
ވާނަން އުމުރަށް 4 ، 5
ޒައިން އަކީ ރީތި ޒުވާނެކެވެ . އަހުލާޤު ވެސް ރަގަޅު ޒުވާނެކެވެ . ދީނަށް ލޯބި ކުރާ ޒުވާނެކެވެ . އުމުރުން 19 ، 20 އަހަރު ވެދާނެއެވެ . އެ ޒުވާނާ ފެނުމުން ގިނަ ގިނަ އަންހެން ކުދިން ހިތް ކިޔަމުން ދެއެވެ . ބަލާ ބެލުމުން ހީވަނީ ޖިމް އަށް ދާ މީހެއް ހެންނެއެވެ
ޔާނާ ފުރާ ދުވަސް ކައިރި ވެއްޖެއެވެ . ޔާނާ ، ރާނިޔާ ، ރިޝްމާ އަދި ރީމާ އެކުގައި އުޅެމުން އައި ދުވަސް ތަކަކީ ވަރަށް ވެސް އުފާވެރި ދުވަސް ތަކެކެވެ . އެ ދުވަސް ތަކަކީ ހަނދާނުން ނުފޮހެލިވޭނެ ދުވަސްތަކެކެވެ .
މިޔަދަކީ ޔާނާ ފިރިމީހާ ރަށަށް ދާ ދުވަހެއެވެ . ގޭ އެންމެން ކަހަލަ ގޮތަކަށް އެ ރަށަށް ދިޔުމަށް ތައްޔާރު ވަމުން ދަނީއެވެ . ” މަމްމީ ކޮންތާކަށް ދާން ތި ރެޑީ ވަނީ ” ލޯބި ލޯބި ޒިދާން ބުނެލިއެވެ . ” ދަރިފުޅާ ! މި އުޅެނީ ބައްޕީ މެން ރަށަށް ގޮސްލަން ، މާމަ ކައިރި އަށް . ދާން ވެގެން . އޭރުން އެ މާމަ ވެސް ހެޕީ ވާނެ އެއްނު . ” ޔާނާ ބުނެލިއެވެ .
ހިތް ގައިމު ރަށެކެވެ . ރަށުގެ މަލަ މަތިން ފެނިގެން ދަނީ ފެހިކަން ގަދަ ކަމެއެވެ . ތިމާވެއްޓަށް ލޯބި ކުރާ ހެން ހީވެއެވެ . ލޮއިންޗް އަށް
އެރީ ސުރެން . ރިޝްމާ އާއި ރީނާ ގެ ވާހަކަ ދެއްކުން ހުއްޓުމަކަށް ނުމެ އާދެއެވެ . ބައެއް ފަހަރު ރާނިޔާ ރީނާ އާއި ރިޝްމާ އަށް ލޯ އަޅާލައެވެ . ބޮލަށް އުދަނގޫ ވާ ކަހަލަ ގޮތަކަށް ބުނާ ފަދައެވެ .
ރަށުގެ ބަދަރު މަތިން ފުރަތަމައިނުން ވެސް ފެނިގެން ދިޔައީ ޒިދާންގެ މާމަ އާއި ކާފައެވެ . ކަރުގައި މާފަތި އަޅުވަން އަތުގައި މާފައްޗެއް ވެސް އޮތެއެވެ . ލޮއިންޗް އިން ފޭބި ތަނުން ޒައިދާން އާއި ޔާނާ ގެ ކަރުގައި މާ ފަތި އެޅުވިއެވެ .
” މާމަ ގެ ދޮންދޫނީ ! ހާދަހާ ދުވަހަކަށް ފަހު މާމަ އަށް ތިފެނުނީ . ” ޒިދާން ގެ މާމަ ( ހައްވާ މަނިކެ ) ބުނެލިއެވެ . ޒިދާން ގެ ކޮލުގައި ބޮސް ދެމުން ބުނެލިއެވެ . ” ދަރިފުޅާ ހިގާ ދަރިފުޅުގެ މަންމަ ވަރަށް މީރު އެއްޗެއް ވެސް ހަދާފާ ވެސް އެބަ ހުރި ” ޒިދާން ގެ ކާފަ ( އާދަންމަނިކު ) ބުނެލިއެވެ .
ރަށު ތެރެ ވެސް ފެނިގެން ދަނީ ސާފް ތާހިރު ކޮށެއެވެ . އެކުވެރި ކަމާއި އެއްބައިވަންތަ ކަން ފެނިގެން ދިޔައެވެ . ޔާނާ އަތުގައި އޮތް ދަބަހުން ފޯނު ނެގުމަށް ފަހު ޔާނާގެ ފިރިމީހާ އަށް ގުޅާލިއެވެ . ” ހަޒް …. މަންމަ ހުރީ ވަރަށް އުފަލުން . ޒިދާން ފެނުމުން ހުރީ ވަރަށް ހިތް ހަމަ ޖެހިފާ . އިގޭ ތަ މަންމަ ބުނި ކީއްވެ ހޯ ހަޒް ނައީ ” ޔާނާ ބުނެލިއެވެ .
“އެހެންތަ … ކޮބާ މަންމަ ؟ ލިބިދާނެ ތަ ؟ ” ކައިލް ޔާނާ ކައިރި ބުނެލިއެވެ . ” އެބަ އުޅޭ ޒިދާން އާއެކު މަޑު ކޮއްލާ މަންމަ އަށް އެބަ ދެން ” ޔާނާ އެހެން ބުނުމަށް ފަހު ހައްވާ މަނިކެ އަށް ފޯނު ދިއްކޮށްލިއެވެ . ” ކާކު ؟ ” ހައްވާ މަނިކެ ބުނެލިއެވެ . ” ކައިލް … ކައިލް ބުނީ މަންމަ އަތަށް ދީބަލާށޭ އެހެންވެ ” ޔާނާ ބުނެލިއެވެ .
” ކީކޭ ދަރިފުޅާ ! ” ހައްވާ މަނިކެ ބުނެލިއެވެ . ” މަންމާ ކިހިނެއް ވަނީ ؟ ޒިދާން މަޖާ ތަ ؟ ” ކައިލް ފަތި ފައްޗަށް މަންމަ އަށް ސުވާލު ފައްޗެއް އަމުނާލިއެވެ .
” އާން ދަރިފުޅާ ! ހަމަ ދަރިފުޅު ކުޑައިރު އުޅުނު ގޮތް ގަޑު މިހުރީ މާޝާ ﷲ ” ހައްވާ މަނިކެ ބުނެލިއެވެ . ”
ދިގު ފޯނަކަށް ފަހު ޔާނާ އަށް ފޯނު ދިއްކޮލިއެވެ . ކައިލް ހުރީ ވަރަށް އުފަލުން ކަން ހައްވާ މަނިކެ ބުނެލިއެވެ . އަދި މެންދުރު ގެ ނާސްތާ އަށް އެރިއެވެ .
” ރާނިޔާ ހާދަ ކުޑަ ކޮށް ” ޔާނާ ބުނެލިއެވެ . ” ކުޑާ ރާނިޔާ ބަނޑު ވަރަށް ފުލް ” ރާނިޔާ އެހެން ބުނުމަށް ފަހު ކޭ ތަށި ދޮވުމަށް ފަހު ބޭރަށް ނިކުމެލިއެވެ . ” ހޫމް ހޫމް … އެއްކަލަ ނިދާ މީހާ ، މިޔަދު ނުނިދިގެން ދޯ ތި އުޅެނީ … އަނެކާ ލަވަ ކިޔާ ސޮރު މަތިން ހަދާން ވަނީ ތަ ؟ ” ރިޝްމީ ދިމާ ކުރާ ފާޑަށް ބުނެލިއެވެ . ” ކިހާ ދެރަ ކަމެއް . ފުރަތަމަ ނަޒަރުން ލޮއިއްބެއް ނުވާނޭ . ” ރާނިޔާ ރުން ކުރު ކޮށް ބުނެލުމަށް ފަހު އެ މީހުންނާ ދުރަށް ޖެހިލިއެވެ . އަތް ދަބަހުން ފޯނާއި ހެޑް ސެޓް ނެގުމަށް ފަހު ލަވަ އެއް ޖަހާލިއެވެ
ރާނިޔާ އަށް އެންމެ ކަމުދާ އެއްލަވަ ކަމަށް ވާ ވާނަން އުމުރަށް ލަވަ ޖަހާލިއެވެ . އެއި ރާނިޔާ ބޯ ހަމަ ޖައްސާލުމަށްޓަކެއެވެ .ރާނިޔާ ކަމަކަށް ވިސްނާނަމަ ރާނިޔާ އަށް އާއްމު ކޮށް ކުރެވިގެން ދަނީ ހެޑްސެޓް ޖައިގެން ލަވަ އަޑު އެހުމެއެވެ .
” ރާނިޔާ! ހާދަހާ ފޫހިވެފާ . އަނެއްކާ މި ރަށް ކަމު ނުދަނީ ތަ ؟” ޔާނާ ކޮޑުގައި ޖަހާލާފައި ބުނެލިއެވެ ” އޭ …… ނޫން … ކިހިނެއް ވީ ކުޑާ ” ސިހިފައި ރާނިޔާ ބުނެލިއެވެ . ” ވަކި ކަމެއް ނުވޭ ހަމަ އަހާލީ …. އަނެއްކާ ކުޑާ މެން މާލެ ދާތީ ދެރަ ވަނީ ތަ ؟ ” ޔާނާ އަހާލިއެވެ . ” ދެރަ ވާނެ ދޯ … އެކީ މަޖާ ކޮށް އުޅުނު މީހެއް ވިއްޔާ ތީ އެހެން ވީމާ ދެރަ ވާނެ ދޯ ” ރާނިޔާ ބުނެލިއެވެ .
އެހެން ބުނުމަށް ފަހު 2 މީހުން ހިގައިގަތީ ގެޔާ ދިމާ އަށެއެވެ . ގަޔާ އަތިރިމައްޗާ އެހާ ވެސް ދުރެއް ނުމެ ނޫނެއެވެ . 5 ވަރަކަށް މިނެޓް ހިގާލުމަށް ފަހު ޔާނާ މައިދައިތަ މެންގެއިން އަތިރި މައްޗަށް ނިކުމެވިގެން ދާނެއެވެ .
” މަންމާ ހާދަހާ ފޫއްސޭ .. ކޮން އިރަކު ތަ ރަށަށް ދަނީ ؟ މިރަށް ރައްޓެއްސެއްވެސް ނެތް ” ރިޝްމާ މޫނު ހަދާލުމަށް ފަހު މަންމަ ކައިރީގައި ބުނެލިއެވެ .
” ކުޑާ ދާންވީމާ ދާންވީ . ” އެހެން ބުނުމަށް ފަހު ޒައިނަބް ހިގައިގަތީ އަތިރި މައްޗާ ދިމާ އަށެވެ . ހިތްގައިމު ވާ ޖައްސާލުމަށެއެވެ .
” ރިޝްމާ ، ރީނާ ، ރާނިޔާ ….. ހިގާބާ ފިހާރަ އަކަށް ގޮސްލަން . ” ޔާނާ ގޮވާލިއެވެ . 4 މީހުން ފިހާރަ އަށް ދާން ނިކުތެއެވެ .
ރަށަކީ ކުޑަ ރަށެކެވެ . އާބާދީގެ ގޮތުން ބަލާނަމަ 660 މީހުން ރަށުގައި ރަޖިސްޓްރީ ވެފައި ތިއްބެއެވެ . ނަމަވެސް އާބާދީގެ 2 ބައި ކުޅަ އެއްބައި މީހުން އުޅެމުން އަންނަނީ ރަށުން ބޭރު މީހުންނާ އިދެގެން ރަށުން ބޭރުގައެވެ . ނުވަތަ ރިސޯޓް ތަކުގައެވެ . އަދި ފުރަ މާލޭ ގައެވެ . އެއްގަމުގައި ދުއްވާ އުޅަދު މަދު ކަމުން ބޮލަށް ވަރަށް ވެސް ފަސޭހައެވެ . ކުށުގެ ވެށިން ވަރަށް ވެސް އަމާނެއެވެ .
ހަވީރު ގެ ވަގުތެއެވެ . ޔާނާ އާއި ރިޝްމީ އާއި ރާނިޔާ އާއި ޒިދާން އަދި މަންމަ ( ޒައިނަބް ) ފުރަން ބަދަރަށް ބަދަރަށް ނިކުތެއެވެ . ” މާމަ ދަރިފުޅު ދަނީތަ ؟ އަންނަ ޗޭ މާމަ އާއި ކާފަ ކައިރިއަށް މަޖާ ކޮއްލަން . ބައްޕަ ކައިރީގައި ބުނެގެން ނަމަވެސް ” ހައްވާ މަނިކެ ބުނެލިއެވެ . ” ލައްބަ މާމާ …. ” ޒިދާން ބުނެލިއެވެ .
ފުރަން ލޮއިންޗް އަށް އަރާފިއެވެ . ރަށުގެ ނެރު ބަތިން ލޮއިންޗް ނެރެންދެއް ހައްވާމަނިކެ ތިއްބެއެވެ .
6 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ
2 Comments!
Comments are closed.
why are you not submitting regularly????
anyway story hama reethi
Mi part ves v reethi masha Allah
Curiously waiting for next part
Keep it up
I appreciate your hard work