Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންލޯބި

ދުރުވާން ޖެހުނަސް 07

blackshadow eddie
blackshadow eddie Level 210 Stories
March 11, 2025 3 Mins Read
1 Comment

ޒައިނާ އާއި ޒަކުވާން  ގެ ގުޅުމަށް އެތަކެއް ހީނަރު ތަކެއް އައިސްފިއެވެ . އެތަކެއް ގޮން ޖެހުން ތަކެއް ކުރިމަތި ލާން ޖެހުނެއެވެ . އެތަކެއް ރެޔަކު ޒައިނާ ނިދެނީ ޒަކުވާން ގެ ހަދާނުގައެވެ . އެތަކެއް ރުޔުމެއް ރޮއެފައެވެ .  ޒައިނާ ޒަކުވާން އަށް އެތަކެއް އާދޭހެއް ކުރަމުން ގެންދެއެވެ . ތި ގޮތަށް ކަންތައް ނުކުރުމަށެއެވެ . ” ރާނިޔާ … ޒަކުވާން ނުވެސް ގުޅާ . ވަރަށް ދުވަސް ވެއްޖެ ނުގުޅާ ތާ ވެސް . އަހަންނަކަށް ނޭންގެ ދެން ” ޒައިނާ ރޮވިފައި ހާލު ރާނިޔާ ކައިރީ އެ ވާހަކަ  ހިއްސާ ކުރެވުނެއެވެ . ސަބަބަކަށް ވަނީ ރާނިޔާ އަކީ ޒައިނާ ހުރިހާ ދެރަ ކަމަކާ އުފާވެރި ކަމެއް ހިއްސާ ކުރަމުން އަންނަ އެކަކެއެވެ .  ” އެއީ ކީއްވެ ޒަކުވާން ނުގުޅާ އެ އުޅެނީ ” ރާނިޔާ ސުވާޅު ކުރިއެވެ .

” އެއީ އަހަންނާ ރާނިޔާ ދެ މީހުން ގިނަ އިރު ފޯނުގައި ތިބީމާ އެކަމާ ޝައްކު ކުރެވިގެން އެހެން ވެ . ” ޒައިނާ ބުނެލިއެވެ .

މިނެޓް ގަޑީރަށް ބަދަލު ވެގެން ދެއެވެ . ގަޑީރު ދުވަސް ތަކަކަށް ބަދަލު ވެގެން ދެއެވެ . ދުވަސްތަސް ގަޑީ ހަފްތާ އަކަށް ބަދަލު ވެގެން ދެއެވެ . ހަފްތާ ތައް މަސްތަކަކަށް ބަދަލު ވެގެން ގޮސްފިއެވެ . ޒަކުވާން ގެ އެއް ވެސް ހިލަމެއް ނުވެއެވެ .

ހަވީރު ގެ ވަގުތެއެވެ . ޒައިނާ އުޅެމުން ދިޔައީ ހަވީރު  ގަޑި ވުމުން ހިގާލަން ދިޔުމަށް ތައްޔާރު ވެލާށެއެވެ .   ޒައިނާ ގެ ފޯނު ވައިބްރޭޓް ވިއެވެ . ޒައިނާ ފޯނު ވައިބްރޭޓް ވުމުން ކާކު ތޯ ބަލާލިއެވެ . ސޭވް ނުކުރާ ނަމްބަރ އަކުންނެއެވެ .  .

” ސޮރީ ބޭބީ . މިޔޮށް ހާ ދުވަހު ބޭބީ އަށް މެސެޖް ނުކޮށް މި އުޅެވުނީ މާ ވެސް . އެއީ ފޯނު ހަލާކު ވެގެން ފޯނެއް ނުގަނެވިގެން އުޅުނީމާ … އޭގެ ފަހުން ރަށަށް ވެސް ނުދަން .  މި އުޅުނީ ފޯނު ހޯދަން ލާރި އެއްކުރުމުގާ  ވަރަށް މިސް ވި . ވަރަށް ވެސް ލޯބި  ފުރޮމް ޒަކުވާން “ ޒަކުވާން މެސްޖް ފެނުމުން ޒައިނާ ގެ މޫނު މަތިން އުފާވެރި ކަމެއް އައެވެ . އަދި އެކަންތައް ގަބޫލް ކުރެވުނެއެވެ .

ޒައިނާ ދެރަވެފައި ހުރި މޫނު މަތިން އުފާވެރި ކުލަވަރު ތައް އަންނަން ފެށިއެވެ . ޒަކުވާން ގެ އެ މެސެޖް ފެނުމުން ފުރަތަމަ ވެސް ގުޅީ ރާނިޔާ އަށެއެވެ . ” އޭ…. އޭ …… ރާނިޔާ  ވަރަށް ވެސް އުފާވެރި ” ޒައިނާ އުފަލުން ފޮޅިފައި  ރާނިޔާ އާ ވާހަކަ ދެއްކިއެވެ . ” ހޫމް ކިޔާ ދީބަލަ ވެގެން އުޅޭ ގޮތެއް ” ރާނިޔާ ބުނެލިއެވެ ” ޒަކުވާން އަހަންނަށް މެސެޖް ކޮށްފި އަދި ވެގެން އުޅޭ ގޮތުގެ ވާހަކަ ބުނެފި ނ” ރާނިޔާ ބުނެލިއެވެ . ” މަ އޭރުވެސް ބުނީމެނު …. އަދި ހަބަރެއް ވާނޭ …. ” ރާނިޔާ ބުނެލިއެވެ .

އެ ހަބަރު ރާނިޔާ އަށް ދިނުމަށް ފަހު . ޒައިނާ ތައްޔާރު ވަމުން ދިޔައީ ބޭރަށް ދިޔުމަށެއެވެ .  ޒަކުވާން  ރިސޯޓް ގައި މަސައްކަތް ކުރަމުން އަންނާތީ  ހުސް ވަގުތު ރާނިޔާ އަށް މެސެޖް އެއް ކޮއްލައެވެ . މަދުން ނޫނީ . ރާނިޔާ އަށް ގުޅާގެން އެހެން ނުމެ އުޅެއެވެ .  އެކަމަކަށް ޒައިނާ އެއްވެސް ޝަކުވާ އެއް ނުކުރެއެވެ . އަބަދު ވެސް ޒައިނާ ހުންނަނީ ހެވިފައެވެ . ސަބަބަކަށް ވަނީ ޒަކުވާން އަކީ ޒިއްމާދާރު ޒުވާނަކަށް ވާތީ އެވެ .

ދުވަސް ކޮޅެއްގެ ފަސް . ޒަކުވާން ޗުއްޓީ އަށް ރަށަށް އައެވެ . ނަމަވެސް ޒައިނާ ކައިރީ އޭގެއިން އެއްވެސް ވާހަކަ އެއް ނުދަކައެވެ . އަދި ރަށައް އައި ވާހަކަ އެއް ނުބުނެއެވެ .  ސަބަބަކަށް ވަނީ ޒައިނާ އަށް މިކަންތައް ސަޕްރައިސް އަކަށް ދިނުމަށެއެވެ . އަދި ޒަކުވާން މި ފަހަރު އެއައީ ކައިވެނީ ގެ ކަން ތައް ތައް ނިންމާލުމަށެއެވެ .

މެންދުރުގެ އަވި ގަދަ ވަގުތެއެވެ . ޒައިނާ  ނިކުތީ ގެޔަށް ބޭނުން ވާ އެއްޗެއް ގަނެލުމަށް ޓަކައެވެ . ޒައިނާ ހުރީ ރަށުގެ އެންމެ ބޮޑު އެއްފިހާރަ އާ ދިމާ އަށެއެވެ . އެއީ ރަށު މީހުން ވެސް އަދި އަތޮޅު މީހުން ވެސް   ދާ އެއް ފިހާރައެވެ . ޒައިނާ ފިހާރައިން އެއްޗިހި ގަތުމަށް ފަހު އެ އެއްޗިހީގެ އަގު ދެއްކުމަށް ޓަކައި ކައުންޓަރ ކައިރި އަށް  ދިޔައެވެ . ޒައިނާ އަށް އެއްލި ކަޅި އަކުން ޒައިނާ ދަންނަ މީހަކު ފެނުނެއެވެ .  ރަގަޅަށް ކާކު ތޯ ބަލާލުމަށް ޒައިނާ މަޑު ކޮއްލިއެވެ .  އެ ޒުވާނާ ފިހާރާގެ ސޭޓް ކައިރީގައި ޒައިނާ ނެގި އެއްޗިހި އަގު ބުނެ ދިނުމަށް އެދުނެއެވެ .   އެ ޒުވާން ފިރިހެން ކުއްޖާ . ހުރީ ޒައިނާ އާ ފުރަގަސް ދިނުމުގެ ސަބަބުން ޒައިނާ އަށް އެއީ ކާކު ކަމެއް ނޭންގުނެއެވެ . ނަމަވެސް ޒައިނާ އަށް ޝައްކުވާ މީހަކަށް ވެއެވެ .  .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

ހިއް އެދެނީ ކަލާއިށް 2

Next

ޒުލޭ

Next
March 11, 2025

ޒުލޭ

Previews
March 11, 2025

ހިއް އެދެނީ ކަލާއިށް 2

One Comment

  1. Aysh says:
    March 27, 2025 at 11:30 pm

    Vrh vrh reethi mi part… curious about the next part🤗

Comments are closed.

Next Episodeދުރުވާން ޖެހުނަސް 8←


All Right Reserved!