Skip to content
އެސްފިޔަ

ދުރުވާން ޖެހުނަސް 04

ޒައިނާ އަށް ވަރަށް ނަސޭހަތް ލައިދިނިއެވެ .  ރޮއެފައި ކަމުން ޒައިނާ މޫނު ދޮވުލުމަށް ރާނިޔާ  ބުނެލިއެވެ . އެންމެ ކައިރީން މަސައްކަތް ކޮއްދޭން ހުރީ ރާނިޔާއެވެ . ސަބަބަކަށް ވަނީ ކޮންމެ ދެރަ ކަމެއް ގައި ވެސް ކޮންމެ އުފާވެރި ކަމެއް ގައި ރާނިޔާ އެހީތެރި ވެގެން ދިއެވެ .

ދުވަސްތައް ފާއިތުވެގެން ހިގައްޖެއެވެ .. ޒައިނާ އިހުނަށްތުރެން ކިޔެވުމަށް އެތަކެއް މަސައްކަތް  ކުރަމުން ގެދިޔައެވެ .

ރާނިޔާ އެ ވާހަކަ ދެއްކުމުން ޒައިނާ ކިޔަވަން މަސައްކަތް ކުރެއެވެ . އެ ކަން ތަކަކީ މާޒީ ވެ ގޮސްފައިވައެވެ . މިއީ ރާނިޔާ ގެ ވެސް އުއްމީދެއެވެ . ސަބަބަކަށް ވަނީ ޒައިނާ ކުރީ ގެ ގޮތަށް ކިޔަވަން މަސައްކަތް ކުރުމަށް ގަދަ އަޅާ މަސައްކަތް ކުރާ މަންޒަރު ފެނިގެން ދާތީ އެވެ . ޒަކުވާން ގެ އެއްވެސް ހިޔާލެއް ޒައިނާ އެއް ނެތް ކަހަލައެވެ .

ދުވަސް ކޮޅެއްގެ ފަސް

ޒައިނާ ސްކޫލް ވެސް ނިމިއްޖެއެވެ . ޒުވާނުން ގެ ތެރެއަށް ޒައިނާ ނިކުތީ ނުލާހިކު ފޮނި އުއްމީދާ އެކުގައެވެ . ރަށުގައި ހިންގާ އެކި އެކި ކަން ކަމުގައި ޒައިނާ އުޅޭލެއެވެ .

ޒައިނާ ގެ ފޯން ވައިބްރޭޓް ވުމުން ޒައިނާ ފޯނު ބަލާލިއެވެ . ޒައިނާ ފޯނުގައި ސޭވް ނުކުރާ ނަމްބަރ އެކެވެ .

” ލޮއިއްބަށްޓަކައި އެދި އެދި ވަމޭ

ތިޔަ އިންތިޒާރުގައި އަދު ވަމޭ

ބަދަލެއް ޔަޤީން ނުމެ ވާނަމޭ

އެ ހަނދާން ތަކާ ގުޅި ފާނަމޭ ….  ފުރޮމް ޒަކުވާން ”

ލަވަ ނިންމާލުމުން ޒަކުވާން ނަން ޖަހާފައި އިނެއެވެ . ޒައިނާ އަށް  ޒަކުވާން ކަން އިގުނެއެވެ .    ޒައިނާ އަށް ހުރެވުނީ އާޝޯޙް ވެފައެވެ . އެހާ ދުވަސް ކޮށްލުމަށް ފަހު ޒަކުވާން ގެ މެސެޖް އެއް ފެނުމުން ނެއެވެ ، އެއީ ވެސް ލޯބީގެ ލަވަ އަކުން ނެއެވެ .  މިއީ ޒަކުވާން ސްކޫލް ނިއްމާލި ފަހުން އެންމެ ފުރަތަމަ ޒައިނާ އަށް ލޯބިން ކުރި ފުރަތަމަ މެސެޖް އެވެ . މީގެ ކުރިން ޒަކުވާން އަށް ޒައިނާ އަށް މި ގޮތަކަށް މެސެޖް ކޮއްފައި ނެތެއެވެ .

” ހޫމް … މީނަ ދޯ . ހާދަ ދުވަހެއް ކޮއްލާފައި ތި މެސެޖް ކުރީ . އަދި ނު ގޮތަކަށް …. ” ޒައިނާ ޒަކުވާން ކުރި މެސެޖް އަށް ޖަވާބު ދާރީ ވަމުން ބުނެލިއެވެ . އިރުކޮޅެއް ވެސް ނުމެ ވެއެވެ . ޒަކުވާން ގެ  މެސެޖް އައެވެ .  ” ދެން އިގޭނެ ދޯ …. ” ޒަކުވާން ޖަވާބު ގައި ޒައިނާ ގެ މެސެޖް އަށް ޖަވާބު ދެމުން ބުނެލިއެވެ .

ޒައިނާ އަވަސް އަވަހަށް ރާނިޔާ  ނަމްބަރ ހޯދުމަށް ފަހު ރާނިޔާ އަށް ޑައިލް ކޮށްލިއެވެ .   ދެތިން ފަހަރަކު ފޯނު ރިންގުވުމަށް ފަހު ރާނިޔާ ފޯނު ނަގާފިއެވެ . ” އޭ ރާނިޔާ …………. ” ޒައިނާ އަށް ބާރަށް ގޮވާލިއެވެ . ” އަނެއްކާ ކިހިނެއް ވީ މިޔޮށް ފަދަ ހެނދުނު …. ” ރާނިޔާ ބުނެލިއެވެ . ” އެއްކަލަ ޒަކުވާން އަހަންނަށް ލޯބީގެ ލަވަ އަުން މެސެޖް ކޮށްފި . އަހަރެންނަކަށް ނޭންގެ ދެން ”  ޒައިނާ  މޫނު ހަދާލުމަށް ފަހު ބުނެލިއެވެ . ” ޒައިނާ ކޮށްތާކު ތި އުޅެނީ ހާދަހާ އަޑު ގަދަ ތަނެއްގާ  . ” ރާނިޔާ ބުނެލިއެވެ . ” އާނ މި އުޅެނީ މި ރަށުގައި ކުޅިވަރެއް ކުޅޭތީ އެކަމުގައި އެހެން ވެ . ޒަކުވާން މެސެޖް ކުރީމ އެ ވާހަކަ ބުނެލަން ވެގެން މި ގުޅާލީ ވެސް . ” ޒައިނާ ބުނެލިއެވެ .  ރާނިޔާ އެހެން ރަށެއް ގެ ކުއްޖެއް ކަމަކު  ޒައިނާ  ކަމެއް ވާއިރަށް ރާނިޔާ އަށް ގުޅާ ހަދަ އެވެ . އަދި ރާނިޔާ އަށް ކަމެއް  ދިމާ ވުމުން ޒައިނާ އަށް ގުޅައެވެ . މި ދެ މީހުންނަކީ  އެކުވެރި ކަމުގެ ރިވެތި ނަމޫނާ މިސާލު ދެ މީހުންނެއެވެ .  ރާނިޔާ އާއި ޒައިނާ ގެ އެކުވެރި ކަމަށް ވެސް މިހާރު 3 އަހަރު ވެގެން ހިގައި ދާނެއެވެ .

” ހައި ޒައިނާ . ވަރަށް ބޮޑަށް މާފް އަށް އެދެން . އަސްލު ސްކޫލް ދުވަސް ވަރު އެ ގޮތަށް ކަންތަށް ކުރެވިގެން ދިޔާމާ . އެކަމަކު ވެސް ޒައިނާ ދެކެ ލޯބި ވަން އަދި ވެސް އޭރު ވީ ގޮތަށް . ” ޒަކުވާން ޒައިނާ އަށް މެސެޖް އަކުން ބުނެލިއެވެ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Zaina and zakvaan gulhuvachey
    They both are made for each other

  2. Aalerrr

    Mi part vx vrh reethi..
    When’s next part???

  3. 🌷

    Mi part vs reethi
    thankolheh dhigukohlaa
    when next??

Comments are closed.