ދުރުވާން ޖެހުނަސް 06
ރޭގަނޑުގެ ވަގުތެއެވެ . ރޭގަނޑުގެ ނާސްތާ ކުރުމަށް ޒައިނާ އާއި ޒައިނާ މަންމަ އަދި ބައްޕަ . ރޭގަނޑުގެ ނާސްތާ ކުރުމަށް މޭޒު ދޮށުގައި ތިއްބެއެވެ . ޒައިނާ ވިސްނުން ތެރި ކަމާ އެކު ގޮވާލިއެވެ
” މަންމާ ބައްޕާ އަޅުގަނޑު ކުއްޖަކާ ލޯބީގެ ގޮތުން ގުޅިއްޖެއިން ” ޒައިނާ މަޑުމާއިތިރި ކަމާއެކު ބުނެލިއެވެ ” އަނެއްކާ ކޮން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުނީ ” ލޮއިއްބާ އެކު މަންމަ ( އާބިދާ ) އަހާލިއެވެ . ” އެ ކުއްޖާ މި ގެޔަށް ގެންނާނަންނ . މާދަމާ ވަގުތެއްގައި ” ޒައިނާ ބުނެލިއެވެ
ދަންވަރު ގެ ހަމަ ހިމޭން ވަގުތެއެވެ . ރަށް ވަނީ ނިދިން މަރު ވެފައެވެ . އެއްވެސް މީހެއް ގެ ހިލަމެއް ނެތް ކަހަލަ އެވެ . ރޭގަނޑު އަހަރުމެން ގެ ލޮލަށް ނުފެންނަ ފަނި ފަކުސާ ނޫން އިތުރު އަޑެއް ނުމެ އިވެއެވެ . އެ ވަގުތު ގައި ވެސް އެ ހާލުގައި ވެސް ޒައިނާ ގެ ލޮލަކަށް ނިންޖެއް ނުމެ އާދެއެވެ . ލޯ މަރާލިޔަށް ފެނިގެން ދަނީ ޒަކުވާން ގެ އެ ރީތި މޫނެއެވެ . އެ ހިނިތުން ވުމެއެވެ . ޒައިނާ ހިތާ ހިތުން ކިޔާ ލެވުނެއެވެ . މި ރަށުން ކުދިން ލޯބީގެ ގޮތުން ގުޅުމަށް މަސައްކަތް ކުރަމުން ގެދިޔަ އިރު އެ ކުދިންނަށް ނޫން ބަސް ބުނަމުން ގެދިޔަ އިރު ވެސް . ޒަކުވާން އަށް އާ ބަސް ބުނެވުނީ ކީއްވެގެން ބާ ވައެވެ . ކޮން ކަހަލަ ޖާދޫވީ ބާރެއް ބާ ވައެވެ .
އެ ހިޔާލުގައި އޮތް ވައި ޒައިނާ ފޯނު ރިންގު ވާން ފެށިއެވެ . ޒައިނާ ފޯނު ބަލާލި އެވެ . ޒަކުވާން އެވެ . ” ހަލޯ އަދި ވެސް ނުނިދަނީ ތަ ؟ ” ޒަކުވާން އަހާލިއެވެ . ” އާން ނުނިދިފާ . އަބަދު ވެސް ބޭނުން ވަނީ ތި އަޑު އަހަން … ” ޒައިނާ ބުނެލިއެވެ . ” ޒަކުވާން ކިހިނެއް ވީ ނުނިދިފައި ” ޒައިނާ ސުވާލު ކޮއްލިއެވެ . ” ދެން ޒައިނާ އަށް އިގޭނެ އެއް ނު ތި އަޑު ނާހާ ނުނިދާނެ ކަން ” ޒަކުވާން ބުނެލިއެވެ . ޒަކުވާން އަދި ޒައިނާ ގެ ލޮލަށް ނިދި ސަވާރު ވެއްޖެއެވެ . މަޑު މަޑުން 2 މީހުން ފޯނުގައި އޮވެގެން ނިދިއްޖެއެވެ . ޒައިނާ އާއި ޒަކުވާން އަށް ނިދުނީ ކިހިނެއް ކަމެއް ވެސް ނުމެ އިގެއެވެ .
ދަރިފުޅާ ޒައިނާ ވަހަށް ތެދުވޭ އެޔޮށްގެން 11 ޖަހަނީ .. ޒައިނާ ކޮޓަރީގެ ދޮރު ކައިރީގައި ހުރެގެން މަންމަ ގޮވާލިއެވެ . މިޔަދު ބަންދު ދުވަހެއް ކަމުން ޒައިނާ އަށް ހޭ ލެވުނީ ޒައިނާ މަންމަ ގޮވާ އަޑަށެއެވެ . : މަންމާ މި ތެދުވީ … ނިދި އަޑަކުން ޒައިނާ ބުނެލިއެވެ . ޒައިނާ ފޯނު ބަލާލި އިރު ތެދެކެ . ހެނދުނު 11:00 ޖަހަނީއެވެ 2 މިސްކޯލް އައިސްފައިވެއެވެ . އަދި 1 މެސެޖް ލިބިފައި އިނެއެވެ . ޒައިނާ އަށް ގުޅާފައި އިނީ ކާކުތޯ ބަލާލި އިރު އެކަކަށް އިނީ ރާނިޔާ އެވެ . އަނެކަކީ ޒަކުވާން އެވެ .
ޒައިނާ ފޯނު ބަލާލުމަށް ފަހު ޒައިނާ ހިގައި ގަތީ ފާހާނާ ކޮށްލުމަށެއެވެ . ފާޙާނާ ކޮށްލުމަށް ފަހު ޒައިނާ އަށް ގުޅާފައި ތިބި މީހުންނަށް ގުޅާނަމޭ ހިތާއެވެ .
ތެއް ކޮށް އޮތް އިސްތަށިގަނޑު ހުޅި އެއް ޖަހާލުމަށް ފަހު ޒައިނާ ފޯނު ނެގުމަށް ފަހު އެންމެ ފުރަތަމަ ވެސް ގުޅާލީ ރާނިޔާ އަށެއެވެ . ސަބަބަކަށް ވަނީ ރާނިޔާ ކޮށްފައިވާ މެސެޖް އަކުންނެއެވެ . އެއީ ވާހަކަ އެއް ދައްކާލުމަށް ބުނެ ކޮށްފައިވާ މެސެޖް އަކުންނެއެވެ . ތެދިން ފަހަރަކު ފޯނު ރިންގު ވުމަށް ފަހު ރާނިޔާ ފޯނު ނެގިއެވެ . ” ހާދަހާ ހެނދުނަކާ އެ އޮތީ ގުޅާފާ އަނެއްކާ މެސެޖް ކޮށްފާ . އަނެއްކާ ކިހިނެއް ވީ ؟ ” ޒައިނާ ސުވާލަކަށް ފަހު ސުވާލެއް އަމުނަމުން ގެންދިޔައެވެ . ” މިހާރު ބިޓެއް ނެގި ފަހުން އަހަރުމެން މަތިން ހަނދާން ނައްތާލީ ދޯ . އަނެއްކާ އެއްކަލަ ސޮރު ތަ ؟ ޒައިނާ އާ ހެދިގެން މޮޔަ ވި ސޮރު ތަ ؟ ” ރާނިޔާ ސުވާލު ތަކުން އަމުނާލިއެވެ . ” ރާނިޔާ ކައިރީ ކާކު ބުނީ ތި ވާހަކަ . ” ޒައިނާ ހައިރާން ވެފައި ހުރެ ބުނެލިއެވެ . ” ޒައިނާ ދެން ހެވޭ އޮޅުވައި ނުލާ . މަ ކައިރީ ދައްކާނޭ މީހުން ތިބޭނެ ދޯ ” ރާނިޔާ ވަގު ހިނި އައިސްފައި ބުނެލިއެވެ .
ޒައިނާ އާއި ރާނިޔާ އެތަކެއް ވާހަކަ އެއް ދައްކަމުން ގެންދިޔައެވެ . ދިރިއުޅުމުގެ އެކި ވާހަކަ ތަކުންނެއެވެ . ރާނިޔާ އާއި ޒައިނާ ގެ ފޯނު ގައި ހުރި ވަގުތު ގައި ވެސް . ޒަކުވާން 8 ފަހަރު މިސް ކޯލް ވެގެން ދިޔައެވެ . ރާނިޔާ ކުރު ކޮށްލުމުގެ ގޮތުން ބިޒީ ވެއްޖޭ ކިޔުމަށް ފަހު ފޯނު ކޯލް ކުރު ކޮއްލިއެވެ . އަދި ފަހުން ގުޅާނަމޭ ކިޔާފައި ފޯނު ބޭއްވިއެވެ .
” ސޮރީ ބޭބީ . ރާނިޔާ ގުޅީ އެހެން ވެ ފޯނު ނުނެގުނީ … ” ޒައިނާ ޒަކުވާން އަށް މެސެޖް ކޮށްލިއެވެ . ” ދެން އޯކޭ . އަހަންނަށް އިގޭ އަހަންނަށް ވުރެން މުހިއްމު މީހުން ތިބޭނެ ކަން ” ޒަކުވާން ކުރި މެސްޖް އަކުން ޒައިނާ ހުރީ ދެރަ ވެފައެވެ . އަދި ޒަކުވާން ހިތް ހަމަ ނުޖެހިފައި ކަން އިގެއެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Zaina and zakvaan dhuru nukurachey
They both are made for each other
not the gaslighting who does this zakwaan think he is