Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ފަންވަރު 08

blackshadow eddie
blackshadow eddie Level 210 Stories
February 5, 2025 5 Mins Read
0 Comments

މުމްތާޒު އައީ އަޅުގަޑުގެ ވަރަށް ވެސް ބޮޑު މުޙްސިނެކެވެ .އަޅުގަޑާއި މުމްތާޒުއައީ ތަޢްލީމް ޙާސިލް ކުރަމުން ގެންދިޔައީ ދިއްލީގައެވެ އަޅުގަޑުގެ ބޮޑުބޭބެ އަކީ ފާރިސީ ބަހުގެ ޕްރޮފިސަރ އެކެވެ.އަޅުގަޑު ވަރަށް ޅައިރު ގައި މައިންބަފައިން މަރުވެފައިވާކަމުން ހުރިހާވެސް ކަމެއް ބެލެހެއްޓުމުގެ ވެރިއަކަށް ހުންނެވީ އެބޮޑުބޭބެއެވެ.އަޅުގަޑު ހުންނަނީ ވެސް އެނާގެ އަރިހުގައެވެ.ނަސީބުގެ ދެރަކަމުން ކުއްލިއަކަށް ހިތް ހުއްޓުމެއްގެ ސަބަބުން ބޮޑުބޭބެ ނިޔާވެއްޖެ.އެއިރު އަޅުގަޑަށް އޮތީ 16އަހަރަށެވެ

#############################################################

ފަންވަރު 08 ވަނަ ބައި

ކިޔަވަނީ 1ވަނަ އަހަރުގައެވެ.މުމްތާޒު އެއިރު އެމް.އޭ ގައެވެ.ކުއްލިއަކަށް ބޮޑު ބޭބެ ނިޔައު ވުމުގެ ސަބަބުން އަޅުގަޑު މުޅިން ޚައިރާން ވެއްޖެއެވެ .އެކަމަކު އެނުރައްކާތެރި ދަޑިވަޅުގައި ރަޙްމަތްތެރި ކަމުގެ ޙައްގު ފަުރިހަމަ އަށް މުމްތާޒު އަދާކުރައްވާން ފައްޓަވައިފިއެވެ.އަޅުގަޑު ހުރިހާ ޚަރަދަކާއި އެނާ ޚަވާލުވެ ލެއްވީ ކުޑަވެސް ފޫހި ކަމެއް ނެތި އުފާވެރި ކަމާއެކުގައެވެ.  އެމް.އޭގެ އިމްތިޙާނު ހެއްދެއްވިތަނާ މުމްތާޒުގެ ބައްޕަވެސް ނިޔާވެއްޖެ އެވެ. އަދި އޭނާގެ ތަނަވަސް ވިޔާފަރި އައީ ގިނަ ފައިސާ ތަކުގެ ވާރުތަވެރިކު ކަމުގައި މުމްތާޒު ވެއްޖެއެވެ.ނަތީޖާއަކަށްވީ އެކަންތައް ސަމާލުކުރެއްވުމަށްޓަކައި ބުމްބާ ދާން ޖެހުމެވެ.

މިގޮތުގެ މަތީން ދުރުވިއިރު އޭނާ ދުރުވީ އަޅުގަޑުވެސް ގޮވައިގެންނެވެ ބުމްބާ ާއަށް އައިސް ވިޔަފާރީގެ ކޮލެޖް ގައި އަޅުގަޑުގެނަން ލިޔުއްވައިފިއެވެ.އަދި އަޅު ގަޑު ހުންނަނީ ވެސް މުމްތާޒްގެ ގޭގައަވެ.އޭނާއާއި އޭނާގެ އަބިކަބަލުން އަޅުގަޑާއި މެދު ކަންތައް ބަހައްޓަވަނީ އެއްބަޑު އެއްބަފާ ކޮއްކޮއަކާއި މެދު ކަންތައް ބަހައްޓަވާނެ ގޮތަށެވެ.މިގޮތްމަތީން ހުންނަމުން އައިސް ބީ.އޭ ފާސް ވުމަށްފަހު މިރަށުގެ މަޝްހޫރު ވިޔަފާވެރިއަކު ކުމުގައިވާ ކަރީމް ބާއި ގާސިމް ބާއި ކުންފުނިގެ މޭނޭޖަރ އަކު ކަމުގައި އަޅުގަޑު ލެއް ވީވެސް މުމްތާޒްގެ އެހިގައެވެ މިނަންގަތް ވިޔަފާވެރިޔާ އަކީ’ގޭގެ ކުއްޔަށް ދިނުމާއި ފަރނީޗަރ ވިއްކުމުގެ ވަރަށްވެސް ބޮޑު ސޭޓެކެވެ.އެއިރުއްސު ރެން ފެށިގެން އަޅުގަޑު އުޅެމުންމިދަނީ އެކުންފުނީގެ މޭނޭޖަރު ކަމުގައެވެ  ކިޝްވަރު :- ކަލޭގެ ޙަޔާތުގެ ވާހަކަ އަކީ އޭގައި ހިތާމަ އެކުލެވިގެންވީ ނަމަވެސް ވަރަށް ވެސް ފޫހި ފިލާ ފާޑުގެ ވާހަކަ އެކެވެ.އަދި މުމްތާޒަކީ ދީލަތި މަތިވެރި ޚިޔާލު ތަކެއްގެ ވެރިއަކު ކަމުގައި ވިސްނޭމެއެވެ.  އަންވަރު :-އެކަމައި  މެދުކު އެއްވެސް ޝައްކެއް ނެތެވެ.އޭނާއަކީ ދީލަތި ހިތަކާއި ތަނަވަސް ސިކުޑިއެއްގެ ވެރިއެކެވެ.އަދި އެނާގެ ވާހަކަ ދެއްކުމަކީ ވަރަށްވެސް އާދަޔާޚިލާފަށް ހުންނަ ކަމެކެވެ.އެއީ ޢާއްމު ޙިޔާލު ތަކާއި ދިމާ އިދިކޮޅު މައުނައިން ފުރިފައިވާ ވާހަކަ ދެއްކުމެއް މެއެވެ . އޭނާ ވާހަކަ ދައްކާ އަޑު ފުރިތަމަ އަހާ މީހަކު އެންމެ ފުރަތަމަ ވަރަށް ބޮޑަށް ހައިރާން ވެސް ވާނެއެވެ.ކޮންމެއެކަސް އޭނާގެ ހިތަކީ ހަމަ ޚާއްޞަ ރަނުން އުފެދިފައިވާ އެއްޗެކެވެ.

ހިންގަވާށެވެ.ތިރީގައި ކާރު ތައްޔާރަށް އެބައޮތެވެ. އަންވަރާއި ކިޝްވަރު ސުލްތާނާ ހޮޓަލުގެ ތިރީބުރިއަށް ފައިބައްޖެއެވެ.ކިޝްވަރުގެ މޫނުމަތިން ބައްޔެވެ އުޅުނު ކަމުގެ އަސަރު އަދިވެސް ފިލާނުދެއެވެ. ނަމަވެސް މަޑު ނާރިގު ކުލައިގެ ސާޅިއެއް ލައިގެ ން ހުރިއިރު އޭނާގެ ޒުވާން ކަމުގެ ރީތިކަން އާދަޙިލާފް ގޮތެއްގައި ވިދަ ވިދާ ހުއްޓެވެ.ޝޫރު ވެސް ލަދުގަންނަވާލާ ފަދަ ރީތި އިސްކޮޅު ޖާޒުބިއްޔަތުން ފުރިގެންވާ ނާޒުކު ހަށިގަޑު ރަތްކުލަ ހިސާބަކާށް ގަދަވާން އުޅޭ ފިނިފެންމަލުގެ ކުލަ ‘ނުލާހިކު ބޯނަމަވެސް ފަށުވި ތަކެއް ފަދަ އިސްތަށިގަޑު ‘ދުނިދަޑިއެއްގެ ޙިޔާލު ކުރެވޭ ތުނިތުނި ފިނިފެންމާ ކުލައިގެ ތުންފަތް ހިތްހަކުވާ ފަދަ އިލެކްޓްރިކް ބާރު ލިބިގެންވާ ހިނިތުންވުން މިހުރިހާ ސިފަ ތެކެއް އެއްވެގެން ބަލާމީހުން އަންތަރީސް ކުރާހާވެއެވެ.ކޮންމެ މީހަކު ދެލޯ ބޮޑުކޮށްފައި އޭނާއާއި ދިމާއަށް އެބަލާއިގަންނަ ގޮތަށް ފެނުމުގެ ދާއިރާއިން ބޭރުވަންދެން ދަނީ ބަލަމުންނެވެ. ކިޝްވަރު ބޭރުފުށުގައި ރީތި ކަމާއި ވަދަ ކުރާ ވަރަށް ވިސްނުމުގެ ތޫނުކަންވެސް ވަނީ ހަމަޖެހިފައެވެ.އޭނާ 1ވަނަ ދަރަޖައިގައި ބީ.އޭ ފާސްކުރީ މިދިޔަ އަހަރުއެވެ. އަންވަރު ކީއްރަންތޯ އެވެ؟ޢޭނާގެ ކައިރީގައި އިށީދެއްނަމަ ‘ދުނިޔޭގެ ކޮންމެ މީހަކުވެސް ހީކުރީހީ އެމީހަކީ ދުނިޔޭގައިވާ އެންމެ ނަސީބު ރަގަޅު މީހަކަމުގައެވެ.

ކާރު ދުއްވާލައިފިއެވެ މަގުމަތީން ވެސް ކިޝްވަރުގެ ރީތި ކަމުގެ އަސަރު ން ހިތް ހަލުވާނުލާ  ލޮލަކާއި ބައްދަލެއް ނުވެއެވެ.އަންހެނުންގެ ލޯތައް ހުއްޓެނީ އަންވަރައީ ދިމާއަށެވެ . ނަމަވެސް އަންވަރާއި ކިޝްވަރާއި ވާހަކަ ދެއްކުމުގެ ތެރެއަށް ގެއްލިފައި ވަނީ އެހެންމީހުންގެ އަޅުކަން ކުރުމަން ފުރިގެންވާ ލޯތަކަށް ކުޑަވެސް ފަރުވާލެއް ނެތިއެވެ.ކުޑަ އިރުކޮޅަކަށް ފަހު….. އަންވަރައީ ކިޝްވަރު ތިބި މޮޓަރު މޭރީން ލައިމްންސް ގައި ހުރި ވަރަށް ރީތީ ގެއެއްގެ ދޮރުމައްޗަށް ހުއްޓާލާއިފިއެވެ ދެކުދިން ފެންޑާ މައްޗަށް އެރިއިރު ގޭގެ ނޯކަރު އެތާގައި ހުއްޓެވެ އޭނާ ބުނީ ގޭގެ ވެރިޔާވީ މާތީބުރީގައި ކަމަށެވެ.ދެން ސިޑިން އަރައިގެން ދިޔައިރު މަތީބުރީގައި ހުރި ބޮޑު ކޮޓަރިއެއްގެ ފެންޑާ އެއްކަހަލަ ތަނެއްގައި މުމްތާޒުއި އަޒްރާ އާއި ދެކަބަލުން ތިއްބެވޫއެވެ.އެދެކަބަލުން ނަށް އަންވަރު ކިޝްވަރު ތަޢާރަފް ކޮށްދީފިއެވެ އެއްފަރާތުން އެނެއް ފަރާތަށް ތަރުޙީބު ލިބުނީ ވަރަށް ހޫނު ކަމާއި އެކުގައެވެ.ސަލާމްކޮށް އަވަހި ވުމަށްފަހު އެތާގައި ހުރި ސޯފާ އެއްގައި މުމްތާޒު ގެ ދެކަބަލުން ކިޝްވަރު ބައިންދައިފިއެވެ. އަންވަރުވެސް ކަރީގައި އެހެންގޮޑިއެއްގައި އިށީދެއްޖެއެވެ . މުމްތާޒްގެ އުމުރަކީ ގާތްގަޑަކަށް 28’ނުވަތަ 29އަހަރެވެ

އިސްކޮޅުން ދިގެވެ.ހިނިތުންވެފައިވާ މޫނެކެވެ.އާދާއިގެ ދޮން ކުލައެވެ .ލޮލާއި އިސްތަށީގެ ކުލަ ކަޅެވެ.ތަނަވަސް ނިއްކުރިއެކެވެ.އެކެށީގެންވާ ރީތި ހަށިގަޑެކެވެ. އަޒްރާގެ އުމުރަކީ 20’22އަހަރެވެ.ކުލަ ދޮނެވ.އި ސްކޮޅުން ދިގެވެ.ނުލާހިކު ސާދަ އަދި ޅަ ހިނިތުންވުމެކެވެ.ޖުމްލަކޮށް އޭނާގެ ސިފަ އަށް ބާލާލުމުން ޙިޔާލުގެ މަތިވެރި މަމާއި މިޒާޒުގެ އުފާވެރިކަން ދޭ ހަވާހާ އެވެ. މުމްތާޒު:-(އަންވަރާއި ދިމާއަށް )ތިޔަ ކުރި ތަޢާރަފަށް ހިތުގެ އަޑިން ޝުކުރު ކުރަމެވެ.

(ހިނިތުންވެލާފައި ކިޝްވަރާއި ދިމާއަށް)ޚޫރަލްޢީނުންގެ ވާހަކަ ކީރިތި ޤުރްއާނުން ފެނިފައިވާ ކަމާއި މެދުކު ޝައްކެއް ނެތެވެ.އެކަމަކު ފުރިހަމައަށް އީމާން މިވެވުނީ މިއަދު ލޮލަށް ފެނުނީމައެވެ.މުމްތާޒް މިހެން ބުނުމުން ކިޝްވަރު ވަރަށް ބޮޑަށް ލަދުގަތެވެ.އަންވަރު:-(ކިޝްވަރާއި ދިމާއަށް ) މިސް ހާޝިމް ބާއިއެވެ.މުމްތާޒުގެ ވާހަކަ ދެއްކުމުގެ ލަފްޒު ތަކުގެ މަތިވެރި ކަމުްން ޚިޔާލެއް ނުކުރައްވައްޗެވެ. އެނާގެ ވާހަކަ ދެއްކުމާއި ‘އަދި އަމަލު ހުންނަ ގޮތުން މީހުން އިޢްތިރާޒް ކުރަން އެކަށީގެންވިޔަސް އޭނާގެ ނިޔަތް ނުރަގަޅެއް ނުވާނެއެވެ.މުމްތާޒު:ـތިޔަ ކުރެއްވި ގަދަރަށްޓަކައި ފަށްފަށުން ޝުކްރިއްޔާއެވެ..ދެން އޮތީ ނިޔަތުގެ މައްސަލެއެވެ.ޚަގީގަތަ ކީ ދުނިޔޭގެ  ވަރަށް ރަގަޅު ކަންތައްތައްވެސް ނުބައި ނިޔަތުގައި ކުރެވި ދެއެވެ ނުބައި ކަންތައް ރަގަޅު ނިޔަތުގައި ވެސް ކުރިވިދޭމެއެވެ. މިއީ ދުނިޔޭގެ ތާރީޚް ހެކިދޭ ކަމެކެވެ.އަޒްރާ :- (ކިޝްވަރު މުޚާތަބްކޮށް)ކަލާއާއި ބައްދަލު ވުމުގެ ސަބަބުން އާދަޔާ ޚިލާފް އުފާވެރި ކަން އަޅުގަޑަށް ލިބިއްޖެއެވެ.އަންވަރު ވަނީ ކަލާގެ ވާހަކަ އަޅުގަޑު ގާތުގައި ދައްކާފައެވެ. އަޅުގަޑު ގަސްކޮށްގެން އިނީ ބައްދަލުވުމަށް އެންމެ ފުރަތަަމަ އަޅުގަޑު ދިއުމަށެވެ.ނަމަވެސް އަންވަރު ގަދަހެދީ ކަލާ ގޮވައިގެން ފަުރަތަމަ އޭނާާ އައުމަށެވެ.ކިޝްވަރު :- ތިޔަ ބާވާތުގެ ރަސްމީ ކަންތައް ތަކަށް އަޅުގަނޑު މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ.ތެދުވެރި ރަޙްމަތްތެ ރިކަމުގައި އެކަހަލަ ކަންތައް ތަކެއްގެ ބޭނުމެއްނެތެވެ.އަޒްރާ :- ޝައްކެ އް ވެސްނެތެވެ. ތިޔަ ފާޅުކުރެއްވީ އަޅުގަޑުގެ ހަމަ ހިތުގެ އަޑީގެ ޝޫޢޫރެވެ. މުމްތާޒް:- އެކަމަކު ދުނިޔޭގައި އިޚްލާޞްތެރި ކަމަކީ ވަރަށް ވެސް މަދު އެއްޗެއް ކަމުގައި ޢަޒްރާ ހެކިވާނެވެ.ކޮންމެ މީހަކުވެސް އުޅެނީ ކޮންމެވެ ސް އަމިއްލަ އެދުމެއް ފަުރިހަމަ ކުރުމުގައެވެ . ކޮންމެ މީހަކީ އަރަތެކެވެ.އަޑި އޮޅުން ފިލާގޮތެއް ނުވެއެވެ.ދުނިޔޭގައި އޮތް އެއްޗަކީ މަކަރުވެރި ކަމެވެ. ދުނިޔެ މީހާ ހިތްގައިމު އެއްޗަކަށް ވެފައިވަނީ ވެސް އެހެންވެގެންނެވެ. އަންވަރު :-އެދުރުކަލޭގެފާނުއެވެ.ތިޔާއީވެސް ކަލޭގެފާނުގެ މަކަރެވެ.މުމް ތާޒު:-ދިރިއުޅުމުގެ ހުރިހާ ކުލަވަރެއްގެ ސިއްރު ފޮރުވިގެންވާނީ މަކަރުވެ ރިކަމުގެ ތެރޭގައެވެ.ކޮންމެ އެއްޗެއްގެ ޚަޤީޤަތް ދިމާއަށް ފެންނާން އޮންނަ ނަމަ ދިއުޅުމަކީ އުފަލުން އެކަށީގެން ނުވާފަދަ ބުރައަކަށް ވެއްޖައީހެއެވެ .އަންވަރު :- އެއީ ކީއްވެގެންތޯއެވެ ؟ މުމްތާޒް އޮގޮތަކީ ގިނަ ފަހަރަށް ވެފައި އޮންނަނީ ސިފަ ހުތުރު އެއްޗެއް ކަމުގައަވެ.މަކަރު ވެރިކަން ދައްކަނީ އުފާވެރި ކަމާއި ރީތި ސިފަތަކެވެ.އަންވަރު:-ތިޔަބު ނުއްވި ގޮތުން ވިއްޔާ އިބްލީސް އަކީ ވަރަށް ވެސް ޤަދަރު ކުރުން އެކެ ށީގެންވާ ބޭކަލެއްތާއެވެ.

މިހެނީ މަކަރާއި ޙީލަތުގެ ރަސްކަލަކީ އޭނާއެވެ. މުމްތާޒް:- (ސަމާސާ ގޮތް ކުޑަކޮށްލާފައި )ޝައްކެއްވެސް ނެތެވެ. ދުނިޔޭގައި ނުވީސްކަން ކަށަވަރެވެ.އިންސާފަކީ ‘ދުނިޔޭގައި މީހުން އުފާ ކުރާ ހުރިހާ ކުލަތަކެއް ގުޅިފައިވާނީ އިބިލީސް އާއިއެވެ.ބުނަމެވެ. އަންވަރު :ـ (ހީލަފައި )މާޢާފް ކުރައްވާށެވެ.އިބިލީހަކީ މުމްތާޒްގެ އެފަދަ ގާތް މީހެއް ކަން އަޅުގަޑު ނުދަނަހުރީމެވެ. މުމްތާޒް:-ކަލޭ ތިޔަ ބުނީ އެއީ ވަރަށް ނުބައި ޝައިތާނެއް ކަމުގައެވެ.އެކަމަކު އެފަދަ އަޙްލާޤެއް.  ހުރި އިންސާނެއް މީހާރު މުޅި ދުނިޔޭގައި ވެސް ހުރި ކަމެއް ނޭގެއެވެ. މީހާރުގެ ޚާލަކީވެސް ދެވަނަ ދަރަޖައިގެ ވެރިއެއް ނަމަވެސް ހަމަ ބޫނާ އިރަށް އެމީހަކަށް ސަޖިދަ އަށް ތިރިވުމަށް މިތިބި މާތް އިންސާނުންތަ އް ޖެހިލުމެއް ނުވާނެއެެވެ.ނިއްތަޅައި ގަންނަގަތުން ނިއްކުރިތައް ފާރުކޮށްލަފާނެއެވެ.އެކަމަކު އިބްލީސް ނިކަން ބަލާބަލާށެވެ.ގަދަ ކީރިތި ވަންތަ މާތް ރަސްކަލާގެ ހަޞްރަތް ފުޅުގައި ސާފު ބަހުން ދެންނެވީ އިބަކަލާނގެ އަށް ސަޖިދަ ކޮށްފައިވާ މިނިތްކުރި އާދަމްގެ ފާނާށް ސަޖިދަ ކުރުމަށް ޓަކައި ތިރި ނުކުރާނޭ ކަމެށެވެ.ތެދެކެވެ ތަވްޙީދު ދަސްކުރާންޏާ އިބްލީސްގެ ގާތުން ދަސްކުރާށެވެ. އަންވަރު :-މިތަންވަޅު އިބިލީސް ތިޔަ ތާރީފު ކުރައްވަނީ ހަދާ ވަރަކަށެވެ. މުމްތާޒް:ـ ޤަބޫލު ކަރަމެވެ.އެކަމަކު އަޅުގަޑުގަ ދަޢުވާއަކީ ދުނިޔޭގައި އަދު މިތިބަ އިންސާނުންގެ ކުރެ 99މީހުންނަށް ވެރެ އިބިލީސް ރަގަޅު ކަމުގަ ބުނަމެވެ.މިހެނީ އޭނާ ޙިލާފްވީ އެންމެ އަމުރުފުޅަކަ ސެށެވެ.އެކަ

މުގެ ސަބަބުން ސުވަރުގެއިން ބޭރަށް ލެވިއްޖެއެވެ. އެކަމަކު އިންސާނު ން ދެކިބަލާށެވެ.ދުވާލަކު އެއްފަހަރު އެތަކެއް ހާސް ފަހަރު މިއޮއްދަނީ މާތްރަސްކަލާންގެ ޞަރީޙަ އަމަރުފުޅު ތަކާއި ޚިލާފް ވަމުންނެވެ.އަދި މަތި މަހުން ދެކޮލު އަބުރާ އަބުރާ މީހަކު އެއިން މީހަކާއި ދިމާއަށް ކުޑަމިސް ބަހެއް ބުނެލިއަސް އެމީހެއްގެ އަގަ ވީދާލުމަށް ތައްޔާރުވެދެއެވެ. އަޒްރާ:-(ހިލާފައި ކިޝްވަރާއި ދިމާއަށް)މިސް ހާޝިމް ބާއީއެވެ.އާޅުގަޑުގެ ފިރިކަލުންނާއި އަންވަރައީ ދެމެދުގައި އެފަދަ ފުން އެކުވެރި ކަމެއް އޮތުމުގެ އެންމެ ބޮޑު ސަބަބަކީ ޙިޔާލުގެ އެފަދަ ތެދުވެރި ތާފަތެއް ހުރި ކަމެވެ. އެދެ މީހުން އެއްބަސްވާ މައްސަލައަކަށް އޮތީ އަޅުގަޑަކީ އަޅުގަޑެ މަމެވެ.އެނޫން އެއްވެސް ކަމެއްގައި އިއްތިފާގެއް ނުވެއެވެ . މުމްތާޒް:-(ހިޔާލު)މާތްކަލާގެ ކިބައާށް ކޮޅެނެތް ކޮޅަށް ޝުކުރު ހުރި ކަމަކީ އަހަރެމެންގެ ދެއެކުވެރިންގެ މެދުގައި ކަލެއައީ ހުރެ ޙިލާފެއް ނުއުފެދި އޮތް ކަމެވެ.އަހަރެންގެ އުއްމީދަކީ ‘އެފާދަ ޚިލާފެއް އުފެދޭނެ ގޮތް ކަލޭ މެދުވެރިއަ ނޭދޭނެކަމެވެ . މިހެން ބުނުމުން އަޒްރާ ލަދުގަންޖެވެ. އަހަރެން ޙައިރާންވާ އެނެއް ކަމަކީ އެކަކު އެނެކަކާއި ޙިލާފް ވުމަކީ ފައިދާ ހުރި ކަމެއް ކަމުގައި އެންމެ ބޮޑު ހެއްކަކީ އެކަން އެހެން ނޫންނަމަ ދުނިޔޭގެ މިއޮތް ގިނަ ތާފަތު މަޒްހަބު ތަކާއި އަދި އިގިރޭސި ދައުލަތުގެ ވެރިކަމެއް ވެސް ނޮއޮތީހެވެ.

އަންވަރު :ـ ކާލެގެ ފަލްސަފާގައި ހަގީގަތުގައި ކިތަންމެ ކުޑަ ނަމަވެސް މާނަ އާައި ހިތްގައިމުކަން އެބަހުއްޓެވެ.މުމްތާޒު :- ތިޔަބައިމީހުން އަހަރެންނާ އެއްބަސްވާނޭ ނަމަ މިވަގުތު ދެން އެންމެ ރަގަޅު ފަލްސަފާ އަކީ ސައިބުއިން ކަމުގައި ގަބޫލު ކުރާނަމެވެ. އަންވަރު:ـއަޅުގަޑުމުޅި އުމުރުގައި ތިޔަކަންތަކާއި އެއްބަސް ވުމަށް މިހިރީ ތައްޔާރަށެވެ.އަޒްރާއެވެ.ސައި ތައްޔާރު ކޮށްދީގެން ނަމަވެސް ކަލޭގެ ފިރިކަލުންގެ މަތިވެރި އެދުންތަކުން އަހަރެމެން ސަލާމަތް ކޮށްދޭށެވެ. މުމްތާޒް:-ތިޔަބުނީ ތެދެކެވެ.ގިނަ ފަހަރަށް ކަލޭމެން ޢާއްމުންގެ ފިޔަތައް އަނދާ ހިސާބަށް އަހަރެންގެ ޙިޔާލާތު އުދުހިގެން ހިގައިދެއެވެ . އަންވަރު:-ތިޔައީ ތެދެއް ކަމުގައިވެސް ގަބޫލު ކޮށްފާނަމެވެ.ދެން އެކަމަކު ސައި ބުޔަދެއްވާށެވެ.ދަރުމަހުންނާނެއެވެ.މުމްތާޒު :- އަފިހު ނީންގެ ތިބޭނީ ދެބާވަތެކެވެ. އެއް ބާވަތަކީ އަފިހުންކާ މީހުންނެވެ. އެނެއް ބަޔަކީ ސައިބޯ މީހުންނެވެ.އަޒްރާ:-(ހީލާފަ )އަދި އޭނޫން ބާވަތެއްވެސް ވެއެވެ.އެއީ އަގަތަޅާ މީހުންނެވެ.ކަލޭ އޭނާގެ ވާހަކައަށް ނުހެއްލި  ސައިބޮމުން ގެންދާށެވެ. މަށަށް ހީވަނީ ސުވަރުގޭގާވެސް ސަޔަކީ ލިބޭ ނިޢުމަތެއް ކަމުގައި ވާނެ ކަމަށެވެ. އަންވަރު:-ކަށަވަރެވެ. އަދި ކިއްކުރަންތޯއެވެ.ސައިބޯން ދެއްވުމަށްޓަކައި ޙަވާރީނުންވެސް ތިއްބަވާނެއެވެ.(މުއުނައިން ފުރިގެންވާ ހިގަތުމެއް) މުމްތާޒް:- ފިރިހެ ނުންނަށް ޙުޝާމަދު ކުރާ ބައެއް ކަމުގައި ވާނަމަ އެންހެނުންނަކީ ޙުޝާމަދު އަޑުއެހުމަށް ފިރިހެނުންނަށް ވަރެ މާބޮޑަށް އެދޭ ބައެއްކަން ޔަަޤީނެވެ.ފިރިހެނުންގެ ހުރިހާ އާދަ ކާދަ އެއް ހަލާކު ކުރަނީ އަންހުނުން ނެވެ.އެބައިމީހުންގެ ކައިރީގައި ތެދަކީ އެއްވެސް ޤަދަރެއް ހުރި އެއްޗެއް ނޫނެވެ.ތެދުގެ ޖަޒާ އަކީ ދޫ ބުރިކޮށްލުމެވެ.އިނާމް ލިބޭނީ ދޮގުންނެވެ. އަހަރެމެން ކިތަންމެ ވަރަކަށް ވެސް ތެދު ބެނެފާނޫއެވެ.އެކަމަކު ކަލޭމެންގެ ސަބަބުން އެންމެ ފަހުން ވެސް ޖެހޭނީ ދޮގު ހެދުމަށް މަޖްބޫރު ވާށެވެ.އެގޮތަކީ ތެދާއި ކުރިމަތިލުމުގެ ކުޅަދާނަ ކަމެއް ކަލޭމެންގެ ކިބައަކު ނުވުއެވެ.

ފަންވަރު 9 ކަށް އިންތިޒާރު ކޮއްލަވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

ފުރާނައިގެ ދިރުމޭތިއީ 1

Next

މިންވަރުގައި ހުރިގޮތް ފުރަތަމަބައި (ދިރިއުޅުން ރައްޖޭން ބޭރަށް ބަދަލުކުރަން ނިންމުން)

Next
February 5, 2025

މިންވަރުގައި ހުރިގޮތް ފުރަތަމަބައި (ދިރިއުޅުން ރައްޖޭން ބޭރަށް ބަދަލުކުރަން ނިންމުން)

Previews
February 5, 2025

ފުރާނައިގެ ދިރުމޭތިއީ 1



All Right Reserved!