Skip to content
އެސްފިޔަ

އެ އަންހެން ކުއްޖާ 04

ހައިޝަމް އަށް ހަދާނެ ގޮތް ހުސް ވެއްޖެއެވެ . ކުރާނެ ކަމެއް ނުމެ އިގެއެވެ . ހައިޝަމް ލައިގެން ހުރި ޖިންސް ގައި އަތް އުގުޅާލިއެވެ . ފޯނު އޮތް ކަން ހަނދާން ވީ އަދި ކިރިޔާ އެވެ .  ހައިޝަމް ފޯން ނެގުމަށް ފަހު ޒައިން ގެ މަންމަ އަށް ގުޅާލުމުން  ޒައިން ގެ މަންމަ ކައިރީ ގައި ހޮސްޕިޓަލް އަށް ދިޔުމަށް އެދުނެއެވެ  ހައިޝަމް ކޮނޑަށް ޒައިން ލައިގެން ހައިޝަމް  ހިގައިގަތީ ރަށު ހޮސްޕިޓަލް އާ ދިމާ އަށެއެވެ .

އިރުކޮޅެއްގެ ފަސް

ހައިޝަމް  ހޮސްޕިޓަލް އާ ހަމަޔަށް އާދެވިއްޖެއެވެ . އެ ވަގުތު ޒައިން ގެ މަންމަ އާއި ބައްޕަ ހޮސްޕިޓަލް ކައިރީގައި ހުއްޓެއެވެ . ޒައިން ވެއްދީ އަވަސް ފަރުވާ ދޭ ތަނަށެއެވެ .

” ކިހިނެއް ވީ ؟ މިހާރު ކިހިނެއް ؟ މަގޭ ދަރިފުޅު ހޭ އަރާފި ތަ ؟ ” ޒައިންގެ މަންމަ ( ޒުބައިދާ ) އެތަކެއް ސުވާލެއް ހައިޝަމް އަށް  ކުރިމަތި ކުރުވިއެވެ

” ޑޮކްޓަރ ބުނީ އެއްވެސް ކަމެއް ނުވާ ކަމަށެއެވެ . ނުކައި ހުންނަ ސަބަބުން ވެދާނެ ކަމަށް  ޑޮކްޓަރ ބުނި ” ހައިޝަމް  ބުނެލިއެވެ  .   ޒައިން ހޭ އެރި ގަޑީއެވެ . ” ޒައިން ކިހިނެއް ވީ ؟ އަނެއްކާ ރަގަޅު ތަ ” ޒުބައިދާ އެތަކެއް ސުވާލު  ކުރިއެވެ . ” މަންމާ އަހަރެން ރަގަޅޭ . ނޭންގެ ވީ ގޮތެއް މޫނު މައްޗަށް  ފާޑެއްގެ ކަޅު ކުލަ އަކަށް އަރާފާ އެ ހިސާބުން އަހަންނަކަށް ނޭންގޭ ވީ ގޮތެއް ” ޒައިން އަށް ބުނެވުނީ އެ ހިސާބަށެއެވެ . ޑޮކްޓަރ އަކަށް ވެސް ޒައިން އަށް ވާ ކަމެއް ނުމެ އިގެއެވެ . ޑަކްޓަރ  ފަރުވާ އަކުން އެއްވެސް ބަލި ކަމެއް ނުމެ ފެނެއެވެ .

ޒައިން އަކީ އަބަދު ވެސް ކިޔެވުމަށް މޮޅު ކުއްޖެއްގެ ގޮތުގައި ލޭބަލް ކުރެވިފައި ވާ ކުއްޖެކެވެ . ނަމަވެސް އޭގަ ގެ ކިޔެވުން އެއްދުވަހަކަށް ފަހު އަނެއް ދުވަހެއް ދިޔައީ ދަށް ވަމުން ނެއެވެ . މިހާރު ޒައިން އަކީ އެ ކިލާހުގެ އެންމެ ދަށް މާކްސް ހޯ ދެއް ދަރިވަރެއެވެ .  އަދި ކިޔަވައި ދޭ ގަޑި ތަކުގައި މުޅިން ވެސް އުޅެމުން އަންނަނީ ސްކޫލް އިން ބޭރުގައި ނުވަތަ އެއް ކުއްޖަކަށް އުނދަގޫ ކުރުމުގައެވެ .

ހައިޝަމް ހުންނަނީ އެކަމާ ޒައިން ދެކެ ހިތް ހަމަ ނުޖެހިފައެވެ . މޮޅު ކޮށް ކިޔަވަމުން އަންނަ ދަރިވަރަކު އެ ގޮތަށް އުޅުމުން ނެއެވެ . ނަމަވެސް ހައިޝަމް އަދި އެހެން މީހުންނަށް ނޭންގޭ އެތަކެއް ސިއްރު ތަކެއް ޒައިން އަށް އިގެމުން ދެއެވެ .

ޒައިންގެ މައިންބަފައިން މި ކަމަށް ތިބެނީ މި ކަމާ ވިސްނާ ވިސްނާ ކަންބޮޑު ވެފައެވެ . ޒައިންނަށް ކުއްލި އަކަށް މި ގޮތަށް ކަންތައް ތައް ދިމާ ވުމުގެ ބޮޑު މައްސަލަ އަކީ ކޮބައި ކަމެއް ނޭންގުމުންނެވެ . އެއްވެސް ޑޮކްޓަރީ ގެ އެއްވެސް ކަމެއް ނުފެނުމުން . ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒައިންނަށް މި ގޮތަށް ހޭނެތިގެން ވެއްޓެމުން ދާތީއެވެ .  ކޮންމެ ޓީޗަރުންނާ ބައްދަލު ކުރާ ފަހަރު ވެސް ދައްކަމުން ގެންދަނީ ޒައިން ނުކިޔަވާ ވާހަކަ ދައްކަމުން ގެންދާތީ އެވެ .

ރޭގަނޑު ގެ ހަމަ ހިމޭން ވަގުތެއެވެ . މަގުތަކު ގެ ބައްތި ނޫން އިތުރު އެއްވެސް އަލި ކަމެއް ނެތެއެވެ . ރަށު ތެރެ ވަނީ  ނިދާ މޮޅިވެފައެވެ .  14 15 ހަނދުގެ އަލި ކަން ބިންމައްޗަށް އެޅިފައި ހުއްޓެއެވެ .  އޭރު މެންދަމު އަލިވެ 2:30 ވެއްޖެއެވެ . ބޮޑު މަގުގެ މެދުން އެހެރަގެން ދަނީ ޒައިންނެއެވެ . މިސްރާބު ހުރީ މީހުން ނޫޅޭ ހިސާބަށެއެވެ . ފަޅު ހިސާބަކަށެއެވެ . ޒައިން ގެ އަތް ވަނީ އުފުލިފައެވެ . ކޮންމެ ވެސް މީހަކު ގެންދާ ކަހަލައެވެ .  ! އާއެކެވެ . ޒައިން އަތުގައި ހިފައިގެން ހުރީ ޒައިން އާ އަވަލާފައި ހުރީ ޒައިން އަށް ފެނުނު އަންހެން  ކުއްޖާއެވެ . އިތުރު މީހަކަށް އެ އަންހެން ކުއްޖާ އެއް ނުމެ ފެނެއެވެ.

ޒައިން އަށް ނިދިން ހޭލެވުނެއެވެ . އަހަރެންނަށް އުރެވުނީ މީހުން ނޫޅޭ ފަޅު ހިސާބެއްގައެވެ . ވީރާނާ ވެފައިވާ ގޭ ތެރޭގައެވެ .  ވެރި ވެފައި ވަނީ ފަޅު ކަމާއި ބިރު ވެރި ކަމެއެވެ .

ޒައިން ” ޒައިން ގެ ނަމުން މީހަކު ގޮވާލި އަޑު އިވުނެއެވެ . ޖެހިލުން ވެ ހުރެވުނެއެެވެ . ޒައިން އަށް ހުރެވުނީ ގަބު ކާފައެވެ . ދާނޭ ކޮޅެއް ނޭންގޭ ހާލުގައެވެ . 2 ވަނަ ފަހަރަށް ޒައިން އަށް އިވުނެއެވެ . އަންހެން ކުއްޖެ ގެ އަޑެއެވެ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. Oreo gurll

    Haadha grammar mistakes gina ey. Ekan rangalhu kohlaa

Comments are closed.