ވާނަން އުމުރަށް
ޔާނާ އަންނަ ގަޑި ކުޑަ ތަން ވަމުން އާދެއެވެ . ރާނިޔާ ގެ މޫނުމަތިން ފެނިގެން ދަނީ އުފާވެރި މަންޒަރެއެވެ . ހިތް އުފަލުން ފޮޅޭ ކަހަލައެވެ. 3 އަހަރު ނާޔާ ފެންނާތީ ރާނިޔާ އަށް އިހުސާސް ކުރެވިގެން ދަނީ އެހެން ކަހަލަކަންތަކެވެ .
############################################################
ނުވާނަން ތަފާތެއް 2 ވަނަ ބައި
އެ މޫނުން އުފާވެރި ކަމުގެ ކުލަ ތައް ރާނިޔާ މަންމަ އަށް ފާހަގަ ވެގެން ދިޔައެވެ . ” ދަރިފުޅާ ހާދަހާ އުފާވެފާ ” މަންމަ ޒުބޭދާ ބުނެލިއެވެ . ” މަންމާ އުފާވާނެ ދޯ ! ކުޑާ އަންނަނީ . އަދި މަގޭ ފުއްގަޑު ވެސް އާދޭ ” ރާނިޔާ ސަކަ މިޒާޖަކަށް ބުނެލިއެވެ .
އިރުކޮޅެގެ ފަސް ލޯންޗް ރަށު ފަޅަށް ވަދެފިއެވެ . ލޯންޗް ބަދަރާ ކައިރި ކުރުމުން ލޯންޗް އިން މީހުން ފައިބާން ފެށުމުން ރިޝްމީ އާއި ރީނާ އަދި ޒުބޭދާ ( މަންމަ) އެ ދިމާ އަށް ހިގައިގަތެއެވެ .
” މިޔޮށް އައީ ދޮންތީގެ ފުއްގަނޑު . ” އެހެން ބުނުމަށް ފަހު ޒިދާން ގައިގައި ބާރަށް ބައްދާލިއެވެ . މަޑު މަޑު ދޮން ކޮލުގައި ރާނިޔާ ބޮސްދިނެއެވެ . ރިޝްމީ އަދި ރީނާ ވެސް ޒިދާން ގައިގައި ބައްދާލިއެވެ . ” ފޯރިއެއް އެބަ ހުއްޓެއްނު ” ރިޝްމީ ބުނެލިއެވެ . ” އަދިވެސް މި 3 މީހުން ވަރަށް ތޮޅޭ ދޯ . އަދި ވެސް ކުޑަ ކަމެއް ނުފިލާ ދޯ ” ޔާނާ ސަކަ މިޒާޖެއްގެ ރާގަށް ބުނެލިއެވެ .
ހަވީރުގެ ވަގުތެއެވެ . ރާނިޔާ އާއި ރިޝްމީ އާއި ރީނާ އަދި ޔާނާ ނިކުތީ ފިނި ބުރެއް ޖަހާލުމަށެއެވެ . އަދި މި ފިނި ބުރުގައި ޔާނާ އަށް ރަށް ތަރައްޤީ ވެފައި އޮތް މިވަރު ދައްކާލުމަށާ އެކުގައެވެ .
ވަގުތަކީ ރަށު ތެރޭގައި މީހުން ފިނި ބުރު ޖަހާލުމަށް ނިކުމެ އުޅޭ ވަގުތުއެވެ . އެ މީހުންގެ އާއިލާ މީހުންނާއި އެ މީހުންގެ ރަށްޓެހިންނާ އެކު މަޖާ ކޮށްލުމަށެއެވެ .
ރާނިޔާ އެއްލި ކަޅި އަކުން ދުރުގައިވާ ގަސް ބުނޑެއް ކައިރީގައި ގިޓައެއް ހިފާގެން ޅަ ފުރާގެ ފިރިހެން ކުއްޖެއް އިނެއެވެ . ” ނުވާނަމޭ ބަދަލެއް ހުވާ ޔާރާ ، ވާނަމޭ އުމުރަށް އެކީ ޖާނާ ، ނޭދެމޭ ދުރުވާ ކަށެއް އާޝިޤާ ” އެ ފިރިހެން ކުއްޖާ ކިޔަމުން ދަނީ ވާނަން އުމުރަށް އެ ލަވައެވެ .
ރާނިޔާ އަށް އެ ފިރިހެން ކުއްޖާ އަށް ޝައުޤުވެރިކަން އުފެދިގެން ދިޔައެވެ . އަދި ފުން ކަޑަކަށް ޤަރަގު ވެގެން ދިޔައެވެ . ” ރާނިޔާ … ރާނިޔާ …. ” ދެތިން ފަހަރަކު ރީނާ ގޮވާލިއެވެ .ރާނިޔާ އަށް ހަމަ ހޭވެރިކަން ވީ އެހިސާބުންނެއެވެ ” ކޮން ކަމަކާ ގެއްލިފާ .. އެ ފިރިހެން ކުއްޖާ އަށް ގެއްލި ހުސްވީތަ އަނެއްކާ ؟ ” ޔާނާ ސުވަލު ކުރިއެވެ . ” ނޫނޭ ވަކި އެހެންނެއް ނޫން . ދަންނަ ލަވަ އެއް ވީމާ ހުރެވުނީ .. އޭނަ ލަވަ ކިޔުމާ އެއްވަރަށް ގިޓާ ކުޅެން ވެސް މޮޅު ކަމުން ހުރެވުނީ ” ރާނިޔާ ރަކިވެފައި ފާޑަކަށް ބުނެލިއެވެ .
ރިޝްމީ އަދި ރީނާ ދިޔައީ އިރު އޮއްސޭ މަންޒަރު ފޮޓޯ ނެގުމަށެއެވެ . އެކަކަށް ވުރެން އަނެކަކު މޮޅު ކޮށް ނެގުމަށެއެވެ . ޔާނާ ފިހާރަ އަށް ވަދެ . ޒިދާން އަށް އިންޑޯ މިލްކް ޕެކެޓް އެއް ނެގުމަށް ފަހު ފިހާރައިން ނިކުމެ ހިގައިގަތީ ގެޔާ ދިމާ އަށެއެވެ .
“ރާނިޔާ … ރާނިޔާ …. ” މަންމަ ޒުބައިދާ 2 ފަހަރު ގޮވާލިއެވެ . ” ކީ…… ކީކޭ މަންމާ … ” ސިހިފައި ރާނިޔާ އަށް ބަލާލެވުނީ ރާނިޔާ މަންމަ ގެ މޫނަށެވެ . ” ކޮންކަމަކާ ތި ވިސްނަނީ .. ހާދަހާ ފުން ހިޔާލެއްގާ ” މަންމަ ޒުބައިދާ ސުވާލު ކޮއްލިއެވެ . ” ވިސްނުމެއްގައި ނޫން . ކިހިނެއް ވީ ” ރާނިޔާ ނޫން ގޮތަކަށް ސުވާލު ކޮއްލިއެވެ . ” ރީނާ އާއި ރިޝްމީ އަދި ކުޑާ ހޯދި ކޮބާ ހޭ އެހި .. ކޮންމެ ވެސް ތާކަށް ދާން ވެގެން ނޯ …. ” މަންމަ އެހެން ބުނުމަށް ފަހު ޒުބައިދާ ހިގައިގަތީ ބަދިގެޔާ ދިމާ އަށެއެވެ .
” އަހާ ރާނިޔާ ، ހާދަހާ ފުން ހިޔާލެއްގާ . އަނެއްކާ ، މިޔަދު ފެނުނު ސޮރު މަތިން ހަނދުމަ ކުރަނީ ތަ ” ޔާނާ ސަކަ މިޒާޖެއްގާ ބުނެލިއެވެ . ” ވަކި އެހެންނެއް ނޫން ހަމަ އޮވެލީ މީ ” ރާނިޔާ ބުނެލިއެވެ .
” މަންމާ ! ޒިދާން ހޭލީތަ ؟ ” ޔާނާ މަންމަ އަށް ސުވާލު ކޮއްލިއެވެ . ” ނޫން ނުހޭލާ ”
ރޭގަނޑުގެ ހަމަ ހިމޭން ކަން ރަށު ތެރެއަށް ވެރިވެގެން ފިއެވެ . ރަށް ވަނީ ހަމަ ހިމޭން ކަންމަތީގައެވެ . ދުއްވާ ސައިކަލެއް ނުވަތަ ހިގާލާނެ މީހެއް ނެތް ނެތް ކަހަލައެވެ . ރަށް ވަނީ ފަޅު ވެފައެވެ . އެ މާހައުލުގައި އެނދުގެ ދެ 2 ފަރާތަށް ފުރޮޅިލާ ފުރޮޅިލާ އެ އޮތީ ރާނިޔާ އެވެ . މިޔަދު ހަވީރު ފެނުނު އެ ޒުވާން ފިރިހެން ކުއްޖާ ގެ މަތިން ހަދާން ކުރުމުގައެވެ . ހިތަށް އެތަކެއް އަރަމުން ގެންދެއެވެ .
ރާނިޔާ އަށް އެންމެ ރީތި އެއް ލަވަ އޭނަ އަށް އިގުނީ ކިހިނަކުން ބާވާއެވެ . ނުވަތަ ގަސްތުގައި އޭނަ އެ ލަވަ ކީ ބާވައެވެ، އޭނަގެ އަޑުގައި އަސަރުކަން ގަދަ ކަމެއް ލިބިފައި އެބަ ހުއްޓެއެވެ . ރާނިޔާ އަށް އެ ފިރިހެން ކުއްޖާ އަށް ހިތް މި ކީ ކީއްވެބާ ވައެވެ .
03 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.


Mi part ves v reethi masha Allah
Curiously waiting for the next part
Keep it up
Raaniya ekujja ah hiy Kiyaafi
They both are made for each other
I appreciate your hard work
Masha Allah 😍
Mi part ves varah reethi