Skip to content
އެސްފިޔަ

އެ އަންހެން ކުއްޖާ 02

ކޮއްކޯ މިޔޮތީ ކޮއްކޮ އަށް ދިން ހަދިޔާ އެއް ، ކޮއްކޮ ރަގަޅަށް ބަސް އަހައިގެން ކިޔަވާތި . ” މުސްކުޅި ފުރާގެ މީހަކު ޗޮކޮލެޓް އެއް ދިނުމަށް ފަހު ބުނެލިއެވެ .. ޒިއާން ހިތާ ހިތުން ކިޔާލިއެވެ .  މިހެން ދޭ މީހުން ގެ އަތުން ޗޮކްލެޓް ކެއުން އެހާ ވެސް ރަގަޅެއް ނުމެ ވާނެއެވެ . އަތް ލާކަށް ވެސް ނުމެ ވާނެއެވެ . އެކަމަކު ވެސް މި ފަހަރު މި ބޭބެ ދިނީމާ އަށްލާނީއެވެ . ޒިއާން 2 ވިސްނުމެއްގައި ހުރުމަށް ފަހު ޒިއާން އެ މުސްކުޅި ފުރާގެ މީހާ ދިއްކޮއްލި ޗޮކޮލެޓްގައި ހިފާލިއެވެ .  އަދި ޝުކުރު އަދާ ކުރިއެވެ . މިއީ ޒިއާން ދުވަހަކު ވެސް ކުރި ކަމެއް ނުމެ ނޫނެއެވެ . އަދި މިވާޙަކަ  މަންމަ މެން ކައިރީގައި ބުނަށް ހަދާން ނެތިގެން ދިޔައެވެ .

ޒިއާން އަކީ އަބަދު ވެސް ޗޮކޮލެޓް ކާ ހިތްވާ ކުއްޖެ ކަމުން ޒައިން އެ ޗޮކްލެޓް ހިފިއެވެ . އަދި އެ މުސްކުޅި މީހާ އަށް ޝުކުރު އަދާ ކުރިއެވެ . މަގުގެ 2 ކޮޅު ބަލާލުމަށް ފަހު ޒިއާން އެ ޗޮކްލެޓް ކާން ފެށިއެވެ .

ކިލާހަށް ވަންނަށް ރަގަބީލް ޖަހާލާފިއެވެ . ޒައިން އާއި ހައިޝަމް ވަދެވުނީ އެއް ކޮށް ކަހަލަ ގޮތަކަށެއެވެ . ހައިޝަމް އަދި ޒައިން އަކީ 2 ބެސްޓް ފްރެއިން ކަމުން  އަބަދު ވެސް އުޅެމުން އަންނަނީ އެކު އެކީގައެވެ . ޒައިން އަށް ވާ ކޮންމެ ކަމެއް ހައިޝަމް އަށް އެގެއެވެ .  އުޅޭ އިރު ހީވަނީ އެއްބަނޑު އެއްބަފާ 2 ބެއިން ގޮތުގައެވެ .

” ޒައިން  . ބުރޯ އޯކޭ ތަ ؟ ” ހައިޝަމް އަހާލިއެވެ . ” ރަގަޅު . ” ކުރު ގޮތަކަށް ޒައިން ބުނެލިއެވެ . ނަމަވެސް ޒައިން ގެ މޫނު މަތިން ފެންނަ ކުލަވަރު ތަކާ އުޅޭ ގޮތުން ރަގަޅު ނޫން ކަން ހައިޝަމް އަށް އެގިގެން ދިޔައެވެ . މިޔަދު ސްކޫލް ގައި އުޅެމުން އަންނަނީ ކުރިން ޒައިން ދުވަހަކު ވެސް  ނޫޅޭ ގޮތަކަށެވެ .

ސަކަ މިޒާޖެއްގެ ޒައިން މިޔަދު އިނީ މަޑުމައިތިރި ކަމާއެކު ގައެވެ . މޫނު މަތިން ފެނިގެން ދަނީ ހާސްކަމާ ހިތް ނުތަނަވަސް ކަމެވެ .  2 ނޭވާ ދޭތެރެއިން ފުން ކޮށް ނޭވާ ލުމާއި  އިރު ކޮޅަކާ ޒައިން މޫނު ދެފަރާތަށް ބަލާލަ ބަލާ އިނެއެވެ . ކިޔެވުމަށް އެއްވެސް ޝައުޤުވެރި ކަމެއް ނުބަހައްޓައެވެ .

ޒައިން އަށް މިޔަދު ސްކޫލް ވީ ބިރުވެރި ނާމާން ތަނަކަށެއެވެ . އެއްވެސް ކުއްޖެއް ޒައިން އަށް ނުފެންނަ ކަހަލައެވެ .  ” މިސް އަޅުގަނޑު ފާހާނާ އަށް ގޮސްލަން ” ޒައިން  ކުލާސް މުދައްރިސް ކައިރީ ހުއްދަ އަކަށް އެދުނެއެވެ .  ކިލާހުގައި ހުރި  މަދައްރިސް އާބަސް ބުނުމުން ޒައިން އަވަހަށް  ދިޔައީ ފާހާނާ  ދިމާއަށެއެވެ .  އަދި  މޫނާއި އައްތިލަ ދޮވުލުމަށް ފަހު މޫނު ރަގަޅު ތޯ ބަލާލުމަށް ޒައިން ލޯގަނޑަށް ބަލާލިއެވެ . ނަމަވެސް ޒައިން އަށް ފެނުނީ  ޒައިންނަށް ދުވަހަކު ވެސް ނުފެންނަ ކަހަލައިގެ މަންޒަރެކެވެ .  ލޯ ހުދު ކުލައިގައި އަދި ލައިގެން ހުރި ހެނދުން ހުދު ކުލައިގައި ހުތި އަންހެން ކުއްޖެކެވެ .

ޒައިން އަށް ހޭވެރިކަން ވި އިރު ޒައިން އޮތީ އެ ރަށު ހޮސްޕިޓަލް އަށް ގެން ގޮސް ފަރުވާ ދެމުން ދަނީ އެވެ . ވަށައިގެން ކިލާސް ހުރިހާ ކުދިންނާއި މަންމަ އާއި އަދި އާއިލާ މެމްބަރުން ތިއްބެއެވެ .

” ޒައިން . ޒައިން ރަގަޅު ތަ ” ޒައިން ގެ މަންމަ އާބިދާ ގޮވަމުން ގެންދެއެވެ . ” އާ މަންމާ ރަގަޅު ކޮންތާކު މި އޮތީ ” ޒައިން އަހާލިއެވެ . ” ދަރިފުޅު ފާހާނާ އަށް ދިޔަ ތަނުން މޫނު ދޮންނަ ތަށި ކައިރި އަށް ވެއްޓިގެން . ސްކޫލް މަސައްކަތް ކުރާ މީހާ ހޮސްޕިޓަލަށް ގެނެއީ . އާބިދާ ބުނެލިއެވެ .  މާ ދުރު ނޫން ހިސާބެއްގައި ޒައިންނަށް ޗޮކޮލެޓް ދިން މުސްކުޅި މީހާ އިނެއެވެ . އެ މުސްކުޅި މީހާގެ  އަބިމީހާ ބާވައިގެން އުޅޭތީއެވެ . ޒައިން ފެނުމާއެކު ޒައިންނަށް ނުލަފާ ގޮތަކަށް ހީލިއެވެ . އެ ހީލުމުން ހީވަނީ އެ މުސްކުޅި މީހާ އަށް  އޭނާގެ ބޭނުން ވާ ކަމެއް ހާސިލް ކުރެވުނު ހެންނެއެވެ

ހަވީރު ގެ ވަގުތެއެވެ ، ޓިޔުޝަން އަށް ދާން ޒައިން ތައްޔާރީ ތަށް ވަމުން ދިޔައެވެ .. ” ޒައިން …….. ”  މީހަކު ޒައިން ނަމުން ގޮވާލިއެވެ .

03 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Your fav bab

    Yageen eii sihuru ge James
    Story nice ingey!!

  2. Your fav bab

    Not James but kameh!!
    You know autocorrect heheh..

Comments are closed.