Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 15

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
December 8, 2025 9 Mins Read
14 Comments

އެނދުމަތީގައި އިން ލިވްޔާ ދޮރު ހުޅުވުނު އަޑަށް ދިރާ ދިމާއަށް ބަލައިލިއެވެ. އެތެރެއަށް ވަން ރައިހާން ފެނި ލިވްޔާ ވަގުތުން އަނެއް ފަރާތަށް މޫނު އަނބުރައިލީ ރައިހާންގެ ސޫރަ ވެސް ދެކެެން ބޭނުން ނުވާ ފަދައަކުންނެވެ. އެކަމުން ރައިހާންގެ ހިތަށް ލިބުނު ގިލަންވެރިކަން ބަޔާންކޮށްދޭން ވެސް ދައްޗެވެ. ލިވްޔާ އޭނާގެ ސޫރަ ދެކެން ވެސް ބޭނުން ނުވާ ކަން އެނގުމުން ރައިހާންގެ ނިކަމެތިވެފައިވީ ހިތް އިތުރަށް ޒަޚަމްވިއެވެ.

“ލިވްޔާ..” ހިތްވަރުކޮށްލާފައި ރައިހާން ލިވްޔާއަށް ގޮވައިލި ނަމަވެސް ލިވްޔާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވިއެވެ. އެ އިން ގޮތަށް އަނެއް ފަރާތަށް މޫނު އަނބުރާލައިގެން ލިވްޔާ އިނީ ރައިހާން ބުނާ އެއްވެސް އެއްޗަކަށް ރައްދު ދޭން ބޭނުން ނުވާ ފަދައަކުންނެވެ.

ލިވްޔާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން، ފުން ނޭވާއެއް ދޫކޮށްލަމުން ރައިހާން ގޮސް ލިވްޔާގެ މަގަތުގައި އެނދުގައި އިށީނެވެ.

“މިއަދު ހެނދުނު ސައި ބުއި ގޮތަކަށްނު ތީނީ.. އެހެންވެ އަހަރެން މި އައީ ކާއެއްޗެހި ހިފައިގެން..” ލިވްޔާގެ އަނގައާ ރައިހާން ސަމްސާ ދިމާކޮށްލުމުން ލިވްޔާ ދެފަރާތަށް މޫނު އަނބުރައިލީ ކާކަށް ބޭނުމެއް ނުވެޔޭ ފަދައިންނެވެ.

“ލިވްޔާ ޕްލީޒް.. އަހަންނަށް އެނގޭ ލިވްޔާ ތިހުންނަނީ އަހަރެން ދެކެ ވަރަށް ރުޅިއައިސްފައިކަން.. އެކަމަކު އެހެނޭ ކިޔާފަ ލިވްޔާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނީމަ އެއްވެސް ކަމެއް ހައްލުވޭތަ..؟ ޕްލީޒް.. ތިހާ ބޯހަރުނުވެ ކާލަބަލަ..” އަނެއްކާ ވެސް ރައިހާން އެދުމުން މިފަހަރު ވެސް ލިވްޔާ ގޮތްދޫކުރާކަށް އެއްބަހެއް ނުވިއެވެ.

“ލިވްޔާ.. އަހަރެން ބުނީމަ ކުރާ ކަމެއްގެ ގޮތުގަ ނޫނޭ ހިތަށް އަރުވައިލާފަ ކައިލަބަލަ.. މާމަމެން އެންމެން އެ ތިބެނީ ލިވްޔާ ނުކާތީ ދެރަވެފަ..” ރައިހާން ބެލީ އެއްގޮތަކުން ނޫނިޔާ އަނެއް ގޮތަކުން ވެސް ލިވްޔާއަށް ބަތްސުވާ ލެވޭތޯއެވެ.

“ލިވްޔާ ނުކައިފިއްޔާ އަހަރެން ރޭގަވީ ހުރިހައި ކަމެއް ޔާންއަށާ ލައިއަށް ކިޔައިދޭނަން..” ރައިހާން ހަމަ އެހެން ބުނުމާއި އެކު ލިވްޔާ ދެލޯބޮޑޫލަމުން ރައިހާންއަށް ބަލައިލިއެވެ.

“ނޫން.. ނުބުނާތި..” ލިވްޔާގެ އަޑު ބޭރުވީ މަޑުމަޑުން ނަމަވެސް އެ އަޑުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް އެކުލެވިގެން ދިޔައެވެ.

“ލިވްޔާ ނުކައިފިއްޔާ ބުނާނަން..” ރައިހާން އެހެން ބުނުމާއި އެކު ލިވްޔާ ފުން ނޭވާއެއް ދޫކޮށްލާފައި އަތް ދިއްކޮށްލީ ތަށި ދޭށޭ ބުނާ ފަދައަކުންނެވެ.

“ނޫން.. އަހަރެން އަތުން..” ވަގުތުން ތަށި ދުރުކޮށްލަމުން ރައިހާން ބުނެލީ އަނެއްކާ ވެސް ލިވްޔާގެ އަނގައާ ސަމްސާ ދިމާކޮށްލަމުންނެވެ. ރައިހާން އުޅެމުން ދިޔަ ގޮތުން ހިތްހަމަނުޖެހިފައި އިނދެ ވެސް ލިވްޔާ ރައިހާންގެ އަތުން ކާން ފެށީ، ޔާނިއު އާއި ލައިނީ ގާތުގައި ރައިހާން ރޭގައިވީ ކަންތައްތަކުގެ ވާހަކަ ބުނެފާނެތީއެވެ.

ބަސްއަހާ ކުޑަކުއްޖަކު ފަދައިން ލިވްޔާ އޭނާގެ އަތުން ކާން ފެށުމުން ރައިހާންގެ މިލާފައިވީ މޫނުމަތި ކުޑަވަރެއްގެ ހިނިތުންވުމަކުން އަލިވެލައިފިއެވެ. ލިވްޔާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ސަމްސަލަކަށް ފަހު ސަމްސަލެއް ލަވަމުން ރައިހާން ގެންދިޔައީ ހިނދުކޮޅަކަށް ވެސް ފޫހިވުމެއް ނެތިއެވެ. އެއް ސަމްސާ ހުސްކޮށްލާފައި އަނެއް ސަމްސާ ކާން ލިވްޔާއަށް ދެތިން މިނެޓު ނެގި ނަމަވެސް ރައިހާން އެ އިން ގޮތަށް އިނީ ކުޑަ ވެސް ފޫހިކަމެއް އަދި ވަރުބަލިވުމެއް ވެސް ނެތިއެވެ.

“ދެން ނުކެވޭނެ..” އިރުކޮޅަކަށް ފަހު ލިވްޔާ ބުނެލުމުން ރައިހާން ވެސް އިތުރަށް ގަދަކަމުން ލިވްޔާއަށް ކާންދޭކަށް ނޫޅުނެވެ. އަތުގައި އޮތް ތަށި ސައިޑްޓޭބަލް މަތީގައި ބެހެއްޓުމަށް ފަހު ރައިހާން ލިވްޔާއަށް ފެންފޮދެއް ދީފައި ޓިޝޫއަކުން ލިވްޔާގެ ތުން ފުހެލައިދިން އިރު ރައިހާންގެ ކޮންމެ އަދާއަކުން ވެސް ފެންނަމުން ދިޔައީ އޯގާތެރިކަމުގެ އިންތިހާއެވެ.

“މިހާރު ވެސް ހުން އެބަހުރިތަ..؟ އެއްވެސް ތާކަށް ތަދުވޭތަ..؟” ރައިހާންގެ ސުވާލަށް ލިވްޔާ ހަމައެކަނި ބޯހޫރުވައިލީއެވެ. އެހެނަސް ލިވްޔާގެ ބަހަށް އިތުބާރު ނުކުރެވުމުން ރައިހާން އޭނާގެ އަތް ގެންގޮސް ލިވްޔާގެ ނިތުގައި ބާއްވައިލިއެވެ. ރައިހާން ހަމަ ލިވްޔާގެ ނިތުގައި އަތްޖައްސައިލާ އިރަށް ލިވްޔާ ވަގުތުން ރައިހާންއާ ދުރުވެފައި އަނެއް ފަރާތަށް މޫނު އަނބުރައިލީ ރައިހާން އޭނާގެ ގައިގައި އިނގިލި ކުރި ވެސް ޖައްސައިލަން ބޭނުން ނުވެފައި އިނދެއެވެ. އެހެނަސް ލިވްޔާގެ އެ ޢަމަލުން ރައިހާންގެ ހިތަށް ލިބުނު ގޯނާ ދެނެވޮޑިގެން ވާނީ ހެއްދެވި ފަރާތެވެ. ލިވްޔާ އެހައި ވަރަށް އޭނާ ދުރުކޮށްލީތީ ރައިހާންގެ ހިތް އެކުގައި ގެނބިގެން ދިޔަ ފަދައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ވާން ޖެހުނީ ވެސް ޚުދު އޭނާގެ ސަބަބުންކަން ރައިހާންއަށް އެނގެއެވެ.

ހިންދިރުވައިލަމުން، ހިތްވަރު ކޮށްލާފައި ލިވްޔާ ގާތު އެއްޗެކޭ ބުނަން ހުޅުވައިލި އަނގަ ލައްޕައިލަން ރައިހާންއަށް ޖެހުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޖީބުގައި އޮތް ފޯނު އޭނާ ނެގީ އެ ކޯލަށް ޖަވާބު ދޭކަށް ނޫނެވެ. ލިވްޔާއާ އެކުގައި ހޭދަވާ ވަގުތެއްގައި އޭނާގެ ސަމާލުކަން ހިނދުކޮޅަކަށް ވެސް ލިވްޔާ ނޫން ފަރާތަކަށް ހަދިޔާ ކުރާކަށް ރައިހާން ބޭނުމެއް ނުވެއެވެ.

އެހެންނަމަވެސް ގުޅަނީ ޒާމިން ކަން އެނގުމުން ރައިހާންއަށް މަޖުބޫރުވީ ފޯނު ނަގާށެވެ. ޒާމިން އެ ގުޅަނީ ލިވްޔާއާ ބެހެން އުޅުނު މީހާގެ މައުލޫމާތު ލިބުނީމާކަން ރައިހާންއަށް ޔަގީން ވުމުން ލިވްޔާއަށް އަވަސް ނަޒަރެއް ދިނުމަށް ފަހު ރައިހާން އެނދުމަތިން ތެދުވިއެވެ. ދޮރާ ހަމައަށް ގޮސްފައި އަދިވެސް އެއް ފަހަރު ލިވްޔާއަށް ބަލައިލުމަށް ފަހު ރައިހާން އެ ކޮޓަރިން ނުކުތެވެ.

“ކީކޭ..؟” އޭނާގެ އަމިއްލަ ކޮޓަރިއަށް ވަންނަމުން ރައިހާން ޒާމިން ގާތު އަހައިލީ ކެތްމަދުވެފައިވާ މީހަކު ފަދައިންނެވެ.

“އަހަރެން އެމީހާގެ މައުލޫމާތުތައް ހޯދައިފިން.. މުހައްމަދު ނާއިމް.. މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގަ ދެތިން ފަހަރަކު ހައްޔަރުކޮށްފަ ހުރީ.. ސާބިތު ނުވެގެންނޭ ކިޔާފަ ދޫކޮށްލަނީ ކޮންމެ ފަހަރަކު ވެސް..” ޒާމިން ބުނަމުން ދިޔަ ކޮންމެ ވާހަކައާއި އެކު ރައިހާންގެ ދެބުމަ ގޮށްޖެހެމުން ދިޔައެވެ. ކަތުރުކަށިގަނޑަށް ވާން ވެގެން ދިޔުމާއި އެކު ރައިހާންގެ މޫނުމަތިން ފެނުނީ ނަފްރަތުގެ އަނގުރު އަލިފާން ފަދަ ރުޅިވެރިކަމެވެ.

“ވީހާ ވެސް އަވަހަކަށް އޭނަ އަތުލައިގަނޭ.. އަހަރެންގެ ކުރިމައްޗަށް އޭނަ ގެންނަން އަހަރެން ބޭނުން..” ރައިހާންގެ އަޑުގައި އެކުލެވިގެން ދިޔަ ނުރައްކާތެރި ރުޅިވެރިކަމުން ޒާމިން ވެސް ޖެހިލުންވިއެވެ.

“ރެން.. އެއީ ރަނގަޅު ގޮތަކަށް ނުވާނެ.. އޭނަ ހަވާލު ކުރަން ޖެހޭނީ ޕޮލިހަށް..” ރައިހާން އެމީހާގެ ފުރާނަ ނަގައިލަން ވެސް ފަސްނުޖެހޭނެ ކަން އެނގޭތީ ޒާމިން ބުނެލީ ވިސްނައިދޭ ރާގަކަށެވެ. އެހެނަސް ނަފްރަތުގެ ފުން ކަނޑުގައި އޮޔާ ބެހެމުން ދިޔަ ރައިހާންގެ ހިތަށް އެއިން އެއްވެސް ބަހަކުން އަސަރު ކުރިހެން ހިޔެއް ނުވެއެވެ.

“އަހަރެންގެ ނިންމުންތަކަށް ގޮތް ކިޔަންޏާ ޒާމިންގެ އެހީއެއް ވެސް އަހަރެން ބޭނުމެއް ނޫން! އަހަރެން މި ބުނި ގޮތަށް ކަންތައް ކޮށްނުދެވެންޏާ މިހާރު ރީތިކޮށް ބުނޭ.. އޭރުން އަހަރެން ތިއަށް ވުރެ ފިނޑި ނޫން، ކެރޭ މީހަކު ހޯދަފާނަން..” ރުޅިއައިސްގެން ގޮސް ރައިހާންއަށް ކިޔޭނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ.

“އަހަރެން ނުބުނަމެއްނު ރެން ބުނި ކަންތައް ނުކޮށްދޭނަމެކޭ.. އެކަމަކު އެއީ ރަނގަޅު ގޮތަކަށް ނުވާނެތީ އަހަރެން މި ބުނަނީ.. ރެންގެ އެކުވެރިއެއްގެ ހައިސިއްޔަތުން ރެންއަށް ހެޔޮއެދޭތީ..” ޒާމިން ބެލީ އަދިވެސް ރައިހާންއަށް ވިސްނައިދެވޭތޯއެވެ.

“މާދަމާ ރޭގެ ކުރިން އޭނަ ހުންނަން ވާނީ އަހަރެންގެ ކުރިމަތީގަ..” ޒާމިން ބުނި އެއްވެސް އެއްޗަކަށް ސަމާލުކަން ދިނުމެއް ނެތި ރައިހާން އޭނާގެ ފަހުގެ ނިންމުން އިއްވައިލުމަށް ފަހު، ފޯނު ކަނޑައިލީ އިތުރަށް ދެކޮޅު ހަދާނޭ ފުރުސަތު ޒާމިންއަށް ނުދިނުމަށެވެ.

ފޯނު އެނދުމައްޗަށް އެއްލައިލުމަށް ފަހު ރައިހާން ބެލްކަންޏަށް ނުކުމެލީ ތެޅިފޮޅެމުންދާ އޭނާގެ ހަލަބޮލި ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ. ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި އިރު ކުރިމަތިން ފެންނަމުން ދިޔަ ކާރޫބާރޫ ބޮޑު މަގުތަކުން އޭނާގެ ހިތުގެ ހަލަބޮލިކަން ވީ އިތުރެވެ. އެގޮތުގައި އިރުކޮޅަކު ހުރުމަށް ފަހު ރައިހާން ދެލޯ މަރައިލީ ހިތަށް ހަމަޖެހުން ލިއްބައިދޭނޭ ކޮންމެވެސް އެއްޗެއް ސިިފަކޮށްލުމަށެވެ.

ހަމަ ލޯ މަރައިލުމާއެކު ރައިހާންއަށް ތެޅިގަނެފައި ލޯ ހުޅުވައިލެވުނީ ލިވްޔާގެ މަލެއް ފަދައިން ފޮޅިފައިވީ މޫނު ފެނުމުންނެވެ. ދުވަހަކު ނުދެކޭހައި ހިތްގައިމު ހިނިތުންވުމަކުން އެ މޫނުމަތި އުޖާލާވެފައިވީ އިރު އެ ސޫރައިން ރައިހާންގެ ހިތަށް ލިބުނު ހަމަޖެހުމާ އެއްވަރަށް ނުތަނަވަސްކަން ވެސް އިތުރުވިއެވެ. އެހެންޏާ އެފަދައިން އޭނާ ދެލޯ ހަމަ މަރައިލާ އިރަށް ފެންނާނީ ނިމްޝާއެވެ. ކިތަންމެ ރުޅިއައިސް ނުވަތަ ދެރަވެފައި ހުރި ވަގުތެއްގައި ނަމަވެސް ނިމްޝާ މަތިން ހަނދާން ވުމުން އެ ހުރިހައި ކަމެއް ފިލައިގެން ގޮސް މުޅި ހިތާއި ހަށިގަނޑު ހަމައަކަށް އެޅިގެން ދެއެވެ. އެހެނަސް…

އެހެނަސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހައި ކަމެއް ބަދަލުވެއްޖެއެވެ. އޭނާގެ ހަޔާތަށް ލިވްޔާ އެންމެ ފުރަތަމަ އައީ މަގުމަތިން ދިމާވެގެން ޒުވާބު ކުރި ކުއްޖެއްގެ ގޮތުގައެވެ. ދެން ލިވްޔާއާ ދިމާނުވާނެ ކަމަށް އުއްމީދު ކޮށްގެން ހުއްޓާ، އޭނާއަށް ދެން ލިވްޔާ ތަޢާރަފްވީ އޭނާގެ ދެބެންގެދެދަރި ބޭބެގެ އަންހެނުންގެ ކޮއްކޮގެ ގޮތުގައެވެ. އެވަރުން ވެސް ކެތްކޮށްލައިގެން ހުއްޓައި ދެން ލިވްޔާ އޭނާއާ ކުރިމަތިލީ އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެއްގެ ގޮތުގައެވެ. ކޮންމެ ފަހަރަކު ލިވްޔާއާ ދިމާވާ އިރު، ދެން ލިވްޔާގެ ސޫރަ ދެކެން ނުޖެހޭނެ ނަމައޭ ހީކުރި ރައިހާންއަށް މިއަދު ލިވްޔާގެ ސޫރަ ދެކިނުލައި ދުވަސް ފުރިހަމަވާ ކަމަކަށް ވެސް ނުވިއެވެ.

މިއަދު އޭނާއަށް ލިވްޔާއާ މެދުގައި ކުރިން ދެކެވިފައިވާ ފަދަ އެއްވެސް ގޮތަކަށް ނުދެކެވެއެވެ. މިއަދު އެއީ އެދުވަހު މަގުމަތިން ދިމާވި ރުޅިގަދަ އަންހެން ކުއްޖާއެއް ނޫނެވެ. އޭނާގެ ފަހަރިގެ ކޮއްކޮއެއް ވެސް ނޫނެވެ. އަދި އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެއް ވެސް ނޫނެވެ. އެހެނަސް، މިއަދު އޭނާއަށް ލިވްޔާއާ ދޭތެރޭ ދެކެވެނީ މުޅީން ތަފާތުކޮށެވެ. އެގޮތާ ދެކޮޅު ހަދަން އޭނާ ކިތަންމެ ބޭނުންވީ ނަމަވެސް، އެކަން ގަބޫލު ނުކުރާން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މިއަދު ރައިހާންއަށް ހަގީގަތާ ކުރިމަތިލާން ޖެހިއްޖެއެވެ.

“ލިވްޔާ…” ވައިއަޑުން ލިވްޔާގެ ނަން ކިަޔއިލެވުނު އިރު ރައިހާންގެ އަޑު ވަނީ ކުރަކިވެފައެވެ. ކަރުނައިގެ ފިނިފިނި އަސަރުން އެ ރީތި ދެލޯ ތެމުނު އިރު ރައިހާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“ނޫން.. ދިސް.. ދިސް ކާންޓް ބީ..” ހިތަށް އަރަމުން ދިޔަ އެއްޗެހި ސާފުވުމާއި އެކު ރައިހާންއަށް ތެޅިގަނެފައި ދެފަރާތަށް ބޯހޫރުވައިލެވުނެވެ. އަވަސްއަވަަހަށް އެނބުރި ކޮޓަރިއަށް ގޮސް، ޑްރެސިންޓޭބަލްގެ ވަތްގަނޑު ހުޅުވައިލާފައި އޭގެ ތެރޭގައި އޮތް ފޮޓޯގަނޑު ނެގިއެވެ.

އިރުކޮޅަކު އެ ފޮޓޯގަނޑުން ފެންނަމުން ދިޔަ ނިމްޝާގެ ސޫރައަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު ރޮނގަކަށްވާ ގޮތަށް ރައިހާންގެ ކޯތާފަތް މަތިން ކަރުނައަކަށް ފަހު ކަރުނައެއް ދަތުރުކުރަމުން ދިޔައެވެ. އެހެން ފަހަރުފަހަރު ނިމްޝާގެ ސޫރަ ފެނިގެން ހިތް ތެޅިލާ ގޮތަށް މިފަހަރު އޭނާގެ ހިތެއް ނުތެޅުނެވެ. ނޭވާ އަވަސްވެ، އެ ރީތި މޫނުގައި ބީހިލާކަށް އެ ހިތެއް ނޭދުނެވެ. ބަދަލުގައި އެހިތް އެދެވުނީ މުޅީން އެހެން ފަރާތަކަށެވެ. ދުވަހަކު ރުހުމުގެ ލޮލަކުން އެމީހަކާ ދިމާއަށް ބަލައިވެސް ނުލެވޭނެކަމަށް ހީކޮށްގެން ހުރި ލިވްޔާއަށެވެ. އަމިއްލަ ހިތް މި ހުރިހައި ދުވަހަކު މޭރުންކޮށްދޭން އުޅުނު ޙަޤީގަތް އެންމެ ފަހުން ދޭހަވުމާއި އެކު ރައިހާންގެ މުޅި ދުނިޔެ އެނބުރިގަތް ފަދައެވެ.

“ނިމް.. އަހަރެން.. އަހަރެން އަދިވެސް ލޯބި ވަނީ ނިމް ދެކެ.. ދޯ..؟” މޮޔައަކު ފަދައިން އެ ފޮޓޯގަނޑާ އެ ސުވާލު ކުރި އިރުވެސް އެ ސުވާލުގެ ޖަވާބު ރައިހާންއަށް ރަނގަޅަށް އެނގެއެވެ. އެހެނަސް އޭނާ އެކަން ޤަބޫލުކުރަން ބޭނުން ނުވަނީއެވެ.

“އަހަންނަށް.. އަހަންނަށް ކިހިނެއްތަ މިވަނީ..؟” އަތުގައި އޮތް ފޮޓޯގަނޑު ދޫވެ ބިންމައްޗަށް ވެއްޓުމާއި އެކު ރައިހާންއަށް ދެއަތުން އިސްތަށިގަނޑުގައި ހިފަހައްޓައިލަމުން ބާރުކޮށްލެވުނެވެ.

“އަހަންނަށް.. އަހަންނަށް.. ލިވްޔާ ދެކެ…” އެ ޖުމުލަ ފުރިހަމަ ކުރާނޭ ހިތްވަރެއް ރައިހާންއަކަށް ނުލިބުނެވެ. މި ހުރިހައި ދުވަހަކު ލިވްޔާއާ ދޭތެރޭޢގައި ކަންތައް ކުރެވުނު ގޮތުން ދުލުން އެ ޖުމުލަ ބުނުމުގެ ހައްގު ވެސް އޭނާއަށް ގެއްލިފައިވާ ކަމުގައި ރައިހާންއަށް ގަބޫލު ކުރެވެން ފެށުނެވެ.

ރައިހާންއަށް ވިސްނައިލެވުނެވެ. ފާއިތުވެގެން މި ދިޔަ ހައެއްކަ މަސް ދުވަސް ތެރޭގައި އޭނާއާ ލިވްޔާއާ މެދުގައި ބަދަލު ކުރެވުނު ކޮންމެ ނަޒަރެއް، ދެކެވުނު ކޮންމެ ވާހަކައެއް، ބުނެވުނު ކޮންމެ ލަފްޒެއް އަނެއްކައި ވެސް އެ ހިތުގައި ކޮއްޓާލައިފިއެވެ.

“އައިމް.. އައިމް ސޯ ސޮރީ ލިވްޔާ…” ކުރެވުނު އިހުސާސްތަކުގެ ސަބަބުން ރައިހާންގެ އަޑު ނުކުތީ ކުރެހިގެންނެވެ. ލިވްޔާ ދެކެ ލޯބިވެވިއްޖެ ކަން ޔަގީންވީ ހިނދު ލިވްޔާ ވަނީ އޭނާއާ މާ ދުރަށް ގޮސްފައެވެ. ދުވަހަކު ލިވްޔާގެ މަޢާފު ނުލިބޭ ވަރުގެ ކޫރުމަކުން އޭނާއަށް ވަނީ ލިވްޔާގެ ސާދާ ހިތް ޒަޚަމް ކޮށްލެވިފައެވެ. އަތުގައި ޖެހޭހައި ކައިރީގައި ހުރެމެ، އެދެމެދުގައި ވީ ހުސްކަން ނުހަނު ބޮޑުކަން އެނގުމުން ރައިހާންގެ ހިތް އިތުރަށް ގެނބިގެން ދިޔަ ފަދައެވެ.

“އަހަރެން.. އަހަރެން ކިހިނެއް ދެން ހަދާނީ…؟” އަމިއްލަ ނަފްސާ އެ ސުވާލު ކުރި އިރު ރައިހާންއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ދެން ދުވަހަކު ލިވްޔާގެ ލޯބި ކީއްކުރަން، ލިވްޔާގެ މަޢާފު ވެސް އޭނާއަށް ލިބޭނެ ކަމެއް ނޭނގެއެވެ.

ދެފައިން ވާގި ގޮސް ދެކަކޫ މައްޗަށް ތިރިވެވުނު އިރު ރައިހާންގެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތައް އެސްފިޔަތައް ފޫދުއްވައިލާފައި ކޯތާފަތް މައްޗަށް ފައިބައިގަނެފިއެވެ. މަޑު ގިސްލުމެއްގެ އަޑު އެ ތަނަވަސް ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ގުގުމަމުން ދިޔަ އިރު ރައިހާންގެ އެ ވޭނީ އާދޭސްތަކުގެ އަޑު އަހާނެ މީހަކު ނެތެވެ. އަމިއްލަ ހާލަތަށް ޓަކައި ކުށްވެރިވަނީ އަމިއްލަ މީހާކަން އިހުސާސްވުމާއި އެކު ރައިހާންއަށް އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދެވުނެވެ.

ލިވްޔާގެ ހިނިތުންވުން އަނބުރައި ގެންނަން އޭނާ ހާދަހައި ބޭނުންވެއެވެ. އުފަލުން ހެވިދިލިފައި ހުންނަ އިރު ލިވްޔާ ފަރިވެ ފޮޅިވެފައިފާ ނާޒުކު ފިނިފެންމަލެއް ފަދައޭ ރައިހާންގެ ހިތަށް އެރިއެވެ. އެއް ދުވަސްވަރެއްގައި އެ ހިނިތުންވުމުން އޭނާގެ ހިތަށް ފޫހިކަމާއި ނަފްރަތު އިހުސާސްކުރެވުނު ނަމަވެސް މިއަދު އޭނާގެ ހިތަށް ހަމަޖެހުމާއި ފިނިކަން ލިއްބައިދޭ ހަމައެކަނި އެއްޗަކީ އެ ހިނިތުންވުން ކަމުގައި ވެ ނިމިއްޖެއެވެ.

އެރޭ ނިމިގެން ދިޔައީ އެފަދަ ގޮތަކަށެވެ. ލިވްޔާއަށް އެ ހިތުގައި އުފެދިފައި ވަނީ ލޯބިކަން އިހުސާސްވުމާއި އެކު ރައިހާންގެ މުޅި ހަޔާތް ބަދަލުވެއްޖެއެވެ. ލިވްޔާ އޭނާގެ ހިތް އަތުލީ އެއްވެސް މަސައްކަތަކާ ނުލައި، އޭނާއަށް ނުވެސް އެނގި ހުއްޓައެވެ. ދުވަހަކުވެސް ނިމްޝާ ނޫން އެހެން ކުއްޖަކު ދެކެ ލޯބި ނުވެވޭނެ ކަމަށް ނިންމައިގެން ހުއްޓައި، އެ ހިތް ދޫވެގެން ދިޔައީ އޭނާ އެންމެ ނަފްރަތު ކުރި އަންހެން ކުއްޖާއަށެވެ. ލިވްޔާއަށް އެ ހިތް ދީލާލައިގެން ދިޔައީ ޚުދު އޭނާއަށް ވެސް ނޭނގި ހުއްޓައެވެ. އެހެނަސް އެކަން އޭނާއަށް އިހުސާސްވީ އިރު ލިވްޔާ ހާސިލް ކުރެވޭނޭ ހުރިހައި މަގެއް ވަނީ ބަންދު ވެފައެވެ.

*** ** ***

އޭގެ އަނެއް ދުވަހު ވެސް ލިވްޔާ އޮފީހަށް ނުނުކުންނާތީ ރައިހާންގެ މުޅި ދުވަސް ހޭދަވީ އިއްޔެއެކޭ ވެސް އެއްފަދައިންނެވެ. އިރުއިރުކޮޅާ ހިތުގައިވީ އިހުސާސްތައް ރުޅީގެ ސިފައިގައި ކޮންމެވެސް މީހަކަށް ބާލަމުން ދިޔަ އިރު ރައިހާން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ޒާމިންގެ ފަރާތުން ޚަބަރެއް ލިބޭނެ އިރަކަށެވެ.

ރައިހާންގެ ދިގުލައިގެން ދަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ ޒާމިންކަން އެނގުމުން އެންމެ ސިކުންތެއް ވެސް ލަސްކުރުމެއް ނެތި ރައިހާން ފޯނު ނަގައި ކަންފަތުގައި ޖެއްސެވެ.

“ވަރަށް އަވަހަށް އެއްކަލަ ލޮކޭޝަނަށް..” ހަމައެކަނި އެވަރަށް ބުނެފައި ޒާމިން ފޯނު ކަނޑައިލުމާއި އެކު ރައިހާން އަވަސްއަވަހަށް ތެދުވެ ކޯޓު ރަނގަޅުކޮށްލަމުން ގޮސް އޭނާގެ ކެބިންއިން ނުކުތެވެ. ހަލުވި ފިޔަވަޅުތަކެއްގައި ކޮމްޕެނީއިން ނުކުމެގެން ގޮސް ރައިހާން އޭނާގެ ކާރަށް އެރީ އަވަހަށް ޒާމިން ބުނި ތަނަކަށް ދިޔުމަށެވެ.

ހައެއްކަ މިނެޓުގެ ދަތުރަކަށް ފަހު ރައިހާން ކާރު ހުއްޓައިލީ ހަދަން ފަށާފައި ހުރި އިމާރާތެއްގެ ކުރިމަތީގައެވެ. މުޅި އެ ހިސާބުގަނޑުން ފަޅުކަން ފެންނަމުން ދިޔަ އިރު އެއްވެސް މީހެއްގެ ހިލަމެއް ވާން ނެތުމުން ކޮންމެވެސް ވަރެއްގެ ބިރުވެރި ކަމެއް މާހައުލަށް ވެރިވެފައި ވިއެވެ. އެހެންނަމަވެސް އެކަމުން ރައިހާންގެ ހިތަށް އަސަރު ކުރި ކަމުގެ ކަންފުޅެއް ވެސް ނުފެނުނީ ހަލުވި ފިޔަވަޅުތަކެއްގައި ރައިހާން ގޮސް އެ އިމާރާތުގެ ތެރެއަށް ވަނުމުންނެވެ.

އިމާރާތުގެ ހަތަރު ވަނަ ފަންގިފިލައަށް އަރާފައި ރައިހާން ގޮސް ވަނީ ކަނާތް ފަރާތުން ދެވަނައަށް ޖެހުނު ކޮޓަރިއަށެވެ. ރައިހާން ހަމަ ވަނުމާއި އެކު އެތެރޭގައި ތިބި ހައެއްކަ ފިރިހެނުން އޭނާއާ ދިމާއަށް ބަލައިލާފައި އެއްފަރާތަކަށް ޖެހިލައިފިއެވެ. އެއާއެކު ކުރިމަތީގައި ގޮނޑިއެއްގައި ބަނދެފައި އިން ފިރިހެނާ ފެނިފައި ރައިހާންގެ ލޭ ވަގުތުން ކެކިގަތެވެ. ދެއަތް މުއްކަވައިލި އިރު ދެދަތްޕިލަ ޖައްސައިލިލެއް ބާރުކަމުން ކަތުރުކަށިގަނޑަށް ވެސް ވާންވެގެން ދިޔައެވެ. ލަސް ފިޔަވަޅުތަކެއްގައި ރައިހާން ގޮސް ހުއްޓުނީ ސީދާ އެ ފިރިހެނާގެ ކުރިމަތީގައެވެ.

ގޮނޑީގައި ބަނދެފައި އިން ފިރިހެން މީހާ އިސްއުފުލައި ބަލައިލުމާއި އެކު އެ މޫނުމަތީގައިވީ ބިރުވެރިކަން އިތުރުވީ ރައިހާންގެ ނަފްރަތުން ފުރިގެންވީ މޫނު ފެނިފައެވެ. އޭރު ރައިހާންގެ ކަޅުކަން ގަދަ ފުން ދެލޮލުގައި ވިދަމުން ދިޔަ އަނގުރު އަލިފާން ފަދަ ރުޅިވެރިކަމުގެ ސަބަބުން އެ ދެލޮލުގެ އަނދިރިކަން އިތުރުވެފައިވީ ފަދައެވެ.

“ނާއިމް…” ރައިހާންގެ ފިރިހެންވަންތަ، ބަރު އަޑުން އެ ނަން ކިޔައިލި އިރު އެ އަޑުގައިވީ ނުރަކއްކާތެރިކަމުން އެތަނުގައި ތިބި އެންމެންގެ ހިތްތައް ވެސް ރޫރޫ އަޅައިގަތެވެ.

“އަ.. އަހަރެން..” ނާއިމް އެއްޗެކޭ ބުނަން މަސައްކަތް ކުރީ ރައިހާންއަކީ ކިހައި ފެންވަރެއްގެ ކާކުކަން އޭނާއަށް އޮޅިފައި ނުވާތީއެވެ. އެރޭ މަގުމަތީގައި ލިވްޔާއާ ބެހެން އުޅުމުން ރައިހާންގެ ހޫނުގަދަ، އަނިޔާވެރި ޙަމަލާތައް އޭނާއަށް އަމާޒުވީ ގޮތް ހަނދާން ވުމުން ނާއިމް އިތުރަށް ބިރުގަތެވެ. އެފަދަ ހަމަލާއަކާ ދެވަނަ ފަހަރަށް ކުރިމަތިލާނެހައި ހިތްވަރެއް ނެތިފައި، ދެން ރައިހާންގެ ފަރާތުން ލިބޭނޭ ހަމަލާ މާ އަނިޔާވެރިވާނެކަން އެނގޭތީ ނާއިމްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

“އެނގޭތަ އެރޭ ކަލޭ އަރަން އުޅުނީ ކާކުގެ ގަޔަށް ކަން..؟” ނާއިމްގެ މޫނާ ޖެހޭ ނުޖެހޭ ހިސާބަށް ގުދުވެލަމުން ރައިހާން އަހައިލި އިރު އެ އަޑުގައިވީ ނުރަކާއްކާތެރިކަމުން ނާއިމްގެ މޫނުމަތީގައިވީ ބިރުވެރިކަމުގެ އަސަރުތައް ފުންވެލައިފިއެވެ.

“އެއީ އަހަރެންގެ މީހެއް! އަހަރެންގެ ލިވްޔާ! އަހަރެންގެ ލިވްޔާގެ ގައިގަ އިނގިލި ކުރި ޖައްސައިލާ މީހަކު މަރައިލަން ވެސް އަހަރެން ފަހެއް ނުޖެހޭނަން..” އެއް އަތުން ނާއިމްގެ ކަރުގައި ހިފައި ބާރުކޮށްލަމުން ރައިހާން ބުނެލުމުން ނާއިމް ތެޅިގަތެވެ.

“އަހަރެން.. އަހަންނަކަށް ނޭނގެ.. އޭނަ އެއީ.. ރައި.. ރައިހާންގެ…” ނޭވާ ލާން ދަތިވެގެން ތެޅިފޮޅެމުން ދިޔަ ޙާލުގައި ވެސް ނާއިމް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“އަހަރެންގެ މީހެއް ނޫނިއްޔާ ދެން ކަލޭ ކޮންމެ މީހެއްގެ ގަޔަށް އަރަން ވެސް ހެޔޮ؟ ތަނަކުން ހަމަ އަންހެނަކު ފެންނަ އިރަށް ގޮސް އޭނަގެ ގަޔަށް އަރަން ވަރިހަމަ؟” ނާއިމްގެ ކަރުގައި ވަށައިލެވިފައިވީ އަތަށް އިހުނަށްވުރެ ވެސް ބާރުކޮށްލަމުން ރައިހާން ބުނެލި އިރު އެ އަޑު ދިޔައީ ހިނދަކަށް ވުރެ ހިނދެއް ބާރުވަމުންނެވެ.

“ނު.. ނޫން.. އަހަރެން ދެން.. އެހެންނެއް ނުހަދާނަން.. ހެޔޮނުވާނެ.. އަހަރެން.. އަހަރެން ދޫކޮށްލާ..” ނޭވާނުލެވިފެން ތެޅިފޮޅެމުން ނާއިމް އާދޭސްކުރަމުން ދިޔަ ނަމަވެސް ރައިހާންގެ ހިތަށް ހަމްދަރުދީގެ ކަންފުޅެއް ވެސް ނުވަނެވެ.

“އެރޭ ލިވްޔާ ކަލޭ ގާތު އޭނަ ދޫކޮށްލާށޭ ކިޔައި ކިތައް ފަހަރު އާދޭސް ކުރި..؟ ކަލޭ އޭނަގެ އާދޭސްތައް އަޑު ނޭހި އިރު އަހަރެން ވަކި ކަލޭގެ އާދޭސްތައް އަޑު އަހަން ޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން!” ރައިހާންގެ އަޑު އިހުނަށް ވުރެ ވެސް ބާރުވެގެން ދިޔުމާއި އެކު ރައިހާން އެހުރީ ރުޅިއައިސްގެން ގޮސް ހަމައިން ނައްޓާ ވަރު ވެފައި ކަން އެތަނުގައި ތިބި އެންމެންނަށް ވެސް އެނގިއްޖެއެވެ.

“ރައިހާން..” ޒާމިން ކުރިޔަށް ޖެހިލާފައި ރައިހާންގެ ކޮނޑުގައި ހިފަހައްޓައިލަމުން ގޮވައިލީ ހިސާބަކަށް ޖެހިލުންވެފައި ހުރެއެވެ. އެހެނަސް ޒާމިން ބުނި އެއްޗެއް އަޑުއެހުމެއް ނެތި ރައިހާން އޭނާގެ މިނިވަންކޮށް އޮތް އަތުން ނާއިމްގެ ތުންފަތްމަތި ފަޅައިގެންދާނެހައި ބާރަށް ގޮށްމުށުން ޖެހިއެވެ.

“ރައިހާން.. ދެން ދޫކޮށްލާ.. އޭނަ މަރުވެދާނޭ!” ރައިހާން އުޅެމުން ދިޔަ ގޮތުން ނާއިިމް މަރައިލަން ވެސް ފަސްނުޖެހޭނެތީ ޒާމިން ބެލީ ރައިހާން ދުރުކުރެވޭތޯއެވެ.

“މަރާލާށޭ މި އުޅެނީ!” ހުރި ފިޔަވަޅުމަތިން ގުޑައި ވެސް ނުލައި ހުރެ ރައިހާން އޭނާގެ ގޮށްމުށުގެ ދެވަނަ ޙަމަލާ ނާއިމްގެ މޫނަށް އަމާޒުކޮށްލިއެވެ. އެހެނަސް އެވަގުތު އެތަނުގައި ތިބި ހައެއްކަ މީހުން އެކުގައި އައިސް ރައިހާންގެ ގައިގައި ހިފައިގަނެގެން ފަހަތަށް ގެންދިޔައެވެ.

“ދޫކޮށްލާ! ދޫކޮށްލާށޭ! ** އެއްނު!!” ރުޅިއައިސްގެން ގޮސް ކިޔޭނުކިޔޭއެއް ނޭނގޭ ޙާލުގައި ރައިހާން ދިޔައީ އެމީހުންގެ އަތްދަށުން ސަލާމަތްވާން ގަދަ ހަދަމުންނެވެ. އޭނާގެ ލިވްޔާ ގައިގައި އަތްލާފައި އޭނާގެ އަތުން މަރައިނުލެވި ނާއިމް ސަލާމަތް ވުމަކީ އޭނާއަށް ބަރުދާސްތު ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

“އޭނަ އުޅުނީ އަހަރެންގެ ލިވްޔާއާ ބެހެން ވެގެން! އަހަރެންގެ ލިވްޔާގެ ގައިގަ އޭނަ އަތްލީ! އަހަރެން އޭނަ މަރައިލާނަން!” ރައިހާން އަދިވެސް ދިޔައީ އައިސްފައި ހުރި ރުޅިއާއި އެކު ނާއިމަށް އޭނާ ކުރި ކުށުގެ ސަޒާ އޭނާގެ އަމިއްލަ ދެއަތުން ދޭށެވެ.

“ރައިހާން އޭ! ހަމަޖެހިބަލަ! ތި ކިޔޭ ނުކިޔޭއެއް އެބަ އެނގޭތަ!” ރައިހާންގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޒާމިން ތަންކޮޅެއް ހަރުކަށިކޮށް، ބާރަށް ބުނެލުމާއެކީ ރައިހާންގެ އަޑު ކެނޑުނެވެ.

“ރައިހާން އޭނަ މަރައިލިއޭ ކިޔާފަ ވަކި ވާނެ ފައިދާއެއް އޮންނާނެތަ..؟ ވީ ކަމެއް ނުވާ ކަމަކަށް ހެދޭނެތަ..؟ ދެން ވެސް އެންމެ ބުއްދިވެރި ގޮތަކީ އޭނަ ޕޮލިހަށް ގެންދިިޔުން.. ކުށްވެރިންނަށް ހައްގު އަދަބު ދޭނީ އެމީހުން.. ރައިހާންއެއް ނޫން!” ޒާމިން ދައްކަމުން ދިޔަ ވާހަކަތައް ވިސްނެން ފެށުމާއި އެކު ރައިހާންގެ ރުޅިގަނޑު ތަންކޮޅެއް ފިނިވިއެވެ. ފުންކޮށް ނޭވާ ލަމުން ރައިހާން އަނެއް ފަރާތަށް މޫނު އަނބުރައިލީ ނާއިމްގެ ސޫރަ ވެސް ދެކެން ބޭނުން ނުވާ ފަދައިންނެވެ.

“ގުޅާ ޕޮލިހަށް.. އޭނަގެ ކޭސްގެ ހުރިހައި މައުލޫމާތެއް ބަރާބަރަށް އަހަންނާ ހިއްސާ ކުރާތި..” ފަހަރުގައި ވެސް ނާއިމަށް ހައްގުވާ އަދަބު ނުލިބި އޭނާ ސަލާމަށް ވުމަކީ ރައިހާން އެއްގޮތަކަށް ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ރައިހާންގެ ބަހަށް ޒާމިން ބޯޖަހައިލަމުން ރައިހާން އަދި އެއްފަހަރު ނާއިމަށް އަލިފާނުން ފިއްސައިލާ ވަރުގެ ނަޒަރެއް ދިނުމަށް ފަހު ފަސްއެނބުރި ހިނގައިގަތީ އެތަނުން ނުކުންނާށެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ލޯބި-8

Next

މިހިތައް ލޯބިދޭށޭ – 10 ބައި

Next
December 8, 2025

މިހިތައް ލޯބިދޭށޭ – 10 ބައި

Previews
December 8, 2025

ލޯބި-8

14 Comments!

  1. Nai_73 says:
    December 8, 2025 at 12:32 pm

    Finally ren gaboolu kohfi dhw livy dheke loabi vevunu kamah
    Ekam haadha dhera eyy livy ren ah forgive nukuranya I hope she will forgive him 🙏 ingey undhagoo vaanekan vs…. Zaamin men ren nuhifehti nama naaim ah hadhaa laane gotheh vx neyngey anyways mi part vx hama habeys ☺️ can’t wait for the next part when’s next???
    Lyyy 😘

  2. 𝐛𝐢𝐧𝐭𝐡𝐮𝐦𝐮𝐡𝐚𝐦𝐦𝐚𝐝 binthumuhammad says:
    December 8, 2025 at 1:28 pm

    Thankolheh kuree hn alhugaa ah heevanee by the way vhk vrh reethi mashaallah.. waiting for the next part

  3. Anonymous says:
    December 8, 2025 at 2:21 pm

    I’m so happy that Ren accepted that he loves Livi. Ekamaku Ren eba jehey rulhi madu kuran dhaskuran. He almost killed Naaim because of his anger. Naaim ah haggu adhabu nulibenees Ren maithiri nuvaane dhw.
    Mi part vs vrh reethi MA!
    Whn nxt????
    Ly💗

  4. gurrrl says:
    December 8, 2025 at 2:46 pm

    Mi part ves vrh reethi curiously waiting for next…
    Nafrathakee loabeege feshumeyy meehun bune ulhe ehnu ehn kanne ren ah ves e vii ren ves livy ves ekaku anekaku dheke ehaa rulhi aii first… adhi livy forgive kuraane ren ah… ashhh I cant wait for next vrh vrh vrh reethi ehme best eh vaahaka mee
    I hope you will end this vrh furihama koh
    When is next
    Keep it up
    Lobe you 🖤💕

    1. Anonymous says:
      December 13, 2025 at 3:57 am

      honestly the hate was one sided mostly the torment and bullying too

  5. ~Ellly~ says:
    December 8, 2025 at 3:49 pm

    My Ren is finally in loveeeeeee💌
    I would be on top of the world if Livy were to accept his apology
    Nayuu my pookie this episode is PHENOMENAL!!!!
    I luvvv ittt. The descriptionss are hama top-notch..🔥
    I’m gonna blush so hard Livy and Ren couple akah vehjjeyaa and I Hope that they will be..☺️
    Impatiently waiting for next part
    Luv you always❤️

  6. އިފާޝާ says:
    December 8, 2025 at 5:21 pm

    ހެލޯ ނަޔާ
    ވާހަކަ ވަރަށް ރީތި އަދި ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަން❤️❤️

    އަޅުގަނޑު މަތިން ހަނދާން ހުންނާނެކަމެއް ނޭނގޭ އަދި އަޅުގަނޑަކަށް ވެސް ނޭނގެ ތީީ ކުރިން އަޅުގަނޑާ ކޮމެންޓް ސެކްޝަނަކުން ދިމާވި ނަޔާ ކަމެއް. އެކަމަކު ހަމަ ޔަގީން ކުރަން އަހާލަން ބޭނުންވީ. ހީވަނީ އައުތަރ ޔޫންގެ ކޮމެންޓްސެކްޝަނުން ފެނިފަވާ ކުއްޖެއް ހެން. ތީ އެ ނަޔާ ކަމަށް ވަންޏާ ލޯންގް ޓައިމް ނޯ ސީ. ވަރަށް ބޮޑަށް މިސް. ނަޔާ އަށް ނޫނީ އަދި މިތަނުން އެއްވެސް ކިޔުންތެރިޔަކަށް ކުއްޖަކަށް ޔޫންގެ ހަބަރެއް އިނގެންޏާ އަޅުގަނޑަށް މިތާ އަންގާލެވިދާނެތަ ؟

    ނަޔާ ތިގޮތުގައި ކުރިއަށް ދާނެކަމަށް އުންމީދު ކުރަން. ލަވްޔޫ❤️💐

    1. gurrrl says:
      December 8, 2025 at 11:03 pm

      Yoon mihaaru vhk eh nuliye I think yoon ge story’s ves vrh vrh reethi thats my ehme favorite eh author

    2. އިފާޝާ says:
      December 8, 2025 at 11:27 pm

      ޔޫންގެ އެންމެ ފަހު ޕޯސްޓުގަ އަންގާފަ އޮތް ޔޫން ބްރޭކެއް ނަގަނީ ކަމަށް. ލިޔުން ހުއްޓާލާ ވާހަކަ ބުނެފަ ނެތީމަ ހަމަ އަހާލާހިތްވީ. އަޅުގަނޑު ވެސް ވަރަށް ދުވަސް ފަހުން މި ސައިޓަށް ވަދެލީ…ޝުކުރިއްޔާ ގާލް…އަޅުގަނޑު ދެކުނިން ޔޫންގެ އިންސްޓަ ހެން ހީވާ އެކައުންޓެއް…ކުރިން ވެސް ހަމަ އެ ނަމުގަ ޔޫން ވާހަކަ އެކައުންޓެއް ގެންގުޅުނު…އެކަމަކު ފޮލޯވާސް ގަބޫލު ނުކުރޭހެން ހީވަނީ އަދި…..އާ އެކައުންޓެއް..ގާލް ވެސް ތީ ޔޫންގެ ކިޔުންތެރިޔަކަށް ވާތީ ހިއްސާ ކޮށްލަން ބޭނުންވީ ހަމަ…އަދި އަޅުގަނޑުމެންނޭ އެއް ފަދައިން ޔޫންގެ ހަބަރެއް ލިބިފައި ނުވާ އެހެން ކިޔުންތެރިންނަށް ވެސް… އަޅުގަނޑުގެ އުންމީދަކީ ޔޫން އަލުން އެނބުރި އެސްފިޔައަށް އައުންއަދި ޔޫން ހެޔޮހާލުގަ ހުރުން

      ވަރަށް ބޮޑަށް ސޮރީ ނަޔޫ…ނަޔޫގެ ކޮމެންޓްސްސސެކްޝަންވީމަ….އެކަމަކު މިނޫންގޮތެއް މިވަގުތު ނެތީ

      އެ އެކައުންޓަކީ novellasyoon ދިވެހި އަކުރު ތަކެއް ޖަހާފަ ހުރި ބްރައުން ފޮޓޯއެއް ލާފަ އިން

    3. Anonymous says:
      December 13, 2025 at 3:53 am

      i believe she doesn’t write anymore could be that she could be focusing on studies or not interested anymore i remember seeing her in chse a while back

  7. Anu🌷 says:
    December 8, 2025 at 6:45 pm

    Girl I cried while reading this
    This too good Masha Allah no offence
    😭😭
    Keep up the gud work 💅🏻🤍

  8. L says:
    December 10, 2025 at 4:29 am

    well raihaan if this isn’t the consequences of your own actions honestly you should suffer more this isn’t even close to what poor livya had to go through her feelings are completely justified took you long enough to realize just how trashy you were i really hope livya does not forgive him easily hold him accountable men get forgiven too easily despite how toxic they are

  9. Cutiee says:
    December 10, 2025 at 11:18 am

    Hey girl
    When’s the next part?😊

    1. Nayaa Nayaa says:
      December 12, 2025 at 12:26 am

      I’ve already submitted it last night.. adhives upload nuvey :((

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 16←


All Right Reserved!