މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ދިގު ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވެއެވެ. ނަމަވެސް ކިޔުންތެރިންގެ ފަރާތުން ތަރުހީބު ލިބޭނެ ކަމަށް އުންމީދުކުރަމެވެ.
ލައިތްގެ ފޯޓޯ ފެންނަ ކޮންމެ ފަހަރަކު އެހިތްދަތި ހާދިސާގެ ހަނދާންތައް އާވެ އަހަރެންގެ ދެލޯ ކަރުނުން ތެންމާލައެވެ. ކިތަންމެ ވަރަކަށް ހަނދާން ކުރަން ބޭނުން ނުވިޔަސް، އަހަރުތަކެއް ކުރިން އަހަރެންގެ ހަޔާތް އެފުށްމިފުށަށް ޖެހުނު ހާދިސާ ވަނީ އަހަރެންގެ ހިތުގައި އަދިއަދަށް ދާންދެންވެސް ހަރުލާފައެވެ.ލޯބީގައި މި ލިބުނު ނާކާމިޔާބީގެ ސަބަބުން އަހަރެންގެ ހަޔާތް އަދަވަޅަކަށް ވެއްޓުނުކަހަލައެވެ.ލައިތްގެ ފޮޓޯ އަށް ބަލަހައްޓައިގެން އޮތްއިރު އަހަރެންގެ ހިޔާލުތައް ވަށާލައިފައިވަނީ މީގެ ތިން އަހަރު ކުރިން ހިގި ހާދިސާއަށެވެ.
*****************
ވިއްސާރަ ރެއެކެވެ.އެއްވެސް ރަހުމެއް ނެތި ބިމަށް ހަމަލާ ދެމުން ދިޔަ ވާރެއިން އަހަރެން ދިޔައީ ތެމިފޯވަމުންނެވެ. ވާރޭތެރޭ އަހަރެން ދުވަމުން ދިޔައީ މަންޒިލެއްނެތި ދަތުރުކުރާ މުސާފިރެއް ފަދައިންނެވެ.ދުވަމުންދުވަމުން ގޮސް އަހަރެން ހުއްޓެން މަޖުބޫރުވީ މީހެއް ގައިގަ ޖެހިގަނެ ވެއްޓެން ދިޔުމުންނެވެ. ދެލޯމަރާ ތަގުޅިކޮށްލެވުނީ ވެއްޓުމުން ވާނޭ ތަދު އިހްސާސް ވުމުންނެވެ.ނަމަވެސް އޭގެ ކުރިން ބާރުގަދަ އަތަކުން އަހަރެން ހިފެހެއްޓިކަން އެނގުމުން ލޯ ހުޅުވާލީމެވެ.
އަހަރެން ރަނގަޅަށް އެ ޒުވާނާ އަށް ބަލާލީމެވެ. ހިތާ ހިތުން އަހަންނަށް ކުރިމަތީ ހުރި ޒުވާނާގެ ރީތި ކަމަށް ތަޢުރީފު ކުރެވުނެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. މޫނުގައިވާ ކޮންމެ ގުނަވަނެއް އެކަމަށް ހެކިވެއެވެ. އެ ކަޅުކަންގަދަ ފުން ދެލޮލަށް ބަލައިލައިފި ކޮންމެ އަންހެންކުއްޖެއްގެ ހިތް ވިރުވާލާނެކަން ގައިމެވެ. ކަނދުރާއާ ހަމައަށް ދިގުކޮށްފައި އޮތް ބުޅީ އިސްތަށިގަނޑު ވަނީ ގަދަނޫކުލައިން ހައިލައިޓް ކޮށްފައެވެ. ލައިގެން ހުރި ހުދުކުލައިގެ ގަމީސް ގައިގަ ތަތްލަވާފަ ހުރިއިރު ރީތިކަން ހުސްކޮށްގެން ހުރިފަދައެވެ.
އަހަރެން ކުރަމުން ދިޔަ ހިތާމަ ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހަނދާނުން ކައްސާލައިގެން ދިޔައެވެ.ނަމަވެސް އެއީ ކުޑަ ހިނދުކޮޅަކަށެވެ. މީހެއްގެ ހިމާޔަތަށް ފެންބޮވައި ގަނެފައިވަނިކޮށް މީހެއްގެ ހިމާޔަތް ލިބުމުން އަހަރެންނަށް ހުރި ތަނަށް ތިރިވެވުނެވެ. ފައިން ވާގި ދޫވުމުން ތިރިވާ ބީދައިންނެވެ. އެ ގޮތްނޭނގޭ ޒުވާނާވެސް އަހަންނާ އެއްވަރަށް ތިރިވެ އަހަރެންގެ ކޮނޑުގައި ދެއަތުން ހިފަހައްޓާ ލުމުން އަހަންނަށް އަޑުން އަޑު ނަގާ ރޮވެންފެށުނެވެ. އެތައް އިރަކު ރޮއުމުގެ ސަބަބުން އަހަރެންގެ ލޮލަށް މަންޒަރު ސިފަވީ ފުސްކޮށެވެ.ހެޔަށް ގޮތްވާން ފެށިއެވެ.ދެންވީ ގޮތެއް އަހަންނަކަށް ނޭނގުނެވެ.
ހޭވެރިކަން ވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ.އިރުކޮޅަކު އެހެން އޮތުމަށްފަހު ކަންކަން ހަނދާން ވާން ފެށި އެވެ. މަންމަ ވެސް އަހަރެން ދޫކޮށް ދެމި އޮތުމުގެ ޢާލަމަށް ދަތުރު ކުރީއެވެ.ބައްޕަވެސް މަންމަގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށް ފަހު އަހަރެން އެކަނި ހާލައިގެން އުޅެން ދޫކޮށްލީއެވެ އަހަރެން ހަނދާން ހުންނަން ފެށި އިރުން ފެށިގެންވެސް ބައްޕަ އަހަރެން ދެކެ ވަރަށް ރުޅި އާދެއެވެ. ލޯބިން ދަރިފުޅާއޭ ކިޔާ ނުވެސް ގޮވާލާނެއެވެ. މަޖުބޫރު ވެގެން ނޫނީ ބަހެއް ނުކިޔައެވެ.ދައްކާ ފަހަރަކުވެސް ދައްކާނީ ދުރުހިލޭ މީހަކު ވާހަކަ ދައްކާ ހެންނެވެ.
އެވަގުތު އަހަރެން ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް އެ ޒުވާނާ ވަނެވެ.ޖަހާފައި ހުރި ޓޮމްފޯރޑް ސެންޓުގެ ވަހުން އަހަރެންގެ ނުތަނަވަސްވެފައިވާ ސިކުނޑިއަށް ލުއިކަމެއް ލިބުނު ކަހަލައެވެ.އޭނާ އައިސް އެނދު ކައިރީ ހުރި ގޮނޑީގައި އިށީނުމުން އަހަރެންގެ ހިތަށަ އެނގުން ވެލައިގެން ދިޔައެވެ. ލައިލައި ހުރި ނޭވާ ހުއްޓުނު ކަހަލައެވެ.
“މިހާ އިރު ވާއިރު ހުންނާނީ ވަރަށް ބޮޑަށް ބަނޑުހައި ވެފައެއްނު އެއްޗެއް ކާލަންވީއެއްނު”ޒުވާނާ އެހެން ބުނުމުން އަހަރެން ބޯހޫރުވާލީ ކާހިތްނުވުމުގެ ސަބަބުންނެވެ. ނަމަވެސް އަހަރެން ހުރީ ބަނޑުހައިވެގެން ހާންތިވާވަރު ވެފައެވެ.އޭރު ބަނޑު ތެރޭ ކުދިކުދި ފަނި ދުވާ ހެންވެސް ހީވެއެވެ. “އުހޫ ޖެހޭނެ ކޮންމެވެސް އެއްޗެއް ކާން އެހެންނޫނީ އަނެއް އައިވީފުޅި ގުޅާނީ ދެން އަހަރެންވެސް މިއީ ގާތް އެކުވެރި އެއް ކަމަށް ހީކޮށްލާ އަހަންނަށް ކިޔަނީ ލައިތް”އެހެން ބުނިއިރުވެސް ހުރީ ރީތި ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ. އެހެން ބުނުމުން ސިހިފައި އަހަންނަށް ލައިތް އާ ދިމާލަށް ބަލާލެވުނެވެ.
ދެމިީހުން ހަތަރުކަޅި ބައްދަލު ވިއިރު އަހަންނަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. މުޅި ހަށިގަނޑު ތެރޭގައި އެޑްރިނާލިންގެ އޮއެވަރެއް ދަތުރު ކުރި ކަހަލަ އިޙްސާސެއް ވިއެވެ. އަހަރެން އަނެއްކާވެސް ލައިތް އަށް ބަލާލަން މަޖުބޫރުވީ ލައިތްގެ މިއުޒިކެއްފަދަ ހީލުމުގެ އަޑު އިވުމުންނެވެ. އަހަރެން ހަމަ ރަނގަޅަށްވެސް އެއަޑުގެ ޖާދޫގައި ޖެހުނެވެ.ދެމީހުން ހަތަރުކަޅި ހަމަކޮށްގެން ތިބި އިރު ވާހަކަ ނުދެއްކިއެއްކަމަކު އެތައް މެސެޖެއް ދެލޮލުން ފޮނުވުނެވެ. ދެމީހުންގެ ހިތުގައި ދިޔައީ އެއް ރާގެއް ކުޅެވެމުންނެވެ.
ހިތް ދެވިއްޖޭ ކަލާއަށް ހުވާ
ހޫމް ހިތް ދެވިއްޖޭ ކަލާއަށް ހުވާ
ތީ ފުރާނައިގެ ދިރުމޭ މަގޭ ، ލޯބިވާ
ވިންދުގާވެސް ތިލޯތްބޭވަނީ ހަމަ ހުވާ
މަސްތު ވެއްޖޭ ކަލާފެނި ހުވާ
ތިޔަ ހަނދާންތަކުގައޭ ނިމިދަނީ ، ރޭދުވާ
ވިންދުގާވެސް ތިލޯތްބޭވަނީ ހަމަ ހުވާ
ނަންތި ހިތުގާ މިލިޔެވިއްޖެއޭ
މަންޒިލޭތީ އެދޭހިތްމަގޭ ،ލޯބިވާ
ވިންދުގާވެސް ތިލޯތްބޭވަނީ ހަމަ ހުވާ
ދެމީހުންނަށް ހަމަ ހޭވެރިކަންވީ ލައިތްގެ ފޯނަށް މީހަކު ގުޅުމުންނެވެ.އަހަންނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ފޯނު ހިފައިގެން ބޭރަށް ނުކުތެވެ.އޭރު މީހާ މޫނުމަތިން ދާތިކި ބަބުޅައެވެ.އަހަރެން އަނެއް ފަރާތަށް އެބުރި ލޯމަރާލީ ލަދުގަތް ވަރުންނެވެ.އަމިއްލަ ނަފްސަށް އަޑުލެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އަހަރެން ހިތަށް އަރަމުން ދިޔައެވެ. އަހަރެން މިގޮތައް ކަންކުރުމުން ލައިތް ހީކުރާނީ ކީކޭބާއެވެ.ހިތުގައި އުފެދެމުން މީދާ ޝުޢޫރު ތަކަކީ ލޯބި ހެއްޔެވެ. ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެ ހެއްޔެވެ. ދެން ހިތަށް އެރި އެއްޗަކުން އަހަރެންގެ ދެލޯ މަރާ ތަގުޅިކޮށްލައި މުޅި ގައިގައި އަތް ވަށާލެވުނީ ބަނޑުގައި ކޮކާ އުނދުހޭކަހަލަ އިޙްސާސެއް ވުމުންނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.



masha allah mi part vs vrh reethi
vrh thafaathu ehn vhk thakaa balaafa
furathama vhk r balaafa hama vrh reethi
when next?
thank you 🌷
IA friday ge kurin kiyaalan libeyne
Masha Allah mi part vrh reethi..
When’s next part??
Keep it up 👏
thank you <333
IA mirey 2nd part submit kohlaanan
friday ge kurin kiyaalan libeyne
Wow varah reethi vaahaka eh 👏👏
thank you Anonymous
Wow varah reethi vaahaka eh 👏👏
thank you darl
ly❤️
masha allah mi vhk vrh reethi, unmeedhukuran dhen in part ves hama mihaa reethi vaane kamah!!
thank you lily
masha allah, varah reethi vaahaka eh, keep going🫶🏼
thanks😘
woww very curious for the next part, when upload kuranee next part???
curious koh ninmaalymaehnu readers next part kiyaa hih vaany dhww
IA mirey submit kohlaanan
admin in upload kolleema kiyaalan libeyne
maybe friday ga noony bfr friday next part kiyaalan libeyne
Wow so beautiful
Mi part ves varha reethi Masha Allah
Unmeedhu kuran next part kiyaalan libeene kama
Can’t wait for next part
Love you
thank you<333
IA vrh avahah kiyaalan libeyne
mihaar next part ihnaany submit kollafa
furathama vhk r balaafa hama vrh reethi vhkeh
curiously waiting for the next part
when next?
thanks santhi
curious koh ninmaalymaehnu readers next part kiyaahihvaany dhw
IA vrh avahah kiyaalan libeyne
Nice
thank u
Masha Allah, Varah Reethi✨♥️
thank you!!😘