Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ދުރުވާން ޖެހުނަސް 02

blackshadow eddie
blackshadow eddie Level 210 Stories
March 2, 2025 3 Mins Read
3 Comments

” ލައްބަ މަންމާ  ތައްޔާރު ވެއްޖެއިން ” ޒައިނާ ހިނިތުން ވަމުން ބުނެލިއެވެ . ޒައިނާ އަކީ ކިޔެވުމަށް މޮޅު ކުއްޖެކެވެ . މުޅި ސްކޫލް އިން އެއްވަނަ އަދި  ކިލާހުން ވެސް އެއްވަނަ ހޯދަމުން އަންނަ ކުއްޖެކެވެ .  އެހެން އަންހެން ކުދިން ގޮތަށް ރަށު ތެރޭގައި ގިނަ ވެގެން އުޅޭ ކުއްޖެއް ވެސް ނުމެ ނޫނެއެވެ .  އެކަމަށްޓަކައި ޒައިނާ މަންމަ އާއި ބައްޕަ އަދި ޒައިނާ އެންމެ ގާތް އެއް އެކުވެރި ކަމަށް ވާ  ރާނިޔާ ވެސް އެކަމަށް އުފާވެ ތައުރީފް ކުރަމުން ދެއެވެ . މިއީ ޒައިނާ އަށް އުފާވެރި ދުވަސްވަރެއެވެ .  ނަމަވެސް ރަށުގައި އުޅޭ ބައެއް މީހުން ޒައިނާ އަށް ހަސަދަވެރި ކަން ބާއްވަމުން ގެންދެއެވެ . އަދި ޒައިނާ ކިޔެވުމަށް އެތަކެއް ހުރަސް ތަކެއް އަޅަމުން ގެންދެއެވެ .

ޓެސްޓް ގެ ދުވަސް ކޮޅެއެވެ . ޒައިނާ އަބަދު ވެސް ފޮތް ކިޔެވުމުގައި ހޭދަ ކުރަމުން ގެންދެއެވެ . ނޭންގޭ އެއްޗެއް އިންނަމަ ރާނިޔާ އަށް ގުޅައި އެ އޮޅުން އަރާ ކަމެއް ސުވާލު ކޮށް އެ ކަމެއް ހައްލު ކުރަމުން ގެންދެއެވެ . ރާނިޔާ ވެސް އޮޅުން އަރާ އެއްޗެއް ޒައިނާ ކައިރީގައި އަހާ އޮޅުން ފިލުވައެވެ .  ރާނިޔާ އާއި ޒައިނާ އެހެން އެއްކޮށް ފެނުމުން ހީވެގެން ދަނީ އެއްބަނޑު އެއްބަފާ 2 ކުދިން އުޅޭ ހެންނެއެވެ .  އެހާ ވެސް ގާތް ކަމުންނެއެވެ .

ޓެސްޓް ތަކުގެ ނަތީޖާ ތައް އަތަށް ލިބުނު ދުވަހެއެވެ . ރާނިޔާ އާއި ޒައިނާ އަށް މާކްސް ލިބުނީ ދާދި އެއްވަރަކަށެއެވެ . ރާނިޔާ އާއި ޒައިނާ ތިބީ ނުލާހިކު އުފަލުންނެއެވެ .

” ހައި ރާނިޔާ އެންޑް ޒައިނާ . ހާދަހާ ހެޕީ ކޮށް ތި ތިބީ . ކޮބާ މާކްސް ކިހިނެއް ވީ ” ޒަކުވާން 2 މީހުންނަށް ގޮވާލުމަށް ފަހު ބުނެލިއެވެ . ” އަހަ ޒަކުވާން . އަހަރުން ދިޔައީ ސިއްސައިގެންނޭ . ތި ކަހަލަ ކަން ކަން ނުކުރައްޗޭ . ވަރަށް ސަޅި މާކްސް . ވަރަށް ހިތް ގައިމު ” ރާނިޔާ ޖަވާބު ދާރީ ވެގެން ދިޔައެވެ .  ” ކޭންވީ ފްރޭންޑްސް …. ” ޒަކުވާން ބުނެލިއެވެ . ” އޮފް ކޯޒް ޒަކުވާން . ހަމަ ރައްޓެހިކަން ބާވަންވީ … ކީއްވެ ނުބާވާން ވީ ” ރާނިޔާ ހިނިތުން ވަމުން ބުނެލިއެވެ . ޒައިނާ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ . ސަބަބަކަށް ވަނީ ރާނިޔާ ހުށިޔާރު ކަމުންނާއި . ޖަވާބު ތައް އަންނަނީ ކޮމްޕިޔުޓަރ ގެ ޖަވާބު ކަމުންނެއެވެ .

” މައި ނޭމް އިޒް ޒަކުވާން . ހަމަ ސޭމް ކުލާހެއް . ބަޓް ކިޔަވަމުން އަންނަނީ ސައިންސް . އެހެން ވެ ނުފެންނަނީ . ބަޓް ތި 2 މީހުން ސްކޫލް އަށް ވަންނަ ތަން ފެނޭ ….. އެކަމަކު . ހާދަހާ ބަސް މަދު ކުއްޖެއް ތި ހުރީ ތި ކުއްޖާ ކައިރީ …. ” ޒަކުވާން ތައާރަފް ވަމުން ބުނެލިއެވެ . ” އަހަންނަށް ކިޔަނީ ރާނިޔާ . އަހަރެން ކައިރީގައި މިހުރީ . ޒައިނާ . މަ ބެސްޓީ . ހީވާނީ ހަމަ އެއްބަނޑު އެއްބަފާ 2 ކުދިން ހެން . ޒައިނާ ވަރަށް ޝައި ވާނެ . އަހަރުން 2 މީހުން ކިޔަވަމުން އަންނަނީ ބިޒްސްނަޒް …. ” ރާނިޔާ ބުނެލިއެވެ . ރާނިޔާ އާއި ޒައިނާ އަދި ޒަކުވާން ހިގައި ގަތީ އެއް ފަހަރާއެވެ .  ސްކޫލް ގައި ދިމާ ވާ މަޖާ ވާހަކަ ދައްކަމުންނެއެވެ. ” ފަހުން ދިމާ ވާނެ އެއްނު . ” ޒަކުވާން ގެޔާ ދިމާ އަށް ދަމުން ބުނެލިއެވެ .  އާއެކޭ ބުނާ ގޮތަށް ރާނިޔާ ބޯ ޖަހާލުމަށް ފަހު ޒައިނާ އާ 2 މީހުން ހިގައި ގަތީ  އެ މީހުން ގެ ގެޔާ ދިމާ އަށެއެވެ .

” އަބަދު ވެސް ފެނެއޭ ކަލާ

ސާހިބާ ހިތުގައި ވެއޭ

ހިޔަލުގައި ނެތް ނަމަ ތިބާ ، ހިދު ކޮޅެއް  ނުދެޔޭ ހިނގާ

ޒަކުވާން އަށް ޒައިނާ ފެނުނު ފުރަތަމަ ދުވަހު ވެގެން ދިޔަ ގޮތެއެވެ . ޒަކުވާން ހިތާ ހިތުން ކިޔާލިއެވެ . ފުރަތަމަ ނަޒަރުން ލޯބި ވެވިދާނެ ބާވައެވެ . ކޮން ކަހަލަ ޖާދުވީ މޫނެއް ބާވައެވެ .  މިއީ ސްކޫލް ދުވަސްވަރެއެވެ . ކިޔެވުމަށް ހުރަސް އަޅާކަށެއް ނުމެ ވާނެ ނޫން ހެއްޔެއެވެ .ޒަކުވާން އަށް އައީ ބަހާރު މޫސުމޭ ވެސް ބުނެވިދާނެއެވެ .

އައު ދުވަހަކަށް އިރު އެރީ އުފާވެރި ކޮށެއެވެ . ޒައިނާ  މިޔަދު ވެސް ތެދުވީ މުޅިން އައު ދުވަހަކަށެއެވެ . ޒައިނާ ތައްޔާރު ވެލައިގެން ރާނިޔާ އަށް  ގުޅާލުމަށް ފަހު ތައްޔާރު ވީ ތޯ އަހާފިއެވެ . ދަބަހަށް އިންޓަވަލް ކުރިން ނަގާ  މާއްދާ ތަށް  ދަބަހަށް އެޅުމަށް ފަހު ރާނިޔާ ހިގައި ގަތީ ޒައިނާ މެން ގެޔާ ދިމާ އަށެއެވެ . ޒައިނާ ދަބަހަށް ފޮތް އެޅުމަށް ފަހު ޒައިނާ ދަނީ އޭ ބުނުމަށް ފަހު ނިކުތީ ރާނިޔާ އުޅޭ ގެޔާ ދިމާ އަށެއެވެ . ސަބަބަކަށް ވަނީ ރާނިޔާ އާއި ޒައިނާ 2 ކުދިން ދަނީ އެއްކޮށް ކަމުންނެއެވެ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

ތިޔަ ލޯތްބަށް އެދެވޭތީ… 16

Next

3 އިތުބާރު

Next
March 3, 2025

3 އިތުބާރު

Previews
March 2, 2025

ތިޔަ ލޯތްބަށް އެދެވޭތީ… 16

3 Comments!

  1. Silent says:
    March 2, 2025 at 2:00 pm

    Mi part ves v salhi 😍🥰

  2. Aalerrr says:
    March 2, 2025 at 2:28 pm

    Maasha Allah mi part vx vrh reethi

  3. rosie says:
    March 2, 2025 at 11:45 pm

    i dont really get the context behind ehen anhen kudhin hen rashu thereyah gina vegen nulhey or why it was even needed there except to say “im not like other girls” otherwise not bad but could definitely improve the style of writing

Comments are closed.

Next Episodeދުރުވާން ޖެހުނަސް 03←


All Right Reserved!