Skip to content
އެސްފިޔަ

ދުރުވާން ޖެހުނަސް 01

މި ވާހަކަ އަކި މި އަހަރު ގެ ރޯދަ މަހަށް އަޅުގަނޑު ލިޔަން ހަމަ ޖެހިފައި ވާ ވާހަކައެކެވެ . މި ވާހަކަ އަމާޒު ކުރެވިފައި ވާނީ މި މުޖުތަމު ގައި ދިމާވާ ކަން ކަމުގެ މައްޗަށް ބިނާ ކޮށް ލިޔެ ތައްޔާރު ކުރެވިފައި ވާ ވާހަކަ އެކެވެ . މި ވާހަކަ އަކީ އުފެއްދުން ތެރި ވާހަކަކެވެ .  ކޮންމެ ޕާރޓް އެއް ކިޔުމަށް ފަހު ވާހަކަ ކިޔުން ތެރިންގެ ފީޑް ބެކް އެއް ދިނުމަށް އިޔުތިމާސް ކުރަން . އަދި ރަގަޅު ކޮށްލުމަށް ޖެހޭ ތަން ތަން ބުނެލަ ދިނުން އެދެން . ޝުކުރިއްޔާ .

ވާހަކައިން ކުރިޔަށް ގެންދާނަމެވެ .

” އާލާވާތީ  ހަދާން ، ލޯބި ދިން ރަން ރަން ޒަމާން ، ކޮށްދެވޭ ހޭ މަގޭ ،  ހިތަށް ވާވަރު ބަޔާން ، މަގޭ ހިތުގެ ރިހުން ،  ފުހެލޭވޭ ނެ ހިތުން ، ހިތާމާ ތަކުން މިންޖުވީ ދުވަހަކުން ، ރޯން ވީހޭ ، ގިސްލާ ގިސްލާ މިހެން ، އާދޭސް ކުރަން ، މާފް ދޭ ތޯ ، ކަލާ ، އެ ދުވަހު” ޒައިނާ އަށް ހަމަ ހޭވެރި ކަން އައީ ޒައިނާ ފަހަތުން މީހަކު ގޮވާލި އަޑަކުންނެއެވެ. ޒައިނާ ލޮލުން ފައިބަމުން އައި ކަރުނަ ތިކި ތަށް  އަތުގެ ނުފުށުން ފުހެލުމަށް ފަހު  ބަލާލިއެވެ .

” ކަމަކުވާ ޒައިނާ ، ތީ ކޮން ކަމެއް ތަ ؟ ތީ ކޮން ރުޔުމެއް ތަ ؟ އަބަދު ތި ވިސްބަދު ވެސްނަނީ އެ ކަމާ . ހެޕީ ވެބާ . ކުޑަ ކުޑަ ބޭބީ އެއް ވެސް އެބަ ހުއްޓެއް ނު . ބޭބީ އަށް ވިސްނަބާ . ބޭބީގެ ކުރިމަގަށް ވިސްނަބަލަ .. ޕްލީޒް  ”  ރާނިޔާ ބުނެލިއެވެ . ” ވިސްނޭނެ ދޯ . އެކަމަކު އައި. ވިލް ޓްރައި ދޯ ” ޒައިނާ އުފާވެރި މޫނެއް ދައްކާލުމުން ބުނެލިއެވެ .

” ކޫއްތާ …… ” ލޯބި ލޯބި ޒަކުވާން ބުނެލިއެވެ .  ” މިޔޮށް އައީ ކޫއްތަ ގެ ލޯބި ލޯބި ފުއްގަނޑު . ކޮންތާ ކު އުޅެލާފާ  ތި އައީ މުޅިން ދާ ހިތްލާފާ ” ރާނިޔާ ބުނެލިއެވެ . ” އެ އައީ މަންމަ އަ އާއެކު ކުޅެން އުޅެފާ . ” ޒައިނާ ބުނެލިއެވެ . ” ދަރިފުޅު ހިގާ ތިއްތި ވާން . ކާފަ އެ ހުރީ ދަރިފުޅާ އެކު ނަމާދަށް ދާން ވެގެން . ” ޒައިނާ ބުނެލިއެވެ .

ޒަކުވާން އުޅޭ އުޅުމުން ހަނދާން ވަމުން އަންނަނީ ޒައިނާ ކުރީގެ ދުވަސް ތަކެއެވެ . އަބަދު ވެސް ޒަކުވާން ފެނުމުން އެތަކެއް ހަނދާން ތަކެއް އާލާ ވަމުން ދެއެވެ .

އެއީ މީގެ 5 އަހަރު ކުރިއެވެ …………….

ދުވަސް ވަރަކީ ރީތި ދުވަސް ވަރެއެވެ . ފަތިސް ނަމާދު ބަންގީގެ އަޑަށް ޒައިނާ ތެދުވީ ފަތިސް ނަމާދު ކުރުމަށެއެވެ . ޒައިނާ  އަވަސް ހިނގުމެއްގައި ފާޙާނާ އަށް ވަދެ  ފާޙާނާ ކޮއްލައިގެން ފަތިސް ނަމާދު ކުރުމަށް ތަސްޔާރު ވިއެވެ .  ކޮންމެ ދުވަހަކު ވެސް ޒައިނާ ސްކޫލް އަށް ދިޔުމުގެ ކުރިން ފަތިސް ނަމާދު ކޮށްލުމަށް ފަހު ފިލާވަޅު ތަށް މުރާޖާ ކުރަމުން ގެންދެއެވެ . އެކަމަށް ޒައިނާ މަންމަ ( މަރިޔަމް ) އާއި ބައްޕަ ( މުހައްމަދު ) އެކަމާ ވަރަށް އުފާ ކުރަމުންގެން ދެއެވެ .

” ދަރިފުޅާ ކޮބާ ސްކޫލް އަށް ދާން ރެޑީ ތަ ” ޒައިނާ މަންމަ ( މަރިޔަމް ) އަހާލިއެވެ . . ލައްބަ މަންމާ މިހާރު މީނީ ތައްޔާރު ވެގެން . ” ޒައިނާ އުފާވެރި މޫނާ އެކު ބުނެލިއެވެ .

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. Silent

    V salhi mi vaahaka ❤️ I love this story . Next part please 🥰🥰🥰

Comments are closed.