ދުރުވާން ޖެހުނަސް 03
ޒައިނާ އަދި ރާނިޔާ ކޮންމެ ދުވަހަކު ވެސް ދިމާ ވަނީ ސްކޫލް ކަންމަތިންނެވެ . މިޔަދު ވެސް ޒައިނާ އާއި ރާނިޔާ ދިމާވީ ސްކޫލް ކަންމަތިންނެއެވެ .
” ހައި ޒައިނާ … ” ރާނިޔާ ހިނިތުން ވެލުމަށް ފަހު ބުނެލިއެވެ . ” ކޮބާ އެއްކަލަ ކުއްޖާ . ރާނިޔާ ބިޓު ސޮރު ” ދިމާ ކުރާ ގޮތަށް ޒައިނާ އެއްސެއެވެ . ” ހޫމް ދެން ޒައިނާ …… ” ރާނިޔާ މޫނު ކުނި ކޮއްލާ ފައި ބުނެލިއެވެ . ” ހައި ރާނިޔާ ކޮން ކަމަކާ މިޔަދު މޫނު ކުނި ކޮއްފައި އެ ހުރީ ” ޒަކުވާން ސުވާލު ކޮށްލިއެވެ . ” އެހެން ނެއް ނު ވާނި ، ޒަކުވާން ނައިސްގެން އެ ހުރީ … މޫނު ހަދާފާ … ” ޒައިނާ އަވަސް އަވަހަށް ޖަވާބު ދިނެއެވެ .
ރާނިޔާ އެއްވެސް އެއްޗެއް ނުބުނެ . ރާނިޔާ ހިގައި ގަތީ ކިލާހަށް ވަންނާށެއެވެ . ޒައިނާ އަދި ޒަކުވާން ހިގައިގަތީ ރާނިޔާ ފަހަތުންނެއެވެ . ” ބައި . ފަހުން ދިމާ ވާނެ އެއް ނު ” ޒަކުވާން ޒައިނާ އަށް ބުނެލިއެވެ . ލަދު ރަކި ހިނިތުން ވުމެއް ދައްކާލުމަށް ފަހު ޒައިނާ ވެސް ކިލާހަށް ވަދެފިއެވެ . ” އޭ ރާނިޔާ ކޮން ކަމަކާ މޫނު ކުނި ކޮށްގެން ތި އިނީ . އެއީ މަ މަޖަލަކަށް ކުރި ކަމެކޭ … ސޮރީ އެހެން ވިއްޖިޔާ . އެކަލަހަ ކަމައް ކުރެވުނީމާ ވެސް ” ޒައިނާ ގޮޑީގައި އިށިންނަމުން ބުނެލިއެވެ . ޒައިނާ އާއި ރާނިޔާ އިންޓަވަލް އަށް ދަންދެން ވެސް ދެ މީހުން ތިބީ އެކަކު އަނެކަކަށް ވާހަކަ އެއް ނުމެ ދައްކައެވެ .
މިއީ 2 މީހުން ގެ ހާލަތެއެވެ . ޒައިނާ އަށް އެކަންތައް ވަނީ މަޖަލަކަށެއެވެ . ނަމަވެސް އިރު ކޮޅެއް ނުމެ ވެއެވެ . ޒައިނާ އެކަމަށް މާފް އަށް އެދެއެވެ . މިއީ އެކުވެރި ކަމުގެ ލާމަސީލު ނަމޫނާއެވެ . ކިތައްމެ ރުޅި އަޔަސް . 2 މީހުން ފަހުން ތިބެނީ ހަމަޔަކަށް އެޅިފައި ކަން ފާހަގަ ވެއެވެ .
ނަމަވެސް ޒައިނާ ގެ ކިޔެވުން ދިޔައީ އެއް ދުވަހެއް އަނެއް ދުވަހެއް ދައްވަމުންނެއެވެ . މޮޅު ކޮށް ކިޔަވަމުން އައި ޒައިނާ ކިޔެވުން ދައްވެގެން ދިޔައެވެ . ސްކޫލް ގަޑި ތަކުގައި ކިލާހުން ބޭރުގައި އުޅުމާއި ، ޓީޗަރުންނަށް އުނދަގޫ ކުރުމުގައި ވަގުތު ހޭދަ ކުރަމުން ގެންދެއެވެ . އެތަކެއް ފަހަރު މަތިން ޒައިނާ އަށް އެކި ޓީޗަރުން ގެ ފަރާތުން ނަސޭހަތް ތެރިވެ ޕްރިންސްޕަލް ރޫމް އަށް ޒައިނާ ގެންދަމުން ދިޔައެވެ .
މި ކަންތައް ތައް ޒައިނާ ގެ މައިންބަފައިން ނަށް އެގިގެން ދިޔައެވެ . ޒައިނާ ގެ މައިންބަފައިން އެތަކެއް ފަހަރެއްގެ މަތިން ޒައިނާ އަށް ނަސޭހަތް ތެރި ވެގެން ދިޔައެވެ .
” ރާނިޔާ … ކިހިނެއް މަ ހަނދާނީ ، މިހާރު އަހަރެން ގެ މަންމަ އަށް މިކަންތައް ތަށް އެގިއްޖެ . ދެން ކިހިނެއް ހަދާނީ ” ޒައިނާ ހާސްކަން މަތީގައި ހުރެ ބުނެލިއެވެ . ” އާދޭ އަހަރެން ގެޔަށް ” ރާނިޔާ ހިތް ހަމަ ނުޖެހިފައި ބުނެލިއެވެ . “އޯކޭ މި ދަނީ . ” ޒައިނާ ބުނެލިއެވެ .
” މަންމާ އެބަ އަންނަށް ރާނިޔާ މެންގެ ޔަށް ގޮސް ލާފައި ” ޒައިނާ ބުނެލިއެވެ .
” ޒައިނާ .. ކީއްވެގެން ތަ ތިހެން ތި އުޅެނީ . އަނެއްކާ ކަމެއް ގޯސް ކޮށް ކަމެއް ވަނީތަ . ކޮން ކަމެއް ބޭނުން ވެގެން ތި އުޅެނީ ” ރާނިޔާ ބުނެލިއެވެ ” ރާނިޔާ އަސްލު ދޮގު ނުހަދާ ބުނަން ތަ ވާހަކަ އެއް . މަ ލޯބި ވެވިއްޖެ ޒަކުވާން ދެކެވެ . މަށައް ނުބުނެވިގެން މި އުޅެނީ . އެހެންވެ އަހަރެން ގެ ކިޔެވުމަށް ބުރު އަރައިގެން މި އުޅެނީ މަންމަ މެންނަށް ހީވެދާނެ އަހަރެން ނުކިޔަވަނީއޭ ނުވަތަ އަހަރެން ގޯސް މަގަކުން ދަނީ އޭ … …. ” ޒައިނާ އަށް ބުނެވުނީ އެހިސާބަށެވެ . ޒައިނާ އަށް މުޅިން ރޮވިއްޖެއެވެ . ޒައިނާ ގެ ހިތުގެ އިހުސާސް ރާނިޔާ އަށް ކިޔާދެމުން ބުނެލިއެވެ .
” ދެން ހުއްޓާލާ . މަންމަ މެން އެހެން ކިޔާނެ . ކިޔަވަން މަސައްކަތް ކުރަން ވާނެއެވެ އިގޭ ދެން މީގެ ފަހުން ” ރާނިޔާ ބުނެލިއެވެ .
ރާނިޔާ . ޒައިނާ އަށް ވަރަށް ނަސޭހަތް ލައިދިނެއެވެ . މޫނު ދޮވެލުމަށް ވެސް އެދުނެއެވެ . ރާނިޔާ އަކީ ޒައިނާ އެއްމެ ގާތް ކޮށް އުޅެމުން އަންނަ އެކަކެއެވެ . ޒައިނާ އަށް ކޮންމެ ކަމެއް ދިމާވިޔަސް އަދި ކޮންމެ ހިތާމަ އަށް ކުރިމަތި ވިޔަސް އެއްމެ ކައިރިން މަސައްކަތް ކުރަމުން އަންނަ އެކަކީ ރާނިޔާ އެވެ .
ދުވަސް ތައް ފާއިތުވެ ވެގެން ހިގައްޖެއެވެ . ޒައިނާ އިހުނަށްތުރެން ކިޔެވުމަށް އެތަކެއް މަސައްކަތެއް ކުރަމުން ގެންދެއެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


when next part??