Skip to content
އެސްފިޔަ

ދުރުވާން ޖެހުނަސް 05

” އަސްލު މި ވީ ކުޑަ ދުވަސް ކޮޅު އަހަރެން ޒައިނާ މަތިން ވަރަށް ހަނދާން ވި ވާހަކަ ދައްކަން ވެސް ބޭނުން ވި  ” ޒަކުވާން ގެ އުދާސް ތައް ޒައިނާ އަށް ބައްޑުން ކޮއްލިއެވެ . އަދި ޒައިނާ އާ ލޯބީގެ ގޮތުން ގުޅެން ބޭނުން ވީ ވާހަކަ ވެސް ޒައިނާ ކައިރީގައި ބުންޏެއެވެ .

” އަދިރީގެ ތެރެއިން ، އަލި ކަން ލިބުނޭ

ފެނުނިމާ ތިމާ ބިނަން ބޭނުމޭ ”

ޒައިނާ އާއި ޒަކުވާން ގެ ދިރިއުޅުމަށް އުފާވެރި ދުވަސް  އައި ކަހަލައެވެ . ބަހާރު މޫސުން އައި ފަދައެވެ .  ޒައިނާ އާއި ޒަކުވާން އަށް ގަޑި ހަގާ ގޮތް ވެސް ނޭންގެއެވެ . ރަށުން ޒައިނާ އަށް ވަޒީފާ އެއް ލިބިގެން ދިޔައެވެ .  ސްކޫލް ނިންމާލި ފަހުން 5 ވަނަ މަހު ޒައިނާ ވަޒީފާ އަށް ނިކުތެއެވެ .  2 މީހުންނަށް  ނުވަތަ ޒައިނާ އަށް ހުސްވަގުތެއް ލިބުނީމާ ޒަކުވާން އަށް ގުޅައެވެ . ޒަކުވާން އަށް ހުސް ވަގުތެއް ލިބުމުން ޒައިނާ އަށް ގުޅައެވެ .

ޒައިނާ އަކީ  ހަމުގެ ކުލަ ދޮން ކުއްޖެކެވެ . ޒުވާން ފުރާގެ ފިރިހެން ކުދިން ހިތް ކަތިލައެވެ . އަދި ޒައިނާ ކައިރި އަށް  އެކި ފިރިހެން ކުދިން ލޯބި ހުށަ އަޅަމުން ގެންދެއެވެ . ނަމަވެސް ޒައިނާ އަށް އެ މީހުންނަށް ބުނަމުން އަންނަނީ ނޫނެކެވެ .

ނަމަވެސް ޒަކުވާން އެހުމުން  އާ ބަސް ބުނެވުނީ ކީއްވެގެން ކަމެއް ނޭންގުނެއެވެ . ޒަކުވާން އާ ބަސް ބުނެވުނީ ކޮށް  ޖާދުލެއް ދައްކާ ގެން ބާ ވައެވެ .

” މަ ބޭނުން ވެޔޭ  ސޫރަ ފެނިލާ އުޅެން

އެދެންޔާ އި އުމުރަށް  އުމުރަށް ހިތާ ގުޅެން ”

ޒައިނާ ޒަކުވާން އަށް އަށް މެސެޖް ގެ ޒަރިޔާ އިން ފޮނުވާލިއެވެ . އަދި ވަރަށް ވެސް ލޯބި ވާ ވާހަކަ ބުނެލިއެވެ . ޒައިނާ ދުވަހަކު ވެސް ރުޅި އެއް ނުވުމަށް އެދުނެއެވެ .  ޒަކުވާން ވެސް އެޔަށް ޖަވާބު ދެމުން ބުނެލިއެވެ .  ” މަ ވެސް ދުވަހަކު ވެސް ދުރެއް ނުދޭނެ ކަމަށާއި .، އުމުރަށް އުޅޭނެ ކަމަށް ވައުދު ވިއެވެ .

ޒައިނާ އަށް 18 ވީ ދުވަހެއެވެ .  ” ޒައިނާ އަށް ސަޕްރައިސް އެއް ދޭން އެބަ ވިސްނަން …. ” ޒަކުވާން  ޒައިނާ އަށް މެސެޖް ކޮއްލިއެވެ . ” އަސްލު ވެސް ތަ ” ޒައިނާ ޖަވާބު ދިނެއެވެ .  ” ޔެސް . ޒައިނާ . އެހަށް މަޑު ކޮށްލާ …  ” ޒަކުވާން ޖަވާބުގައި ދިނެއެވެ .

ހަވީރު ގެ ވަގުތެއެވެ . ޒައިނާ  ނިކުމެލީ ހަވީރު  ފިއްޏަށް ހިގާލާށެއެވެ .  “ ޒައިނާ ” ފަހަތުން ޒައިނާ ގެ ނަން މީހަކު ގޮވާލި އަޑު އިވުނެއެވެ . ޒައިނާ އަށް ޝައްކު ވެގެން ދިޔައީ އެއީ ޒަކުވާން އެވެ .  އާއެކެވެ . އެއީ ޒަކުވާން އެވެ .  ”  ހިތުގައި ވަނީ ތިބާ ގެ ނަން ، ގުޅިފައި ވަނީ ހިތާ މެޔާ ” ޒަކުވާން  ޒައިނާ ފެނުމުން ފުރަތަމަ ވެސް ކިޔައި ދެމުން ދިޔައީ އެ ލަވަ އެވެ .

ޒަކުވާން އަކީ އަބަދު ވެސް ލަވައިގެ ދުނިޔޭގައި އުޅެމުން އަންނަ އެއް ފަރާތެއެވެ . އެކަން އިގެމުން އަންނަނީ ވަކި ބަޔަކަށެއެވެ .  ޒަކުވާން ހިތުގައި އޮންނަ އެއްޗެއް ބުނަމުން އަންނަނީ ޅެމަކުންނެއެވެ . މިއީ ޒަކުވާން ގެ އާދަޔާ ހިލާފް ކަމެކެވެ .  ” ޒަކުވާން ތަ ؟ ކޮން އިރަކު އައީ …. ނުވެސް ބުނެ ތި އައީ ؟ ” ޒައިނާ ހައިރާން ވެފައި ސުވާލު ތައް އަމުނާލިއެވެ  ” ދެންމެ މި އައީ ، ޔެސް ، ޒައިނާ އަށް ސަޕްރައިސް އެއް ދޭން ވެގެން ނުބުނެ މި އައީ ” ޒަކުވާން ހިނިތުން ވެލާފައި ބުނެލިއެވެ .

ޒަކުވާން އަކީ ރިސޯޓް ގައި މަސައްކަތް ކުރާ ޒުވާން ކުއްޖެކެވެ . ސްކޫލް ދައުރު ނިއްމާލުމަށް ފަހު . ޒަކުވާން ވަޒީފާ އަށް ދިޔައީ ރިސޯޓް އަށެއެވެ .  އެއީ ޒަކުވާން އަބަދު ވެސް އުޅެން ބޭނުން ވާ އަދި އެ ވަޒީފާއަށް ކުރިމަތި ލުމުން އެންމެ ފަސޭހައިން ލިބުނު އެއް ވަޒީފާއެވެ .  ޒަކުވާން ސްކޫލް ދައުރު ކިތަމެއް ހަލަނި ކޮށް އުޅުނެއް ކަމަކު ޒަކުވާން އަކީ ކިޔަމަންތެރި ޒުވާނެކެވެ .

“ މި ވާހަކަ މަންމަ މެން ކައިރި ބުނެފިން ތަ ؟ ” ޒަކުވާން ސުވާލު ކޮއްލިއެވެ . ” ނޫން އަދި ނުބުނަން . އެކަމަކު ބުނާނަން  ޒައިނާ ޖަވާބު ދިނެއެވެ .

ރޭގަނޑުގެ  ވަގުތެއެވެ . ރޭގަނޑުގެ ނާސްތާ ކުރުމަށް  ޒައިނާ އާއި ޒައިނާ މަންމަ އަދި ބައްޕަ . ރޭގަނޑުގެ ނާސްތާ ކުރުމަށް މޭޒު ދޮށުގައި ތިއްބެއެވެ .  ޒައިނާ  ވިސްނުން ތެރި ކަމާ އެކު ގޮވާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Zaina and zakvaan v gulhey
    They both are made for each other
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    Tc ❤️😘

    1. blackshadow eddie
      Cutie girl

      thanks you given feed back

Comments are closed.