ދަމު ނަމާދު ކޮށްނިމިގެން ސޯފާގައި އިށީނދެގެން އިން ޒުވާާން އަންހެން ކުއްޖާާގެ މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައި ކުޅެލައިފައިވަނީ ރީތި ހިނިތުންވުމެކެވެ.ބެއިޖް ކުލައިގެ ޚިމާރެއް އަޅައިގެން ހުރިއިރު އެކުއްޖާގެ މޫނު މަތިން ފެންނަނީ މައުސޫމް ކަމެވެ.އަތުގައި އޮތް އެންމެ ފަހުގެ ފޯނުން ޤުރުއާން ކިޔަވަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ބަލްކަންޏަށް ނުކުމެވެން ހުންނަ ދޮރާ ދިމާލަށް ބަލާލައެެވެ. ޔަލްވީ ޤުރުއާން ކިޔަވާ ނިންމާލުމަށްފަހު، ތެދުވެ ބެލްކަންޏަށް ނިކުމެވޭ ގޮތައް ހުންނަ ބޮޑު ފުޅާ ދެދޮރުގައި ދަމާފައި […]
ސްކޫލް ދައުރުން ފެށިވެންވެސް އަބްޔަންގެ ހިތުގައި ޔަލްވީގެ ނަން ވަނީ ފެވިފައެވެ. ނަމަވެސް،އޭރު ޔަލްވީގެ ހިތުގައި ވަނީ ޝަޔާލްގެ ސޫރަ ބިންވަޅު ނެނގިފައެވެ.އަބްޔަން އަަށް ޝަޔާލްގެ ހަޤީޤަތް އެނގުމުން ޔަލްވީއަށް ވިސްނައިދޭން އަބްޔަން މަސައްކަތްކުރެއެވެ.އެހެނަސް، އެކަން ވަނީ ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ.ޔަލްވީ ކުރިމައްޗަށް ހިތި ހަޤީޤަތް ފާޅުވުމުން އަބްޔަންއާއި ޔަލްވީއާ ދެމެދު ރޭނިފައިވާ ފާރު ފުޑުފުޑު ވެއެވެ.ނަމަވެސް އޭގެ އަހަރުތަކެއް ފަހުން އެ ދެމެދުގައި އަނެއްކާވެސް ބޯމިން ނޭނގޭ އުސް ފާރެއް ލެވެނީ ފަރުދާގެ […]
ޔަލްވީ:ޔަލްވީއަކީ އަހްނަފް އާއި ޔަލީނާ އަށް ލިބުނު ދެކުދިންގެ ތެރެއިން ދުނިޔޭގައި ހުރި ހަމައެކަނި ކުއްޖާއެވެ.އުމުރުން 14 އަހަރުގައި އެ އާއިލާ ދޫކޮށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރި ޔަލްވީގެ ކޮއްކޮ ޔަލާ އަށް އިންސާފް ހޯދަ ދިނުމަށް ޔަލްވީ ކުޅަދާނަ ވަކީލަރަކަށް ވެއެވެ.ހިތި ހަޤީޤަތް ޔަލްވީގެ ކުރިމައްޗަށް ފާޅުވުމުން ޔަލްވީގެ ހިތް ފިސްފިސް ވެގެން ދެއެވެ.އެހުރިހާ ކަމެއް ކަޑައްތު ކުރިއިރުވެސް އޭނާއާ އެންމެ ގާތުގަ ވީ ޔަލްވީދެކެ ހިތާ ފުރާނައިން ލޯބިވާ ފަރާތެވެ. އިލްޔާ:އިލްޔާއަކީ މާއިޒް އާއި […]
އައްސަލާމްޢަލައިކުމް އަޅުގަނޑު ލިޔަން ފަށާފައިވާ “ޝަކުވާ” ވާހަކަ ދެން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނީ އެ ވާހަަކަ އެއްކޮށް ލިޔެ ނިމުމުން އިންޝާﷲ. އެވާހަަކަ އަށް ވުރެ ބޮޑަށް “މި ވާވަރު ބުނެދޭހިތްވޭ” ލިޔެފައިވާތީ އަޅުގަނޑު ދެން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނީ މިވާހަކަ. ވަރަށް އަވަހަށް ކިޔުން ތެރިންނާ ހަމައަށް “މި ވާވަރު ބުނެދޭހިތްވޭގެ”ޝަޚްސިއްޔަތްތަކުގެ ތަޢާރަފް އަދި ޓްރެއިލާ ގެނެސްދޭނަން. ☺ މި ވާހަކައަށް ވެސް ކިޔުންތެރިންގެ ތަރުހީބު ލިބޭނެކަމަށް އަޅުގަނޑު އުންމީދުކުރަން ☺☺☺
2ވަނަ އެޕިސޯޑްގައި މައްސަލައެއް އުޅޭތީވެ އެމައްސަލަ ރަނގަޅުކޮށް އަދި މިއަށް ވުރެ ދިގުކޮށްލިޔެލާފަ , އިންޝާﷲ ހޯމަ ދުވަހުގެ ކުރިން ކިޔުންތެރިންނަށް ކިޔާލަން ލިބޭނެ. ނަމަވެސް މިވަގުތު އަޅުގަނޑުގެ ބަލި ހާލަތު ހުރި ގޮތުން ކިޔުންތެރިންނާ ހަމައަށް 2ވަނަބައި ގެނެސްދިނުމަށްފަހު ދެން އަޅުގަނޑު ކިޔުންތެރިންނާ ބައްދަލް ކޮށްލާނީ ހަފްތާއެއްވަރު ފަހުން. އުންމީދުކުރަން ކިޔުންތެރިންނަށް 2ވަނަ ބައި ކަމުދާނެ ކަމަށް😊
ދެން ހިތަށް އެރި އެއްޗަކުން އަހަރެން ދެލޯ މަރާ ތަގުޅިކޮށްލައި މުޅި ގައިގައި އަތް ވަށާލެވުނީ ބަނޑުގައި ކޮކާ އުނދުހޭކަހަލަ އިޙްސާސެއް ވުމުންނެވެ. ************************ ހަގީގަތުގައިވެސް ލައިތްގެ ހިތުގައި އަހަންނަށްޓަކައި އިޙްސާސްތަކެއް އުފެދުނީހެއްޔެވެ? ނޫންނަމަ އެ މޫނުމަތިން އެފެނުނީ ކޯއްޗެއް ހެއްޔެވެ?ނަފްރަތު ހެއްޔެވެ? ނޫނެކެވެ. އަހަންނަށް ލައިތްގެ މޫނުމަތިން ފެނުނު އިޙްސާސްތައް ތަރުޖަމާ ކުރުމަށް ވަނީ ނުކުޅެދިފައެވެ. ނަމަވެސް އެ ދެލޮލުން ލޯބި ނޫން އެހެން އެއްޗެއް ނުފެނެއެވެ. ހިޔާލުތަކު ތެރެއަށް ޣަރަގު ވެފައި ވަނިކޮށް އަހަރެން […]
މިއީ އަޅުގަނޑު ލިޔާ ފުރަތަމަ ދިގު ވާހަކަ ކަމުން ކުށް ހުރުން އެކަށީގެންވެއެވެ. ނަމަވެސް ކިޔުންތެރިންގެ ފަރާތުން ތަރުހީބު ލިބޭނެ ކަމަށް އުންމީދުކުރަމެވެ. ލައިތްގެ ފޯޓޯ ފެންނަ ކޮންމެ ފަހަރަކު އެހިތްދަތި ހާދިސާގެ ހަނދާންތައް އާވެ އަހަރެންގެ ދެލޯ ކަރުނުން ތެންމާލައެވެ. ކިތަންމެ ވަރަކަށް ހަނދާން ކުރަން ބޭނުން ނުވިޔަސް، އަހަރުތަކެއް ކުރިން އަހަރެންގެ ހަޔާތް އެފުށްމިފުށަށް ޖެހުނު ހާދިސާ ވަނީ އަހަރެންގެ ހިތުގައި އަދިއަދަށް ދާންދެންވެސް ހަރުލާފައެވެ.ލޯބީގައި މި ލިބުނު ނާކާމިޔާބީގެ ސަބަބުން އަހަރެންގެ ހަޔާތް […]