Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝަކުވާ-2

aanaa Level 2100 Login100 Comments
March 13, 2025 3 Mins Read
23 Comments

ދެން ހިތަށް އެރި އެއްޗަކުން އަހަރެން ދެލޯ މަރާ ތަގުޅިކޮށްލައި މުޅި ގައިގައި އަތް ވަށާލެވުނީ ބަނޑުގައި ކޮކާ އުނދުހޭކަހަލަ އިޙްސާސެއް ވުމުންނެވެ.

************************

ހަގީގަތުގައިވެސް ލައިތްގެ ހިތުގައި އަހަންނަށްޓަކައި އިޙްސާސްތަކެއް އުފެދުނީހެއްޔެވެ? ނޫންނަމަ އެ މޫނުމަތިން އެފެނުނީ ކޯއްޗެއް ހެއްޔެވެ?ނަފްރަތު ހެއްޔެވެ? ނޫނެކެވެ. އަހަންނަށް ލައިތްގެ މޫނުމަތިން ފެނުނު އިޙްސާސްތައް ތަރުޖަމާ ކުރުމަށް ވަނީ ނުކުޅެދިފައެވެ. ނަމަވެސް އެ ދެލޮލުން ލޯބި ނޫން އެހެން އެއްޗެއް ނުފެނެއެވެ.

ހިޔާލުތަކު ތެރެއަށް ޣަރަގު ވެފައި ވަނިކޮށް އަހަރެން ހިޔާލުތަކު ތެރެއިން ނުކުމެވުނީ ރޫމްގެ ދޮރު ލައްޕާލި އަޑު އިވުމުންނެވެ. ލައިތް ކަމަށް ހީކޮށް ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑުން މޫނު ފޮރުވާލީ ދެން އިތުރަށް ލައިތްއާ ކުރިމަތި ލާނެ ހިތްވަރު އެވަގުތު ނެތުމުންނެވެ.އަހަރެންގެ ހިތުގެ ހިގުން އަވަސްވެގެން ދިޔައީ އެމީހަކު އައިސް އަހަރެންއޮތް އެނދު ކައިރީ ހުއްޓުމުންނެވެ.އަވަސްއަމަހަށް ދެލޯ މަރާލީ އެމީހަކު އަހަރެން މޫނުމަތީ އަޅާފައި އޮތް ރަޖާގަނޑު ނަގަންވެގެން އޭގައި އަތް ލުމުން ނެވެ.

އަހަރެން ސިއްސައިގެން ދިޔައީ އެމީހަކު އަހަރެންގެ ގައިގައި ކޮއްޓާލައިފައި ނަމުން ގޮވާލުމުންނެވެ.ނަމަވެސް އަހަރެން ލޯނުހުޅުވުމުން އެމީހަކު އަހަރެންގެ އަތުން ލޭ ނެގުމަށް އަލްކަހޯލް ސްވޮބްޒް ކޮޅަކުން އަތުގައި އުނގުޅާލުމުން ވަގުތުން މަންމާއޭ ކީޔާ ހަޅޭއް ލަވާގަނެވުނެވެ. ކުޑައިރުން ފެށިގެންވެސް އަހަންނަކީ ލޭނަގާވަގުތުތަކުގަޔާއި އައިވީ ގުޅާވަގުތުގައި މީހެއްގެ ހިމާޔަތަށް އެދި ރޯ ކުއްޖެކެވެ.އެހުރިހާ ވަގުތަކުވެސް އަހަންނާ އެންމެ ގާތުގައި ހުންނަނީ މަންމައެވެ. މިއަދާ ހަމައަށްވެސް އަހަންނަށް ހިމާޔަތް ދިނީ އެ ދެއަތުން ނެވެ. ނަމަވެސް މިއަދު އެމަންމައެއް ނެތެވެ. އަމިއްލަ މީހާގެ ބަދުނަސީބުކަން ވިސްނި އަހަރެންގެ ދެލޯ ކަރުނުން ފުރި ބާރުވާކަށް ފަޅި ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އަމިއްލަ ހާލާމެދު ޝަކުވާ ކުރެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އަހަރެންގެ ހިތް ޝަކުވާއިން ފުރުނެވެ. ހިތުގައި ފުނިޖެހިފައިވާ ޝަކުވާތައް ދުލާ ހަމައަށް ގެންނަން އަހަންނަށް ވަނީ ނުކުޅެދިފައެވެ.އެ ޝަކުވާތައް އަހަންނަށް ބޭރުކުރެވުނީ ކަރުނައިގެ ގޮތުގައެވެ.

އަތުގައި އޮތް އަލްކަހޯލް ސްވޮބްޒް ކޮޅު އަތަށް ލައިގެން އެނދު ކައިރީ ގޮތްހުސްވެފައިވާ މީހެއް ފަދައިން ނަރުސް ކުއްޖާ ވެސް އިނެވެ. އެވަގުތު ރޫމަށް ވަތް ލައިތް ފެނުމުން އަހަންނަށް އަޑުން އަޑުނަގާ ރޮއެގަނެ ދެއަތް ދިއްކޮށްލެވުނީ އަހަންނަށް ހިމާޔަތް ދޭށޭ ބުނާ ފަދައިންނެވެ.

ދެން ފެނުނީ ލައިތް ބާރު ހިނގުމެއްގައި އައިސް އަހަރެން ގައިގާ ބައްދާލި ތަނެވެ. ބައްދާލީ ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިންނެވެ. އަބަދުވެސް އަހަންނާ އެކީ މުޅި އުމުރު ވޭތު ކޮށްލާނަމޭ ބުނާ ފަދައިންނެވެ. އަހަރެންގެ އުނަގަނޑުގައި ލައިތްގެ ދެއަތް ވަށާލެވިފައިވާއިރު އެއްއަތުން ދިޔައީ އަހަރެންގެ ބުރަކަށީ ފިރުމަމުން ބޮލުގައި ބޮސްދެމުންނެވެ.ލައިތްގެ މޭތެރޭ ބޮޑިވެގަނެގެން އޮތް އިރު ޝަކުވާއިން ފޯވެފައިއޮތް ހިތުން ޝަކުވާތައް ވަޔާއިއެކު ބުރައިގެން ދިޔަކަހަލައެވެ.

އިރުކޮޅަކު އެހެން ތިބުމަށް ފަހު އަހަރެންގެ ދެ ކޮނޑުގައި ހިފައި ގަޔާ ދުރުކޮށްލިއެވެ.”މަލް(އަހަރެން) ކީއްވެ ތިރޮނީ ،ލޭނަގަން ބިރުގަތީތަ?” ލޯތްބާއެކު އަހަރެންގެ ކަރުނަތައް އަތުގެ ބޮޑު މައި އިނގިލިން ފުހެދެމުން ލައިތް އެހިއެވެ.ލައިތްގެ އެންމެ ބީހިލުމަކާއެކު އަހަރެންގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. “ނޫން ނުގަނެ”އަހަރެން މިއީ އެހާ ފިޑި މީހެއްކަން ނުދައްކަން ވެގެން ދޮގެއް ހަދާލީމެވެ.އިނގިލިތަކުގެ ނިޔަފަތި ތަކާ ކުޅެން ހުރިއިރު ލައިތްގެ މޫނު މައްޗަށް ވެރިވި ހިނިތުންވުން އަހަންނަށް ސިއްރުވިއެވެ.

“އޯކޭ މި އަންނަނީ ބޭރަށް ގޮސްލާފަ. އަވަހަށް ބަސްއަހައިގެން ލޭނަގަން އަތް ދައްކާލަ ނަރސް އަށް” އެހެން ބުނެ ލައިތް ބޭރަށް ދާން ތެދުވިއެވެ. “ނޫން ޕްލީޒް ނުދޭ މަލް(އަހަރެން )ބިރުގަނޭ” ލައިތް ހިނގައިދާނެ ކަމުގެ ބިރަށް އަހަންނަށް އެހެން ބުނެވުނީ ލައިތްގެ ގަމީހަށް ދަމައިގަންނަމުންނެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރި ލައިތް ވެއްޓުނީ އަހަރެންގެ ގައި މައްޗަށެވެ.

ދެމީހުން އެކަކު އަނެކަކަށް ގެއްލިފަ ތިބި އިރު އެތާ އެހެން މީހަކު ހުރިކަން ހަނދާނުން ކައްސާލައިގެން ދިޔައެވެ.އެއަށް ބުރު ބޮޑަށް ދެމީހުންނަށް ތިބެވުނީ އިޝްގުގަ ޖެހިފައެވެ. ދެމީހުންނަށް ހަމަ ހޭވެރިކަންވީ ނަރުސް ކުއްޖާ ކަރު ކެހިލުމުންނެވެ.އަވަސް އަވަހަށް ތެޅިގަނެފަ ތެދުވަން އުޅުނު ލައިތް ކައްސާލައިގެން ތިރިއަށް ވެއްޓުމުން އަހަރެންގެ ހިނގަން ފަޅައިގެން ދިޔައިރު ނަރުސް ކުއްޖާ އަނގަ މަތީ އަތް އަޅައި ހިނިގަން ހިންދާލިއެވެ.

ލައިތް އެއޮތްތަނުން ތެދުވެ އަހަންނާ ދިމާލަށް އައިސް ނަރުސް ކުއްޖާ ކައިރީ ލޭނަގަން ބުންޏެވެ. ނަމަވެސް އަހަރެން ދެކޮޅު ހެދުމުން ލައިތް އަހަރެންގެ ގައިގައި ބާރަށް ބައްދައިގަނެ އަހަރެންގެ އަތް ނަރުސް ކުއްޖާއާ ދިމާލަށް ދިއްކޮށްލިއެވެ.

ކަށި އަހަރެންގެ އަތުގައި ޖެހުމާއެކު ރޮވެންފެށުނެވެ. “ޝްޝްޝް ހުއްޓާލާ އެއީ އެހާ ވަރު ކަމެއް ނޫނޭ އެ ނިމޭނީ އޭ އިރުކޮޅަކުން މީ ވަރަށް ސްޓްރޯންގް ކުއްޖެއްނު ދޯ ނަރސް” ނަރުސް ކުއްޖާއަށް ދޯއެއްލަމުން ލައިތް ބުނެލި އެވެ. “ޔެސް ގައިގަ ވަރުޖެހޭއެއްޗެއް ކާންދެއްޗެ ޕޭޝަންޓައް އެހެންނޫނީ އަނެއްކާ ލޭ ނަގަންޖެހިދާނެ” އެންމެ ފަހުން ބުނެލި ޖުމްލަ ކުޑަ ހުނުމަކާއެކު ބުނުމަށްފަހު ނަރުސް ކުއްޖާ ރޫމް އިން ބޭރަށް ނުކުތެވެ.

ނަރުސް ކުއްޖާ ބޭރަށް ނުކުތުމުން ލައިތް އަހަންނާ ދިމާލަށް ބުމައަރުވާލިއެވެ.ވަގުތުން އަހަރެން އިސްދަށަށް ޖަހާލީ އިރުކޮޅެއްކުރިން އަހަރެންގެ ޢަމަލުތައް ބެހެއްޓުން ގޮތުން ލަދުވެތިކަން އިޙްސާސް ވުމުންނެވެ. ގޮނޑީގަ އިށީނދެ އެނދާ ޖެހިގެން އިން ކުޑަ ކަބަޑުން ތައްޓެއް ނަގާ މަތި ހުޅުވާލިއެވެ.ވަގުތުން އޭގަ ހުރި ތަރުކާރީ ސޫޕްގެ ވަސް މުޅި ރޫމް ތެރޭ ފެތުރުނެވެ.

އިސްދަށަށް ޖަހައިގެން ހުރި އަހަންނަށް އިސްއުފުލާލަން މަޖުބޫރުވީ ލައިތް އަހަރެން އިށީނދެގެން އިން އެނދުގައި އިށީނުމުންނެވެ.ލައިތްއާ އެހާ ގާތުގައި ހުންނަން ޖެހުމުން އަހަރެންގެ ހިތް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ.ލައިތްގެ އަތުން އެ ސޫޕް ތަށިން ފަހަރަކު ސަމްސަލެއް ބޮމުން ދިޔައިރު ދެމީހުން ކުރެ އެކެއްވެސް އަނގައިން ބަހެއް ބުނެވޭ ކަމަކަށް ނުވިއެވެ.

ކައި ނިންމާފައި އެތާއޮތް ކޮތަޅެއް  އަހަރެންގެ ލޮލުގައި އަޅައިގަތުމުން އެއީ ކޯއްޗެއްތޯ އެހީމެވެ.”ތިއީ މަލް(އަހަރެން)އުޅޭ އެޕަރޓްމެންޓްގަ ހުރި މަލްގެ(އަހަރެން) އެއްޗިސް، އެހެން އެއްޗިސް ހުންނާނީ އަހަރެން އުޅޭ އެޕަރޓްމެންޓްގަ” ލައިތްގެ ޖަވާބުން އަހަރެންގެ ހައިރާންކަން ދެގުނަވިއެވެ.ބޮލުގައި ސުވާލު މާކެއް އަޅުވައިގެން ހުރެ ލައިތް ވާހަކަ ދައްކާ ނިމެންދެން އިނީމެވެ.

“ދެން މީގެ ފަހުން މަލް(އަހަރެން) އުޅޭނީ އަހަރެން ކައިރީގަ އަހަރެން އެއްވެސް ދެރަ ގޮތެއް މަލްއަށް(އަހަރެން) ވިއަކަ ނުދޭނަން. އަހަންނަށް އެނގޭ މަލް(އަހަރެން) މިވަގުތު މެނަޓަލީ ވަރަށް ބޮޑަށް ސަކަރާތް ވެފަ ކަން ތިހުރީ. މިފަދަ ހާލަތެއްގައި މަލް (އަހަރެން) އެކަނި ކޮށްލާކަށް ނުކެރޭނެ އައި ޕްރޮމިސް އަބަދުވެސް އަހަރެން މަލްއާ (އަހަރެން) އެކުވާނަން ސޯ ޓްރަސްޓް މީ އަހަންނާ އެކު ދާނަން ދޯ އަހަރެން މަލް (އަހަރެން) އަށް ފޯސްއެއް ނުކުރަން”މަޑުމައިތެރިކަމާއެކު އެހުރިހާ ވާހަކައެއް ދެއްކުމުން ހަމައެކަނި އަހަންނަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހާލުމެވެ.” އެކަމް މަލް(އަހަރެން) ރަނގަޅު ވީމާ ތި އެޕަރޓްމެންޓްގަ އެއް ނޫޅެވޭނެ ދޯ? އަހަރެންގެ ބޮލުތެރޭގައި އެނބުރެމުން ދިޔަ ސުވާލް ލައިތް އާ ކުރީމެވެ. “ނޫން މުޅި އުމުރު ވެސް އަހަރެން ކައިރީ މަލް(އަހަރެން) އަށް އުޅެވޭނެ”އެއްމިޔަކަނުން ހީލައިގެން ހުރެ އެހެން ބުނުމުން އަހަރެން ހަމައެކަނި ހިނިތުންވުމަކުން ފުއަދާލީމެވެ

“ދެން އަވަހަށް ދޭ ފްރެޝް ވެލަން” އަހަރެންގެ އަތަށް ކޮތަޅެއް ލައިދެމުން ބުންޏެވެ.އަހަރެން ކޮޅަށް ތެދުވެ ފިޔަވަޅެއް ނޭޅި އުޅެނިކޮށް ލައިތް ކޮށްލިކަމަކުން އަހަރެން ދިޔައީ ތަރިބުރައިގެންނެވެ.

 

-ނުނިމޭ-

Share Article

Follow Me Written By

aanaa

Level 2100 Login100 Comments

Other Articles

Previous

އިންސާފު ލިބޭނެބާ – 28

Next

ތިޔަ ލޯތްބަށް އެދެވޭތީ… 25

Next
March 13, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 25

Previews
March 13, 2025

އިންސާފު ލިބޭނެބާ – 28

23 Comments!

  1. Miish says:
    March 13, 2025 at 12:35 pm

    Wow dooni v reethi 🥰 can’t wait for the next part dhooni 🙂 good job 👏👍 keep it up 🙂

    1. aanaa says:
      March 13, 2025 at 2:12 pm

      thank youuu siss<333
      sis thihaa kiyaa hithun ulhenyaa mirey next part submit kohleythw balaanan
      😘❤️

  2. I don’t like this says:
    March 14, 2025 at 1:11 am

    Okay.

  3. Your fav gurl says:
    March 14, 2025 at 1:12 am

    Hm not bad I love it, no listen haters keep going

  4. m says:
    March 14, 2025 at 1:13 am

    the second hand embarrassment this part gave me omg i feel bad for the nurse having to witness this cringe i think mal needs therapy instead of moving in to a strangers home

    1. Your fav gurl says:
      March 14, 2025 at 1:17 am

      Who are u to judge m. Keep quiet gurl.

    2. Anonymous says:
      March 14, 2025 at 1:27 am

      why dont you go touch some grass gurl

    3. aanaa says:
      March 14, 2025 at 2:07 am

      Next part thakun adhi hurihaa ehcheh clear vaane

  5. m says:
    March 14, 2025 at 1:17 am

    ik mal is grieving but why is this man kissing the head of a girl who he just met and is clearly not in the right mental state like

    1. Your fav gurl says:
      March 14, 2025 at 1:22 am

      Are u feeling okay cuz this story wasn’t bad at all. It was pretty good

    2. Anonymous says:
      March 14, 2025 at 1:28 am

      well everybody is allowed to have their own opinion

  6. m says:
    March 14, 2025 at 1:24 am

    honestly esfiya stories needs to stop romanticizing these kinda relationships where this vulnerable girl moves in to a guys home whom she just met and falls in love faster then my will to live like you never know a guys intentions and she needs to stop being so dependent on man

    1. Your fav gurl says:
      March 14, 2025 at 1:52 pm

      މޮޔަ ނުވެެބަ

  7. aanaa says:
    March 14, 2025 at 2:05 am

    thank you anonymous n Your fav gurl😘
    negative feedbacks r positive feedbacks vs accept kuraanan
    vrh ufaavane improve kuranvi kankan bunelyma

  8. 🤍 says:
    March 14, 2025 at 3:54 am

    waiting for the next part!! this part was very nice

    1. aanaa says:
      March 14, 2025 at 4:41 am

      thankss!!

  9. Cutie girl says:
    March 14, 2025 at 1:02 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Mal and laith gulhuvachey
    They both are made for each
    I appreciate your hard work

    1. aanaa says:
      March 14, 2025 at 1:57 pm

      thank youu cutie girl
      lets see

  10. Izzathu says:
    March 14, 2025 at 4:01 pm

    Koba dhooni

  11. aanaa says:
    March 14, 2025 at 5:43 pm

    2nd part ah changes thakeh genehsa monday ge kurin kiyaalan libeyne

  12. Izzathu says:
    March 14, 2025 at 11:44 pm

    Ekamaku ahuremen rashugai macaw belin

    1. Bis says:
      March 17, 2025 at 8:30 pm

      Why this idiot is everywhere
      I mean this izzathu or something
      Kn macaw ekey tha mi eyna mikiyany hurihaa thaaku

  13. 💫 says:
    March 15, 2025 at 1:34 am

    kon macaw eh???

Comments are closed.



All Right Reserved!