ފަންވަރު އެޕިސޯޑް 11
ކަލާ އޮފީހަށް ފޭބެންނުވުމުން އަޅުގަޑު ގެއަށް ހިގައިދާނަމެވެ. ނޫންނަމަ އަޅުގަޑު ދެކެ ރުޅިދުރުވީތޯއެވެ؟ އަންވަރު:- އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ .
އެޕިސޯޑް 11
އަޅުގަޑު އެއްގޮތަކަށްވެސް ރުޅިއެއް ނާދެއެވެ. އަޅުގަޑުގެ ވާހަކަ އަކުން ނުވަތަ އަމަލަކުން އެފަދަ ގޮތެއް ހީވެފައި ވާނަމަ އެދެނީ މާޢުފް ކުރުވުމެވެ. އަންވަރު މިހެން ބުނުމުން މާހްޖަބީންގެ މޫނަށް އެނައްކާ ވެސް ހިސާބަކަށް ނަމަވެސް އުފާވެރިކަން އެބުރި އަތުވެއްޖެއެވެ އަދި ބުނެއްޕެވެ އަޅުގަޑު ހީކުރީ ކަލާވަރަށް ނުޤަބޫލުވެ ލައްވައިފިކަމުގައެވެ. ދެން މިހާރު އެންމެ ރަގަޅުވެ.ދުރުވަންވާނީ އަޅުގަޑާއި އެކުގައެވެ. އެހެން ނޫނަމަ އަޅުގަޑު ހީކުރީ އަޅުގަޑާ ނުރުއްސަވާކަމުގައެވެ.
އަންވަރު:-ކަލާ އަރިހުގައި ދިއުމަށް އަޅުގަޑު އިންކާރުކުރީ ކޮންއިރަކުތޯއެވެ…ޓެކްސީ އެއް ހިފާވާހަކަ ދެއްކީ ގެންދުވުން ދަތިފުޅުވެދާނެތީއެވެ. މާހްޖަބީން:-( ހީލާފައި)ތިޔަ ދަތި އަޅުގަޑުގެ ދުލުން ތަރުޖަމާ ކުރެވެނީ ލިބޭ އެންމެ ޚާޢްޞަ އުފާކަމުގައެވެ. ދެމީހުން ކާރަށް އަރައިގެން ދުއްވާލައިފިއެވެ.
މާހްޖަބީން:-(އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމަށްފަހު) މިސްޓަރ އަންވަރުއެވެ. މީގެ ފަހުން ދެން ފަހަރަކުވެސް ބައްދަލު ވެވިދާނެ ކަމުގެ އުއްމިދު އަޅުގަޑަށް ކުރެވިދާނެތޯއެވެ؟ އަންވަރު:- ބައްދަލު ވުމުން ލިބޭ އުފަލެއްގެ އެންމެ ބޮޑު ހައްޤުވެރިއަކީ އަޅުގަޑުވެ. ނަމަވެސް ހިތާމައަކީ އަޅުގަޑަކީ މީހެއްގެ ނޯކަރަކީމެވެ. ނޯކަރުންނަން ވަގުތު ލިބުމުގެ ދަތިކަން އެކަކަށް ވެސް ވަންހަނާ ވެގެން ނުވާނެއެވެ. މާހްޖަބީން:- އެހެން ނަމަވެސް މީހަކު ތަނަކަށް ދާން އެދިއްޖެނަމަ އެކަމަށްޓަކައި ކިތަންމެ ގޮތެއްވެސް ތަނަވަސް ކުރެވިދާނެއެވެ.ސާފު ކޮށް ބުނުއްވާށެ ވެ. ބައްދަލު ވުމުގެ ބޭނުމެއް ނެތެވެ.
އަންވަރު:- (ހީލާފައި)ކާލަ އާއި އެއްފަހަރު ބައްދަލުވެފައި އެނެއް ފަހަރު ބައްދަލު ވުމުގެ އެދުމެއް ނެތި ވަކިވާނީ ކޮން އިންސާނެއްތޯއެވެ؟ ނަމަވެސް އަޅުގަޑުވަނީ މަޖްބޫރު…. މާހްޖަބީން:-(އަންވަރުގެ ވާހަކަ މެދުކަޑާލަފައި) މަޖްބޫރުގެ ދެވަނަ މާނައަކީ ނުވަތަ ނަމަކީ މިސް ހާޝިމްބާއި ތޯއެވެ.އަޅުގަޑު އެކަން ދެނަހުރީމެވެ. އަންވަރު:-(ހީގެންފައި)ސާބަސްފުޅެވެ. އަޅުގަޑު ދަންނަވަން އުޅުނީ މަޖްބޫރާއި ނޯކަރު ކަމަކީ މުޅިން އެއްމާނައިގެ ދޭތި ކަމުގައެވެ. މާހްޖަބީން:-(ޚައިރާންވާ ފަދަ އެދުންވެރި ރާގެއްގައި) އަންވަރުއެވެ. މާތްރަސްކަލާންގެ ރަސްކަންފުޅަށްޓަކައި އުއްމީދު ކާޑާލިޔަ ނުދެއްވާށެވެ. ފަހުން ނުދުރުވި ކަމުގައިވިއަސް އެންމެ ރަގަޅެވެ
.އަންނާނަމޭ”ބުނުއްވާށެވެ. އަޅުގަޑުގެ ފުރާނަ ގަންދީ ނަންގަންނަމެވެ. އިންކާރު ނުކުރައްވާށެވެ. ދޮގުނަމަވެސް ހެވޭ ކޮންމެވެސް އުއްމީދެއް ދެއްވާށެވެ. އިންކާރު ކުރައްވާއިރު ހިތްޕުޅަށް ކުޑަވެސް ރަޙްމެއް ނާދޭތޯއެވެ؟ ނޫނީ ރަޙްމު ކުރެއްވުމަށްވެސް ކުރައްވީ އިންކާރުތޯއެވެ.
” އާޕްއިކްނެހީހެ ޚުނެތަމަންނާ ނަކީޖިޔޭ
ބަރްބާދު މޭރީ ޝައުޤުކީ ދުނިޔާ ނަކީޖިޔޭ “
އަންވަރު:-(އަންވަރު) އަޅުގަޑުގެ ރައްޓެއްސަކު އިއްޔެ ބުނެފައިވާ ފަދައިން ތެދު ޤަބޫލު ކުރުމަކީ އަންހެނުންނަށް އުފުލޭ ވަރުގެ ކަމެއް ކަމެއް ނޫނެވެ. އެމީހުން ދިރިތިބެނީ ފިރިހެނުން ހަދާ ރީތި ދޮގުތައް ގަބޫލުކޮށްގެންނެވެ. އަޅުގަޑުވެސް އެގޮތަށް ދޮގު ވަޢުދެއް ކުރިޔަސް ވަރިހަމަފުޅު ކަމުގައި ވަނީނަމަ އެންމެރަގަޅެވެ.
ތިޔަގެޔަށް ދިއުމަށް ވަޢުދު ކޮންފާނެވެ. މާހްޖަބީން:-އިޝްގުގެ މަހްޒްހަބްގައި މުޅިން ނާއުންމީދުކޮށްލުމަށްވުރެ ދޮގު އުއްމީދެއް ކުރުންވެސް މާރަގަޅެވެ. މިހިސާބަކަށް ވާހަކަ ދިޔަތަނާ ހާޝިމް ބާއީ ގެ އޮފީސް ކަރިޔަށް މޮޓަރު ހުއްޓާލައިފިއެވެ. ދެން އަންވަރު މޮޓަރުން ފައިބަމުން ބުންޏެވެ. ހެޔޮފުޅުކަމަށްޓަކާ ޝުކުރިއްޔާ! އެވެ. މާތްކަލާގެ ކާލާ ރައްކާތެރިކުރައް ވާށިއެވެ. މާހްޖަބީން:- (އަންވަރާއި އަތާ އަތްޖޯޑުކޮށް ސާލާމް ކުރުމުން ) އެންމެ ރަގަޅެވެ. ދުރުވާށެވެ.
އެކަމަކު މާލާއެކުގައި އަޅުގަޑުގެ އުއްމީދުތައް މިލާ މޯޅިނުވަނީސް ދުރުވައްޗެވެ. މޮޓަރު މާހްޖަބީންގެ ގެއާއި ދިމާއަށް ދުއްވާލައިފިއެވެ އެކާރު ދިޔަމަގު ބަލަހައްޓައިގެން އިރުގަޑެއް ވަންދެން އަންވަރު ހުއްޓެވެ . އޭރު އޭނާގެ ހިތަށް އަރައެވެ. ދުނިޔޭގައިވާ ނުރައްކާތެރި ތަކެތީގެ ތެރެއިން އެންމެ ނުރައްކާތެރި އެއްޗަކީ އަންހެނުންނެވެ. ދުނިޔެގެ ހުރިހާ ފަފާ ތަކުން ސަލާމަތް ވެވުމަކީ އެކިށީގެންވާ ކަމެކެވެ. ރަސްކަމުގެ ތަޙްތާއި ތާޖް ދޫކޮށްލުމަކީ ދަތި ކަމެއް ނޫނެވެ .
އެކަމަކު އެންހެނެއްގެ ލޯބިން ފުރިފައިވާ ދަގަތްފާނީ ނަޒަރުން ސަލާމަތް ވުމަކީ އަދި އެފަދަ އެމީހެއްގެ މަޑު ތުނި ތުނި ޔާގޫތީ ތުންފަތް ގޮވާ ގޮވުމަށް އިޖާބަ ނުދީ ދުރުހެލިވުމަކީ އުދަގޫ ކަމެކެވެ.ވަރަށް ވެސް އުދަގޫ ކަމެކެވެ.އެނެއްކޮޅުން މާހްޖަބީން އޭނާގެ ކާރުގެ ފަހަތު ގޮޑީގެ އެއްކަނެއްގައި ވަރަށް ވެސް ހަމަޖެހިލައިގެން އިނެވެ. އޭނާގެ ދެލޯވަނީ މެރިފައެވެ. އޭނާގެ ހިތް ބުނެއެވެ. އަންވަރުވެ.މާތްރަ ސްކަލާގެ ކަލެޔަށް ރީތިކަން ދެއްވި މިންވަރަށް ކަލޭގެ ހިތްވެސް ވަނީ ހަރުކަށި ކުރައްވާފައެވެ. އެކަމަކު ކަލޭގެ ހަރުކަށި ހިތް މަޑުވިޔަ ނުދީ ހިފަހައްޓާލާނީ ކޮން މިންްވަރަކަށްތޯ ‘އަހަރެންވެސް ބަލާލާނަމެވެ. އާއެކެވެ. ! މަގޭ ހިތުގައި ލޯބިވާކަމަށްވާނަމަ ލޯބީގެ އަސަރުވާކަމަށްވާ ނަމަ(ކަލޭގެ ރީތިކަން ގަންދީ ބުނަމެވެ. ).
ކޮންމެވެސް ދުވަހަކުން ކަލޭ އަހަރެންގެ ނަން ތަކުރާރު ކުރަނީ ފިރިހެނަކު އަންހެނަކަށް ރައްދުކުރި އެންމެ ޚާއްސަ ލޯތްބަކާއި އެކުގައެވެ. ކާލެގެ ހިތުގައި މަށަށްޓަކައި ވޭން އުފެދިފައިވާ ދުވަހެއް އަންނާނެއެވެ. މާނޭވަތައްލާނޭ ދުވަހެއް އަންނާ ނެއެވެ.ނަސީބުގެ ހުރި އަނިޔާވެރިކަން ނިކަން ދެކެބަލާށެވެ. އެމީހުންގެ އެއްވެސް ފަރުވާލެއް އަހަންނަށް ނެތް މީހުންތައް މާށާ ޤުރުބާން ވަނީއެވެ. އަހަރެން އެމީހަކަށްޓަކާ މުޅިން ފިދާވާ މީހާ މަށަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އަންވަރުއެވެ. ކަލޭގެ ބޭފަރުވާތެރި. ކަމުގެ ސަބަބަކީ ހަމަ އެކަނި އަހަރެންނަކީ ތަވާއިފަކަށް ވީމައެވެ. ތަވާފުންނަށް ވުރެ ނިކަމެތި މީހުން ފޫހިވެ ރުޅި އެރުން އެކެށީގެންވާ އެއްވެސް ބައެއް ދުނިޔެއަކު ނެތެވެ.މަށަކީ ކާކުުކަމެއް ނުދަންނަމޭ ކަޭލޭ ބުނި ބުނުމަކީ ދެނެހުރެގެން ކުރި އިހްތިޖާލެކެވެ.އާއެކެވެ. ކާލެގެ ނަފްރަތުގެ ސަބަބަކީ އަހަރެން އެބައެއްގެ ތެރޭގައި ހިމެނިގެންވާ ޖަމާއަތުގެ ސުންޕާކަމެވެ.މަށަކީ މާތް ޚާންދާނެއްގެ އަބުރުވެރި އަންހެކުއްޖެއް ކަމުގައިވާނަމަ ތިޔަފަދަ އިހާނެތި ނަޒަރެއް ބޭފަރުވާތެރި ގޮތެއް ކަލޭވެސް ރައްދެއް ނުކުރީހެވެ. މިފަދަ ނިކަމެތި ބައެއްގެ ތެރޭގައި އަހަރެން އެފުއްދެވިކަން ހާދަހާ ދެރާއެވެ .
އެކެމަކު އޭއީ މަގޭ ކުށެއް ހެއްޔޭވެ. އެއްގޮތަކަށްވެސް އެހެންނެއް ނޫނެވެ. އަހަރެންގެ ނަސީބު ދެރަކަމެވެ. އަހަރެންގެ ދައްތަ ރަނާ ރިއްސަށްޓަކާ ޢާއްމު ބާޒާރުގައި އަހަރެންގެ އަބުރާއި ޢިއްޒަތް ޢިއްފަތްތެރިކަމާއި ހުރިހާ މާތް ސިފައެއް ނީލާން ކިޔަމަށް އިންނަނީ އެދިގެންނެވެ.އެފަދަ ބައެއްގެ ތެރޭގައި ދުނިޔެއަށް އަޔަތީ އެމީހުންގެ ޔަޤީނަކަށް ވެފައިވަނީ ކަސްބީ އަކަށް ވެގެން ނޫނީ ދުނިޔޭގައި. ނުއުޅެވޭނެ ކަމެވެ.
ދުނިޔޭގައި އުޅެވެންއޮތީ ލަދުޙަޔާތާއި އަބުރާއި ޢިއްޒަތް ވިއްކައިގެންނޯލައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އަހަރެން ފަދަ އެތައް ހާސް އަދި އެތައް ލައްކަ އަންހެންކުދިން ނެތް މިގޮތުން ނަސީބުނެން ކަމުގެ ޝިކާރަ ތަކަކަށް ވެނިމިއްޖެއެވެ. އެންމެ ޢަޖާއިބުހުރި ކަމަކީ އެއްވެސް މީހަކަށް އަހަރެމެންގެ މައްޗަށް ރަޙްމެއް ނާންނަކަމެވެ. އެހީތެރިވާނޭ އަތެއްގެ ވެރިއެއް ނުފެންނަ ކަމެވެ. އެންމެ ރަގަޅެވެ. އެހަރެމެންނަކީ ވަރަށް ވެސް ނުބައި ބަޔަކީމުއެވެ.
އެކަމަކު އޭގެ މަސްއޫލިއްޔަތު އެޅެނީ ކޮން ބައެއްގެ ކޮޑުގައި ހެއްޔެވެ. އަހަރެމެންގެ ޢިއްޒަތްތެރިކަން ޢިއްފަތާއި އަބުރުވެރިކަ ން އީމާނާއި ދީން ނަގާލުމުގެ ފާފަ އެޅެނީ ކޮން ބައެއްގައިހެއްޔެވެ.އަހަރެ މެންގެ މައްޗަށް މަލާމާތް ކޮށް ހޭ މީހުންގެ ކޮޑުގައެވެ. އަހަރެމެން ނިކަމެ ތިކުރާ މީހުންގެ ބޮލުގައެވެ.އަހަރެންނަކީ ނުތާހިރު ބައެއް ކަމުގައި މުޖްތަމަޢު އެއްކިބާ ކޮށްފައި ވާއިރު އަހަރެން އުފެއްދި ބަޔަކީ ސޮސައިޓީ އެވެ.އެތައް ހާސް އަހަރުކުއްސުރެންނެވެ. އަޖައިބުވުން އެކަށެންވާ ކަމަކީ ރާބުއިމަކީ އަދި ވިއްކުމަކީ ޙަރާމް ކަމެއް ކަމުގައި މަނާ ކަމެއް ކަމުގައި ކަޑައަޅައިރު އިންސާނީ ހަށިތައް ޑަކްޓަރުންގެ ސެޓްފިކެޓް މެދުވެރިކޮށް ސަރުކާރުގެ ފަރާތުން ދެކެމެވެ.މާތްރަސްކަލާންގެ ޚަޞްރަ ތުގައި ވެސް އަހަރެމެންނަށް ރަޙްމަތުގެ މަޤާމެއް ނެތީބާއެވެ. ކަސްބީއެއްގެ ބަނޑުން ކަސްބީއެއްގެ ޖަމާޢަތެގައި އަހަރެން އުފެދުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ. މާތް ޙާންދާން ތަކުގައި އެފެދުނު ކުދިންގެ މައްޗަށް ޢިއްޒަތްތެރީންގެ ރާނީން ތަކެއްގެ ގޮތުގައި ބެލެވެނީ އެބައިމީހުން ކުރި ކޮން މަރިވެރި އަމަލު ތަކަކުން ބާވައެވެ. ދުނިޔޭގައި އާދަކާދަ އެއްގެ ގޮތުގައި މިގޮތް ވެފައިވާއިރު މިހާރު ހިތައް އަރަނީ ސޮސައިޓީ އާއި އިދިކޮޅަށް ބަޣާވާތް ކުރުމަށެވެ. އަހަރެމެންގެ އަތްފައި ގައިވާ ކަސްތަޅުތައް ފުޑުފުޑު ކޮށްލުމަށެވެ. އާދުނިޔެއެއް އުފެއްދުމަށެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


V salhi vaahaka eh❤️ mi vaahaka keen 1 episode to 11 eh v salhi keep going ❤️🔥❤️🔥❤️🔥❤️🔥❤️🔥 keep going keep it up