Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް ބޭނުމޭ ދުލުން 14

🌻LamHaa🌻
🌻LamHaa🌻 Level 110 Stories
March 23, 2025 5 Mins Read
6 Comments

ނިދިފައި އޮތް މާއިންއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. އިޔެއްގައި މިންނާއާ ބައްދަލުވެ ދެކެވުނު ވާހަކަތަކާއި މެދު ފިކުރުކޮށް ލަހުން ނިދުމުގެ ސަބަބުން މާއިންގެ ބޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. ނަމަވެސް އަވަހަށް ތެދުވެ ވުލޫކޮށް ތާޒާވެލުމަށްޓަކައި ފާހަނާއަށް ވަނީ އަވަހަށް މިސްކިތަށް ދިއުމަށެވެ.

މާއިން ގެއަށް އައިސް ވަންއިރު ގަޑިން ވަނީ ހަގަޑިބައި ވެފައެވެ. އޭރުވެސް ބޮލުގައި މަޑު ރިހުމެއް ހުރުމުން މަޑުނުކޮށް  މާއިން ކޮޓަރިއަށް ދިޔައީ އޮށޯވެލުމަށެވެ. ނަމަވެސް އެނދުގައި ޖައްސާލުމާއެކު އެކި ހިޔާލުތައް އައިސް މާއިންގެ ސިކުނޑި ވަށާލިއެވެ.

*******************

ކޮންމެ ދުވަހަކީވެސް މާއިންއަށް ދޮންމަންމަ ޝަރުމީލާގެ ވިހަބަސްތަކާއި ހަޅޭލެވުމާއި ކުރިމަތިލާން ޖެހޭ ދުވަހެކެވެ. އުމުރުން 10 އަހަރު ފުރުނުއިރު އިރުއަރާ އޮއްސުމަށް ދާންދެން ޝަރުމީލާގެ ހަޅޭކުގެ އަޑު ނޫން އިތުރު އަޑެއް މާއިންއަކަށް ނީވެއެވެ. އެ ދުވަހުވެސް ވީ އެފަދަ ގޮތެކެވެ. މާއިން ކޮޓަރިން ނުކުތީ ފެންވަރާލައިގެންނެވެ. ކޮޓަރިން ނުކުންތަނުން މާއިންއަށް އަޑު އަހަން ޖެހުނީ ދޮންމަންމަގެ ނުރުހުމުގެ ބަސްތަކާއި ހަޅޭކުގެ އަޑެވެ. މިހާރު އެހަޅޭލަވަނީ މާއިންގެ އަތުން މޭޒު މައްޗަށް ފެންކޮޅެއް އެޅިފައި ހުރުމުންނެވެ. “ބުނަން މާއިން.. ކަލޭ މަންމަ ހޯދާފަ ހުރި މޭޒެއްތަ އެއީ.. އާން.. ކަލޭ ހިތުލައިގެން ތިހުރީ އަހަރެން ރުޅިއަރުވަން ކަމަށް ދޯ..” ޝަރުމީލާ ހަޅޭލަވަމުން ދިޔަ ވަގުތުވީ ފާއިޒް މަސައްކަތުން ނިންމާފަ ގެއަށް އައި ވަގުތަށެވެ. ޝަރުމީލާ މާއިންއާ ދިމާލަށް ގޮވި ތަކެތި ފާއިޒްއަށް ވަރަށް ރަނގަޅަށް އަޑު އިވުނެވެ.

“ޝަރުމީލާ.. ކިހިނެއް ވެގެންތަ ތި އުޅެނީ..” ގެއަށް ވަދެ ދޮރުލައްޕާލަމުން ފާއިޒް އަަހާލިއެވެ. “ކިހިނެއްހޯ ވީ.. އަހާބަލަ ކަލޭގެ މިހިރަ ފިރިހެން ދަރި ކައިރީ ކިހިނެއްތޯ ވީ..” މާއިންއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ޝަރުމީލާ ބުނެލިއެވެ. ފާއިޒް މާއިންއާ ދިމާލަށް ބަލާލުމަށްފަހު މަޑުމައިތިރި ކަމާއެކު ވީކިހިނެއްތޯ މާއިންއާ ސުވާލުކޮށްލިއެވެ. “އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން ބައްޕާ.. އަޅުގަނޑު މޭޒު މައްޗަށް ފެނެއްވެސް ނާޅަން..” މާއިން މައުސޫމު ގޮތަކަށް ބުނެލިއެވެ. “ބަަލާލަބަލަ މޮޅެއްނު ވާހަކަ ހަދަން.. ކަލޭގެ ތި ހުންނަނީ ހަމަ އެ އަމްނާގެ ގޮތް.. އެވެސް ހަމަ ތި ކަހަލަ މީހެއް..” ޝަރުމީލާގެ ރުޅިގަނޑު ފަޅާގެން ދިޔައެވެ. “ހުއްޓާލާ.. އަޅުގަނޑާ ބެހުނަސް އަޅުގަނޑުގެ މަންމައާ ބެހިގެންނުވާނެ..” މާއިން ރުޅި އައީ އޭނާގެ މަންމައާ ބެހުމުންނެވެ. ޝަރުމީލާވެސް ބަލާކަށް ނުހުރެ ކައިރީގައި ހުރި ފިހިގަނޑުނަގާ މާއިންއާ ދިމާލަށް ހޫރާލިއެވެ. ނަމަވެސް ފާއިޒް ހުށިޔާރު ކަމާއެކު މާއިން ފިހިގަނޑުގެ ހަމަލާއިން ސަލާމަތްކުރިއެވެ. ފިހިގަނޑު ފާއިޒްގެ ފައިގައި ޖެހި ބިންދައިގެން ދިޔައެވެ. ފައިގައި ފިހިގަނޑުން ޖެހުނު ވަގުތު އެރި ތަދާއެކު ފާއިޒްްއަށް ބިންމައްޗަށް ތިރިވެވުނެވެ. މާއިން ބައްޕާއޭ ކިޔާ ބާރަށް ހަޅޭލަވާގަނެ ގޮސް ފާއިޒްގެ ކައިރި އިށީދެލިއެވެ. ޝަރުމީލާއަށް އޭނާއަށް ކުރެވުނު ކަންތައް ރޭކާލުމާއެކު ފާއިޒްގެ ކައިރިއަށް ދިޔުމަށް ދުއްވައިގަތެވެ. އެހެންނަމަވެސް ހުއްޓެން މަޖުބޫރުވީ ފާއިޒް ވޭނީ ރާގެއްގައި ބުނެލި ޖުމުލައަކުންނެވެ. ޝަރުމީލާއަކީ އޭނާގެ އަންބެއް ނޫންކަމަށް ބުނެ، ވީ އެންމެ އަވަހަކަށް ޝަރުމީލާ އޭނާ ގެންގުޅޭ އަންނައުނު ކޮޅު ހިފައިގެން އެގޭން ނިކުތުމަށް ބުނީ ވަރަށް ހިތްވަރު ކޮށްލާފައެވެ.

މާއިންއަށް އޭނާގެ ހިޔާލުތަކުން ބޭރުވެވުނީ މީހަކު އެޕާޓުމަންޓުގެ ބެލް އަޅަން ފެށުމުންނެވެ. ލޮލުން ފޭދިފައި ހުރި ކަރުނަތައް ފޮހެލަމުން މާއިން ގޮސް ދޮރުހުޅުވީއިރު ކުރިމަތީ ހުރި ފާއިޒް ފެނި ކިހިނެއްވީތޯ އަހާލިއެވެ. “ބައްޕަ ހީކުރީ ދަރިފުޅު ފަތިސްްނަމާދުކުރަން ނުހޭލަނީ ކަމަށް..” ފާއިޒް އެހެން ބުނެ މާއިންގެ ކޮނޑުގައި ފިރުމާލުމަށްފަހު ދާން އެބުރިލިއެވެ.

***********************

ޒާހިދާ ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައީ ކެއްކުމުގައެވެ. އައިޒަން އަދި އައިދަން ހެނދުނު ޒާހިދާ ފަތިސްނަމާދު ކޮށްލައިގެން ނުކުމެ ޓީވީ ބަލަން ސޯފާގައި އޮށޯވެލައިގެން އޮއްވައި އައިސް ބުނި ވާހަކައަކުން ޒާހިދާގެ އަނގައިގައި ހުރި ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލެވުނެވެ. ވާނީވެސް އެހެންތާއެވެ. ދެކުދިން ކުރެ އެއްކުއްޖަކުވެސް ދުވަހަކު އޭނާ ގާތު އަންހެން ކުއްޖެއްގެ ވާހަކަ ދައްކާފައެއް ނުވެއެވެ. މިފަހަރު އޭނާ ގާތު ދެކުދިންވެސް އަންހެން ކުއްޖެއްގެ ވާހަކަ އެބުނީ ހިތުގައި ތަފާތު މަގާމެއް ދެވިފައި ވީތީއެވެ. ޒާހިދާވެސް ދެފިރިހެން ދަރިން ހިތް އަތުލުމުގެ ކުޅަދާނަކަން އެ ހޯދި ދެ އަންހެން ކުދިން ރޭގަނޑުގެ ކެއުމަށް ގެނެއުމަށް އެދުނީ ކެތްމަދުވެފައި ހުރެއެވެ.

ކާކޮޓަރިއަށް ވަދެގެން އައި އައިދަންއަށް މޭޒުމަތި ފެނި ކުޅުދިޔާވިއެވެ. ތަފާތު ގިނަ ވައްތަރުތަކުގެ ކާތަކެތި ހަދާލާފައި ވީއިރު މަންމަގެ އެ ކުޅަދާނަކަމަށް ހިތާހިތުން އައިދަންއަށް ތައުރީފުކޮށްލެވުނެވެ. “މަންމާ.. ތި ހުރިހާ އެއްޗެއް ނުހެދިޔަސް އޯކޭ ވީހޭ.. މަށަށް ހީވަނީ މަންމަ މަށާ ދޮންބެއާ ދެކެ ލޯބިވާ ވަރަށް ވުރެވެސް ބޮޑަށް މަލްއާ ދޮަންބެގެ ރީޝްއާ ދެކެ ލޯބިވާނެ ކަންނޭނގެ.. ތިހުރީ ވިއްޔަ އެދެމީހުން ފުރަތަމަ އަންނަ ދުވަހުވެސް ކާއެއްޗެހި ހަދާލާފައި އޮތް ވަރު..” އައިޒަން ކާމޭޒުކައިރިން ގޮނޑިއެއް ދަމާލާ އިށީދެލަމުން ބުނެލިއެވެ. ޒާހިދާގެ މޫނުމަތީގައިވި ހިނިތުންވުން ފިލައިގެން ނުދެއެވެ. “ތިތާ އިށީނަންވީކީ ނޫނޭ.. ދެންދޭބަލަ ދަރިފުޅުގެ މަންޖެ ގޮވައިގެން އަންނަން.. ކޮބާތަ އެއުޅޭ އައިޒަން.. ހާދަ ލަސްވެއްޖެޔޭ ދޯ އެ މަންޖެ ބަލާ ދިޔަފަހުން..” ޒާހިދާ ފޯނުނަގައި އައިޒަންގެ ނަންބަރަށް ގުޅާލަމުން ބުނެލިއެވެ. އައިދަންވެސް ހިނިއައިސްހުރެ ބޯ ހޫރާލަމުން ގެއިން ނުކުނަން ދިޔައީ މަލްޝާ ބަލާ ދިޔުމަށެވެ.

ހ.ބޯގަންވިލާގޭ ކުރިމައްޗަށް މަޑުކޮށްލި ސައިކަލު ފަހަތުގައި އިން ރީޝަމްގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އައިޒަން ސަައިކަލު ޕާކުކޮށްލުމަށްފަހު އައިސް ރީޝަމް ގާތު މަޑުކޮށްލީ އައިދަންމެން އައުމުން އެންމެން އެއްކޮށް ގެއަށް ވަނުމަށެވެ. އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި އައިދަން ފެނި އެދިމާލަށް ރީޝަމް ބަލާލީ އަދި އޭނާގެ ލޮލަށް އައިދަން ރައްޓެހިވެގެން އުޅޭ ކުއްޖާ ފެނިފައި ނުވާތީއެވެ. ނަމަވެސް ރީޝަމްއަށް ލިބުނު ހައިރާންކަމުގައި ދެލޯބޮޑުވެގެން ދިޔައީ އައިދަންގެ ސައިކަލު ފަހަތުގައި އިން މަލްޝާ ފެނިފައެވެ. “އައިދަންއާ މަލްއާ..” ވަކިވަކިން ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ރީޝަމް ބުނެލިއެވެ. މަލްޝާ ހިނިތުންވެ ހުރެ ބޯ ޖަހާލިއެވެ. “ސޮރީ ރީޝް.. މިދެމީހުން ބޭނުންވީ ރީޝްއަށް ސަޕްރައިޒްއެއް ދޭން.. އަސްލު އުޅުނީ ރެސްޓޯރެންޓްއަކަށް ދާންވެގެން.. އެކަމަކު މަންމަ ކައިރީ ތި ދެމީހުންގެ ވާހަކަ ބުނަންވާއިރަށް ގެއަށް ގެންނަން ބޭނުންވެއްޖެ.. ދޯ ދާން..” ރީޝަމް ގަޔާ ކައިރިކޮށްލަމުން އައިޒަން ބުނެލިއެވެ. އެވަގުތު މަލްޝާވެސް އައިސް ރީޝަމްގެ ގައިގައި ބައްދާލަމުން މަޢާފަށް އެދުނެވެ. ހަތަރު ކުދިން ގޮސް އަވަހަށް ލިފްޓަށް އެރީ މާގިނައިރު މަންމަ އިންތިޒާރުގައި ނުބޭންދުމަށެވެ.

***************************

ކޮޓަރީގައި ބަހައްޓާފައިހުރި ސޯފާގައި އޮށޯވެލައިގެން އޮތްއިރު މިޝްޔާ ވާހަކަ ދައްކަމުން ދިޔައީ އީނާއާއެވެ. އެތައް ދުވަހަކަށްފަހު އީނާއާ ހަމަޖެހިލައިގެން ވާހަކަ ދައްކާލަން ލިބުމުން ދެއެކުވެރިންގެ ވާހަކަތައް ވަނީ ގިނަވެފަައެވެ. މިޝްްޔާވެސް އީނާއާ ތަފާތު ވާހަކަތައް ހިއްސާކުރަމުން އެދުވަހު ރަސްފަނުން އެކްސިޑެންޓު ވި ކުއްޖަކީ ޝިމާންއޭ ބުނެލިއެވެ. އަދި މެލޭޝިޔާއިން ދެމީހުން ބައްދަލުވީގޮތް ކިޔައިދިނެވެ. “އަސްލުތަ.. މަވެސް އެބައޮތް މިޝް ކައިރި ބުނަން ވެފަ އޮތް ސީކްރެޓްއެއް.. މަވެސް މިއުޅެނީ މިތަނުން ކުއްޖަކާ ރައްޓެހިވެގެން..” އީނާ ލަދުގަނެފައި ހުރި ރާގެއްގައި ބުނެލިއެވެ. “ކީކޭ.. އަނެއްކާ އެއީ ރަނގަޅު ކުއްޖެއްތަ؟ މުސްލިމް ކުއްޖެއްތަ..” މިޝްޔާ އޭނާ ހިތުގައި އުފެދުނު ސުވާލުތައް އީނާއާ އަމާޒުކޮށްލިއެވެ. “މުސްލިމް ކުއްޖެއް ނޫން.. އެކަމު އަހަރެން ވަރަށް ލޯބިވޭ އޭނަ ދެކެ..” އީނާ ބުނެލިއެވެ. “އީނާ.. ތީ އަހަރެންގެ ބެސްޓުފްރެންޑަށް ވާތީވެ މި ބުނަނީ.. ތިކަން ކުރާކަށް މަށެއް ގަބޫލެއް ނޫން.. މުސްލިމް ނޫން ކުއްޖަކާ އީނޫ ގުޅިގެން އުޅޭކަން އިނގިއްޖެނަމަ އީނޫ މަންމަމެން ވެސް ކިހާ ދެރަވާނެ..” މިޝްޔާ ކަންބޮޑުވެ ހުރެ ވާހަކަ ދެއްކިއެވެ. “މިޝް.. މީ އެކަމު އަހަރެންގެ އަމިއްލަ ނިންމުން.. އަހަރެންގެ އަމިއްލަ ލައިފްގަ އަހަރެން ބޭނުން ކަމެއް ކުރުމުގެ އިހްތިޔާރު އޮންނާނު.. މަ ވަރަށް ލޯބިވެޔޭ އޭނަ ދެކެ..” އީނާ ހިތްހަމަނުޖެހުނެވެ. އެގޮތުގައި ވާހަކަ ދައްކަން ތިބުމަށްފަހު އީނާ ފޯނު ކަނޑާލީ ބިޒީވެއްޖެ ކަމަށް ބުނެ ހިތްހަމަނުޖެހިފައި ހުރެގެންނެވެ.

ފޯނު ކެނޑުމާއެކު މިޝްޔާގެ ހިޔާލުތައް އީނާ ދެއްކި ވާހަކައަށް ދެވުނެވެ. ވިސްނުމަށް ގެއްލިފައި އޮތް ވަރުން މީހަކު ކޮޓަރިއަށް ވަން ކަމެއްވެސް މިޝްޔާއަކަށް ނޭނގުނެވެ. މިޝްޔާއަށް އޭނާގެ ވިސްނުންތަކުން ބޭރުވެވުނީ ޝިމާން ދެތިންފަހަރަކު މިޝްޔާގެ ނަމުން ގޮވާލީމައެވެ. “ހާދަ ބޮޑު ފިކުރެއްގަ.. މަ ކޮޓަރި ދޮރުގަ ތަޅާތަޅާވެސް ނުހުޅިވީމަ މި ވަނީ.. އަނެއްކާ ބޯއީ ފްރެންޑްއާ މެދު ވިސްނަނީތަ؟” ޝިމާން ސޯފާގެ އެއްފަރާތުގައި އިށީދެލަމުން ބުނެލިއެވެ. “ނޫން.. އަހަރެންގެ ބޯއީ ފްރެންޑްއެއް ނުހުންނާނެ މިހާރަކުއެއް..” މިޝްޔާ އިސްޖަހާލަމުން އަވަސްއަވަހަށް ބުނެލިއެވެ. “އޯ އެހެންތަ.. އަސްލު މި އައީ ސޮރީ އޭ ބުނަން ވެގެން..” މިޝްޔާ ކޮންކަމަކަށްހޭ އަހާލާފަދަ ގޮތަކަށް ޝިމާންގެ މޫނަށް ބަަލާލިއެވެ. “މިއަަދު ހެނދުނު މިޝް ގޮވައިގެން ދުއްވާލަން ދާނަމޭ ބުނެފަ ނުހޭލެވުނީމަ..” ޝިމާން، މިޝްޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. “ހެހެ.. އިޓްސް އޯކޭއޭ..” މިޝްޔާ ޝިމާންއަށް ހިނިތުންވުމެއް ދިނެވެ. އެވަގުތު ޝައިމާ ކޮޓަރިއަސް އައިސް ފިލުމެއް ބަލަން ހިނގާށޭ ބުނެލިއެވެ. މިޝްޔާއާ ޝިމާންވެސް އެކަމަށް އެއްބަސްވެ ކޮޓަރީގައި ހުރި ޓީވީއިން ލޯބީގެ ހިންދީ ފިލުމެއް އަޅުވާލިއެވެ. އިރުކޮޅެއްނުވެ ހާނިމްވެސް އައިސް އެމީހުންނާ ބައިވެރިވިއެވެ.

**********************

ޒާހިދާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ނުދެއެވެ. ދެފަރާތުގައި އިށީދެލައިގެން އިން ވާން އުޅޭ ދެ ޅީދަރިންގެ ބުރަކަށީގައި ފިރުމަމުން ދިޔައިރު އައިޒަންއާ އައިދަން އެމަންޒަރު ބަލަން އިނީ ހެވިފައެވެ. ހިތްހަމަޖެހުމާ އެކުގައެވެ.

ގަޑިން ނުވަގަޑިބައި ވާން ގާތްވުމާއެކު ރީޝާމްއާ މަލްޝާ ގޮވައިގެން އައިޒަންއާ އައިދަން ބޭރަށް ނުކުތީ އެ ދެކުދިން ގެއަށް ލާދޭން ދިޔުމަށެވެ. “އޯކޭ އިނގޭ ނަޔަސް.. އަހަރެމެން ދެމީހުން ހިނގާލާފަ ގޮސްދާނަން..” ރީޝަމް ދެފިރިހެނުން ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ތެދެއް.. މަވެސް ދާނީ ރީޝްއާ އެކީ އެގެޔަށް އެހަށް..” މަލްޝާވެސް ރީޝަމްއާ އެއްބައިވެލަމުން ބުނެލިއެވެ. ނަމަވެސް ދެ އަންހެން ކުދިން އެކަނި ދާންދޫކޮށްލަން ބޭނުން ނުވުމުން އައިޒަންއާ އައިދަންވެސް އެ މީހުންނާއެކު ރީޝަމްމެން ގެއާ ހަމައަށް ދިއުމަށް ނިންމިއެެވެ.

**********************

މާއިން ގެއިން ނުކުތީ މިންނާ ގުޅާފައި އެގެޔަށް ކެއުމަކަށް އައިސްދިނުމަށް އެދުމުންނެވެ. ސައިކަލުގައި ގޮސް އެގޭ ކައިރިއަށް މަޑުކޮށްލުމަށްފަހު ސައިކަލު ޕާކުކޮށްލާ ގެޔަށް ވަނުމަށް ހިނގައިގަތެވެ.

ރިލްހާ ގޮސް ގޭގެ ދޮރު ހުޅުވާލީ ބެލް  އަޅާ އަޑު އިވުމުންނެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި މާއިން ފެނި ދޮރު ބޮޑަށް ހުޅުވާލުމަށްފަހު އަވަހަށް ގެއަށް ވަނުމަށްބުނެ ހިނިތުންވުމެއް ދިނެވެ. މާއިން ގޮސް ސޯފާގައި އިށީދެލުމުން ރިލްހާ ދިޔައީ މިންނާއަށް ގޮވާލުމަށެވެ. މާގިނައިރެއް ނުވެ މިންނާ ކޮޓަރިން ނުކުމެގެން އައިސް މާއިން ގާތު މަޑުކޮށްލިއެވެ. “ކިހިނެއްތަ މާއިން ދަރިފުޅު..” މިންނާ އެހެން އަހާލުމާއެކު މާއިން އޭނާ ރަނގަޅުކަމަށް ބުނެލިއެވެ. “ބޭބެވެސް އަންނާނެ މިހާރު.. ބޭބެ އައީމަ އެއްނު ދޯ ކާން ފަށާނީ..” މިންނާ މާއިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މާއިން ބޯ ޖަހާލިއެވެ. “ރިލް ދަރިފުޅު ދޭބަލަ މާއިޝްއަަށް ގޮވަން.. ކޮބާތަ ރަޔަން..” މާއިންއަށް ފެން ތައްޓެއް ހިފައިގެން އައި ރިލްހާއަށް މިންނާ ބުނެލިއެވެ. “މާއިޝް ކައިރީ ވެއްޖެ..” ރިލްހާ ސިޑިއާ ދިމާލަށް ހިނގައިގަތީ މާއިޝްއަށް ގޮވަން ދިޔުމަށެވެ. އިރުކޮޅެއް ނުވެ ރަޔަން އުރާލައިގެން ހުރެ ސިޑިން ފައިބައިގެން އައި މާއިޝް މާއިންއަށް ހިނިތުންވުމެއް ދިނެވެ. އަދިި ރަޔަން ބިންމައްޗަށް ބޭލުވިއެވެ. ރަޔަން ކުދި ފިޔަވަޅުތަކެއް އަޅަމުން ދުވެލާފައި ގޮސް މިންނާގެ އަތުތެރެއަށް ވަނެވެ. އެވަގުތު ދޮރުހުޅުވާލާފައި ގޭތެރެއަށް ވަން އަބްދުއްﷲ ފެނި ކާފައޭ ކިޔާ ގޮވާލުމަށްފަހު އަބްދުއްﷲ ކައިރިއަށް ދިއުމަށް ރަޔަން އުޅެން ފެށިއެވެ. “އެންމެން ހަމަވީއެއްނު މިއޮތް.. ހިނގާ ދެން އަވަަހަށް ކާން ދަމާ..” މިންނާ މާއިންގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. އެންމެން މިންނާގެ ފަހަތުން ގޮސް ކާގެއަށް ވަނެވެ. މިންނާ މާއިންއަށް ހާއްސަކޮށްގެން ތަފާތު ކާތަކެތި ހަދާލާފައި ވީއިރު ހިތުގައި ކޮއްކޮ އަމްނާއަށާއި މާއިންއަށް ދެވިފައިވީ ލޯބި އެއްވެސް ޝައްކެއް ނެތް މިންވަރަށް ފާޅުވަމުން ދިޔައެވެ.

“ދަރިފުޅާ މާއިޝް.. ކޮންއިރަކަށްތަ ޓިކެޓް ހަމަޖެހިފަ އޮތީ..” ތަފާތު ވާހަކަތަކުގައި ތިބެ ކެއުމުގެ ކަންތައް ކުރިއަށް ދިޔަ ވަގުތު މިންނާ މާއިޝްއަށް ބަލާލަމުން ބުނެލިއެވެ. “މިއަންނަ ހަފްތާ އާދިއްތަ ދުވަހަށް އިނީ.. މިޝްކޮ ކައިރީ ނުބުނެ ގޮސް ސަޕްރައިޒެއް ދިނީމަ ހުންނާނެ ދޯ ކަންތައް..” މާއިޝް ބުނެލިއެވެ. “އާން.. މާއިން ދަރިފުޅުވެސް ވާނެދޯ ދޮންތަމެންނާއެކު މެލޭޝިޔާއަށް ދާން.. 2 ހަފްތާ ވަރު އެކޮޅުގަ މަޑުކޮށްލާފަ މަޖާކޮށްލާފަ އަންނާނީ..” މިންނާ ހީލަމުން ބުނެލިއެވެ. މާއިންއަށް ހިނިތުންވެލެވުނީ ޝިމާންވެސް ވީ މެލޭޝިޔާގަ ކަން ހަނދާންވުމުންނެވެ. ނަމަވެސް ބައްޕަގެ ހުއްދައަކާ ނުލާ ދާން ބޭނުންނުވާތީީވެ ބައްޕަ ގާތު އަހާލާފައި ގުޅަނަން ކަމަށް ބުނެލިއެވެ. މަޖާ ވާހަކަތަކުގައި ތިބެ ކެއުން ނިންމާލުމަށްފަހު މާއިން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. އަދި އަންނާނަން ކަމަށް ބުނެ އެގޭން ނުކުމެ ސައިކަލަށް އަރާ ގެއާ ދިިމާލަށް ދިއުަށް ދުއްވާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

🌻LamHaa🌻
Follow Me Written By

🌻LamHaa🌻

Level 110 Stories

Other Articles

Previous

މާރެސް – 2

Next

ތިޔަ ލޯތްބަށް އެދެވޭތީ… 34

Next
March 23, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 34

Previews
March 23, 2025

މާރެސް – 2

6 Comments!

  1. Cutie girl says:
    March 23, 2025 at 5:21 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Simaan and mish gulhuvachey
    Mal and reesham marry kuruvaa avahah
    They all are made for each other
    I appreciate your hard work

    1. 🌻LamHaa🌻 says:
      March 23, 2025 at 7:15 pm

      Thank youu so muchh cutie girl!
      Let’s see dhw shiman and mish ah vaa gotheh vx
      Next part Inshallah Tomorrow or Tuesday ga kiyaalan libeyne

  2. Aya says:
    March 24, 2025 at 3:32 am

    This vaahaka has been going on for what 4 years now most people must have forgotten by now including me hopefully you can upload consistently this time

  3. Sissy (AI GENERATED) says:
    March 24, 2025 at 3:36 am

    Love you too! Here’s the paragraph:

    Lamha’s story was absolutely mesmerizing and beautifully written. From the very first sentence, her words had a way of drawing the reader in, creating a world that felt both vivid and real. The way she described the settings and emotions was so detailed that it was easy to imagine everything unfolding like a movie in your mind. Her characters were deeply layered and authentic, each with their own voices and struggles, making it easy to connect with them on a personal level. The storyline was perfectly paced, with moments of tension and warmth blending seamlessly to create a rich and dynamic narrative. Lamha’s ability to capture complex emotions and convey them with such grace was truly impressive—whether it was a heartwarming scene of friendship or a bittersweet moment of loss, every feeling was tangible. The twists she introduced kept the story unpredictable while remaining grounded in reality, making every new development feel both surprising and inevitable. What stood out most was how her writing carried a sense of honesty and sincerity, making the themes of love, hope, and resilience feel even more powerful. By the time the story concluded, there was a sense of both closure and wonder, leaving a lasting impact. It’s clear that Lamha poured her heart into every detail, and the result was an unforgettable story that stayed with you long after reading.

    1. Sissy says:
      March 24, 2025 at 3:37 am

      Why are u tryna be me
      Be yourself

    2. 🌻LamHaa🌻 says:
      March 24, 2025 at 8:17 pm

      Thank you soo much for your kind words!🥹
      I’m so happy to hear that u liked my story!
      I really appreciate your words and that’s means a lot to me 🙂

Comments are closed.

Next Episodeހިތް ބޭނުމޭ ދުލުން 15←


All Right Reserved!