Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 16

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
March 25, 2025 4 Mins Read
2 Comments

ޕޭވްމެންޓް މަތީ ހިނގާލަ ހިނގާލާ ހުރި ރީޝާމްއަށް މާގިނައިރުވަންދެން މަޑުކުރާކަށް ނުޖެހުނެވެ. ކައިރިއަށް އައިސް މަޑުކޮށްލި ޕްރައިވެޓް ކާރުގެ ފަހަތު ސީޓަށް އެރީ ބަލައިލުމެއް ވެސް ނެތިއެވެ. ވިއްސާރައިގައި ނުޖެހި އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރިލޭ ބޮޑުކަމުން ވެސް މެއެވެ. ރީޝަމް އޭނާގެ ގޭގެ ނަން ބުނެލުމަށްފަހު އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލިއެވެ. ފޯނުގެ އަވައިގަ ޖެހިފައިން ލޭ ބޮޑުކަމުން ގެއާ ހިސާބަށް އާދެވުނު އިރުވެސް ރީޝަމްއަކަށް ނޭނގުނެވެ. އޭނާއަށް ރޭކާލީ ކާރުގެ ދުވުން ކުއްލިއަކަށް މަޑުވެލުމުންނެވެ. އަވަހަށް ކާރުން ފައިބަން އުޅުނު ވަގުތު ރީޝަމްއަށް ނޭނގުމެއްގެ ތެރޭގައި ކާރު ތެރޭގައި ހަރުކޮށްފައިން ލޯ ގަނޑަށް ބަލައިލެވުނެވެ. އެވަގުތު ވީ ޑްރައިވަރުވެސް ލޯގަނޑުން ފަހަތުގައި އިން ރީޝަމްއަށް ބަލައިލި ވަގުތަށެވެ. ދެމީހުންގެ ލޯވެސް ދިޔައީ ބޮޑުވެގެންނެވެ. ރީޝަމްގެ މޫނުމަތީގެެ ކުލަވަރު ބަދަލުވެ ރުޅިވެރިކަން ފެނިލިއިރު ޑްރައިވަރުގެ މޫނުމަތީގައި ވަނީ ހާސްކަމެވެ. “މި ކަލޭގެ ކާރެއްކަން ކުރިން އަހަރެންނަށް އެނުގުނުނަމަ މި ކާރަކަށް ދުވަހަކު ނޭރީމުސް..” ރުޅިވެރިކަމާއެކު ރީޝަމް ބުނެލިއެވެ. “ރިޝްފާން ޝަކީބް.. ހަނދާންކުރާތި އަލުން ކަލޭގެ ސަބަބުން އެ ކުއްޖާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓޭ ދުވަހަކުން އަހަރެންވެސް މަޑަކުން ނުހުންނާން.. އެދުވަހު އެކުއްޖާ އެޅިހާ ކަރުނަ އެދުވަހަކުން ކަލޭވެސް އަޅަން ޖެހޭވަރު އަހަރެން ކުރާނަން..” ރީޝަމްގެ ވާހަކަތައް ހުރި ގޮތުން އެއީ އޭނާ ވަރަަށް ރަނގަޅަށް ދަންނަ މީހެއްކަން ހާމަވެގެން ދިޔައެވެ. ކާރުން ފައިބައި ބާރު ބާރަށް ކާރުގެ ދޮރުފަތް ޖެހުމަށްފަހު ރީޝަމް ދުއްވައިގަތެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭ ތިކި ތަޅަމުން ދިޔައެވެ.

ކޮޓަރިއަށް ގޮސް ވަންއިރު ރީޝަމްއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. އޭރު އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ރީޝާމްގެ ލޯ ކުރިމަތީ އެދުވަސް ދެންމެ ވީ ކަމެއްހެން ސިފަވަމުން ދިޔައެވެ. ނަމަވެސް ރީޝަމް ދެލޯ މަރާ ބާރުކޮށްލީ އަލުން އެދުވަސް ހަނދާންކުރަން ބޭނުން ނުވާތީވެއެވެ.

************************

މިޝްޔާ ޓެރެސްގައި ބަހައްޓާލެވިފައި ހުރި ސޯފާގައި އީދެލައިގެން އިނީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ. އުޑުމަތީގައި ވިދާ ބަބުޅަމުން ދިޔަ އެތައް ހާސް ތަރިތަކަށް ބަލަހައްޓައިގެން އިނދެ އޭނާ ވާހަކަ ދައްކަމުން ދިޔައީ އީނާއާއެވެ. މިޝްޔާ އީނާއަށް ގުޅުމާއެކު އެންމެ ސުކުންތެއްވެސް ލަސް ނުކޮށް އީނާ ފޯނު ނެގިއެވެ. އަދި މިޝްޔާގެ ގާތުން އޭނާއަށް އެދުވަހު ރުޅި އިސް ކުރެވުނީތީ މައާފަށް އެދުނެވެ. މިޝްޔާ އެއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެ ހިޔޮހިތުން އެކުވެރިޔާއަށް މައާފު ކުރިއެވެ. އީނާ ދެން ބުނީ މިޝްޔާ އަޑުއަހަން ބޭނުންވި ފަދަ ވާހަކައެކެވެ. އީނާ ރައްޓޭހިވި ފިރިހެން ކުއްޖާ ކަމުނުދާތީ އޭނާއާ ރުޅިވީ ކަމަށް ބުންޏެވެ. އަދި ކިޔަވާ ނިމި މާލެ ދެވޭންދެން  އޭނާ ބޭނުންވަނީ ކުއްޖަކާ އިތުރަށް ރައްޓެހިނުވެ ކިޔެވުމަށް ސަމާލުކަން ދޭންކަމަށް ބުނެ އެތައް ވާހަކައެއް ދެއްކިއެވެ. މިޝްޔާ ފޯނުން ގަޑި ބަލާލުމަށްފަހު ފަހުން ގުޅާނަންކަމަށް ބުނެ ފޯނު ބޭވީއެވެ. ގަޑިން 12 ޖަހާފައި ހުރުމާއެކު ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

ބެލްކަނީގައި ގިޓާ ހިފަހައްޓާލައިގެން ހުރި ޝިމާންގެ އިންތިޒާރު ނިމުމަކަށް އައީ ބެލްކަންޏަށް ނުކުމެލި މިޝްޔާ ފެނުމުންނެވެ. އޭނާއަށް ހިތާހިތުން މިޝްޔާގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. އުޑުގައި ރަސްކަން ކުރަމުން ދިޔަ ބުރު ހަމަ ހަނދަށް ވުރެ މިޝްޔާގެ ރީތިކަން އެތައް ގުނައެއް ރީޗޭ ޝިމާންގެ ހިތަށް އެރިއެވެ. މިޝްޔާ އައިސް ކައިރިއަށް ހުއްޓިލިއިރުވެސް ޝިމާން ހުރީ ކަޅި ޖަހާ ނުލާ މިޝްޔާގެ އެ ރީތި މޫނަށް ބަލަހައްޓައިގެންނެވެ. މިޝްޔާ ލަދުން ހުރެ ޝިމާންގެ ނަމުން ގޮވާލިއެވެ. ޝިމާން އެސްފިޔަ ޖަހާލުމަށްފަހު އެއީ އޭނައަށް ފެންނަ ހުވަފެނެއްތޯ ނޫނީ އެއީ ހަމަ ހަގީގަތެއްތޯ ޔަގީން ކޮށްލަންވެގެން އަމިއްލަ އަތުގައި ވިކާލިއެވެ. އޭނާ އައްދެއްޔޯ އޭ ބުނެލުމާއެކު މިޝްޔާގެ ލުއި ހީލުމުގެ އަޑު އިވިލިއެވެ. “ވާވް.. ހާދަ ރީއްޗޭ.. އަނެއްކާ ތީ ޕަރީއެއްތަ؟” ޝިމާން އެ ހައިރާންކަމުގައި ހުރެ ބުނެލިއެވެ. “ދެން ޝިމާން.. ތި ދައްކަން އުޅޭ ވާހަކަ ދެން އަވަހަށް ދައްކަން ވީއެއްނު.. އެހެންނޫނީ އަހަރެން ދަނީ..” މިޝްޔާ، ޝިމާންގެ ގައިގައި ޖަހާލިއެވެ. “ހޫމް ބުނަންށޭ މިއުޅެނީ..” ޝިމާން އޭނާގެ ހަށިގަނޑު ތެދުކޮށްލަމުން ބުނެލިއެވެ. “މިޝް އަހަރެންނަށް ކުއްޖަކު ދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ.. އެކަމަކު އެކުއްޖާގެ ޖަވާބު އަންނާނެ ގޮތެއް ނޭނގޭތީ ހަމަ ޖެހިލުން ވަނީ ބުނަން.. އަޅެ މިޝް ބުނެބަލަ އަަހަރެން ހަދަންވީ ގޮތެއް..” ޝިމާން މިޝްޔާގެ ދެލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. “ސޮރީ ޝިމާން.. ތިކަހަލަ ކަންތަކުގަ ގޮތް ކިޔާކަށް އަހަންނަކަށް ނޭނގެ.. އެކަމު ހިޔާލަކަށް އެދުނީތީ އަހަރެން ބުނާނީ ތިކަން ހިތުގައި ސިއްރުކޮށްގެން ނުހުރެ ނިކަން ކެރިގެން އެކުއްޖަ ކައިރީ ބުނާށޭ.. އެހެެން ނޫނީ ތެޔޮ ނާށި ކާޅު ޖަހައިގަނެފާނެ.. އެހެންނޫނަސް ޝިމާން ކަހަލަ ހޭންޑްސަމް ލޯބި މީހަކު ޕްރޮޕޯސްކޮށްފިއްޔާ ކޮންމެ އަންހެން ކުއްޖަކުވެސް އުފަލުން ބަލައިގަންނާނެ..” މިޝްޔާ ހީލަމުން ބުނެލިއެވެ. އަދި ރޭނގަޑުގެ ސަލާމް ކޮށްލުމަށްފަހު ފަސްއެބުރި ދާން ހިނގައިގެން ނަމަވެސް ހުއްޓެން މަޖުބޫރުވީ އިވުނު ޖާދޫވީ އަސަރުގަދަ އަޑެއްގެ ސަބަބުންނެވެ.

ހިތް ބޭނުމޭ ދުލުން، މިވާ ލޯބި ކިޔާލަ ދޭން

ކަލާއަށްޓަކައި ހިމޭން، މަންޒިލެއްގަ ލޯބިދޭން

އަތުގާ ހިފިއްޔާ، މަގޭ ޖާނު ދޭނަން

ލޯބިން ހަޔާތެއް، އެކީ ހޯދަދޭނަން

ހިތް ބޭނުމޭ ދުލުން، މިވާ ލޯބި ކިޔާލަ ދޭން

ކަލާއަޓަކައި ހިމޭން، މަންޒިލެއްގަ ލޯބިދޭން

ހަނދުގެ ރީތި އާލަމާ، ދާނުހޭ ކަލާ މިރޭ

ލޯބިވާ ހިތެއްގެ މީ، އާދެހޭ ހަނދާންކުރޭ

ޝިމާން ލަވަ ހުއްޓަލުމާއެކު މިޝްޔާ ފަސްއެބުރި ބަލާލިއެވެ. އެއްކަކޫ މައްޗަށް އިށީދެގެން އިން ޝިމާންގެ އެއް އަތް ވަނީ މިޝްޔާއާ ދިމާލަށް ދިއްކޮއްލެވިފައެވެ. އަތުގައި ވިދަވިދާ އިން ރިހިކުލައިގެ އެހެއްލީ އަނގޮޓިއެއް އިނެވެ. މިޝްޔާއަށް ލޯ ބޮޑުކޮށްލެވުމާއެކު ޝިމާންގެ ނަމުން ގޮވާލެވުނެވެ. އެ ލޮލަށް ކަރުނަތައް ގިނަވެ ފައިބައިގަތީ ޝިމާން ބަލަހައްޓައިގެން ހުއްޓައެވެ. ޝިމާންއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. މިޝްޔާއާ ދިމާލަށް ދާން ފިޔަވަޅެއް އަޅާނުލެވެނީސް މިޝްޔާ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ކަހާލިއެވެ. ޝިމާން އިސްތަށިގަނޑު ތެރެއަށް އަތްމަހާލުމަށްފަހު ގިޓާ ނަގައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭރު އެ މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. މިޝްޔާގެ މޫނުމައްޗަށް ވެރިވެގެން އެ ދިޔަ ކުލަވަރުން އޭނާ ހުރީ ކަންބޮޑުވެފައެވެ. އަނެއްކާ އޭނައަށް ވިސްނުނީ ނުބައިކޮން ބާއެވެ؟ މިޝްޔާ އޭނަ ދެކެ ލޯބިވާކަމަށް ގަބޫލުކުރެވުން އެއީ އޭނައަށް ކުރެވުނު ކުއްހީއެއް ހެއްޔެވެ؟ އެކަމަކު އޭނައަށް މިޝްޔާ ފެންނަ ކޮންމެ ފަހަރަކު އެތުންފަތުގައި ދުވެލާ ހިނިތުންވުމާއި އެމޫނަށް ވެރިވެގެންދާ ކުލަތަކުން ޝިމާންއަށް ހީކުރެވުނީ މިޝްޔާގެ ހިތުގައި އޭނާއަށްޓަކައި އިހުސާސްތަކެއް ވާކަމަށެވެ. އެހެނެއްކަމަކު އެއީ އޭނަގެ ހިތް އޭނާއަށް ދެއްކި ދަޅައެއް ކަމަށް މިވަނީ ގަބޫލުކުރަން މަޖުބޫރުވެފައެވެ. ނަމަވެސް އޭނާގެ ބަސްނާހާ ހިތަށް ދެން ވިސްނައިދޭނީ ކިހިނެއް ބާއެވެ. އެހިތް ވަނީ ދެން ދުވަހަކުވެސް ބަދަލުނުވާވަރަށް މިޝްޔާގެ ލޯބީގައި ޖެހި ދީވާނާވެފައެވެ.

އެނދުގައި އެއްފަރާތަކަށް އޮށޯވެލައިގެން އޮތް މިޝްޔާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. މޫނުމަތިން ފެންނަން ހުންނަ ތާޒާކަން ގެއްލި މޯޅިވެފައި ވާއިރު ދެލޮލުގެ ރަތްކަން ވަނީ ގަދަ ވެފައެވެ. މިޝްޔާއަށް ޝިމާންއާ މެދު ވިސްނެމުން ދިޔައެވެ. މީގެ އިރުކޮޅެއް ކުރިން ޝިމާންގެ މޫނުން ފެންނަން ހުރި އުންމީދުގެ ކުލަވަރު ބަދަލުވެގެން ދިޔަ ގޮތް މިޝްޔާގެ ލޯ ކުރިމަތީ ފެންނަމުން ދިޔައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނަގެ ހިތުގައި ވެސް ޝިމާންއަށް ހާއްސަ ގަދަރެއް ދެވިގެން ދިޔަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޝިމާންއަށް ހިތުން ހާއްސަ މަގާމެއް ހުސްކުރެވިފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް ހިތުގެ އެދުމަށް ދެކޮޅު ހަދާ މިޝްޔާ ބޭނުންވީ ރައްޓެއްސެއްގެ ގޮތުގައި ޝިމާންއާ ގުޅުން ބާއްވާށެވެ. މާޒީގައި ކުރަން ޖެހުނު ފަދަ ހިތާމައެއްް ކުރަން ޖެހިދާނެތީ ހިތުގެ އެދުމަށް ފުރަގަސް ދޭން މަޖުބޫރުވަނީއެވެ. ދުވަހަކުވެސް ފިރިހެނަކަށް އިތުބާރުކޮށް ލޯބީގެ ގުޅުމެއް ބާއްވަން އެ ހިތް ދެކޮޅު ހަދަނީއެވެ. މިޝްޔާގެ ހިތާއި ސިކުނޑިވަނީ ބޮޑު އަރާރުންވުން ގަނޑެއްގެ ތެރޭގައެވެ. އޭނާގެ ހިތް ކެނޑި ނޭޅި ޝިމާންގެ ލޯތްބަށް ފުރުސަތު ދިނުމަށް އެދި ގޮވަމުން ދިޔައެވެ. އެ ހިޔާލުތަކާއި މެދު ފިކުރުކޮށް ރޯން އޮއްވައި އޭނައަށް ނިދުނު އިރުވެސް ނޭނގުނެވެ.

************************

ހަފްތާއެއް ފާއިތުވެގެން ދިޔައީ ބަސްބުނުމަކާ ނުލައެވެ. ޝިމާންއާ މިޝްޔާގެ އެކުވެރިކަމުގެ ދެމެދަށް ދުރުކަމެއް އައިސްފައިވާއިރު ޝިމާން ފެނުނަސް މިޝްޔާ ބަލަނީ އަވަހަށް ކޮޓަރިއަށް ދެވޭތޯއެވެ. ކާރުގައި މިޝްޔާ ކޮލެޖަށް ލައިދޭން ދާއިރުގަވެސް ދެމީހުންގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މިޝްޔާއަށް އައިސްފައިވާ ބަދަލު ފެނި ޝިމާންއަށް އޭނަގެ އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ.

މިޝްޔާއަށް އައިސްފައިވާ ބަދަލު ފާހަގަވެ ޝައިމާ ޝިމާންގެ ގާތުން އެހުމުންވެސް އެދެވޭ ކަހަލަ ޖަވާބެއް ނުލިބުނެވެ. ކަމެއް ނުވާކަމަށް ބުނެ ޝިމާން ބަލަނީ އަވަހަށް ޝައިމާގެ ސުވާލުތަކުން ސަލާމަތްވެގެން ދެވޭތޯއެވެ. ޝައިމާ އެންމެފަހުން ޝިމާންގެ ގާތުން އެއްޗެއް އޮޅުން ނުފިލާނެކަން އެނގުމުން ނިންމީ މިޝްޔާގެ ގާތު އަހާ ވީގޮތް ސާފުކުރުމަށެވެ.

************************

އެއަރޕޯޓުގެ ޗެކިން ބައިގައި މަޑުކޮށްލައިގެން ތިބި މާއިޝްގެ ދެމަފިރިންނާއި މިންނާމެން ދެމަފިރިންގެ އިތުރުން މާއިންގެ މޫނުމަތީގައި ވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ. ރަޔަންވެސް ރިލްހާ ކައިރީ ދުވެލަ ދުވެލާ އުޅުނެވެ. “ދަރިފުޅާ.. ނުދުވެބަލަ ވެއްޓިދާނޭ..” ރިލްހާ ރަޔަން ނަގާ އުރާލަމުން ބުނެލިއެވެ. ނަމަވެސް ރަޔަން ގަދަހަދާލުމަށްފަހު ފައިބަން އުޅުމުން ރިލްހާ ރަޔަން ގާތު ނުދުވުމަށް ބުނެ ބިންމަތީގައި ބަހައްޓާލިއެވެ.

ޒިޔާނާ ބުނި ބުނުމަކަށް މިޝްޔާ ޒަރާއާ އެކީ ގޭތެރޭގެ ކުދިކުދި މަސައްކަތްތައް ކޮށްލަ ދިނުމަށް އުޅުނީ ކޮލެޖު ބަންދު ދުވަހަކަށް ވީމައެވެ. ޒިޔާނާވެސް އަވަދިނެތި މާ އަވަސް އަރުވާލާފައި ކާއެޗިހި ތައްޔާރުކުރުމުގައި އުޅުމުން މިޝްޔާ އެކަމާ ސުވާލު އުފެދި ޒިޔާނާ ގާތުން މާ ހާއްސަކަމެއް މިއަދު އޮތީތޯ ސުވާލުކޮށްލިއެވެ. ނަމަވެސް އެދެވޭ ކަހަލަ ޖަވާބެއް ނުލިބުމުން މިޝްޔާ ނިންމީ ޒިޔާނާގެ އެކުވެރިންތަކެއް ގެއަށް އަންނަނީ ކަމުގައެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 40

Next

ހިތަންމަ އާރު

Next
March 26, 2025

ހިތަންމަ އާރު

Previews
March 25, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 40

2 Comments!

  1. Cutie girl says:
    March 26, 2025 at 10:04 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Mish and simaan dhuru nukurachey
    They both are made for each other
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    Tc

    1. 🌻LamHaa🌻 says:
      March 26, 2025 at 4:06 pm

      Thank u cutie girl 🙂
      Inshallah next part Thursday ga kiyaalan libeyne

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 17←


All Right Reserved!