ވާނަން އުމުރަށް 06
ފުރަން ލޮއިންޗް އަށް އަރައިފިއެވެ . ރަށުގެ ނެރުގެ ބަތިން ލޮއިންޗް ނެރެންދެން ހައްވާ މަނިކެ މެން ބަލަން ތިއްބެއެވެ
###################################################################################
ކަނޑު ވަރަށް މަޑެއެވެ . ހީވަނީ ފޮތި ކޮޅެއް ހެންނެވެ . ކުޑަ ކޮށް ބާނި ހުރި ކަމެއް ނަމަވެސް އެހާ ގަދައެއްވެސް ނުމެ ނޫނެއެވެ . ލޮއިންޗް އަށް އެރުމާ އެކު ރާނިޔާ އިނީ ހެޑްސެޓް ޖަހައިގެން ލަވަ އަޑު އެހުމުގައެވެ . ލޮއިންޗް ދާ ހިސާބެއް ރާނިޔާ އަށް ނުމެ އިގެއެވެ .
ރާނިޔާ މެން ގެ ރަށަށް ލެފިއްޖެއެވެ . ރާނިޔާ އާއި ޔާނާ އާއި ރިޝްމީ އަދި އެހެން މީހުން ފައިބައިފައިފިއެވެ . ” މަންމާ ވަރަށް ބޯ އަބުރާ . އަވަހަށް ހިގާބާ ގެޔަށް ދާން ” ރިޝްމީ މޫނު ހަދާލުމަށް ފަހު ބުނެލިއެވެ .
ރާނިޔާ އެއްލި ކަޅި އަކުން ޒާއިން ފެނުނު ކަހަލައެވެ . ” ހައި ޒާއިން .” ރާނިޔާ ޒާއިން އަށް ގޮވާލިއެވެ . ” ރާނިޔާ ކޮންތާކުން ހާދަ ހޯދާފީމޭ . ” ޒާއިން ސުވާލު ކޮއްލިއެވެ . … ” އާ މިއައީ ކުޑާބެ މެން ރަށަށް ގޮސްލާފާ . ފަހުން ފެންނާނެ އެއްނު . ” ރާނިޔާ ބުނެލިއެވެ .
އެހެން ބުނުމަށް ފަހު ރާނިޔާ ހިގައިގަތީ ގެޔާ ދިމާ އަށް ހިގައިގަތެއެވެ . މި ކަންތައްތައް މަންމަ މެންނަށް އިގިދާނެ ތީ ވަރަށް ސިއްރުން އުޅެމުން ދިޔައެވެ . .
” ދޮންތީ ހާދަހާ ކަމެއް ކަމެއް ކަމެއް ތަ ؟” ރީނާ ރާނިޔާ ކައިރީ ބުނެލިއެވެ/ ” މީނަ އަށް ފެނުން ލަސްވާނީ …. އަބަދުވެސް އަހަރެންގެ ކަމެއް ނުފެނިފާ … ” މޫނު ހަދާލުމަށް ފަހު ރާނިޔާ ބުނެލިއެވެ . މިއިން ކޮންމެ ކަމެއް ގައި ވެސް ރީނާ އާއި ރާނިޔާ އަބަދު ވެސް ޒުވާބު ކުރުން ނޫން ގޮތެއް ނެތެއެވެ .
ދުވަސްތަށް ފާއިތު ވެގެން ހިގައްޖެއެވެ . ޔާނާ އާއި ޒިދާން މާލެ ފުރަން ކައިރި ވާން ކައިރި ވެއްޖެއެވެ . ރާނިޔާ މޫނު މަތިން ފެނިގެން ދަނީ ހިތާމަ ވެރި ކޮށެއެވެ . ސަބަބަކަށް ވަނީ އެހާ ދުވަސް ތަކަށް ފަހު އެކުގައި އުޅުމަށް ފަހު ދުރަށް ދާތީއެވެ . ރާނިޔާ އާއި ޔާނާ އާ ދެމީހުން ހޭދަ ކުރެވުނު ދުވަސް ތަކަކީ ޔާނާ އާއި ރާނިޔާ އަށް ހޭދަ ކުރެވުނު ވަގުތަކީ އުފާވެރި ދުވަސް ތަކެއް ގޮތުގައެވެ .
” ރާނިޔާ . ކުޑާ ފުރަން ދަނީ . ދާނަން ތައް ފުރުވަން . ” ޔާނާ މަޑު މޮޅި ކޮށް ބުނެލިއެވެ . ” އާން ދާނަން ” ރާނިޔާ ދެރަވެލާފައި ބުނެލިއެވެ .
ގޭ އެންމެން ކަހަލައިގެ ގޮތަކަށް ޔާނާ ފުރުވާލަން ދިޔައެވެ .
” ރާނިޔާ … ރާނިޔާ ކުޑާ ދަނީ ތަ ؟ ” ޒައިން ބުނެލިއެވެ . ” އާ ….. ދުޑާ ދަރި އަށް ކިޔަވާ ދޭން ވެގެން އެ ދަނީ ” ރާނިޔާ ބުނެލިއެވެ . ” ރާނިޔާ އަށް ގުޅޭނެ ގޮތެއް ލިބިދާނެ ތަ ؟ ” ޒައިން ބުނެލިއެވެ . އެހެން ބުނުމުން ރާނިޔާ އަށް ގުޅޭނެ ގޮތެއް ޒައިންނަށް ދިނެއެވެ . ޒައިންނަށް އޭގެ އަސްލު ކަމެއް ނޭންގެއެވެ .
” ރާނިޔާ ބަސް އަހައިގެން އުޅޭތި . އަބަދު ކޮއްކޮ މެންނަށް ނުތޮޅޭތި . ކުޑާ ނެތް ދުވަސް ކޮޅު ކަން ކަމުގައި އުޅެވޭނީ ރާނިޔާ . މަންމަ ބަލި ވިޔަސް ކުޑާ ކައިރީ ގައި ބުނެލާތި . ހިތް ހެޔޮ ކުރާތި” ޔާނާ ލޮއިންޗް އަށް އަރަމުން ބުނެލިއެވެ .
“ޒިދާން ބަސް އަހާތި އިގޭ “ރާނިޔާ ޒިދާން ކޮލުގައި ހިފާލަމުން ބުނެލިއެވެ .
ލޮއިންޗް ފުރުމުން ރާނިޔާ އާއި ރީނާ އާއި ރިޝްމާ އަދި މަންމަ ހިގައި ގަތީ ގެޔާ ދިމާ އަށެއެވެ . ” ހައި ރާނިޔާ . ކިހިނެއް ތަ ؟ ” ޒައިން ރާނިޔާ އަށް މެސެޖް ކޮއްލިއެވެ . ރާނިޔާ އޭގެ ޖަވާބު ފޮނުވާލުމުން ރަގަޅޭ ބުނެލިއެވެ . ” ރާނިޔާ އެބައިން ވާހަކައެއް . މިޔަދު ހަވީރު ހިގާބާ ދިމާ ވެލަން ” ޒައިން ބުނެލިއެވެ . ” އޯކޭ ހަވީރު 4:30 ގައި އައި ދާނަން ބަދަރާ ދިމާއަށް . އެހެން ބުނުމަށް ފަހު ރާނިޔާ އުޅުނީ ގޭތެރޭގެ މަސައްކަތުގައެވެ . ރީނާ އާއި ރިޝްމާ ކިޔާ އެއްޗެއް ކިޔާ އެއްޗެކަށް ނުބަލައެވެ .
ހަވީރު ގެ ވަގުތެއެވެ . ރާނިޔާ އުޅުނީ ޒައިން އަށް ދިމާ ކުރުމަށް ތައްޔާރު ވުމަށެއެވެ . ” ރާނިޔާ ކޮބާ ؟ ” ރާނިޔާ ފޯނު ނޮޓްފިކޭޝަން އައުމުންނެއެވެ
ޒައިން ގެ މެސެޖެކެވެ . ” މި ރެޑީ ވަނީ .. ގިވްމީ 10 މިޓްސް ” މިހެން ބުނުމަށް ފަހު ރާނިޔާ އަވަސް އަވަހަށް ތައްޔާރު ވިއެވެ .
ރާނިޔާ ހިގައި ގަތީ . ޒައިން ބުނި ދިމާލަށެއެވެ .
އިރުކޮޅެއް ފަސް . ރާނިޔާ އަށް ޒައިން ބުނި ދިމާއަށް އާދެވިއްޖެއެވެ . ޒައިން ހުރީ ރާނިޔާ އަށް ކެއް މަދު ވެފައެވެ . ” ހައި ރާނިޔާ …… ” ޒައިން ރާނިޔާ އަށް ހައި ޖަހާލިއެވެ . ” ޔެސް ” ރާނިޔާ އޭގެ ޖަވާބުގައި ދިނެއެވެ .
” ހިގާ މިތާ ގޮނޑު ދޮށަށް . އިރު އޮއްސޭ މަންޒަރު ވަރަށް ރީތި ވާނެއެވެ ” ޒައިން ބުނެލިއެވެ . ޒައިން އަދި ރާނިޔާ ހިގައި ގަތީ އިރު އޮއްސޭ މަންޒަރު ބަލާލުމަށެއެވެ . ” ރާނިޔާ އެބެއިން ވާހަކަ އެއް ދައްކާލަން ވެފާ އެކަމަކު ……” ޒައިން ބުނެލިއެވެ.
“އަނެއްކާ ކޮން ވާހަކަ އެއް ބުނެލަބަލަ . އަނެއްކާ ކޮން ކަހަލަ ވާހަކަ އެއް ؟” ކެއްތެރިކަން ކޮޅުން ލައިފައިވާ ރާނިޔާ ސުވާލު ކޮއްލިއެވެ . ލަދުގަނެފައި ގޮތަކަށް ކައިލް ބުނެލިއެވެ . ” އަހަރެން ރާނިޔާ ދެކެ ލޯބި ވެވިއްޖެވެ . އަހަންނަކަށް ނޭންގެ ކިހިނެއް ކަމެއް . އެންފުރަތަމަ ދުވަހުން ފެށިގެން ވެސް ރާނިޔާ ދެކެ ލޯބި ވެވުނު . އެކަމަކު ރާނިޔާ ކައިރީގައި ނުބުނާން މި ހުންނަނީ ” އެހިސާބުން ޒައިން ވާހަކަ މެދު ކަޑާލިއެވެ . ” އަސްލު އައި ވެސް މި ހުރީ ބުނަން ނުކެރިފާ .. ފުރަތަމަ ޒައިން އެ ވާހަކަ ނުދައްކާތީ ވެ ބުނަން ނުކެރުނީ ” ރާނިޔާ ބުނެލިއެވެ .
ރާނިޔާ އަދި ޒައިން މާމެލާމެލީގެ ބަގީޗާ އަށް ދެވުނެއެވެ . ރާނިޔާ އާއި ޒައިންނަށް ދިރިއުޅުމުގައި އައު ސަފްހާ އަށް ދެވުނެއެވެ . ” މަންމާ ، މަންމާ ” ގޭ ދޮރުން ނުވަ ދެވެނިސް ރާނިޔާ މަންމަ އަށް ގޮވަން ފެށިއެވެ .
” ދަރިފުޅާ ކިހިނެއް ވީ . ހާދަހާ އުފާވެރި ކޮށް … މަންމަ ކައިރީގައި ވެގެން އުޅޭ ގޮތެއް ބުނެބަލަ ” މަންމަ ބުނެލިއެވެ .
” މަންމާ .. އަޅުގަނޑު ލޯބީގެ ގޮތުން ފިރިހެން ކުއްޖަކާ ގުޅެފިން ” ރާނިޔާ ލަދު ރަކި ގޮތަކަށް ބުނެލިއެވެ . ” ދަރިފުޅަށް ކަމުދާ ރަގަޅު ކުއްޖެއް ތަ ؟ ދީނަށް ލޯބި ކުރާ ކުއްޖެއް ތަ . މަންމަ އަށް ދައްކާލަން ގެންނަޗޭ ؟ ” މަންމަ އުފާވެރި ކަމާ އެކު ބުނެލިއެވެ .
ރާނިޔާ އާއި ޔާނާ އަދި ރިޝްމީ މި ކުދިން ބައްޕަ ނިޔާވި ފަހުން ބަލަމުން އައީ ރާނިޔާ މަންމަ އެކަންޗެއެވެ . ކޮންމެ ކަމެއް ވާއިރު ރާނިޔާ މަންމަ ކައިރީގައި ކޮންމެ ވާހަކަ އެއްވެސް ދައްކަމުން ދިޔަ ކުއްޖެކެވެ .
” ލައްބަ މަންމާ . ގެންނާނަން ” ރާނިޔާ އެހެން ބުނުމަށް ފަހު ރާނިޔާ ހިގައި ގަތީ ކޮޓަރި އާ ދިމާ އަށެއެވެ . މިވާހަކަ ޔާނާ ކައިރީގައ ބުނުމަށެއެވެ .
:. ސީޒަން 2 ފުރަތަމަ 1 އެޕިސޯޑް އަށް ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ
ނޯޓް : މި ވާހަކަ އަކީ ސީރީޒް އަށް ބަހާލެވިގެން ދާނެ ވާހަކައެކެވެ . މި ވާހަކައިގެ ސީޒަން 1 ނިމިގެން މި ދިޔައީ . 2 އޮތީ ސީޒަން 2 ކެވެ .
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Mi part ves v reethi masha Allah
Curiously waiting for next part
Keep it up
Raaniya and zain v gulhey
They both are made for each other
I appreciate your hard work