ކިޔުން ތެރިން ގެ ސަމާލު ކަމަށް .
ނިހާޔަތަށް މާފަށް އެދެން . މި ވާހަކަ ދިގު ދުވަސް ތަކަކަށް އަޕްލޯޑް ނުކުރެވި ދިގު ދިޔުމަށް ޓަކައި .
އިރާދަ ކުރެވިއްޖިޔާ ކުރަށް އޮތް ތަނުގައި ފަންވަރު ގެ އެޕިސޯޑް ތަކަކާ އެކު ކުރިޔަށް ދާނަމެއެވެ . ވާހަކައިގެން ކުރިޔަށް ދާނަމެއެވެ .
މާހްޖަބީން:- ކުލި ކިހާވަރެއްތޯ އަޅުގަޑު އަހާލަންތޯއެވެ؟ އަންވަރު:- އަހަރަކު /6000 ރުފިޔާއެވެ. އެކަމަކު އަޅުގަޑަށް ވިސްނޭ ގޮތުގައި ގޭގެ ރަގަޅުކަމާއި ފުރިހަމަ ކަމުގެ ނިސްބަތުވައި މިކުލި ބޮޑެކޭ އެއްގޮތަކަށް ވެސް ނުބުނެވޭނެވެ. ޤާސިމްބާއި އަކީ ފަރިހަމަ ވިޔަފާރިވެރިއެކެވެ.އިންސާނިއްޔަތު ކަމުގެ ސިފަ އޮތީ ދެވަނައަށެވެ. ފެއަރީ ޕެލަސް ހުހަށް ހުންނަތާ ވެސް ލައްކަ ދުވަސް ވެއްޖެއެވެ .ވީމާ އޭނާގެ ވިޔަފާރިވެރި ހިތް ފިސާރި ރަގަޅަށް ތެޅެން ފަށައިފިއެވެ ކުލި ބޮޑުކަމުން މާހްޖަބީން އިންކާރު ކޮށްފާނޭ ކަމުގެ ބިރުންނެވެ. އެފަދަ ހާލެއްގައި ހުރެގެން އުއްމީދުން ފުރިފައިވާ ލޮލަކުން އަންވަރާއި މާހްޖަބީނާއި ދިމާއަށް އެނާ ބަލަމުން ގެންދެއެވެ. ޑަރބީ ރޭހުގެ އަހެކޭ އެއްގޮތަށް އޭނާގެ ހިތްވަނީ އޭރު ދުވެދުވެއެވެ.ފިކުރުބޮޑުވެ ފައިވަނީ ކުމުގައި ވިޔަސް މީހަކީ ތަޖްރިބާކަރު ހުޝިޔާރު މީހެކެވެ. އަންވަރުގެ ވިސްނުތެރިކަމުގެ މައްޗަށް އޭނާގެ ފުރިހަމަ އިތުބާރު އޮތެވެ. އަދި މާހްޖަބީންގެ އުމުރުގެ ޅަކަމާއި އަންވަރާއި ދިމާއަށް އޭނާ ބަލާބެލުން ޤާސިމްބާއި އަށް ރަގަޅަށް ވިސްނިއްޖެއެވެ.
އާދެހެވެ! އަންވަރުގެ ވިސްނުތެރި ކަމަށް ވުރެ މި މައްސަލަ ކާމިޔާބު ކުރުމުގެ އެހީތެރި އަކަށްވާނީ އޭނާގެ ހަށިގަޑު ރީތިކަށް ކަން ޤާސިމް ބާއި ދެނެގެންފިއެވެ. ވީމާ ފަރުސަތުގެ ބޭނުންކޮށް ކުއްލިއަކަށް ބުނެފިއެވެ އަޅުގަޑަށް ހީވާ ގޮތުގައި ދަތިފުޅު ކަމެއް ނެތީވިއްޔާ މައްސަލަ ނިންމެވުމުގެ ކޫރީގައި ފެއަރި ޕެލަސް ބައްލަވާލެއްވުން ރާގަޅުވާނެއެވެ. މިސްޓަރ އަންވަރު ކާލާގެ އަރިހުގައި ގޮސް އެގެ ދައްކަވާނެވެ.ޤާސިމް ބާއި މިހެން ބުނުމުން މާހްޖަބީންގެ މޫނުމަތިން ދިޔައީ ލިބުނު އުފަލުގެ އަސަރު ތައް ފާޅު ވެގެންނެވެ.އަދި ބުނުއްޕެވެ.ތިޔަބުނުއްވީ ހަމަ ރާގަޅަ ށެވެ.ހަމަ މިވަގުތު އަޅުގަޑު ބަލާލަން ހިގައިދާނެވެ.މިސްޓަރ އަންވަރަށް ފުރުސަތެއް އޮތް ބާވައެވެ. އަންވަރު:-ތިޔައީ އައްސަވަންވީ ވާހަކައެއް ނޫނެވެ.އަޅުގަޑު ހޫރީ ތައްޔާރަށެވެ.
ހިންގަވާށެވެ. މާހްޖަބީންގެ މޫނު ‘ހިތައް ލިބުނު އުފަލުގެ ސަބަބުން ވިދާ އަލިވެއްޖެވެ.ޤާސިމް ބާއިވެސް ސިޑި އާއި ހަމައަށް އައެވެ.ފައިބަން ފެށިތަނާ އަންވަރުގެ ކޯޓްގައި ހަގައި ދަމާލާފައި ސިއްރު ސިއްރުން ކަންފަތް ދޮށުގައި އެބަ ބުނެއެވެ. ބަލަ ދެނަހުރީމު ހެއްޔެވެ. މިއީ ބުމްބާގައި އިން އެންމެ ފައިސާވެރި ތަވާއިފެވެ .ދެން ކާމިޔަބު ވުމާއި ނުވުން އޮތީ ކަލޭގެ އަތުގައެވެ.
އަންވަރު :-(މަޑުމަޑުން) ފިކުރު ބޮޑު ނުކުރައްވާށެވެ.އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެއެވެ.މިގޮތުން ޤާސިމް ބާއި ގެ ހިތްހަމަ ޖައްސައިދީފައި މާހްޖަބީން ގެ ފަހަތުން އަންވަރުވެސް ފައިބައި ކާރުގައި އޭނާގެ ކައިރީގައި އިށީދެއްޖެއެވެ އަދި މަލާބަރ ހިލްޒް އަށް ދިއުމަށް ޑްރައިވަރ އަށް އަންގައިފިއެވެ. މާހްޖަބީން:- (މޮޓަރު ދުއްވާލިތާ ކުޑައިރުކޮޅެއް ފަހުން) މިސްޓަރ އަންވަރުއެވެ.އަޅުގަޑު ދެނެވަޑައިގަންނަވަމުތޯއެވެ. އަންވަރު:- ކަލޭގެ ފައިންޕުޅު ފެނުމުގެ އުފާ އަޅުގަޑަށް މިލިބުނީ ހަމަ މިއަދުއެވެ. މާހްޖަބީން:-އަޅުގަޑުގެ ނަމަކީ މާހްޖަބީންނެވެ.އައްސަވާފައި ވާނެކަން ނޭގެއެވެ. އަންވަރު:-ނޫން އަހާފައެއް ނުވެއެވެ އޭގެ ސަބަބަކީ އަޅުގަޑުކީ ވަރަށް މަދު ރައްޓެހިން ކޮޅަކާއި ނޫނީ ބައްދަލުވެ އުޅޭ މީހެއް ނޫން ކަމުގައި ވުމެވެ. މަސައްކަތް ބޮޑުކަމުންނެވެ. މާހްޖަބީން:-އެންމެ ރަގަޅު ވެ. ކަލޭގެ މަދު ރައްޓަހިން ކޮޅުގެ ތެރޭގައި ހިމެނުއްވުމުގެ އުއްމީދު އަޅުގަޑަށް ކުރެވިދާނެތޯއެވެ ؟ އަންވަރު:- (ހީލާފއި ) އަޅުގަޑު ތިޔަ ވައްދަވަނީ ވަރަށް ވެސް ދަތި މަޢޫޞޫއެއްގެ ތެރެއަށެވެ.ތިޔަ ކޮއްޕަވަނީ ކަށިތަކުގެ ތެރެއަށެވެ. މާހްޖަބީން:- (އާދަޔާ ޙިލާފް ނަޒަރަކުން އަންްވަރާއި ދިމާއަށް ބަލާލާފައި ) ކަލާގެ މިޒާޖުގައި ލަދުވެރިކަން ހިމެނިފައި ވަނީ ވަރަށް ބޮޑަށެވެ.އަންވަރު:-(ހީލަފައި) ބައްލަވަ ބައްލަވާށެވެ.ކަލާ އާއި މެދު އަޅުގަޑަށް ވެސް ކުރަން ޖެހިފައި ވަނީ ތިޔަ ޝަކުވާއެވެ. މާހްޖަބީން:- ދެނެވަޑައިގެން ހުންނެވީމުތޯއެވެ؟ ތިޔަފަދަ ރީތި މީހެއް މީގެ ކުރިން ދުވަހަކުވެސް އަޅުގަޑެއް ނުދެކެމެވެ.އަންވަރު:- (ހީލަފައި ) ތިޔަ ކުރެއްވި ކަމަކީ ތިޔަ ފަދަ ރީތި ކުއްޖަކު އަޅުގަޑުވެސް އަޅުގަޑުދުގެ މުޅި އުމުރުގައި ވެސް ނުދެކެމޭ ދެންނެވިޔަ ދިނުމަށް ހިތްވަރު ދެއްވީތޯއެވެ؟ މާހްޖަބީން ރަގަޅަށް ބުނުއްލަވާށެވެ. އަންވަރަށް ތިޔަ ފަދަ ލާމިސީލު ރީތިކަމެއް ލިބިލެއްވީ ކިހެނަކުންތޯއެވެ ؟ އަންވަރު :-(ހީލާފައި) ކަލާ އެ ޚަޒާނާ މުޅިން އަތުލައި ގެންނެވި އަޒުލުގެ ޚަޒާނާއިން ބާކިވެފައި ހުރި އެތިކޮޅުންނެވެ. މާހްޖަބީން:- ތިޔައީ ރަގަ ޅަކަށް ނޫނެވެ.
އެގޮތަކީ އަޅުގަޑަށް ވުރެ ހަމަގައިމުވެސް ކަލާ އެޙަޒާނާގެ ކަރިއަށް ދުރުވެފައި އޮންނާނި ހަތަރުފަސް އަހަރު ކުރީގައެވެ.ވީމާ ބާކީ އެއް ލިބުނު ކަމަށް ވަންޏާ ލިބޭނީ ކުރިން ދިޔަ މީހަކު ދޫކުރި އެއްޗަކުންނެވެ.އަންވަރު :ـ ރީތިގެ ފުރިހަމަ ކަމަކީ ތިމާއަށް އެކަން އިޙްސާސް ނުވާކަމެވެ. މާހްޖަބީން:- (އާދަޔާ ޙިލާފް ތުރުތުރެއް ހުރި އަޑަކުން) އަޅުގަޑު މިންދަނަވަނީ ސާފު ތެދެކެވެ. ޔަގީން ކުރެއްވިއަސް ނުކުރެއްވިއަސް ކުރާނެ ކަމެއް ނެތެވެ.މިއަދު ގެ ކުރިންވެސް އަޅުގަޑު ކަލާ ދެކެމެވެ.ނިދުމާއި ހޭލާ ހުރުމުގެ ހުވަފެން ތަކުގައެވެ. ކޮންމެ އަންހެންކުއްޖެއްގެ ޙިޔާލީ ދުނިޔޭގައި ކޮންމެ ވެސް އަމީރެއް ވާނެއެވެ. އަމިއްލަ ހަޔާތުގެ ތޭރެގައި އެކުއްޖަކު ދަނީ މިދެންނެވި ޙިޔާލީ އަމީރު ހޯދަމުންނެވެ. ބައެއް ފަހަރަށް ހަގީގަތުގައި އެ އަމީރު ފެނިދެއެވެ. ނަމަވެސް ގިނަ ފަހަރަށް ވާގޮތަކީ ނުފެނުމެވެ. އަޅުގަޑަކީ ކޮންފަދަ އުފާވެރި އެއްތޯއެވެ މިހެނީ ވަރަށް ގިނައިން ހުވަފެނުގެ ދުނިޔެއިން އަޅުގަޑު ދެކޭ އަޅުގަޑުގެ ޙިޔާލުގެ އަމީރު އިއްތިފާޤުގެ ރަގަޅު ކަމުން ހަޤީޤީ ދުނިޔެއިން ވެސް އަޅުގަޑަށް އަދު ފެނުނީއެވެ.
އަންވަރު :-ރޭގަޑުގެ އަދިރި ކަމުގެ ތެރޭގައި ފެންނަ ކޮންމެ އައްޔަކީ ތޫރު ފަރުބަދައިގެ ނޫރު ކަމުގައި ވުން ލާޒިމެއް ނޫނެވެ. އެއީ އަވާ މެންދުރަކަށް ވުން ވެސް ވަރަށް އެކެށީގެންވެއެވެ.ވީމާ އަޅުގަޑާ މެދުގައި ތިޔަހާ އަވަހަށް އެއްވެސް ޚިޔާލެއް ހަމަ ނުޖެއްސެވުން އެދެމެވެ. ކެއްސެއް ލިބިވަޑައިގަތުން އެކިށީގެން ވާތީއެވެ. މާހްޖަބީން,:-މިބަހުގެ ޖަވާބުދޭން އުނިކޮށް ޑްރައިވަރ ބުނެއްޕެވެ.މާލަބާރ ހިލްޒް އަށް އާދެވިއްޖެވެ. ދެން ދާންވީ ކިހެނަކުންތޯއެވެ ؟ އަންވަރު:-މިދާގޮތަށް ގޮސް ކަނާތް ފަރާތަށް އަބުރާލާށެވެ.ހިދުކޮޅަކަށް ފަހު ޑްރައިވަރާއި ދިމާއަށް ބުނުއްޕެވެ .ކާރު ހުއްޓާލާށެވެ.ދެން އަންވަރާއި މާހްޖަބީން ކާރުން ފައިބައިގެން ފެއަރީ ޕެލަސް އަށް ވަދެއްޖެއެވެ.ގޭތެރެއަށް ވަނުމާއި އެކު މާހްޖަބީން ބުނެއްޕެވެ. ވަރަށް ރީތި ގެއެކެވެ. އެއްވެސް ވާހަކައެއް ނެތެވެ.މިގެ ހިފުމަށް ޤަސްދު ކޮށްފީމެވެ.މިގެއަކީ ޕަރީން އުޅުމަށް އެކަށީގެންވާ ގެއެކެވެ. އަންވަރު:-މީގެ ކުރީން ނޫޅުނު ކަމުގައި ވިއަސް ދެން އުޅޭނީ ޕަރީންކަން ކަށަވަރެވެ.
މާހްޖަބީން :-(މާނޭވާއެއާފައި ) ފިރިހެނުން ކުރާ ތަޢުރީފަކީ ތެދު ކަމުގައި ވާނެނަމަ ކީހާ ރަގަޅުހެއްގެވެ.އަންވަރު:- (ހިނިތުންވެފައި ) އަޅުގަދު މިހަދަނީ ދޮގެއް ނޫނެވެ.މޫނުބަލާ ލޯގަޑު ހެކިވާނެވެ. މާހްޖަބީން:-(އެތާއިން ފިނިފެން މަލަކާ ދިމާއަށް އިޝާރާތް ކޮށްލާފައި) މިސްޓަރ އަންވަރު އެވެ.އެއިނީ ކިހާފަރި މަލެއްތޯއެވެ؟ މާހްޖަބީން މިހެން ބުނުމުން އަންވަރު އެމާ ބިދެލައިގެންގޮސް އޭނާގެ އަތަށްދީފިއެވެ.މާހްޖަބީން:-(އެމަލުގައި ހިފާފައި ) ޝުކުރިއްޔާއެވެ (ވަސްގަނެފައި ) މިމަލުގެ ވަސް ވެސް ހާދަހާ މީރެވެ. ކާލާއަށް ބޮޑު ތުރާލެއް ޖެއްސެނީ ކަންވެސް ނޭގެއެވެ.
ސާޅީގެ ކޮންމެވެސް ތާކުން ދައްޗެއް ނަގާފައި މިމާ އަޅުގަޑުގެ ސާޅީގެ މިތާގައި (ވައަތް ފަރާތު ކޮޑާ ދިމާއިން ތަންކޮޅެއް ތިރިއަށް އިޝާރާތް ކުރަމުން )ޖައްސަވައި ދެއްވަފާނުތޯއެވެ. އަތުން ހިފައިގެން އުޅުމުން ވަރަށް އަވަހަށް މިލާމޯޅިވެ ދާނެއެވެ.މިއަދާޔާ ޙިލާފް އެދުން މެދުވެރިކުރި ހިނދު އެންމެ ފުރަތަަމަ އަންވަރު ޖެހިލުންވިއެވެ. ނަމަވެސް ޤާސިމް ބާއީ ގެ އާދޭސް ހިތައް އަރާފައި މާހްޖަބީން ގެ އަތުން އެމާލައި ދަތި އަންވަރު އަތުލައިފިއެވެ. މާހްޖަބީން ހިނިތުންވެލާފައި އައިސް އަންވަރުގެ ކުރިމަތީގައި އޭނާއާއި ޖެހޭ ހިސާބުގައި ހުއްޓިއްޖެއެވެ. ދެންތޯއެވެ. މާހްޖަބީން ގެ ދަގަތްފާނިީ އަސަރުތައް އަންވަރުގެ އިޙްސާސަށް އަސަރު ނުކޮށެއް ނުހުއްޓެވެ. ނަތީޖާ އަކަށްވީ ފަށްފަށުން މަސައްކަތް ކޮށްވެސް ސާޅީގައި އެމާ ޖޭހޭނެ ގޮތެއް ނުވުމެވެ.
އެއިރު ފިނިފެންމަލުގެ ކުލަވެރިވަމުންދާ އަންވަރުގެ މޫނާއި މާހްޖަބީންގެ ކޯތާފަތާއި ދެމެދުގައިވަނީ ވަރަށްވެސް ނުރައްކާތެ ރި ގާތް ކަމެކެވެ. އަންވަރު ހިތް އަދަޔާ ޙިލާފަށް ތެޅެން ފަށައިފިއެވެ.އަ ތުގެ އިގިލިތައް ތުރުތުރު އަޅަން ފަށައިފިއެވެ އޭނާގެ ނާރު ތަކުގައި ހިގާ ލޭ އިލެކްޓްރިކް ގެ އިތުރު ބާރެއް ލިބުނު ފަދަ ގޮތެއްގައި އައު ރާޅުބާނި ތަކެއް އުފައްދައިފިމެވެ. މާހްޖަބީން ނުލާހިކު ފަރި ހިނިތުން ވުމަކުން ހިނިތުންވެލާފައި ހުރެގެން އިރުއިރުކޮޅުން ބުނެއެވެ . އެކަމަކު ވާ ސާބަހެވެ. ތިޔަވަރުން އަޅުއްވައިގެން ވެސް ތިއޮއް ކުޑަކުޑަމާ ވެސް ނުޖެއްސެވުނީވިއްޔާއެވެ. މާހްޖަބީން މިހެން ބުނާ ކޮންމެ ފަހަރަކު އަންވަރަށް ކޮށްފައިވާ އަސަރުތައް ދަނީ އިތުރު ވަމުންނެވެ ސާޅީގައި މާޖަހަން އުޅުމުގެ ތޭރެގައި އަންވަރުގެ އިގިލިތަކަށް އައިސްފައިވާ އާދަޔާ ޙިލާފް ތުރުތުރެއްގެ ސަބަބުން އެޖަހަންވީ ދިމާގައި އެއްގޮތަކަށް ވެސް ދައްޗާއި އެކު މާ ހުރުކޮށްލެވޭ ގޮތެއް ނުވެއެވެ.
ފަށުވި ސާޅީގެ އޮމާން ކަމާއި އިގިލިތައް އެއްދިމާއެއްގައި ނުމެޖެއްސޭމެއެވެ. އޭނާގެ ނާކާމިޔާބު މަޟައްކަތާއި މާހްޖަބީން އަސަރުން ފުރިގެންވާ ހިނިތުން ވުމާއި އެކު އެކަކު އެނެކަކަށް ވެވިފައިވާ ކުށްތަން ވުމަކުން ‘އެންމެ ފަހުން އަންވަރުގެ ތަބީއަތުގައި އާދަޔާ ޙިލާފް އަލިފާނެއްގެ ހޫނުކަން އުފައްދައިފި އެވެ.އޭނާގެ ކަރު ހިކިއްޖެއެވެ. ވަރަށް ގަދައަށް ހުން އައިސްފައިވާ މީހަކު ފަދައިން މޫނު އަދަން ފަށައިފިއެވެ. އެއިރު މާހްޖަބީން ގެ ބޮލުގެ މީރުވަސްދުވާ އިސްތަށިތައް އަންނަ ވައިރޯޅި ތަކާއި އެކުލާވައިގެން އަންވަރުގެ މޫނުގައި ހޭކަމުން ދެއެވެ . ކޮންމެ އަކަސް އޭނާގެ އުމުރުން ވެއަތުވެ ދިޔަ ތާގައި އަދި ދުވަހަކުވެސް ތަޖްރިބާ ނުކުރެވޭ ކަހަލަ އަސަރު ތަކެއް އަންވަރަށް ކުރަން ފަށައިއެވެ އެންހެނެއްގައި ޒުވާން ރީތި އަންހެނެއްގައި ފިރިހެނަކު ދަމައި ގަތުމުގެ ދަގަތްފާނިީ ބާރުވާ މަތިވެރި މިންވަރު މިއަދު އޭނައަށް ވިސްނެން ފަށައިފިއެވެ.
ކުއްލިއަކަށް އޭނާގެ ހިތަށް ވެރިވެގަތީ ވަރަށްވެސް މޮޔަ އަދި ވަހްޝީ ޚިޔާލެކެވެ. ގަދަފަދަ ތޫފާނެއް އަންނަ ފަދަ ބާރުމިނެއްގައެވެ.އޭނާގެ ހިތަށް އެރީ ކީކޭ ކަމަށްތޯއެވެ ؟އޭނާގަވާނަމަ ވާ ބާރަކާއި އެކު މާހްޖަބީންގެ ގައިގާ ހިފައިގެން މާހްޖަބީންގެ ތުނިތުނި ރަތް އަދި ނުހަނު ލަތީފް އަދި ދޮނަށް އެދިފައިވާ ތުންފަތުގައި އެތައް ހާސް ފަހަރަކު ބޮސް ދިނެމަށެވެ . މި ޚިޔާލު އޭނާގެ ހިތަށް ވެރިވުމާއި އެކު ބޯ އަބުރާން ފަށައިފިއެވެ. ކުއްލިއަކަށް އޭނާގެ ހަރުދަނާ ހުރިހާ އުސޫލު ތަކެއް ހަދާން ނެތިއްޖެއެވެ .ރަގަޅާއި ނުބައިގެ އިޙްސާސްހިތާއި ސިކުޑިން ފިލައި ހިގައްޖެއެވެ. މާތްކަލާގެ އާއި އެކަލާގެ ރަސޫލާގެ ދުނިޔެއިން…އާދެ!އެދުނިޔޭގައި ނެތްކަމަށް ވެއްޖެއެވެ މިފަދަ އޮއްވަރެއްގެ ތެރެއަށް ފެތެން އޭނާ ވަނީ ތައްޔާރުވެފައެވެ . އެއިރު މާހްޖަބީން ތޯއެވެ.އޭނާވެސް ވަނީ ރޯވެފައެވެ.
ހޫނު ނޭވާ ތަކަކާއި އެކު ދެބައިކުޅައެއްބައި ފެންކަޅިވެފައިވާ ލޮލަކުން އެއާދަޔާޚިލާފް ވަގުތަށް އިންތިޒާރު ކުރަނީއެވެ . މިހިސާބަށް ކަންގޮސް ފައިވަނިކޮށް އަންވަރު ކުއްލިއަކަށް ހޭއަރުވާލީއެބައިމީހުން ތިބިތާގެ ކުރިމަތިން ލާފައި ވަރަށް ބާރަށް ހުރަސްކުރި މޮޓަރެއްގެ އަޑެވެ. އަންވަރަށް ފެނުނީ އެކާރުގައި އަޒްރާ އާއި ކިޝްވަރު ތިއްބައެވެ. ވަރަށް ވެސް ހަލުއި ކޮށް އެމޮޓަރު ދެވެ ހިގައްޖެއެވެ ނަމަވެސް އެދިޔަ ތަނުން އިލެކްޓްރިކް ގެ ބޮޑެތި އަކުރު ތަކަކުން ދިއްލިފައިވާ ފަދައިން އަންވަރުގެ ޙިޔާލީ ލޯ ދުށީ އަންނަނިވި އިބާރާތެވެ. އަންވަރެވެ. ތިޔަވަނީ ކީއް ހެއްޔެވެ؟ އަންވަރުގެ ޖަޒުބާތުތަށް ކުއްލި އަކަށް ތަފާތު އިންޤިލާބެކެވެ. ކިޝްވަރުގެ ލޯބީގެ މަތިވެރިކަން އަންވަރު ހޭލައްވަލައިފިއެވެ. އޭނާ ވެފައިވާ މަސްތު ފިލައްޖެއެވެ. އަންވަރަށް ހީވީ އޮއިވަރުގަދަ ކޯރެއްގެ ތެރެއަށް ފެތެން ދަނިކޮށް ކުއްލިއަކަށް މީހަކު އައިސް އޭނާ ސަލާމަތް ކުރިހެންނެވެ.
ލަދުވެތި ކަމުގެދާތައް އޭނަގެ ނިތްކުރިން އޮހޮރެން ފަށައިފިއެވެ. ވަހްޝީ ޙިޔާލުގެ ވިއްސާރަގަޑު ނެގިލެކަށްވުރެ އަވަހަށް އުދަރެހަށް އޮބާ ނިމިއްޖެއެވެ.އަންވަރު އޭނާގެ އަމިއްލަ ހިތަށް ލަޢުނަތް ދީ މަލާމާތް ކުރަން ފަށައިފިއެވެ. މާހްޖަބީންގެ ރީތި ކަމުގައި އަމިއްލަ ނަފްސު އިރުކޮޅަކަށް ނަމަވެސް ހަދުމަ ނައްތާލެވުނު ކަމަށް ޓަކައެވެ. އަންވަރުގެ މޫނުމައްޗަށް އައި ބަދަލު ފެނިފައި މާހްޖަބީން ބުނެއްޕެވެ އަނެއްކާވީ ކީއްތޯއެވެ ؟ތިޔަ ކުރައްވަނީ ކޮން ފިކުރެއްތޯއެވެ؟ އަންވަރު:-(ކޮޑައިކޮށް ލަދުގެންފައި) ވަކި ފިކުރެއް ކުރަނިއްޔެއް ނޫނެވެ .
މާހްޖަބީން:-(ހީލާފައި)އެއް ގޮތަކަށްވެސް އެހެނެއް ނޫނެވެ. ވަރަށް ބޮޑު ކަމެއް އެބަ ފޮރުއްވަމުއެވެ. ދެންމެ އެދިޔަ މޮޓަރުގައި ތިބީ ކޮންބައެއްތޯ އަޅުގަދު އެހިޔަ ދެއްވަފާނުތޯއެވެ ؟ އަންވަރު:-އަޅުގަޑު ދިނީ ހުއްދައެވެ. ޖަވާބު އަރުވާކަށް ވަޢުދެއް ނުވަމެވެ. މާހްޖަބީން: އެންމެ ރަގަޅެވެ. ނުބުނުއްވާން އުޅުއްވަންޏާ އަޅުގަދު ނަންގެންފާނަމެ ވެ. ކާރުގައި ތިބި ދެމީހުންކުރެ އެކަކީ މިސިޒް މުމްތާޒެވެ. އެނެކަކީ މިސް ހާޝިމް ބާއީ އެވެ. މިއަދު ހެދުނު ހަމަ އެކަާރުގައި އެބޭކަލުން އޭޝިޔަނިކް މޯޓަރ އިސްޓޯރޒް ކައިރީގައި އަޅުގަޑު ދުށީމެވެ. އަޅުގަޑު އެމީހުނެއް ނުދަންނެވެ. ނަމަވެސް މީހުން ކައިރީގައި އަހައިގެން އޮޅުން ފިލުވީމެވެ. މިސް ހާޝިމް ބާއީ މީހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ބުމްބާ ގައި ވިދާލައިފިއެވެ.އޭނާގެ ތޫހުކަޑީގެ ހިޔަނީގެ ދަށުގައިވާ މީހުންގެ ތެރޭގައި އަންވަރުވެސް ވަނީތާއެވެ
.އަންވަރު:-(ފިސާރި ހަރު ދަނާ ގޮތުގައި)މިސް ހާޝިމް ބާއީ އާއި ރަޙްމަތްތެރިކަމުގެ ފަޚްރުވެރިކަން އަޅުގަޑަށް ވެސް ވަނީ ލިބިފައެވެ މާހްޖަބީން މުން) ތިޔަހެން ނުބުނުއްވިނަމަވެސް އަންވަރާއި އޭނާ އާއި ދިޔައީ ޢަދާވާތްތެރިން ނޫންކަން އަޅުގަޑަށް ވިސްނޭވަރުވެއެވެ. އަންވަރު:-( ފިނިފެންމަލާއި ދަތި އަބުރާލުމުން)މިމަލުގައި ހިއްޕަވާށެވެ. އަމިއްލަފުޅަށް ވެސް ޖައްސަވާލެއްވިދާނެއެވެ. (ހިލާފައި )އެއުފާވެރި ވާޖިބު އަޅުގަޑަށް އަދާ ނުކުރެވުނީއެވެ. އަދި ކުރެވެން ނުވެސް ނެތިއެވެ. މާޢާފް ކުރެއްވުން އެދެމެވެ.ހިނިތުންވެފައިވާ މާހްޖަބީން ކުއްލިއަކަށް ދިޔައީ މިލައިގެންނެވެ . އަންވަރުގެ އަތުން އެފިނިފެންމާ އޭނާ ބަލައިގަތަސް އެވެސް އެއްޗެކޭ ނުބުނެވުނެވެ. އޭނާގެ އުފާވެރިކަން ގެއްލިހިގައްޖެއެވެ. ލިބުނު މޮޅީގެ ސަބަބުން އިސްދަށަށް ޖެހިއްޖެއެވެ. އަދި ލަދުވެތިކަމާއި ހިތާމަ އައި އެކު ރީތި ފުންފަތުގައި ދައިގަނެގެން އެތައް އިރެއް ވަންދެން ހުރެއްޖެއެވެ. އެވަގުތުގެ ތެރޭގައި އަންވަރުވެސް ވަކި އެއްޗެެއް ނުބުނެ އެވެ. އެތައް އިރެއްވީފަހުން އަންވަރު:- ދެން ދަމާ ހިންގަވާށެވެ. ގެބެއްލުވިއްޖެނޫންތޯއެވެ . މާހްޖަބީން:-ދަމާހިންގަވާށެވެ. ބެލިއްޖެއެވެ .ދެމީހުންމެ އިސްދަށަށް ޖަހައިގެން ތިބެކާރާއި ހަމައަށް ހިގައްޖެއެވެ. ގޮސްފައި އަންވަރު:-ދެން އަޅުގަޑު ދަނީ އޮފީހަށެވެ. އަމުރު ދެއްވައިފިނަމަ ޓެކްސީއެއް ހިފައިގެން ހިގައިދާނަމެވެ. ގެހިއްޕެވުމުގެ މަސްއަލަ ހަމަޖެއްސުވުމަށް އެންގެވި ވަގުތެއްގައި އެކަމަށް ތިބެނީ ތައްޔާރަށެވެ. މާހްޖަބީން:-(ހިނިތުންވެވޭތޯ މަސައްކަތްކުރަމުން) އިހަށް މަޑުކޮށް ލައްވާށެވެ. އަޅުގަޑާއި އެކުގައި އޮފީހާއި ހަމައަށް ހިންގަވާށެވެ. ކަލާ އޮފީހަށް ފޭބެންނުވުމުން އަޅުގަޑު ގެއަށް ހިގައިދާނަމެވެ. ނޫންނަމަ އަޅުގަޑު ދެކެ ރުޅިދުރުވީތޯއެވެ؟ އަންވަރު:- އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

