ފަންވަރު 09
އަޒްރާ:-(ހިނިތުންވެލާފައި ) ދޮގަކީ ވެސް ހިތްގައިމު ފަންނެއް ކަމުގައި ފިރިހެން ވަނިީ ހަދާފައެވެ.މެދުކެޑުމެއް ނެތި އެމީހުން ދޮގުހަދާލެއް ގިނަކަމުން އަންހެނުންނަށް ތެދުގެ ތަޖްރިބާ ކުރާނެ ވަގުތުއްވެސް ނުލިބެއެވެ.އެންހުނުންގެ ސާދަކަމަކީ ތަޖްރިބާ ކުޑަކަމުން އެމީހުންނަށް ހީވަނީ ފިރިހެނުންގެ ދޮގަކީވެސް ތެދުހެންނެވެ .އަދި އެބާވަތުގެ ސިފަ ރީތި ދޮގެއްގެ މައްޗަށް ތިމާގެ މުޅި ދިރިއުޅުން ޤުރުބާން ކޮށްފައެވެ.ތެދުވެރި ލޯތްބެއް ރައްދެއް ނުކުރެއެވެ .އަދި ކީއްތޯއެވެ؟ މުޅިންމެ ހަދާނީ މަކާރާ ދޮގެވެ. އަންވަރު:-(ހީގެންފައި )ބައްލަވާ ބައްލަވާށެވެ.މިހާަރު ތިޔަ ގެންދަވަނީ ޚައްދު ފަހަނަޅައެވެ . އެންމެން އެއްލަޓިގަޑަކުން ލައްވަމުން ނުގެންދަވާށެވެ.އެގޮތަކީ އަޒްރާ އާއި މުމްތާޒް ނޫނަސް ދުނިޔެގައި ލައްކަ އެންހެނުންނާއި ފިރިހެނުން ވެސް އެބަތިއްބެވެ.އަދި ފިރިހެނުންގެ ތެރޭގައި ވަފާތެރި އަންވަރު އެބަހުރީމެވެ.
ކިޝްވަރު:ـ މުމްތާޒް!ކަލޭ ތިޔަ ދައްކަވާ ވާހަކަ އެއީ ހިތްޕުޅުގެ އިޢްތިގާދުވެސް ތޯއެވެ؟ މުމްތާޒް:-މާތްކަލާނގެ ހެކިވެ ވޮޑިގަންނަވާށެވެ.އެއްވެސް ފިރިހެނަކީ ތެދުވެރިއެއް ކަމަކަށް އިޙްލާ ސްތެރިއެއް ކަމަކަށް އަޅުގަޑު ގަބޫލެއް ނުކުރަމެވެ.އަޅުގަޑުގެ ނަޒަރު ގައި ކޮންމެ ފިރިހެނަކީ އީމާނެއް ނެތް އަތްކަން ކުރާ މީހެކެވެ.އިހަޔޫދި ގިރިޓީ ކޮށްފައިވާ ގަހަނާތައް ހާދަހާދައި ގެން އަންހެނުން ގައި އެޅުވުމުން ގެންދަނީއެވެ. އަންހެނުން އެބައިމީހުންގެ މޮޔަކަމުން ހީކުރަނީ އެއީ ހަމަހަގީގަތުގެ ކާނަ ކަމުގައެވެ.ނަމަވެސް އެގިރިޓީ ފިލައިގެން އަސްލު އެގޭއިރު ދެން އޮންނާނި ރޯން ޖެހިފައެވެ.އެކުރާ ހިތާމައަކީ އެރޯރުއިމަކީ އެނެއް މޮޔަކަމެވެ. ކިޝްވަރު:-އެއީ ދެނަވަ މޮޔަ ކަމަކަށްވީ ކީއްވެގެންތޯއެވެ.؟މުމްތާޒު:-ދެވަނާ މޮޔަ ކަމަކަށް ވީގޮތަކީ ފުރާތަމަ ވެސް އެކެހިވެެރިކަން ގަބޫލުކުރަނީ ކީއްކުރަން ހެއްޔެވެ؟ ސަލާމްލެއްވި އާދަމްގެ ފާނުއްސުރެއް ފެށިގެން މިދާއާއި ހަމައަށް ފިރިހެނުންގެ ގޮތްތަކާއި ތަބީއަތް އަންހެނުންނަށް ނުވިސްނުނުކަމީ އެބައިމީހުންގެ ކުށެވެ.ފިރިހެނުންގެ އެމިޒާޖު ނުދަންނަ ކަމުގައި އަހެންހުނަންށް ހޭދޭކަށް ނެތެވެ.
މިހެނީ އެއްވެސް ފިރިހެނަކު އޭނާގެ މުޅި އުމުރުގައި އެއް އެންހެނެއްގެ މައްޗަށް ހުއްޓިފައި ނުހުންނެކަން އަންހެނުންނަށް ރަގަޅަށް އެގޭނެއެވެ.ކުޑަކުދިންނެކޭ އެއްފަދައިން ކޮންމެ ދުވަހަކަށް އައު ކުޅޭ އެއްޗަކަށް ބޭނުންވެއެވެ ކުޅުމަށެވެ.ހަލާކު ވެސް ކޮށްލުމަށެވެ.ވީމާ ތިމާގެ މުޅި ލޯބި ފިރިހެނަކަށް ދޭއިރު ކޮންމެ އަންހެނަކުމެ އެމީހެއްގެ މުޅި އުމުރު ދީފައި އެގަންނަނީ ތިން ހަތަރު ދުވަހެއްގެ ހަދުވަރެއްކަން ރަގަޅަށް ވިސްނަން ވާނެއެވެ.ފަހުން ހިތާމަ ނުކުރަމަށްޓަކަެވެ.ނާއުންމީދު ނުވުމަށް ޓަކައެވެ.އެކަމުގެ މުސީބާތަކީ އަންހެންނުންނަކަށް މިގޮތެއް ނުވިސްނެއެވެ.ނުވެސް ވިސްނޭނެމެެއެވެ/
.ވިސްނާކަށް ނުވެސް އެދެއެވެ.އަންހެނުންގެ ތަބީޢަތަކިީ ގިނިކާ މާދުންޏެކޭ އެއްގޮތެވެ.އެއަށްވެސް ވާހގޮތަކީ ޝިކާރާވެރިން ފަހައި ގަތުމުން ދުވެދުވެ ވަރުބަލިވެގެން ސަހަރާގެ ވެލިގަޑުތެރޭގައި އޭގެ ބޯ ފޮރުވަނީއެވެ.އެއަށް އެހެން ތަނެއް ނުފެންނަ ފަދައިން އެހެން މީހުންނަށްވެސް އެނުފެންނާނެ ކަމުގެ ޔަގީނުގައެވެ.ހަމަ މިގޮތަށް އަންހެނުންވެސް ފިރިހެނުންގެ ހިތުގައިވަ ހަގީގަތް ދެނެގަތުމުން އަބަދުވެސް އެދެނީ އެއް ކިބާވާށެވެ.ފަރިހެނުންގެ ފިތްރީ ބަލިކަށިކަން ދިމާައަށް ދެއްކޭކަށް ނުހުރެއެވެ.އަދި ކަނު ބަދެގެން ތިބެ މުޅިން ދިރި އުޅުން ހޭދަކޮށްލަން އެދެނީއެވެ . ނަމަވެސް ދިރިއުޅުމުގެ ކޮންމެވެސް ދަނޑިވަޅެއްގައި ލޮލުގެ ފަރުދާ ނެތި ހަގީގަތާއި ކުރިމަތިލާން ޖެހިދެއެވެ. ދެން ކުރާ ކަމަކީ ތިމާގެ މޮޔަ ކަމުގެ މައްޗަށް ނަސީބެއް ނެތް ކަމުގެ މައްޗަށް ރަގަޅަށް ގިސްލާފައި ރުއިމެވެ.އެފަދަ ރުއިމެއްގެ އެއްވެސް ޙައް ގެއް ނެތެވެ .މިހެނީ ދުނިޔެއަކީ ނުލާހިކު ބޮޑު ގުމާރު ކުޅޭ ގެއެކެވެ.ލޯތްބަކީ ވައްތަރެއްގެ ކުޅިވަރެކެވެ.ކޮންމެ މީހަކުވެސް އެމީހެއްގެ ނަސީބާއި ހަރާދު ކުޅެނީއެވެ ބައެއް ފަހަރަށް ގަދަވެއެވެ. ބައެއް ފަހަރަށް ބަލިވެދެެއެވެ. އެންހެނުންނަށް ވާގޮތަކީ ބަލިވެއްޖެނަމަ މުޅި އުމުރު ދުވަހަށް އެކަމުގެ ކަޅުހެދުންލަނީއެވެ.ވިސްނުންތެރި ފިރިހެނުން އެބައިމީހުންގެ ފިތުރީ ބާރު ގަދަކުމުގެ ސަބަބުން ބަލިވުމަށް ފަހުވެސް އަލުން ސަމާލުވެ ތެދުވުމަށްފަހު ދެވަނަ ފަހަރަށްވެސް ނަސީބުގެ އިމްތިޙާން ކުރަނީއެވެ.
އަންވަރު:-މިސްހާޝިމް ބާއި އެވެ. ކަލާ މުމްތާޒާއި ގިނަ ވާހަކަ ތަައް ދެއްކުވުން އޭނާގެ ހިއްމަތް އިތުރުވިޔަ ނުދެއްވާށެވެ. އެހެން ނޫނީ ވާނެ ގޮތަކީ އޭނާގެ އެކޮރު ފަލްސަފާ އާއިގެން ކަލާގެ މައްޗަށް ބޮޑު އަޒާބަށް ވެދާނެއެވެ. ނިކަން އައްސަވަ ބައްލަވާށެވެ މިއަދާ ހަމައަށް އެނާ އެއްވެސް މީހަކަށް ތެދުވެރި ގޮތެއްގައި އެދުނުތޯއެވެ.އެނިކަމެއްޗާ ލޯތްބަކީ ކޯއްޗެއްކަން ލޯބިވަނީ ކިހިނެއްކަން ދަންނަނީ އެހެން ނަމަތާއެވެ.މުމްތާޒު:- ކަލޭ ފަހެ އެދުނީ މުހެއްޔެވެ.؟އެހެން ކަމުގައި ވަނީ ވިއްޔާ ދެން އެއްވެސް ވާހަކައެއް ނެތެއް ނޫންހެއްޔެވެ. ލޯތްބަކީ ކޮން އެއްޗެއްކަން ކަމާއި އެކުރަނީ ކިހެނަކުންކަން ކަލޭ ނިކަން ބުނެބަލާށެވެ.މުމްތާޒު މިހެން ބުނުމުން އިޙްތިޔާރެއް ނެތި އަންވަރަށް އިސް ޖެހިއްޖެއެވެ . މޫނަށް ރަތް ކުލަ ވެރިވެގެންފިއެވެ. އެވަގުތު ވަރަށް ފުން ލޮލަކުން އަންވަރާއި ދިމާއަށް ބަލާލުމަށްފަހު ހީލަފައި ކިޝްވަރު ބުންޏެވެ. ކިޝްވަރު:-އާނ!އާނ! ލޯތްބަކީ ކޮން އެއްޗެއް ކަމާއި ކިހިނެކުން ވެވޭ އެއްޗައްކަންް ނިކަން ބުނުއްވަ ބައްލަވާށެވެ.އަންވަރު:-(ލަދުވެތި ސަމާސާ ގޮތަކަށް )ނަންގަންވީ ކީކޭތޯއެވެ.
ބާބު5
އެނެއް ދުވަހު ނުވައެއްޖެހިތަނާ ވަރަށް ރީތީ ކާރެއް އައިސް ކާރީމް ބާއި ގާސިމް ބާއި ގެ ފިހާރައިގެ ކުރިމައްޗަށް ހުއްޓާފިއެވެ. ކާރުގެ ތެރެއިން ހިމަހިމަ ރީތި އަޑަކުން މަހުމޫދު ގޮސް ސޭޓް އޮފީހުގައި އިންނެވިތޯ ބަލާބަލާށެވެ.ބުނަމުން މަހުމޫދު ކާރުން ފައިބައިގެން އޮފީހާއި ދިމާއަށް ހިއްގަޖެވެ. އަދި ކުޑައިރުކޮޅަކަށް ފަހު އެބުރި އައިސް އޭނާ ބުންޏެވެ ހިންގަވާށެވެ. ސާހިބާއެވެ.ސާހިބާއެވެ. ! ސޭޓް އިންނެވީ ކަމާނާގެ އިންތިޒާރުގައެެވެ. އެކުއްޖެއްގެ އުމުރުން 15ނުވަތަ 16 އަހަރަށްދާ އަންހެން ކުއްޖެކު ވަރަށްވެސް ފަރި ގޮތެއްގައި ކާރުން ފައިބައްޖެއެވެ ލައިގެން ހުރީ ފިނިފެންމާ ކުލައިގެ ފަށުވި ސާޅިއެކެވެ.އޭގެ ތަންތަންކޮޅުގައި ރަތްކުލަ ކުރަހާފައިވާ ކުރެހުންތައް އިރުގެ އަލިކަމުގެ ތެރޭގައި ވަނީ ވިދަވިދައެވެ.ރަތްކުލަ އެކުލެވިގެންވާ ދޮން ކުލައެވެ . ވަރަށް ވެސް އަސަރުގަދަ ދެލޮލެކެވެ.އޭގެ ގަދަ ކަޅުކުލައާއި އެކުވެގެންވާ ޖާދޫގެ ތެރެއަށް މީހަކު ގެއްލިއްޖެނަމަ އެމީހެއްގެ ހިތް ހަރަކާތް ވުމަށް ވެސް ހަދާން ނެތިދާ ފަދައެވެ. ތަބީއީ ގޮތުން އެކުއްޖެއްގެ ތުންފަތަށް ލިބިފައިވާ ލަތީފް ކަމާއި ތުނިކަމާއި އަދި ރީތި ކުލަ ފިނިފެން މަލުގެ ފިޔަތައްވެސް ލަދުގަންނަވާލާހާވެއެވެ.ވަރަށްވެސް ހޮޔޮވަރުގެ އަސްކޮޅެ ކެވެ.އިސްކޮލާ އެކަށީގެންވާ ރޫފައެކެވެ.ޖުމްލަކޮށް ދަންނަވަނީ ނަމަ މާތްކަލާނގެ ކުޅަދުންވަންތަ ވެރިކަމުގެ މައްޗަށް މީސްތަކުން އީމާން ވަފަދަ ރީތީގެ ނަމޫނާއެކެވެ. ޖަވާހިރުތައް ޖަހާފައިވާ ރީތި ހާރެއް އެކުއްޖެއްގެ ކަރުގައި އޮތެވެ.ކަންފަތުގައި ލާއެތިގަަައި ހުރި ވަރަށްވެސް ވިދާ ދެއަލިމަހެވެ . އަތިގައި އޮތް އުޅަލުގައި ޔާގޫތާއި ޒުމައްރަދުގެ ކުރެހުން އަޅާފައިވެއެވެ.ދަންނަވާނީވެސް ކީކޭތޯއެވެ ؟ މިދަކީ ހަމައެކަނި އަންހެން ކުއްޖަކީ އެއްނޫނެވެ .
އަދި ކީއްތޯއެވެ؟ އަންހެނީ ރީތި ކަމުގެ ލާމަސީލު މިސާލެކެވެ. އެއީ އެކަމަށް އަލިވެފައިވާ ވިދުވަރެއް ފަދަ މަންޒަރެކެވެ. ރީތި ޚިޔާލެކެވެ.ހިތްދަމައިގަންނަ ފަދަ ދިރިހުރި ހުވަފެނެ ކެވެ.އޭނާގެ ނަމަކީ މާހްޖަބީނެވެ.ހަގީގަތުގައިވެސް އެއީ މާހްޖަބީނެކެވެ. މިޔުޒިކްގެ ފަންނު ތަކުގައި އެއިލްމްގެ ބޮޑެތި ބޮޑެތި މާހިރުންވެސް އޭނާގެ ކުޅަދާނަ ކަމަށް ތަޢުރީފް ކުރެއެވެ . މުޅި ބުމްބާގައި އެވަގުތު ވަނީ އޭނާގެ ނަން ވިދާބަބުޅާފައެވެ. ކޮންމެ ޒުވަނަކާއި އަދި ކޮންމެ މުސްކުޅިއަކު ވަނީ އެނާއާއި މޮޔަވެފައެވެ. މާހްޖަބީން ގެ ދައްތައަކީ ބުމްބާގެ އެންމެ ރީތި އަދި އެންމެ މަޝްހޫރު ތަވާއިފުންގެ ހިމެނިގެންވާ މީހެކެވެ.(ދިވެހި ބަހުން ތަވާއިފުންގެ އެންމެ ގާތް ތަރުޖަމާ އެއް ކުމުގައި ދެންނެވޭނީ އެއީ ކަސްބީ އަންހެނުން ކަމުގައެވެ. މާޢާފް ކުރެއްވުން އެދެމެވެ.)އެކަމަކު ރީއްޗާއި ރޭގަޑުގެ ދުނިޔޭގައި އަޅުގަޑުމެންގެ އައު ތަރި ވިދަން ފަށައިގަތުމުން އޭނާގެވެސް އަލިކަން މިހާރުވަނީ ފަޑުވެފައެވެ. މާހްޖަބީން އޭނާގެ ސާޅިގެ ކަނެއްގައި ވަރަށް ވެސް ފަރިގޮތަކަށް ހިފަލާގެން ހުރެ ގާސިމް ބާއީ ގެ އޮފީހުގެ ސިޑިން ހަލުއިހަލުއިކޮށް އަރައިގެން ހިގައްޖެއެވެ އޮފީހުގައި އިނީ އުމުރުން ދުވަސްވީ މާތް މީހެކެވެ. އޭނާގެ އުމުރުން ސަތޭކައިގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ މަދެއް ނުވާނެއެވެ.ރަށް ފަގުޑިއެއް އަޅާފައެވެ. އަދި ރީތި ދިގު ހުދު ގަމީހެއްގެ މަތީން ސުއިޓަރ އެއް ލައިގެންނެވެ.މާހްޖަބީން ފެނުމާއި އެކުގައި މިދެންނެވި މީހާ ސިހިގެން ގޮސްފައި ތެދުވެއްޖެއެވެ. އަދި ހައިރާން ކަމާއި އެކުގައި އަވަސް އަވަހަށް ދެތިން ފަހަރު ސަލާމްވެސް ކޮށްފިއެވެ. ކަރުކެހިލައިފައިއެވެ.ބޯކަހާލައިފިއެވެ. ސާލާމަށް އަތް ދިއްކޮލާފައިމެ އަތް ދަމައިގެންފިއެވެ.މާހްޖަބީން އާއި ދިމާއަށް ގޮޑިއެއް ދިއްކޮށްލާފައި އެނެއްކާ އޭނާގެ ކަރިއަށް ގެނެސްވެސްފިއެވެ.މިފަދަ ހާލެއްގައި ވަނިކޮށް މާހްޖަބީން ހިނިތުންވެފައި އިށީންނަވާށެވެ. މާބޮޑަށް އުދަގޫ އުފުއްލަވާ ނެ ކަމެއް ނެތެވެ.އަޅގަޑުވެސް އަށީދެފާނަމެވެ.މިހެން ނުބުނި ނަމަ އޭސެޓް އިތުރަށް ކޮށްފައި ނުކުރާނީ ކޮން ކަމެއް ކަން ވެސް އަޅުގަޑުމެންނަކަށް ނޭގެއެވެ. ކޮންމެ އަކަސް ކޫރީގައި ދެންނެވިހެން ބެނެފައި މާހްޖަބީން އިށީދެއްޖެއެވެ ދެން ގާސިމް ބާއި ވެސް އަށީނު މަށް ފަހު މާހްޖަބީނާ މުޚާތަބްކޮށް ބުނެފިއެވެ.ތިޔަހާ އުދަގުލެއް ތިޔަ އުފުއްލެވީ ކީއްވެގެންތޯއެވެ ؟ބޭނުމަކީ ކޮބައިކަން އަވަހަށް އަންގަވާށެވެ. މިހެން ބުނެފައި ގާސިމް ބާއި އޭނާގެ ދެއަތް ދެއަތާ މޮޑެން ފަށައިއެވެ. އަދި ހިނިތުން ވާހިތުން މަތީގައިވާ ސޯޅަދަތާއި ތިރީގައިވާ ސޯޅަދަތާ އެކީގައި ހާމަ ކުރެވޭތޯ މަސައްކަތް ކުރިއެވެ. މާހްޖަބީން:- އަޅުގަޑު މިއައީ މަލްބާ ހިލްޒް އިން ރަގަޅު ގެއެއް ކުއްޔަށް ލިބޭތޯއެވެ. ކުލި ކިތަންމެ ބޮޑު ނަމަވެސް ވަރިހަމައެވެ. ގެވާންވާނީ ރީތިގެއަކަށެވެ.އަދި ހުރި ތަނުގެ ގޮތުންވެސް ފުރިހަމަ ގެއަކަށެވެ. މިއަޑު އިވިފައި ގާސިމް ބާއި ގެ 32ދަތް އެކުގައި އެނެއްކާވެސް ފާޅުވެއްޖެއެވެ . ވަރަށް އުފާވެފައި ބުންޏެވެ ޝައްކެއް ނެތެވެ.ބުމްބާ އިން ކީއްކުރަންތޯއެވެ. އެއް އެތައް ހިސާބެއްްގެ ދުރަށް ދަތުރު ކުރެއްވިއަސް ލިބިނުލައްވާ ފަދަ ރީތި ގެއެއް އަޅުގަޑު ދީފަނަމެވެ. މާހްޖަބީން:-އެކަމަކު މަލަބާހިލްޒް ނޫން ތަނަކުން އަޅުގަޑު ބޭނުމެއް ނެތެވެ. ގާސިމް ބާއީ:-ލައްބައެވެ. ގެ އަރުވާނީ ހަމަ އެތަނުންނެވެ.އެކަމަކު މިހާރު ހުހަށްހުރީ ކޮންކޮން ގެއެއްތޯ ބާލާލުޔަ ދެއްވާށެވެ . މިހެން ބުނެފައި މޭޒުމަތީގައި ހުރި ރަގަބީލަކަށް އޮބާލައިފި އެވެ.އެހެން ކޮޓަރިއަކުން ރަގަބީލުޖެހިއްޖެވެ. ކޮޑައިރުކޮޅަކަށް ފަހު މާހްޖަބީން މެން ތިބި ކޮޓަރީގެ ދޮރުފަތް ހުޅުވިއްޖެވެ. އަދިދޮރުމަތީން ފެންނަން ހުރީ އަންވަރުގެ ރީތި ހަށިގަޑެވެ.ހުޅުވުނު ދޮރާއި ދިމާއަށް މާހްޖަބީން ބަލާލީ ވަރަށް ވެސް ފަރުވާލެއް ނެތް ނަޒަރަކުންނެވެ. ނަމަވެސް އޭނާގެ ލޯ އެދިމާއަށް ހުއްޓުނީއެވެ.އޭނާގެ ކުރިމައްޗަށް އައިސް ކުއްލިއަކަށް އެހުއްޓުނު ފަދަ ފިރިހެނީ ރީތި ކަމެއްގެ މަތިވެރި ނަމޫނާއެއް މިއަދުގެ ކުރިއަކު އޭނާ ދުވަހަކުވެސް ނުދެކެއެވެ.ތެދެއްމެވެ. އަންވަރަކީ ރީތި ކަމުގެ ދުނިޔޭގައި ރަސްރަސްކަލުންގެ ރަސްގެފާނެއެވެ .ރީއްޗަކީ އޭގެ ކުރިމަތީގައި މީހާގެވިސްނުން ހަމައިން ނައްޓާލާ ފަދަ އެއްޗެއްކަން މާހްޖަބީނަށް ގަބޫލު ކުރެވުނެވެ.ރީއްޗަކީ އަސަރުން ފުރިގެންވާ އެއްޗެއްކަން އޭނާއަށް ގަބޫލު ކުރެވުނެވެ.ރީއްޗަކީ މީހަކު މަސްތު ކޮށްލާފަދަ އެއްޗެއްކަން ވެސް އޭނާ އަށް ގަބޫލު ކުރެވުނެވެ.
ތުމް ސާމުނޭކެއާއި އިކްތަރަފް ބަހާރުއާއި
އާންކޯންނެ މޭރީ ގޯޔާ ފިރްދައުސު ނަޒަރުދެކާ.
އަނެއްކޮޅުން އަންވަރު ވެސް އެކޮޓަރިއަށް ވަނީއަކީ ރީތީގެ އެފަދަ ކަމެއް ދުށުމަކަށް ތައްޔާރުވެ ހުރެއެއް ނޫނެވެ.ވީމާ އޭނާއަށްވެސް ޖެހުނު ހާލަކީ މާހްޖަބީނާއަށް ކަޅި ހުއްޓާލައިގެން އިރުކޮޅެއް ވަންދެން ހުންނަށް ޖެހުމެވެ.ނަމަވެސް ގިނަ ވަގުތު ތަކެއް ވިޔަ ނުދީ އޭނާގެ ވިސްނުން ސމާލުކޮށް ހަމަޖައްސާލައިފިއެވެ.ގާސިމްބާއި:-މިސްޓަރ އަންވަރުއެވެ!މީނާއަށް (މާހްޖަބީން އާއި ދިމާއަށް އިޝާރާތް ކޮށްލާފައި) މަލަބާހިލްޒް އިން ރަގަޅު ގެއެއް ބޭނުން ވަނީއެވެ.އެހިސަބުގައި މީހާރު ރަގަޅު ގެއެއް ހުހަށް އެބަހުރި ހެއްޔެވެ؟އަންވަރު ލައްބައެވެ. އަޅުގަޑު ހަދާންވާގޮތުގައި އަދިވެސް ވަރަށް ރަގަޅު ތިންގެ ހުހަށް ހުންނާނެއެވެ. އެކަމަކު ޔަގީން ކޮށް ދަންނަވަން އެގެނީ ފައިލް ތައް ބަލާފައެވެ. އަމުރުފުޅު އެބައޮތްތޯއެވެ؟ޤާސިމްބާއި :- އާއެކެވެ.އެންމެ ރަގަޅެވެ. ގޮސް ބަލާާފައެވެ. އަދި މަލަބާރ ހިލްޒްގެ ޗާޓު ވެސް ހިފައިގެން އަންނާށެވެ. އަންވަދު:-ވަރަށް ގަޅެވެ. މިހާރު މިއަންނަނީއެވެ. މިހެން ބުނެފައި އެކޮޓަރިން ނުކުމެއްޖެއެވެ މިވީ ވަގުތުކޮޅު ތެރޭގައި އަންވަރު އޭނާއާއި ދިމާއަށް ބަލާތޯ މާހްޖަބީން ސިއްރު ސިއްރުން ބެލިއެވެ. ނަމަވެސް އޭނައަށް ވާންޖެހުނީި ނާއުންމީދެއެވެ. މިހެނީ ފަރަތަމަ ބަލާލި ބެލުމުގެ އިތުރަށް އަންވަރު އެއްގޮތަކަށްވެސް އޭނާގެ ލޯ މާހްޖަބީން އާއި އަބުރައެއް ނުލައެވެ. ދެމިނެޓްހާއިރު ގެ ތެރޭގައި އަންވަރު މަލަބާރި ހިލްޒްގެ ޗާޓު ހަފައިގެން އެބުރި އަތުވެއްޖެއެވެ. އަދި މާހްޖަބީން ގެ ކުރިމަތީގައި ޗާޓް ފަތުރާލަފައި އޭނާ ބުނާން ފަށައިފިއެވެ.މަލަބާރ ހިލްޒް މިތަންވަޅު ވަރަށް ރަގަޅު ތިންގެ ހުހުށް އެބަހުއްޓެވެ ބައްލަވަ ބައްލަވާށެވެ.އެއްގެއަކީ މިގެއެވެ.ވަރަށް ވެސް ފުރިހަމަ ގެއެކެވެ. އަދި ހުރިތާގެ ގޮތުން ވެސް ވަރަށް ރަގަޅުވެ.ކުއްޔަކީ އަހަރަކު/4000ރުފިޔާ އެވެ. އެނެއް ގެއަކީ މިއެވެ.ކުރީގެ ގެއަށް ވުރު ވެސް ބޮުޑުވެފައި ރިީއްޗެވެ. ކުއްޔަކީ -4500ރުފިޔާއެވެ. ތިންވަނަ ގެއަކީ ކުރީގެ ދެގެއަށް ވުރެ ހުރިހާ ގޮތަކުން ވެސް މާ ފުރިހަމަ ގެއެކެވެ ގެގޭ ނަމަކީ ފެއަރީ ޕެލަސް އެވެ. (ޗާޓުން އެގެ ދައްކާލާފިއެވެ.)މިއެވެ.ކަނޑުގެ މަންޒަރަކީ އަދި ސާފު ވައި ވެސް ހުރަހެއް ނެތި މިގެއަށް ފެނި ލިބޭނެއެވެ. ނުލަާހިކު ރީތި ކުޑަ ކުޑަ ބަގީޗާ އަކާ ޓެނިސް ކޯޓެއްވެސް އެބައޮތެވެ. މިގޭގައި ފަރނީޗރ ވެސް ބަހައްޓާފައި ވަނީ އެންމެ މިޒަމާނުގެ ގޮތަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

