Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ފަންވަރު 6 އަދި 7

blackshadow eddie
blackshadow eddie Level 210 Stories
February 2, 2025 5 Mins Read
0 Comments

                                   ބާބު 3

އިޝްޤުސޭ ޠަބީޢުތުނޭ ޒެސްތުކާ މަޒާ ޕާޔާ 

           ދަރުދުކީ ދަވާޕާއީ ދަރްދުކާ ދަވާ ޕާޔާ 

 މިއީ އަންވަރު އެގޮތަށް އިންނަތާ ހަތަރު ވަނަ ރެއެވެ.ވަގުތަކީ ތިނެއް ޖެހިއިރެވެ . ވަށައިގެން ވަނީ ހަމަހިމޭން ކަމެވެ.ކޮޓަރީގައި ބައްތި ދިއްލާފައި ހުރި ކުމުގައި ވިއަސް އެވަނީ ވަރަށް ވެސް ކަނިކޮށްލާފައެވެ. ކިޝްވަރު ހުން މިހާރު ވަރަށް މަޑު ވެއްޖެއެވެ އޭނާއަށް އަދިވެސް އޮތީ ނިދިފައެވެ.ބަލިވީއްސުރެ އާދައިގެ ގޮތެއްގައި ފުރަތަމަ އޭނާއަށް ނިދުނު ރެއަކީ މިއެވެ.ކިޝްވަރު އޮތް އެދުގެ ކައިރީގައި ހުރި ސަރަންފީ ގޮޑިއެއް ގައި އަންވަރު އުންމީދުން ފުރިގެންވާ ނަޒަރަކުން އެލަތީފު އަންހެން ކުއްޖާ އައި ދިމާއަށް ބަލަހައްޓައިގެން އިނެވެ.އަންވަރު އިން ގޮޑީގެ ކަރީގައި ބިންމަތީގައި މުސްކުޅިޔާ އޯށޯވެ ކުރުގެޅިގެން އޮތެވެ . އެތައް ރެއެކަށް ފަހު އެދައިތަގެ ލޯވެސް ފަުރަތަމަ މެރިލީ ވަގުތަކީ މިއެވެ.

އަންވަރު ގެ ހިތައް ވެއަތުވެ ދިޔަ ދެތިން ދުވަހުންގެ ތެރޭގައި އަޖައިބެއް ފަދަ ގޮތް ތަކެއް ވެގެން ހިގައްޖެއެވެ މިހެނީ ކިޝްވަރު އޮތް ގެއަށް އޭނާ އެންމެ ފުރަތަމަ ވަނީ އޭނާގެ ފުރިހަމަ އަމިއްލަ އިޚްތިޔާރުގައެވެ.ކިޝްވަރުގެ ހާލު ބެލުމަށް އޭނާ ފުރަތަމަ މަޑުކޮށްލި މަޑުކޮށްލުމުގައި އިޙްތިޔާރާއި މަޖްބޫރު ވުން އެކުވެފައިވެއެވެ. އެކަމަކު މިދެތިން ދުވަހެއްގެ ތެރޭގައި އޭނާގެ ވާނަމަ އިޙްތިޔާރެއް މުޅިން ހުސްވެއްޖެ.އަދި މިހާރު އޭނާ ވަނީ  މަޖްބޫރު ވެފައެވެ. މުޅިން މަޖްބޫރު ވެފައެވެ.އަމިއްލަ ހިތާހުރެއެވެ.ހިތް ލޯތްބާހުރެއެވެ.ލޯބި ކިޝްވަރުގެ އާދަޔާޙިލާފް ރީތިކަމާއި ޖަޒްބާތުން ފަުރިގެންވާ ހާލާއި ހުރެއެވެ.ހަމްދަރްދީ އާއި ލޯތްބާއި ދެމެދުގައި ވަނީ ވަރަށް ވެސް ކުޑަކުޑަ ތަންކޮޅެކެވެ.ހަމްދަރްދީ ތަރައްޤީ ވުމުގެ އެންމެ ފަހު މަންޒިލަކީ ލޯތްބެވެ.އެކަމަކު ހަމްދަރުދީގެ ސަރަޙައްދު ނިމޭ ވަކި މިވެނި ހިސާބަކާއި ލޯބީގެ ސަރަޙައްދު ފެށޭ ވަކި ހިސާބެއްް ބަޔާން ކޮށް އެންގުމަކީ ވަރަށް ވެސް އުދަގޫ ކަމެކެވެ. ގަޑިން ހަތަރެއް ޖަހަފިއެވެ. ކިޝްވަރު ފޮރޮޅިލާފައި އަނެއްކާވެސް ނިދައިފިއެވެ.އިރުކޮޅެއްވީތަނާ މުސްކުޅި އަންހެންމީހާ ކެއްސާއިގެންފިއެވެ. އެވަގުތު އެނެއްކާވެސް ކިޝްވަރު މޯޅިއަކަށް ދެމިލިއެވެ.އަދި މިފަހަރު އޭނާއަށްވެސް ހޭލިވިއްޖެއެ ވެ.އެލެކްޓްރިކް ގެ އަސަރު ކުރުވަނިވި ބާރުތައް އެލޮކަކަށް ވެރިވެފައިވާ ރީތި ދެލޮލުގެ ފެނުމުގެ ބާރު ކުއްލިއަކަށް ގޮސް ހުއްޓުނީ އަންވަރުގެ މޫނު މައްޗަށެވެ.އެހުއްޓުނު ގޮތަށް އިރުކޮޅެއް ވަންދެން އެހެން އެއްވެސް ފަރާތަކަށް އެބުރުމެއް ނެތި ހުރެއްޖެއެވެ.ލޮލުގެ ވިދުވަރު މަޑުމަޑުން ގަދަވަމުން ދިޔަ ދިއުން ބުއްދިއާއި ވިސްނުމުގެ ބާރުތައް އެބުރި އަންނަނީ ކަން ހެކިދޭ ހާލުގައެވެ.އަންވަރު :-(އުފަލުން ހިނިތުންވެފައި)ކޮން ހާލެއްތޯއެވެ.މިހާރު ރަގަޅުކަމަށް ހީކުރަމެވެ.

  ކިޝްވަރު :- (އަންވަރާއި ދިމާއަށް ބޮޑުކޮށްފައިވާ ދެލޮލަކުން ބަލަމުން އަދި ލަސްލަހުން)ހާލެހެއްޔެވެ….ރަގަޅެވެ…..އެކަމަކު ކެލޭ ތިޔައީ …..؟އަންވަރު :-އަޅުގަޑެއް ދެނެއް ނުލައްވާނުއެވެ. އަޅުގަޑު އައީ އިބްރާހީމް ބައްދަލުވާށެވެ. ކިޝްވަރު:- އިބްރާހީމް!(ނިތްކުރީގައި މަޑުމަޑުން އަތް އުގުޅަމުން)އެކަމަކު އިބްރާހިމް ނިޔާވެއްޖެ ކަމެއް އެގިލައްވާފައެއް ނުވޭތޯ އެވެ.<އަންވަރު:-އަޅުގަދު ދެނަޚުރީމެވެ.އަދި އެކަމާމެދު ކޮޅެނެތްކޮޅަށް ހިތާމަވެސް ކުރަމެވެ.އެކަމަކު އަޅުގަޑަށް އުފާ ލިބުނު ކަމަކީ ނިހާޔަތުގެ ދަރަޖައަށް ހިތް ހަމަޖެހުނު ކަމަކީ ކަލާގެ ހާލު ރަގަޅުވީމައެވެ.ކިޝްވަރު :- މަންމަ ކޮބައިތޯއެވެ.؟މަންމަ ދެނެއެއް ނުލައްވަމުތޯއެވެ.މިހެން ކިޝްވަރު ބުނުމުން އަންވަރު އެ މުސްކުޅިޔާ ހޭލައްވާލާއިފިއެވެ.އޭނާ ތެދުވީ ސިހިގެން ގޮސްފައެވެ.ތެދުވެ ފުރަތަމައި ން ފެށީ ދެލޮލުގައި އަތް އުގުޅާށެވެ.ދެން ލަސް ލަހުން ރަގަޅަށް ލޯ ހުޅުވި ކިޝްވަރު އޭނާގެ ބަލި އަޑުން ބުންޏެވެ. މަންމާއެވެ!”އުއްމީދު ކެޑިފައިވާ ބޮޑު ފާފަވެރިއަކަށް އެމީހާގެ އުއްމީދު ގައިވާ ގޮތާއި ޙިލާފަށް ކުއްލިއަކަށް ހުރިހާ ފާފަ ތައް މާތްރަސްކަލާންގެ ފުއްސަވާ ދެއްވިއަސް ކިޝްވަރުގެ  ލަފްޒުން މުސްކުޅިޔާ އަށް ލިބުނުފަދަ އުފަލެއް ލިބޭނެ ކަމެއް ނޭގެއެވެ.އޭނާގެ ދުލުވެސް ބޭރުވީ ހަމަ ދެބަހެއެވެ.”އަހަރެންގެ ދަރިފުޅާއެވެ.މިހެން ބުނުމުން އެދައިތަ ތެދުވެއްޖެއެވެ ތެދުވަނިކޮށް އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. އެނެއްކާވެސް ތެދުވެއްޖެއެވެ މިފަރު ތެދުވެ ކިޝްވަރުގެ ގައިގާ ހިފަގެންފިއެވެ.އަދި ކިޝްވަރުގެ ނިތްކުރި އާއި މޫނާއި އިސްތަށިގަޑާއި އެތަން މިތާގައި ބޮސްދޭން ފަށައިފިއެވެ ޚަގީގަތަކީ އުފަލުން ގޮސް އެދައިތަ އަށް ކުރެވުނު ނުކުރެވުނު ކަމެއް ކިޔުނު ނުކިޔުނު އެއްޗެއް ފުރިހަމައަށް ބިޔާން ކުރާކަށް ކުޅަދަނަ އެއް ނުވެއޭ ދެންވުމެވެ.އެކަމަކު އިރުގަޑެއް ވުމަށްފަހު ކިޝްވަރާއި އެދައިތަ ވަކިވިއިރު އަޖައިބެއް ފަދަ މަންޒަރެއް ފެނިފެނި ހުއްޓެވެ އާދޭހެވެ!އޭރު އެނާ އެކުއެކީގައި ދަނީ ރޮމުންނާއި ހެމުންނެވެ.ލޮލުން ފައިބަނީ ކަރުނަ ތަކެވެ.މޫނުމަތި ވަނީ ހިނިތުން ވުމަކުން ފުރިފައެވެ.ކިޝްވަރު:- މަންމާ އޭ! އަހަރެން ރަގަޅުވެއްޖެއެވެ.މުސްކުޅިޔާ :-ދަރިފުޅާއޭ! މާތްރަސްކާގެ ކަލޭ ރަގަޅު ކުރައްވާށިއެވެ. ފުރިހަމަ ޞިއްޙަތެއް ދެއްވާށިއެވެ. އެތައް ހާސް އެތައް ލައްކައަހަރެއްގެ އުމުރު ދެއްވާށިއެވެ.އޭ މާތްރަސްކާލާކޯއެވެ. އިބަސުވާމީންގެ ކިބައަށް އެތައް ލައްކަ ފަށުން ޝުކުރު އަދާ ކުރާނީ ކޮން ދުލަކުންތޯއެވެ .މިހެން ބުނެފައި އެދައިތަ އެނެއްކާވެސް ކިޝްވަރުގެ ގައިގައި ހިފައިގެންފިއެވެ.މިތެދުވެރި ލޯބީގެ މަންޒަރު ދެކެފައި އަންވަރުގެ ހިތްވެސް އުފުލާއި އަދި ތަފާތު އަސަރުތަކުން ފުރިއްޖެއެވެ. އެނާގެ ހިތަށް ވެރިވީ އަސަރުތައް ފައުޅުވިޔަ ނުދިނުމަށްޓަކައި އޮކޮޓަރީގެ ބޭރަށް ނުކުމެގެން ހިގައްޖެއެވެ އެގޮސް ކުރިކަމަކީ އޭނާގެ ލޮލުން އައިސްފައިވާ އުފާވެރި ކަމުގެ ކަރުނަތައް ފޮހުނީއެވެ.މީއީވެސް ފިތުރަތުގެ ކިހާބޮޑު އަޖައިބެއްތޯއެވެ ؟ކޮޅެނެތް ކޮޅަށް ހިތާމަ ލިބުމާއި ކޮޅެށް އުފާ ވުމުގެ ހެކި ދައްކަނީ އެއް ސޫރައެއްގައެވެ.ކިޝްވަރު :-މަންމާ އެވެ!މިތާ އިށީދެއިނީ ކާކުހެއްޔެވެ ؟އެއީ ފަހެ ޑަކްޓަރ ހެއްޔެވެ ؟. މުސްކުޅިޔާ :- ނޫނެކެވެ ދަރިފުޅާއެވެ!ކަލެއަށް ބޭސްކޮށްދެއްވީ ޑަކްޓަރ ވާދިޔާއެވެ. ކިޝްވަރު:-ތިހެންކަމަށްވަންޏާ ދެން އެއީ ކާކު ހެއްޔެވެ؟މުސްކުޅިޔާ :- އައްދޭ އެއީހޭ ؟އެއީ ކާކުކަން އަހަރެން ބުނެދޭނީ ކިހެނަކުން ހެއްޔެވެ.އެގޮތް ދެނެވޮޑިގެންވާނީ މާތްރަސްކަލާ ންގެއެވެ.އަހަންނަށް އެގޭ ވަރަކީ އެއީ މަލާއިކަތެއް ކަމެވެ.އެއީވާ މަލާއިކަ ތެކެވެ.

ކިސްވަރު:-ހައިރާންވެފައި މަލައިކަތެއް ހެއްޔެވެ؟ކުޑައިކޮށް ހީލާފައި އެކަމަކު އަހަރެމެންނަށް އިވިފައިވަނީ މަލައިކުންގެ ވިއްޔާ ފިޔަފުޅު ހުންނާނެ ކަމެވެ.މުސްކުޅިޔާ :-ތަވްބާ ވާށެ ދަރިފުޅާއޭ !އެއީ ޚަޤީޤަތުގައި މަލާއިކަތެއް ނޫނެވެ.މީހާ އެއީ އިންސާނެކެވެ.އެކަމަކު އޭނާގައިވާ ހުރިހާ ސިފައަކީ މަލާއިކަތުންގެ މާތް ސިފަތަކެވެ.ކަލޭ ބަލި ހާލު ބެލެހެއްޓުމަށް ޓަކައި އެކަލާނގެ ހަޞްރަތުން މިތަނަށް އޭނާ ފޮނުއްވެވީ މާތްރަސްކަލާންގެ ކަން ކަށަވަރެވެ. ކިޝްވަރު:-އަހަރެން ގެ ޚާލު ބެލެހެއްޓުމަށް ޓަކައޭ ހެއްޔެވެ.އެނާ އަހަރެންގެ ބަލިހާލުވެސް ބެލިހެއްޔެވެ.

މުސްކުޅިޔާ :-ބަލިހާލޭ ހެއްޔެވެ.އަހަރެންގެ މިވީ ދިގު އުމުރުގައި މީހަކު އެނެކެއްގެ މައްޗަސް އެގޮތަށް ޤުރުބާން ވަނިކޮށެއް ނުދެކެމެވެ.އެނާ ކަލޭގެ ހާލުބެލި ދުވާލަކީ ދުވާލުކަން ރޭގަޑަކީ ރޭގަޑުކަން ދެތުމެއް ނެތިއެވެ.މީހަކު އެމީހެއްގެ އެއްބަޑު މީހަކާއި މެދުވެސް އެފަދަ އެހީތެރި ޚިދުމަތްތެރި ގޮތެއް އަދި ލޯބިވެރި ކަމެއް ނުބަހައްޓާނެއެވެ. އަހަރެންވަ ހިތުން ސާބަސްދިދީ އަވަދިވެއްޖެއެވެ.ކިޝްވަރު:-(ހިތްގައި މު ވެފައި ) އޭއީ ކާކުހެއްޔެވެ.އަދި މިގެއަށް އައީ ކިހިނަކުން ހެއްޔެވެ؟ މުސްކުޅިޔާ :ـއޭނާއަކީ އިބްރާހީމްގެ ރަޙްމަތްތެރިއެކެވެ.ބުމްބާ އާށް ދަނިކޮށް ކުއްލިއަކަށް އެނާގެ މޮޓަރު ހަލާކުވީއެވެ ދެން މިގެއަށް އާއި ހަމައެކެނި އެރޭ  ހޭދަކޮށްލުމަށް ޓަކައެވެ.އެކަމަކު މިތަނަށް އައުމުން އޭނާއަށް ފެނުނީ އަދި އެހެން ޗާޓެކެވެ.ދެން ފުރަތަމަ ރޭގެ ހަތަރު ދަމު ވެސް އޭނާ ހޭދަ ކޮށްލީ ކަލޭގެ ކަރީގައެވެ.ހެދުނު ގޮސް މޮޓަރު ހަދައިގެ ން ގެނެސްފިއެވެ. އެމޮޓަރު އޮތުމުގެ ސަބަބުން ޑަކްޓަރ ގޮސް އައިސް ވުމަށާއި ބޭސްގެނައުމަށް ވެސް ނުހަނު ފަސޭހަކަން ލިބިއްޖެއެވެ. ކޮންމެ އަކަސް މުސްކުޅިޔާ އޭނާގެ އަމިއްލަ ރާގުގައި ކަން ހިގި ގޮތް އަލިފުން ފެށިގެން ޔާޔަށް ކިޝްވަރަށް ބާޔާންކޮށްދީފިއެވެ.އެވާހަކަ ތަކުން އަންވަރުގެ އިޙްލާސްތެރި ކަމާއި ވާފަތެރިކަމާއި އަދި ކިޝްވަރުގެ މައްޗަށް އެނާ ބެހެއްޓި އޯގާވެރިކަން ކިޝްވަރަށް ތަފްޞީލް ކޮށް އެގިއްޖެއެވެ.ބޯ އަބުރައިގަނެގެން ބައެއް ރޭރޭ ކިޝްވަރު ތެދުވުމުން އަންވަރު ހިފަހައްޓައިގެން ގަދަ ކަމުން އޭނާ އެދުގައި ބާއްވާ ކަމާއި ހޭނެތިފައިވާ ހާލުގައި އަންވަރު އަތުގައި ހިފައިގެން ގޮސް އެނާގެ އަދައަދާ އޮތް ކޮލުގައި އަތް ޖެއްސުވޭ ކަން ވެސް އޭނާއަށް އެގުނެވެ.އަދި ބައެއް ފަހަރަށް ހުން ގަދަވެގެން ގޮސް ކުއްލިއަކަށް ތެދުވާ ހާލު އަންވަރު އެނާގެ މޭގައި ކިޝްވަރު ލައްކޮލައިގެން އިދެ ފެންބޯންދޭ ކަމާއި ކިޝްވަރުގެ ހޭވިފައިވާ އަސްތަށިގަޑު ރަގަޅުކޮށްދޭކަން ވެސް އެގުނެވެ. އަދި ބޭއިޙްތިޔާރުގައި ކިޝްވަރު އޭނާގެ ބޯ އަންވަރުގެ ކޮޑުމަތީގައި ބާއްވައިގެން އިންނަކަން ވެސް އެގުނެވެ . މިހެންގޮސް އެބަލިހާލުގެ ތެރޭގައި އިޙްތިޔާރެއް ނެތި ކަން ހިގާފައިވާ ގޮތްތައް އެގުމުން ބަލިގެ ސަބަބުން ރީދޫ ވެލާފައިވާ ކިޝްވަރުގެ މޫނުމައްޗަށް މަޑުމަޑު ފިޔާތޮށި ކުލައެއް ވެރިވާން ފަށައިފިއެވެ އަދި ލަދުން އެނާ ދާހިއްލައިވެސް ގެންޖެއެވެ.އެތައް އިރެއް ވަންދެން އިގިލި ކުރީގައި ދައިގަނެގެން ފުން ޚިޔާލު ތަކުގެ ތެރެއަށް ގެއްލިފައި އެނާ އިދެއްޖެވެ.ހައިރާން ކަމުގެ ބެދެއް ފަދައިންނެވެ.މުސްކުޅި އަންހެން ދައިތަ އަކީ މިބާވަތުގެ މައްސަލަ ތަކުގައި އަޑިއަށް ވިސްނުމެއް ފޯރުވޭ މީހެއް ނޫނެވެ މިހެންކަމު ން އޭނާއަށް ހީވީ ކިޝްވަރު އޭނީ ވާހަކަ ދައްކާ ދައްކާ ވަރުބަލިވެގެން ކަމުގައެވެ.”ދެން ގިނަ ވާހަކަ ނުދައްކާށެވެ.އަހަރެން ސައިތައްޓެއް ހަދައިގެން އަންނާނަމެވެ.ބެނެފައި ހިގައްޖެއެވެ.އެދައިތަ ދިޔަފަހުން ވެސް ކިޝްވަރު އެތައް އިރެއްވަންދެން ޚިޔާލު ތަކުގެ ތެރެއަށް ފެތިފައި އިނެވެ.އެޙިޔާލު ތަކުން  އޭނާއަށް އުފާވެސް ލިބެއެވެ.ޚައިރާންވެސް ވެއެވެ އަދި އޭނާގެ ނާރު ތަކުގައި ހިގަާލޭ އަދަޔާ ޙިލާފް ގޮތަކަށް ބަދަލުވަމުންދާ ކަމަށްވެސް އޭނާ އަށް ވިސްނެއެވެ . އެނާގެ ހިތުގައި ތަފާތު ޖަޒްބާތު ތަކެއްގެ ރާޅުތައް ވިދުވަރެއް ފަދައިން ދަނީ ފެނިގެއްލެމުންނެވެ.

ކިޝްވަރުގެ އުންމީދުތަކުން ފުރިގެންވާ (އެކަމަކު މިހާތަނަށް އަދިރި ވެފައިއޮތް )އުދަރެހުން އަރަން އުޅޭ ލޯބީގެ އިރުގެ ކުލަގަދަ ދޯދި ތައް ފަުރަތަމަ ފަހަރު އޭނާގެ ޙަޔާތުގެ ދަވަނީގައި ބޮސްދެނީކަންނޭގެއެ ވެ.އޭނާގެ ހިތާމަ ތަކުން ފުރިފައިވާ ދުނިޔޭގެ އުޑުން އަލިކުރާނެ އުޖާލާ ތަރި ފައުޅުވެދާނޭ ކަމުގެ އުފާވެރި ޚަބަރެއް ދޭނީ ކަންނޭގެއެވެ.ނޮފޮޅޭ މަލެއް ކަމުގައިވާ އޭނާގެ ހިތާއި ‘ފަތިހުގެ ވައި ރޯޅި ސަމާސާ ކުރަމުން ބުނަނީ ކަންވެސް ނޭގެއެވެ.” އެނިދީގައި މަސްތުވެފައިވާ ރީތި މާލާއެވެ !ހޭލާށެވެ.ކާލެގެ ފަރިވެ ފޮޅުމުގެ ވަގުތު ވަރަށްވެސް ގާތްވެއްޖެއެވެ. 

                            ބާބު4

                       ތާޖުމަޚްލު ހޮޓަލު 

ކިޝްވަރަށް މުޅިން ފަސޭހަ ވެގެން އަންވަރާއި އެކުގައި ބުމްބާ އަށް އަތުވެއްޖެއެވެ.މިފަހަރު ކިޝްވަރު މަޑުކޮށްލުމާށް ޤަޞްދު ކުރީ ތާޖުމަޙައްލު ހޮޓަލުލްގެ ދެވަނަ ބުރީގައިވާ ކޮޓަރި އެއްގައެވެ . މުސްކުޅި އަންހެންމީހާވެސް އިންނަނީ އެކޮޓަރީގައެވެ.އަންވަރޭތޯއެވެ. މިޚާދިސާ ތައް ފެށުމުގެ ކުރިއެކޭ ވެސް އެއްފަދައިން ޤާސިމްބާއިގެ ކުންފުނީގައި އޭނާގެ މަސައްކަތް ފަށައިފިއެވެ.އޭނާ ހުންނަނީވެސް އެކުންފުނީގެ ކޮޓަރިއެއްގައެވެ.އެކަމަކު ފުރުސަތު ލިބޭ ކޮންމެ ވަގުތުއްގައި އޭނާ ހޭދަކުރަނީ ކިޝްވަރުގެ ގާތުގައެވެ.ކިޝްވަރުވެސް އަންވަރަށް އިންތިޒާ ރު ކުރަނީ އޭނާ ފެނުމަށް ހިތުގެ އަޑީގައިވާ ފުން އެދުމާއެކުގައެވެ. މިހާރުވެސް އެދެ ކުދިން ތިބީ ތާޖު މަހައްލު ހޮޓަލުގައި އެކަކު އެނެކަކާއި ވާހަކަ ދެއްކުމުށެވެ.

ކިޝްވަރު :-މިހާރުދެން ފަހެއްވެސް ޖަހައިފިއެވެ.ވީމާ ކޮންމެވެސް ތަކަށް ގޮސް ބަލަމާ ހިންގަވާށެވެ.އަންވަރު:- މިއަދު އަޅުގަޑު ޤަސްދު ކުރަނީ އަޅުގަޑުގެ އެންމެ ބޮޑު ރަޙްމަތްތެރިޔާ އާއި ބައްދަލުކުރުމަށެވެ.އޭނާގެ ނަމަކީ މުމްތާޒެވެ.އޭނާއަކީ އޭނާއަކީ ބުމްބާގެ ވިޔަފާރިވެރިންގެ ޝާހްޒާދާ އެވެ.މަތިވެރި ދަރަޖަ އަކަށް ތަޢްލީމު ލިބި ގެން ހުންނެވި ވިސްނުންތޫނު އުފާވެރި މިޒާޖެއްގެ ބޭކަލެކެވެ . އަދި އޭނާގެ އަބިކަބަލުން އަޒްރާ އަކީ ވެސް ވަރަށް މާތް އަޙްލާގެއްގެ ވެރި ތަޢްލީމް ލިބިވެންވާ ރީތި އަންހެން ކުއްޖެކެވެ.އެދެކަބަލުންނާއި ބައްދަލު ވުމުން ކިޝްވަރަށް ވަރަށް ޚާއްސަ އުފަލެއް ލިބޭނެކަން ކަށަވަރެވެ.ކިޝްވަރު :- ކޮންމެހެން ވެސް ބައްަދަލުވާން ބޭނުމެވެ.

އެއީ ކަލާގެ ވަރަށް އިހުގެވެސް ރަޙްމަތްތެރިންތޯއެވެ.އަންވަރު :-ވަރަށް ކުރީގެއެވެ.ހަމަ އެކަނި ރަޚްމަތްތެރިއަކީ ނޫނެވެ.އަދި ކީއްހެއްޔެވެ. …. މުމްތާޒު އައީ އަޅުގަޑުގެ ވަރަށް ވެސް ބޮޑު މުޙްސިނެކެވެ .އަޅުގަޑާއި މުމްތާޒުއައީ ތަޢްލީމް ޙާސިލް ކުރަމުން ގެންދިޔައީ ދިއްލީގައެވެ އަޅުގަޑުގެ ބޮޑުބޭބެ އަކީ ފާރިސީ ބަހުގެ ޕްރޮފިސަރ އެކެވެ.އަޅުގަޑު ވަރަށް ޅައިރު ގައި މައިންބަފައިން މަރުވެފައިވާކަމުން ހުރިހާވެސް ކަމެއް ބެލެހެއްޓުމުގެ ވެރިއަކަށް ހުންނެވީ އެބޮޑުބޭބެއެވެ.އަޅުގަޑު ހުންނަނީ ވެސް އެނާގެ އަރިހުގައެވެ.ނަސީބުގެ ދެރަކަމުން ކުއްލިއަކަށް ހިތް ހުއްޓުމެއްގެ ސަބަބުން ބޮޑުބޭބެ ނިޔާވެއްޖެ.އެއިރު އަޅުގަޑަށް އޮތީ 16އަހަރަށެވެ. ކިޔަވަނީ 1ވަނަ އަހަރުގައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

ބުއްދިވެރި ގޮތަކީ އޮންލައިންކޮށް ފޮތް ކިޔުންތޯ ނޫނީ ޗާޕުކުރިފޮތް ކިޔުން ތޯ އެވެ.

Next

ބޭވަފާތެރިޔަކީމޭ 40 ފަހުބައި

Next
February 3, 2025

ބޭވަފާތެރިޔަކީމޭ 40 ފަހުބައި

Previews
February 2, 2025

ބުއްދިވެރި ގޮތަކީ އޮންލައިންކޮށް ފޮތް ކިޔުންތޯ ނޫނީ ޗާޕުކުރިފޮތް ކިޔުން ތޯ އެވެ.



All Right Reserved!