެއްގެ އިރު ވެސް އަރާ އޮއްސިގެން ދަނީ ލިވްޔާއާ ވާހަކަ ދައްކަން، ލިވްޔާގެ މަޢާފު ހޯދުމަށް އެދި ރައިހާން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް އެކަމުގައި ރައިހާންއަށް ދުވަހަކު ވެސް އަލިމަގެއް ފެންނަ ގޮތް ނުވަނީ ލިވްޔާ ކޮންމެ ފަހަރަކު ވެސް އޭނާއާ ދުރަށް ދާން މަސައްކަތް ކުރާތީއެވެ.

ހަފްތާއެއް ވެގެން ދިޔަ އިރު ރައިހާންގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތައް ގޭގެ އެންމެންނަށް ވެސް ދިޔައީ ފާހަގަ ކުރެވެމުންނެވެ. އެންމެން އެކުގައި ތިބޭ އިރު ވެސް ރައިހާންގެ ނަޒަރު އަބަދުމެ ލިވްޔާއަށް ހުއްޓިފައި ހުރުމާއި، ލިވްޔާއާ އެކުގައި ގިނަ ވަގުތު ހޭދަކޮށް، ލިވްޔާއާ ގިނަގިނައިން ވާހަކަ ދެއްކުމަށް ރައިހާން ކުރަމުން ދިޔަ މަސައްކަތްތައް އެއްވެސް މީހަކަށް ލޮލަށް ފަރުދާވެގެން ނުދެއެވެ.

އަނެއްކޮޅުން ކުޑަކުޑަ ރިއާ ދިޔައީ ރައިހާންގެ އެތައް މެސެޖެއް ކޮންމެ ދުވަހަކުހެން ލިވްޔާއަށް ފޯރުކޮށްދެމުންނެވެ. ލިވްޔާ ވާހަކަ ނުދައްކާތީ އޭނާގެ ދޮންބެ ދެރަވެފައި ހުންނަ ވަރާއި، ލިވްޔާ މަޢާފު ނުކޮށްގެން އޭނާގެ ދޮންބެ ހިތާމަކުރާ ވަރު ރިއާ ދިޔައީ އެ މައުސޫމު ސިކުނޑިއަށް ވިސްނުނު ގޮތަކަށް ލިވްޔާއަށް ބުނެދެމުންނެވެ.

އޭގެ ހައެއްކަ ދުވަސް ފަހުން ލަައިނީ އާއި ޔާނިއު އަނީސް ގޮވައިގެން އެނބުރި ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ޚަބަރު ލިބުމުން ރައިހާން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުނީ އެހައި ދުވަސް ވާންދެން ހުރިހައި ކަމެއް ހިތުތެރޭގައި ފޮރުވައިގެން އުޅެފައި، އެންމެ ފަހުން ޔާނިއުއާ ހުރިހައި ކަމެއް ހިއްސާކޮށްލަން ލިބޭނެތީއެވެ. އޭނާގެ ވާހަކަތަކަށް އިތުބާރުކޮށް، އޭނާއަށް ޔާނިއު އިތުބާރު ކުރާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތީތީއެވެ.

އަނެއްކޮޅުން ލިވްޔާ ހުރީ ލައިނީމެން އެނބުރި އަންނާނޭ ދުވަހަކަށް ކެތްމަދުވެފައެވެ. އަނީސްގެ ހާލު ކުރިޔަށް ވުރެ ރަނގަޅުވަމުން އައި ޚަބަރު ވެގެން ދިޔައީ ލިވްޔާގެ މިލާފައިވީ މޫނުމައްޗަށް ހިތްހަމަޖެހުމުގެ ކުލަވަރެއް ގެނުވައިދިން ހަމައެކަނި ޚަބަރެވެ. ލިވްޔާ ބޭނުން ވަނީ ލައިނީ އެނބުރި އައިހާ އަވަހަކަށް ރައިހާންގެ ގެއިން ދާށެވެ. މިހާރު ރަިއހާންގެ ކުންފުނިން ވަކިވާން ސިޓީ ވެސް ލާފައި ވާ އިރު، ލިވްޔާގެ ކޮންމެ ޢަމަލަކުން ވެސް ފެންނަމުން ދިޔައީ އޭނާ ރައިހާންއަށް ނަފްރަތު ކުރާ މިންވަރެވެ. ދެން ދުވަހަކު ވެސް ރައިހާންގެ ސޫރަ ދެކެން ބޭނުން ނުވާ ވަރެވެ.

ކޮންމެއަކަސް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދިޔައީ ރައިހާންގެ ހިތުގެ ބުނުން އިތުރަށް ސާފުކޮށްދެމުންނެވެ. ލިވްޔާ ދެކެ ހަގީގަތުގައި ވެސް ލޯބިވެވިއްޖެކަން ރައިހާންއަށް ގަބޫލު ކުރެވުނު އިރު، ލިވްޔާ ދިޔައީ ރައިހާންއަކީ އޭނާގެ ޙަޔާތުގައި އައި ވަގުތީ ބައިވެރިއެއް ކަމުގައި ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ. މިއާ ޚިލާފަށް ރައިހާން ދިޔައީ ލިވްޔާ ހާސިލް ކުރުމަށް ޓަކައި ކުރެވެން ހުރި ހުރިހައި ކަމެއް ކުރުމަށް ޢަޒުމް ކަނޑައަޅަމުންނެވެ. ކޮންމެވެސް ދުވަހަކުން ލިވްޔާގެ މަޢާފާ އެކީ ލިވްޔާގެ ލޯބި ވެސް ހާސިލްކުރެވޭނޭ ކަމުގެ ފޮނި އުއްމީދާ އެކުގައެވެ.

*** ** ***

ހޮނިހިރު ދުވަހު ޗުއްޓީއެއް ނެގުމަށް ފަހު ރައިހާން އާދީއްތަ ދުވަހު ކޮމްޕެނީއަށް ދިޔައީ ކުރަން ޖެހޭ މަސައްކަތްތައް ފުނިޖެހިފައި ހުންނާނޭކަން އެނގިހުރެއެވެ. އެހެނަންމަވެސް އޭނާ މާ ހާސްވެގެން ނޫޅުނީ މާދަން ނޫން އަނެއް ދުވަހު ޔާނިއު އައުމުން، އޭނާ އުފުލަން ޖެހޭ ބުރަތަކުގެ އެއްބައި ބޯމަތިން ކެހިގެން ދާނެތީއެވެ.

ލައިގެން ހުރި ސޫޓް ރަނގަޅުކޮށްލަމުން ރައިހާން އޭނާގެ ގޮނޑީގައި އިށީނދެލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާގެ ރޭގަނޑެއް ފަދަ ކަޅުކަން ގަދަ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ރައިހާން ބަލައިލީ ލިވްޔާގެ ކެބިންއަށެވެ. ލޮލުގައި އޮތް ނަމްބަރު އައިނު ނަގާފައި އެ ކަޅުކަން ގަދަ ފުން ދެލޮލުން ލިވްޔާގެ ކެބިންގައި ހުރި ހުސް ގޮނޑިއަށް ނަޒަރު ހުއްޓާލައިގެން އިން އިރު އެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ލިވްޔާގެ ޚިޔާލުތަކެވެ. އަބަދުވެސް މަސައްކަތަށް ނުހަނު ސަމާލުކަން ދީގެން އިންނަ އިރު އެ ރީތި މޫނުމަތިން ފެންނަ ވިސްނުންތެރިކަން އެއީ ރައިހާންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތް އެއް ކަންތަކެވެ. ބައެއް ކަންކަމުގައި ކިތަންމެ ބޯހަރު ނަމަވެސް ލިވްޔާ ކުރާ ކޮންމެ މަސައްކަތެއް ވެސް ނިންމާލެއް ފުރިހަމަ ކަމުން ބައެއް ފަހަރު ޚުދު ރައިހާން ވެސް ހައިރާން ވެއެވެ.

“ލިވްޔާ.. ޔޫ އާރ ސޯ ޕަރފެކްޓް..” ހިތުގައިވީ ތައުރީފުގެ ޖުމުލަ ދޫމަތީގައި ފުރޮޅިލުމާއެކު ރައިހާންއަށް ހިނިތުންވެވުނެވެ. ލިވްޔާގެ އެ ރީތިކަމާއި ފުރިހަމަކަން ކުރިން އޭނާއަށް ފާހަގަ ނުކުރެވުނީތީ އަމިއްލަ ނަފްސަށް ވެސް މަލާމާތް ކުރެވުނެވެ.

ގޮނޑީގައި ބޮލުގެ ފުއްކިބަ ޖައްސައިލަމުން ރައިހާން ދެލޯ މަރައިލީ ލިވްޔާގެ އެ ރީތި ސޫރަ ހިތަށް ގެންނަމުންނެވެ. އެ މުށިކުލައިގެ ރީތި ދެލޮލާއި، ޖަންބެއް ފަދަ ނޭފަތުގެ އިތުރުން، ފިޔާތޮށިކުލައިގެ ބޯ ތުންފަތް އެ އަނދިރި ހަންގަނޑާ ނުހަނު ގުޅެއެވެ. ހީލާ އިރު ވައަތު ކޮލަށް އެޅޭ އަޑިކޮޅުން އެ ރީތި މޫނުގެ އުޖާލާކަން އިތުރުކޮށްދެއެވެ. ހެދިހުރި ރޫފައާއި ދިގު އިސްކޮޅުން ހޫރުޕަރީއެއް ފަދައެވެ. އާއްމުކޮށް ރައިހާން ހިތްކިޔާ ކަހަލަ އެއްވެސް ސިފައެއް ލިވްޔާގެ ނެތެވެ. އެހެނަސް މިހާރު ލިވްޔާގެ ކޮންމެ ސިފައެއް ވެސް އޭނާއަށް ވެފައި ވަނީ އެންމެ ކަމުދާ ސިފައަށެވެ. އޭނާއަށް ލިވްޔާއަކީ އެންމެ ރީތި، އެންމެ ފުރިހަމަ ފަތްމިންޏެކެވެ. އެހައި ރީތި އަންހެން ކުއްޖަކު މުޅި ދުނިޔެ އަތްފުނާ އަޅައިގެން ބެލިޔަސް ނުހޯދޭނެކަން ޔަގީނެވެ.

ލިވްޔާގެ މިޒާޖަކީ އެ ރީތިކަމަށް އިތުރުކޮށްދޭ ބޮޅެއް ކަމަށް ރައިހާންއަށް އަމިއްލައަށް ވެސް ޤަބޫލުކުރެވުނެވެ. ހިތުގައި އޮންނަ އެއްޗެއް އެއްވެސް ފަސްޖެހުމަކައި ނުލައި ދިމާއަށް ބުނެލުމަކީ އޭނާގެ ސަމާލުކަން ލިވްޔާއަށް ދެވުނު ފުރަތަމަ ސަބަބެވެ. އަބަދުވެސް ލިވްޔާ ބޭނުންވާ ގޮތުގައި ހިފާލައިގެން ހުންނަ އިރު ލިވްޔާ ނިންމައިފި ކަމެއް ބަދަލު ކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނަސް، އެ ބޯހަރު، ގޮތްދޫނުކުރާ މިޒާޖާ އެކުގައި ވެސް ގާތުގައި އުޅޭ ލޯބިވާ މީހުން އުފާކޮށްދޭން ލިވްޔާ ކުރާހައި މަސައްކަތަކުން އެ ސާދާ ހިތުގެ ސާފުކަން ދޭހަވެއެވެ. އަބަދުވެސް ހިނިތުންވެލައިގެން ހުންނަ އިރު އެ ރީތި، ފުރިހަމަ ހިނިތުންވުން ފެނިފައި އުފާވެރިކަން ވެރިނުވާ އެއްވެސް ހިތެއް މި ދުނިޔެމަތީގައި ނުވާނޭކަން ރައިހާންއަށް ޔަގީންވެއެވެ.

ލިވްޔާގެ ޚިޔާލުތަކުގައި އޮޔާ ބެހެމުން ދިޔަ ރައިހާންއަށް ލޯހުޅުވައިލެވުނީ ކުރިމަތީގައި ހުރި ކޮމްޕިޔުޓަރަށް މެއިލް ނޮޓިފިކޭޝަނެއް އައި އަޑަށެވެ. ލަސްލަހުން ބޯ ހިއްލައިލުމަށް ފަހު ރައިހާން ކޮމްޕިޔުޓަރަށް ނަޒަރު ހުއްޓައިލިއެވެ. މެއިލް ފޮނުވާފައި އިނީ ލިވްޔާކަން އެނގުމާއި އެކު ރައިހާންގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ހައިރާންކަމަކާއި އުފާވެރިކަމަކުންނެވެ. އަވަސް ޙަރަކާތްތަކާ އެކުގައި މައުސްއާއި ކީބޯޑުގައި އޭނާގެ އިނގިލިތައް ޙަރަކާތްކުރަން ފެށި އިރު ރައިހާން އެ އީމެއިލް ހުޅުވައިލިއެވެ. އެހެނަސް އެ މެއިލްގެ ފުރަތަމަ ޖުމުލަ ކިޔައިލެވުނު އިރަށް އެ ރީތި މޫނުމަތީގައިވީ ހިތްގައިމު ހިނިތުންވުން ފަނޑުވެއްޖެއެވެ. ނިތަށް ރޫޖެހި، މައުސްގައި ހިފަހައްޓައިލެވިފައިވީ އަތަށް ބާރުކޮށްލެވުނީ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެކުގައިވާނަން-18

Next

އާއެކޭ ލޯބިވޭ… ސައުވީސް ވަނަބައި (ނަފްސާނީ ބައްޔަކީ ޤަބޫލުކުރަންވީ ހަޤީގަތެކޭ)

Next
December 12, 2025

އާއެކޭ ލޯބިވޭ… ސައުވީސް ވަނަބައި (ނަފްސާނީ ބައްޔަކީ ޤަބޫލުކުރަންވީ ހަޤީގަތެކޭ)

Previews
December 12, 2025

އެކުގައިވާނަން-18

11 Comments!

  1. Anonymous says:
    December 12, 2025 at 1:49 pm

    Livi dhn goi dhookohfa Ren ah maafu kohba. Ren abadhu dhera vefaye e hunnanee.
    Mi part vs vrh reethi MA!
    Whn nxt????

    1. Anonymous says:
      December 13, 2025 at 3:58 am

      he should be more sadder honestly knowing how he treated her

  2. siraa says:
    December 12, 2025 at 3:04 pm

    v.reethi

  3. ~Ellly~ says:
    December 12, 2025 at 4:14 pm

    Hama rangalhah hithuga jehihje mi ep kiyaafa🤧
    Alhey Livy vejje ehnu mihr Ren a forgive kuran, like he’s begging so hard
    Please don’t tell me that livys gon quit her job ,I’m gonna crash out so badly 😭 and I hope yaan and lai doesn’t get mad at Ren😖
    Mi part vess hama vrh vrh vrh SALHI!!!!🔥
    You’re a very talented Author MA💝💓
    Love you always 💞

    1. Anonymous says:
      December 13, 2025 at 4:00 am

      they should get mad obviously this guy just put her sister in danger anything could have happened to livya during that time frame if he was a little bit late

  4. Anu🌷 says:
    December 12, 2025 at 7:32 pm

    Woaa vrh salhi mi part as always 🤍
    waited so long but it’s actually worth waiting 🤌🏻
    and goodluckk on Ur uts🤍
    When’s next thw?

  5. gurrrl says:
    December 12, 2025 at 8:33 pm

    Livyy dhn ren thivarah nuthalhuvaba 😭😭
    Mhr I ves dhera vaan fashahi ren ulheygothun
    I wish vrh avahah livy ren ah forgive kuraane kamah.. I js canylt wait for the next part
    Im very curious
    When is next
    Ly naayu🖤💕

    1. Anonymous says:
      December 13, 2025 at 4:03 am

      this is not close to what livya went through because of him normalize holding man accountable

  6. m says:
    December 13, 2025 at 3:40 am

    oh ria baby if only you knew what torment this man put livya through for no reason at all you wouldn’t be acting as an intermediate to fix whatever relationship they had like i feel bad for livya she is being almost guilt trip by this kid to forgive this man who was horrible to her like let her rest for a while

  7. Shiu says:
    December 13, 2025 at 9:29 am

    Mi part vx varah Reethi Masha Allah..
    Ren ah Livy dheke Loabi vevijje kamah gaboolu koffi dhw finally.☺️ Ekam maa dhera gotheh vefa miothy 🥲
    Hama Rovijje mi part kiyaafa😭💔
    Livy Ren ah forgive kuracheyy. I know it’s gonna be hard but, Livy hithuge govun adu ahaafa, Pls forgive him 🥺😭💔 Ren hama aslah vx varah dhera vegen dhw e ulheny, if only Livy knew 😞😭
    Is Livy gonna quit her job???
    Mi part vx varah Reethi Masha Allah…
    Appreciate your hard work 💗🥰
    Lysm Nayu 💗

  8. Anonymous says:
    December 17, 2025 at 7:41 pm

    Whn nxt???

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 17←


All Right Reserved!