ދުރުވާން ޖެހުނަސް 8
ކިޔުން ތެރިންގެ ސަމާލު ކަމަށް .
،މި ވާހަކަ އަޕްލޯޑް ނުކުރެވިގެން ދިޔައީ …. ވަރަށް ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުންނެއެވެ . ނަމަވެސް ރޯދަ މަހު ގެ ފަހު 10 ގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ވާހަކަ އެޕިސޯޑް ތަށް ނިކުންނާނެ ވާހަކަ ދަންނަވާލަން
ޒައިނާ އަށް ޝައްކުވާ މީހަކަށް އެބަ ވެއެވެ . މީނާ އައީ ކޮން އިރަކު ބާވައެވެ . އަހަރެން ނުދަންނަ މީހަކު ވެއްޖެ ނަމަ އަހަރެން ނެގި އެއްޗިހީގެ ބިލު ކަޑާ ލުމަކަށް ނުބުނާނެއެވެ . ޒައިނާ ހިތާ ހިތުން ކިޔާ ލެވުނެއެވެ . އެ ޝައްކުގެ ހާލުގައި ޒައިނާ ފިހާރައިން ނިކުތެއެވެ . އަދި އެއީ ކާކު ތޯ ބަލާލުމަށް ޝައުގުވެރި ކަން އައެވެ .
ޝައްކު ހަމަ ޔަޤީން ވިއެވެ . އެއީ ޒަކުވާން އެވެ . ގިނަ ދުވަސް ތަކެއް ވަންދެން ނުފެނި ހުރެފައި ފެނުމުން ޒައިނާ އަށް ޒަކުވާން ފެނިގެން ދިޔައީ ވެސް ވަރަށް ވެސް ހިކި ކޮށެއެވެ . ޒަކުވާން ފިހާރައިން ނިކުމެ އިރުކޮޅެއްވެސް ނުމެވެއެވެ . ޒަކޫ އޭ ކިޔާފައި ފަހަތުން ބައްދައި ގަތެއެވެ . ޝަކުވާ ގެ ރާގަށް ޒައިނާ ސުވާލު ކުރިއެވެ . ” ކީއްވެ އަހަރެން ކައިރި ނުބުނެ ތި އައީ އަހަރެން ޒަކުވާން އަށް ހާދަ އިންތިޒާރެއް ކުރީމޭ ޒަކުވާން އަންނާނެ ކަމަށް ….. އަހަރެން ކައިރީ ބުނާނެ ކަމަށް ” ޒައިނާ |ޝަކުވާ ރާގަކަށް ބުނެލިއެވެ .
” ދިސް އިސް އަ ސަޕްރައިސް . އަހަންނަށް އިގޭ ޒައިނާ އަށް ނޭންގޭނެ ކަން ވެސް …. ކުޑަ ކޮށް ހިތް ތަޅުވާލިއެވެ . ” ޒަކުވާން ހިނިގަޑެއް ޖަހާލުމަށް ފަހު ބުނެލިއެވެ .އެހެން ބުނުމަށް ފަހު ޒަކުވާން ސައިކަލް އަށް އަރަމުން ބުނެލިއެވެ . ” ގެޔަށް ޑްރޮޕް ކޮށްލަ ދީފާނަން ” ޒަކުވާން ބުނެލިއެވެ .
“އޯކޭ ” ޒައިނާ ބުނެލިއެވެ . ޒައިނާ ސައިކަލު ފަހަތަށް އެރުމުން ޒަކުވާން ސައިކަލް ދުއްވާލިއެވެ . އަދި ޒައިނާ މެން އުޅޭ ގެޔާ ދިމާ އަށް ދުވާލިއެވެ .
އިރު ކޮޅެއްގެ ފަސް …
ސައިކަލް ޒައިނާ މެން ގެ އާ ހަމަ ވުމުން ޕާކް ކޮށްލިއެވެ . ޒައިނާ ފޭބުމުން . ބޮޑު ސަޕްރައިސް އެއް އޮންނާނެ ވާހަކަ ބުނެލިއެވެ . އަދި ޒައިނާ އުފަލުން ފޮޅޭނެ ކަން ވެސް ގަބޫލް ކުރާނެއެވެ . އެހެން ބުނުމަށް ފަހު ޒަކުވާން ސައިކަލް ދުއްވާލިއެވެ . އަދި ޒައިނާ ގެޔަށް ވަދެއްޖެއެވެ .
” މަންމާ …. މަންމާ ” ގެޔަށް ވަންނަމުން ގޮވަމުން ގެންދިޔައެވެ . ” ކިހިނެއް ތަ ވީ ތިހާ ބާރަށް ތި ގޮވަނީ ….. ހާދަހާ އުފާވެރި ކޮށް ތި އުޅެނީ …… ” ޒައިނާ ގެ މަންމަ ބުނެލިއެވެ .
” މަންމާ އަހަރެން ކުއްޖަކާ ރައްޓެހި ވެއްޖެއިން ” ޒައިނާ ބުނެލިއެވެ . ” އަނެއްކާ ކާކު އާ ” ޒައިނާ ބުނެލިއެވެ . ” ޒަކުވާން ކިޔާ ކުއްޖެއް .. ” ޒައިނާ ބުނެލިއެވެ . އެހެން ބުނުމުން ޒައިނާ ގެ މަންމަ ގެ މޫނު މައްޗަށް ހިތް ހަމަ ނުޖޭ ކުލަ ވަރު އައެވެ . އަދި އެއްވެސް އެއްޗެކޭ ނުބުނެ އެތަނުން ދިޔައެވެ .
ހަވީރުގެ ވަގުތެއެވެ . ޒަކުވާން ޒައިނާ އަށް ޑައިލް ކޮށްލިއެވެ . އިރު ކޮޅެއް ނުމެ ވެއެވެ . ޒައިނާ .. ފޯނު ނެގިއެވެ . ” ކޮބާ ޒައި … އަވަހަށް ރެޑީވޭ މިދަނީ ތިގޭ ކައިރިއަށް ” ޒަކުވާން ބުނެލިއެވެ . ” އޯކޭ ” ޒައިނާ ދެރަވެފައި އިން ގޮތަކަށް ބުނެލިއެވެ . ” ޒައި އަނެއްކާ ކަމެއް ގޯސް ވީ ތަ ” ޒަކުވާން ބުނެލިއެވެ . ” ނޫން ނުވޭ ” [
ޒަކުވާން ޒައިނާ ގޭ ކައިރިއަށް ކައިރި ކޮށްލުމަށް ފަހު ސައިކަލް އިން ބަރުގަނު އަޅާލިއެވެ . އަދި ޒައިނާ އެ އަޑަށް ގެއިން ބޭރަށް ނިކުތެއެވެ . ޒަކުވާން އަށް ޒައިނާ ދެރަވެފައި ކަން ނުދެއްކި ކަމުގައި ވީ ނަމަވެސް ޒަކުވާން އަށް ޒައިނާ ދެރަވެފައި ހުރި ކަން ހާމަވެގެން ދިޔައެވެ . ނަމަވެސް ޒަކުވާން އެ ވާހަކައެއް ޒައިނާ ކައިރީ ނުބުނެއެވެ .
ސައިކަލް ބުރެއް ޖަހާލުމުން ޒައިނާ ގެ މޫޑް ރަގަޅު ވާނެ ކަމަށް ބެލިއެވެ . ޒަކުވާން ދާން ވީ މަންޒިލް އަށް ދެވެން ދެން ދެމީހުން އެއްވެސް ވާހަކަ އެއް ނުމެ ދައްކައެވެ . މަޑު މައިތިރި ކަމާއެކު . އިނެއެވެ .
ޒައިނާ ކޮން ކަމަކާ ތި ވިސް ނަނީ އަނެއްކާ މީހަކު އެއްޗެކޭ ބުނީ ތަ ނޫނީ މީހަކު އެއްޗެކޭ ކީ ތަ ؟ ޒަކުވާން ހިތް ހަމަ ނުޖެހޭ ގޮތަކަށް ބުނެލިއެވެ .
” ޒަކޫ އައި އެމް ސޮރީ .. މިހާ މޫޑް އޮފް ކޮށް އިންނަން ޖެހުނީމާ ވެސް . އެއީ އަހަރެން ގެ މަންމަ ކައިރީ ގައި މި ވާހަކަ ބުނީމާ މަންމަ ހިތް ހަމަ ނުޖެިފައި ހުރީ ” ޒައިނާ ދެރަވެފައި ބުނެލިއެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


Mi part ves v reethi masha Allah
Curiously waiting for next part
Keep it up
I appreciate your hard work
Zai and zakvaan gulhuvachey
They both are made for each other
ވަރަށް ސަޅި މި ޕާރޓް ވެސް