Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ފަންވަރު 02

blackshadow eddie
blackshadow eddie Level 210 Stories
January 26, 2025 7 Mins Read
3 Comments

އަދި ޗޯޓްގެ އަލިކަން ހުރި ނެތް ބަލާލުމުން  ބައެއް ދޮރުފަތް ހުރީ ނުލެއްޕިއެވެ . ހަމަ އކަނި ކައިރި ކޮށްލެވިފައި ކަން އެނގިއްޖެއެވެ . މިކަމުގެ ސަބަބުން ވީ އަޖައިބު  ވަކިން ބޮޑެއެވެ .

######################################################################################

ހަމަ އެކަނި ކައިރި ކޮށްލެފައި ކަން އެނގިއްޖެއެވެ.މިކަމުގެ ސަބަބުން ވީ އަޖާއިބު ވަކީން ބޮޑެއެވެ. ނަމަވެސް ހިތްވަރު ކޮށްފައި ބޮޑު ކޮޓަރީގެ ދޮރުފަތް ހުޅުވާލައިފިއެވެ.ހުޅުވުނުއިރު އެކޮޓަރި ވެސް ވަނީ ހުހަށެވެ.ނަމަވެސް ކުރިމަތީގައިވާ ކޮޓަރި އެއްގެ ދޮރުގެ  ބިއްލޫރި ތަކުގެ ތެރެއިން ކުޑަކުޑަ އަލިކަންފުޅެއް އެނާއަށް ފެނިއްޖެއެވެ.ދެން އޭނާ ކުރިއަށް ދިއުމެއް ނެތި ހުއްޓިއްޖެއެވެ.ކޮންމެވެސް އަޑެއް އިވޭތޯ ވިސްނާން ފަށައިފިއެވެ.މިހެން ހުއްޓާ ކުއްލި އަކަށް އަޖާއިބެއް ފަދަ އަޑެއް އެނާގެ ކަންފުތުގައި އައިސް ޖެހިއްޖެއެވެ. ވޭނުން ފުރިގެންވާ ބިރުވެރި ތުރުތުރު އަޅައަޅާ ހުރި އެކަނިވެރި އަޑެކެވެ. އަންވަރުގެ ހިތް ތެޅޭން ފަށައިފިއެވެ އޭނާގެ ބުރިކައްޓަށް ފިނިކަމެއް ވެރިވެގެންފިއެވެ. ހިރިލަން ވެސް ނޭގިފައި އޭނާ ހުރިތާ ހުރެއްޖެވެ. އަދި ހިތާހިތާ ބުނެއެވެ. އެވާނީ ކޮންމެ ވެސް ހިތާމަވެރި އެއްގެ އަޑަކަށެވެ.އެނެއްކާ ޠާޢޫން ގައި ބަލިވެ ހާލެއް ނެތިފައި އޮތް މީހަކު ދޫކޮށްލާފައި ނާއުންމީދު ވެގެން ނުވަތަ ބިރުން އޭނާގެ ގާތް މީހުން ފިލާ ރައްކާވަނީ ނޫންބާއެވެ؟އެކަމަކު އެހެނެއް ނޫނެވެ. އެޑަކީ އެއްގޮތަކަށް ވެސް ދިރިހުރި މީހެއްގެ އަޑަކާާއި ވައްތަރެއްނޫނެވެ. ފަހަރެއްގައި ތާއޫން އިން މަރުވެފައި އޮތް މައްޔިތެއްގެ ރޫޙް ކަފުން ނުކުރެވިގެން އެކަނިވެރި ކަމުގެ މައްޗަށް ރޮއި ސަކުވާ ކުރަނީވެސް ނޫންކަން ނޭގެއެވެ.މިބިރުވެރި  ޙިޔާލު އައުމާއި އެކު އޭނާއަށް ހީވީ ހީބިހި ގަަޑެއް ނަގައިގަތް ހެނެވެ. އޭނާގެ ހިތަށް އަރައެވެ. ދެން ކުރާނީވެސް ކިއްބާވައެވެ؟ ކުރިއަށް ދާނީ ބާވައެވެ. ނުވަތަ އެބުރި ރައްކާވާނީ ބާވައެވެ؟ މިހެން ހިތަށް އެރިތަނާ އަނެއްކާވެސް އެވޭނުން ފުރިގެންވާ ތުރުތުރު އަޅައަޅާ ހުރި އަޑު އިވިއްޖެއެވެ އަންވަރުގެ ހިތުގައި ވިންދު އަވަސްވެ ގެންފިއެވެ.އަގަ ހުޅުވިފާ ދެލޯ ބޮޑުވެފައިވާ ހާލު ދޮރުގެ ބިއްލޫރިން ރައްދު ކޮށްކޮށް ހުރި އަލިކަމަށް ބަލަހައްޓައިގެން ހުއްޓާ ނާރު ތަކުގެ ލޭ ގަޑުގަންނަވާލާ ފަދަ ނާމާން އަޑަކުން ބޭރުން ބަކަމޫނެއް ގޮވައި ގަނަފިއެވެ. …އޭނާއަށް ހީވީ ދުވާށޭ ދުވާށޭ  އޭތި ގޮވާހެންނެވެ.ކުއްލިއަކަށް ތިން ހަތަރު ފިޔަވަޅު ފަހަށް ސޮއްސާލައިފިއެވެ. އެނާގެ ނިތްކުރިން ދާތަށް އޮހެން ފަށައަފިއެވެ . މުޅި ޙަޔާތުގައި ވެސް އަދި މިފަދަ ބިރަކާއި އެނާ ކުރި މައްޗެއް ނުލައެވެ. މިހާލުގައި  ހިތަށް ކުއްލިއަކަށް ވަން ބިރުވެރި ކަމަކުން އޭނަ ދުއްވައިގެންފިއެވެ.ފައިވަނީ ތުރުތުރު އަޅާފައެވެ. މާނޭވާ ލެވިފައެވެ.ކަރުތެރެ ހިކިފައެވެ. ދުވަމުން ގޮސް ބަކަރި ފުޅަލިގަޑު ފަހަނައަޅާ މަގު މައްޗަށް ނުކުމެ ބައްތިއެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. އަދި ބިރުވެރި ލޮލަކުން އޭނާގެ ކަޅޫ ދިގު  ހިޔަންޏަށް ބަލާން ފަށައިފިއެވެ.އަދި އެނާގެ ޙިޔާލުގައިވާ މައްޔިތާގެ ފުރާނަ އެނެއްކާ ފަހަތުން ނާދެތޯ ދޮރާއްޓާއި ދިމާއަށް ބަލާވެސް ލިއެވެ. އެކަމަކު އޭނާއަށް އެއްވެސް އެއްޗެއް ނުފެނެއެވެ. ރޭގަޑުގެ ފިނިވައިރޯޅި އަންވަރު ގެ ހޫނުވެފައިވާ ނިތްކުރިއަށް ޖެހުމުން ހިއްލާފައިވާ ދަލުގެ ފިނިކަމާއި އެކުވެގެން ހިތަށާއި ސިކުޑި އަށް ބާވަތެއްގެ ހަމަޖެހުމެއް ލިބިއްޖެއެވެ. އަދި ވިސްނާން ފެށިއެވެ. އެނެއްކާ އަހަރެން މިކުރީ ކޮންފަދަ ވިޔާނުދާ ކަމެއް ހެއްޔެވެ ؟ ދުވެ މިރައްކާވި ބިރުންނެވެ. ކޯއްޗެއް ދެކެ ބިރުން ހެއްޔެވެ؟ މަރުދެކެ ހެއްޔެވެ؟ ހަމަ ދެންމެ މަގުމަތިން ދިމާވި ބޭބެ ގާތުގައި މަރު އަންނަނީ  އެއްފަހަރުއޭ އަހަރެން ބޫނީ ކޮންފަދަ ބޮޑާ ކަމަކާ އެކު ހެއްޔެވެ؟ އަހަރެން ބުނި ބަސް އަހަރެންގެ މައްޗަށް މިހާ އަވަހަށް ތެދުވާނެ ކަން އެގޭނީވެސް ކިހެނެއް ހެއްޔެވެ؟ މަރަށް ފިލަން ދުވުމަކީ ކޮން ފަދަ މޮޔަ ކަމެއްހެއްޔެވެ؟ ދަގަޑު ނުވަތަ ލޮއިން ހަދާފައިވާ ވަރުގަދަ ކިއްލާ ތަކުގައި  އަހަރެމެން ތިބި ކަމުގައި ވިއަސް މަރުގެ ވަކި ތަކުން ސަލާމަތެއް ނުވެވެނެއެވެ.ވީއިރު މަރަށް ފިލަން ދުވުމަކީ ހަމަ އެކަނި ފިޑި ކަމަކީ އެއް ނޫނެވެ. އަދި ކީއްހެއްޔެވެ ؟މޮޔަވެސް ކަމެކެވެ.

އަހަރެންނަކީ ދުވަހަކުވެސް ދިރިހުރި މީހަކު ދެކެ ވެސް ބިރުގަތް މީހެއް ނޫނެވެ.އަދު މަރުވެފައިވާ މީހުންދެކެ ގަންނާންވީ ކޮން ބިރެއް ހެއްޔެވެ؟އަދި އަހަރެންނަށް އިވުނު އަޑަކީ  މައްޔިތެއް ގެ އަޑު ކަމުގައި ވާނީ ވެސް ކިހިނެއް  ހެއްޔެވެ؟ އެހެނީ މަރުވެފައިވާ އެއްވެސް އެއްޗަކީ ވާހަކަ  ދައްކާ އަޑުއަޑު ނެރޭ ތަކެއްޗެއް ނޫންކަން ޔަގީނެވެ. އެއީ ހަމަ އެކެނި އަހަރެންގެ ފިޑި ކަމުގެ ނަތީޖާއެއްގެ ގޮތުން ހީވި ހީވުމެއްގެ ކެއްސެކެވެ.ސައްކެއް ނެތެވެ.އެއިވުނު އަޑެއް ވާނީ ތާޢޫން ގެ ސަބަބުން ހާލެއް ނެތިފައިވާ  ނިކަމެތި ކޮންމެވެސް އަންހެނެއްގެ  އަޑު ކަމަށެވެ. މިވަގުތު އަހަރެންގެ މައްޗައް ވެރިވެފައިވާ ބިރެއްގެ ސަބަބުން ދެވެ ފިލިނަމަ މުޅި އުމަރަށް ވެސް އެކަން އަމިއްލަ ނަފްސަށް މަށަކަށް މާފެއް ނުކުރެވޭނެއެވެ. އަހަރެން އެހީވިނަމަ އެމީހަކު ގަދަވެއްޖައީސް ކަމުގެ ޙިޔާލު އަބަދަށް އުދަގޫ ކުރާނެއެވެ.ނޫނެކެވެ ނޫނެކެވެ. އެނިކަމެތި އެންހެނަކީ ކާކުތޯ އަހަރެން ބެލުން ހުއްޓެވެ.މިހެނީ އެނާއަށް ކޮންމެވެސް އެހީ އެއް ވެވުމަކީ އެކަށީގެންވާ  ކަމެކެވެ. އިސްވެ ދިޔަ ޙިޔާލުތައް އެނާގެ ހަތުގައި ހަމަ އެފެދުމާއި އެކު އަންވަރުގެ ތަބީޢީ ހިތްވަރުގަދަކަން އެބުރި އަތުވެއްޖެއެވެ.އިންސާނީ  ހަމްދަރުދީ  ގެ މަތިވެރި ޝުޢޫރުތައް އެނާގެ މައްޗަށް ވެރިވެއްޖެއެވެ އަދި ނުހަނު ހަމަޖެހިގެން ހުރުމާއި އެކު އިބްރާހީމް ގެ ގެއަށް އެނެއްކާ ވެސް އެނާ ވަދެއްޖެއެވެ. އަދި އެކޮޓަރި އެއްގެ  ބިއްލޫރި ދޮރުން އަލިކަން ރައްދުކޮށްކޮށް ހުރި ކޮޓަރި އެއްގެ ދޮރުހުޅުވާލަފިއެވެ.ކުރިމަތީގައި ވަނީ ކުޑަކުޑަ މޭޒެއްގެ މަތީގައި ބަހައްޓާފައި ހުރި ކުޑަވަރެއްގެ ބައްތިއެކެވެ. ކޮޓަރިއަކީ މިޒަމާނުގެ ފަރނީޗަރން އާރާސްތު ކޮށްފައިވާ ކޮޓަރިއެކެވެ. އެއްފަރާތެއްގައި ވަރަށް ރީތި އެދެއް ހުއްޓެވެ. އެދުގ މައްޗަށް އެއްލިފައިވަނިީ 18ނުވަތަ 19 އަހަރަށް ވެރެ ހަމަގައިމުވެސް އުމުރުން ދޮށި ނުވާނޭ އަންހެން ކުއްޖެކެވެ. އެކުއްޖެއްގެ މޫނު މަތިވާނީ މީލާމޯޅީ ވެފައެވެ. ދޯލޯ ނުހަނު ރަތް ވެފައެވެ. އޭނާގެ ތުނި ތުނި ތުންފަތް ވަނީ ހިކި އަވަދިވެފައެވެ.އަދި ހސާބަކަށް ކޫނީގެ އަސަަރު ވެސް ފެނެއެވެ. އެއަންހެންކުއްޖަކު އެނާގެ ދުލުން ތުންފަތް ތެތް ކުރެވޭތޯ އިރުއިރު ކޮޅުން މަސައްކަތް ކުރެއެވެ. އަދި ބާލީހުގައި އެގޮތް މިގޮތަށް ބޯކޭއްތުމާއި އެކު ކުކުރަމުން ދެއެވެެ. އޭނާގެ އިސްތަށިގަޑު ވާނީ މުޅީން ރޫޅިފައެވެ. މި މަންޒަރު ފެނުމުން ހީވަނީ އާދެ އެރޫޖެހިފައިވާ ދިގު އަދި ކަޅުކުލަ ގަދަ  އިސްތަށިގަޑު ތެރެއިން އެނާގެ މޯޅިވެފައިވާ  މޫނު ފެންނައިރު ހީވަނީ އުދަރެއްގައިވާ ކަޅު ވީލާތައް އޮއްސެން ދިޔައިރު ވަށާލާފައިވާ ހެންނެވެ. ހައިރާން ވެފައިވާ ހާލުގައި އިރުކޮޅެއް ވަންދެން އަންވަރު އެކުއްޖަކު ބަލަހައްޓައިގެން ހުރުއްޖެއެވެ. ދެންއެދު  ކައިރިއަށް ގޮސް އެއަހެންކުއްޖާ ގެ ނިއްކުރީގައި އަތް ލުމުން އޭނާއަށް ހީވީ އަދައަދާ ހުރި އަގުރު ތަކެއްގެ މަތިގައި އަތް ބޭއްވިހެންނެވެ. އަންވަރު :- (ހިތުން ހިތައް ) މާތް ރަސްކަލާންގެ ސަލާމަތް ކުރައްވާށިއެވެ. ކޮން ފަދަ ގަދަ ހުމެއް ހެއްޔެވެ ؟ އަދި ފެންބޮވާފައި ވާނީ ވެސް ހައިރާންވާ ފަދަ މިންވަރަކަށް ކަން ކަށަވަރެވެ. މިފަދަ ނިކަމެތި ހާލެއްގެ މައްޗަށްް މިކުއްޖަކު ދޫކޮށްފައި ދެވެ ފިލާ ރައްކާވި ބަޔަކީ ކޮން ފަދަ ހިތެއް ނެތް އަދި ވަޙްޝީ ބައެއް ހެއްޔެވެ މޮޓަރ ޙަރާބު ވުމައި މެދު އަހުރެން ހީކުރީ  އެއީ ޖެހުނު މުޞީބާތެއް ކުމުގައެވެ. އެކަމަކު ޙަޤީޤަތުގައި އެކަންތައް މިވީ އަހަރެންގެ ކޮޅެއް ނެތް ފަދަ ރަގަޅު ނަޞީބަކަށެވެ. އެހެނީ މިއެހީތެރިއެއް ނެތް ހާލުގައި ޖެހިފައިވާ ކުއްޖާ އަށް އެހީވުމުގެ ފުރުސަތު މިލިބުނީ އެކަމުގެ ސަބަބުންނެވެ. އެދުކަރިގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ދޯރަކާއި ބިއްލޫރި ތައްޓެއް ހުއްޓެވެ. އަންވަރު އެތައްޓައް ފެންއަޅައިގެން އަންހެން ކުއްޖާ ކުޑަކޮށް ބާލީސް މައްޗަށް ނެގުމަށްފަހު އޭނާއަށް ފެެންބޯދީފިއެވެ . އެކުއްޖަކު ވަރަށް އަވަށް އަވަހަށް ފެންފޮދު ބޯލަފިއެވެ. އަންވަރު އެނެއްކާވެސް އޭނާ ރީތިކޮށް ބާއްވަފިއެވެ. އަދި މަގަތުން އިށީދެގެން އިދެ ނުހަނު ހަމްދަރްދީ އާއި އެކު އެއަންހެން ކުއްޖާގެ މޫނު މައްޗަށް އައިސްފައިވާ އިސްތަށިތައް ވަކިކޮށް ނިތްކުރިގެ ދެފަރާތައް ރީތިކޮށް ބައިކުރާން ފަށައިފިއެވެ.އެކުއްޖަކު ނުލާހިކު ބިރުވެރި ނަޒަރަކުން އަންވަރާއި ދިމާއަށް ބަލަހައްޓައިގެން އޮތެވެ.ފެންފޮދެއް ލިބުމުގެ ސަބަބުން ފެންނަ ފެނުމަށް ކުޑަ ހިމޭން ކަމެއް އައިކަމަކު އޭނާގެ ވިސްނުން ރަގަޅު ނުވާ ކަމުގެ ސަބަބުން އަގައިން ބުނެވޭނެ އެއްޗެއް ގޮތެއް ކުއްޖަކަށް ނެތެވެ. އަންވަރު :-(އަންހެން ކުއްޖާގެ ނިތްކުރީގެ ބައެއް އިސްތަށި ތައް ރަގަޅު ކުރަމުން ) ފިކުރު ބޮޑު ނުކުރާށެވެ. އިރާދަ ކުއްރެއްވިޔާ ވަރަށް އަވަހަށް ރަގަޅު ވެދާނެއެވެ.އަންވަރުގެ ދުލުން މިބަސް ބޭރު ކުރި ކުމުގައި ވިއަސް މީރީތި ބައްތި ވަރަށް އަވަހަށް ނިވިދާނެ ކަމުގެ ޙިޔާލު އޭނާގެ ހިތަށް ވަނީ ހަރަހަރައެވެ.މިފަދަ ނުރައްކާތެރި ބައްޔަކުން އަދި އެފަދަ ހާލަކަށް ގޮސްފައިވާ މީހަކު ސަލާމަތް ވުމަކީ މުސްތަޙިލު ކަމެވެ.(މިކޮޓަރީގައި ދިއްލާފައިވާ ބައްތި ބަލާލުމަށްފަހު) އަންވަރުގެ ހިތަށް އަރައެވެ . މި ބައްތި މޮގޮތަށް ދިއްލިފައި ހުރުން އެއީ އެދިއްލި އަދި ކޮންމެވެސް އެހެން މީހަކު ވެސް ވާނެ ކަމުގެ ދަލީލެކެވެ. މިހެނީ އެފަދަ ހާލުގައި އޮވެގެން ބަލިވެ އޮތް ކުއްޖާ އަށް މިކަންތައްތައް ނުކުރުވެނެ ކަން ޔަގީނެވެ. ވިއިރު މީގޭގައި މިއަންހެން ކުއްޖާ ފިޔަވައި އަދި ކޮންމެވެސް އެހެން މީހަކު ވެސް ވާން ވާނެއެވެ.މިޙިޔާހުލު ހަމަ އައުމާއި އެކު އޭނާ ޓޯޗު ހިފައިގެން މުޅި ގޭތެރެ އަލިކޮށް ހޯދަފިއިއެވެ. ނަމަވެސް އެކަކުވެސް ނުފެނުނެވެ .މިވާގޮތަކާއި މެދު އޭނާ ވަކިން ބޮޑަށް ޙައިރާން ވެއްޖެއެވެ .ކޮންމެވެސް މީހަކު ވާނެއެވެ . ނޫންނަމަ ބައްތި ދިއްލޭނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އެމީހަކުވެސް މިނިކަމެތި ކުއްޖާ ދޫކޮށް ފައި ފިލީކަން ނޭގެއެވެ. އެމީހެއްގެ ހިތްވަރުވެސް އިންސާނީ ހަމްދަރްދީ އާއި އަތުގުގުޅާލުމަށް ތަން ނުދިނީކަން ނޭގެއެވެ. އަންވަރު އެނެއްކާވެސް އެދުގެ ކައިރިއަށް އައިސް އެތާހުރި ސަރަންފީ ގޮޑިއެއްގައި އިށީދެއްޖެއެވެ.އަދި ދެން ކުރައްވީ ކަމަކާއި މެދު ވިސްނާން ފަށައިފިއެވެ. މިފިކުރުގެ ތެރެއަށް އޭނާ ފެތިފައި އިންދަ ކޮންމެވެސް މީހެއްގެ ހިގުމުގެ އަޑު މީނާ އަށް އިވިއްޖެއެވެ ކުއްލިއަކަށް އިސް އުފުލާ ބަލާލިއިރު އެއް އަތުން ޓުކުރި އެއް އެނެއް އަތުން ފުޅި އެއް ހިފައިގެން އަންނަ މުސްކުޅި އަންހެނަކު ގޭގެ ބޮޑު ކޮޓަރި ތެރެއިން އަންނަ ތަން އަންވަރަށް ފެނިއްޖެއެވެެ. އެމީހަކު އަޅާފައި  ހުރި ހެދުމުން އޭއީ ނޯކަރެއް ކަން އެގެއެވެ. އެމުސްކުޅިއާ އޭނާގެ ޙީޔާލާތު ގެ ތެރެއަށް ގެއްލިފައިވާ ވަރީ އަންވަރު އޭނާއަށް ފެނުނީ މިކޮޓަރި އަށް އައިސް ވަނުމުންނެވެ.ހަމަ ފެނުމާއި އެކު ސިހިގެން ގޮސްފައި ދެފިޔަވަޅެއް ފަހަތަށް ސޮއްސައިލަފިއެވެ.އެވަގުތު ކުއްލިއަކަށް އަންވަރު ތެދުވެ އެނާގެ އޯގާވެރި އަދި ރީތި އަޑުން ބުންޏެވެ މުސްކުޅިޔާއެވެ ބިރު ނުގަންނާށެވެ. އަހަންނަކީ  ހިލޭ  މީހެއްމެއެވެ. އެކަމަކު ކަލެއަކަށް ވެސް އެހެން މީހަކަށް ވެސް ގެއްލުމެއް ދޭކަށް އައި މީހަކީމެއް ނޫނެވެ.މުސްކުޅިޔާ :-އެކަމަކު ކަލެއކީ ކާކުހެއްޔެވެ ؟މިތަނަން އައީވެސް ކިހިނަކުން ހެއެޔެވެ؟ އަންވަރު:-އަހަރެން މޮޓަރުގައި ބުމްބާ އަށް ދަނިކޮށް މޮޓަރު ހަލާކުވީއެވެ  ދެން މުގު މައްޗަށް އެދޫކޮށްލާފައި އިބްރާހިމް ގެ ހޯދަމަށް މީހާތަނަށް އައީއެވެ.މުސްކުޅިޔާ :-(ޙައިރާން ވެފައި ) އިބްރާހީމް އޭ ހެއްޔެވެ. އަންވަރު:-އާއެކެވެ. އިބްރާހީމް އެވެ. މިއީ އިބްރާހީމް ގެ އެއެއް ނޫން ހެއްޔެވެ؟މުސްކުޅިޔާ :-ނޫނެކެވެ.އެކަމަކު އިބްރާހީމް މަރުވެއްޖެއެވެ.އަންވަރި:-(ނުލާހިކު ބޮޑަށްް ޙައިރާން ވެފައި) މަރުއްވެއްޖެއޭ  ހެއްޔެވެ؟އިބްރާހިމް މުރުވީ ހެއްޔެވެ ؟ ކޮން އިރަކު  ކީއްވެގެން ކިހިނެކުން ހެއްޔެވެ؟ މުސްކުޅިޔާ:- މަރުވީ އިހަށް ދުވަހު އެވެ. ތާޢޫންގެ ސަބަބުންނެވެ. އޭނާ މަރުވުމަށް  ފަހު (އެންހެން ކުއްޖާ އާ ދިމާއަށް އިޝާރާތް ކޮށްލިއެވެ)ކިޝްވަރު ސުލްތާނާ އޮށޯވެއްޖެއެވެ.އިބްރާހިމްގެ ބައްޕަ ކިޝްވަރުގެ ބޮޑުބޭބެ ގަތް ބިރުން މީނާ އަހުރެންނާއި ޙަވާލު ކޮށްފައި ބޮމްބާ އަށް ހިގައްޖެއެވެ.:-އަންވަރު މިފަދަ ނިކަމެތި ހާލަކަށް އޭނާގެ ކޮއްކޮ ގޮސްފައި ވަނިކޮށް ދެވެ ފިލައިގެން ދިޔައީ ހެއްޔެވެ.؟އެއީ ކިހެނަކުން އެކެށީގެންވާ ކަމެއް ހެއްޔެވެ؟ މުސްކުޅިޔާ:- ތިޔަ ގޮތެއް މަށަކަށް ނޭގެއެވެ.އެކަމަކު އެގެނީ ވީ އެހެން ކަމެވެ.އަންވަރަު :-އިބްރާހިމް ވެސް އެފަދަ ޅަ އުމުރުގައި މަރުވިތާއެވެ. ހިތާމަ ހުއްޓެވެ . މުސްކުޅިއެއް ޒުވާނެއް ރަގަޅު މީހެއް ނުލަފާ  މީހެއް  މަރެއް ވަތްކެއް ނުކުރެއެވެ.މިހެން ބުނެފައި  އަންވަރު ކުރިންވެސް އިށީދެ އިން ގޮޑީގައި އިށީދެއްޖެއެވެ. އަދި ފުން  ޚިޔާލެއްގެ ތެރެއަށް ގެއްލިއްޖެއެވެ.މުސްކުޅިޔާ:- މީނާގެ ހާލު ކިހިނެއް ހެއްޔެވެ ؟(ސިހިގެން ގޮސްފައި )ކުރިއެކޭ ވެެސް ހަމަ އެއްގޮތެވެ. އަދި ބުނެބަލާށެވެ. ކަލޭ ތިޔަ އަންނަނީ ކޮން ތާކުން ހެއްޔެވެ؟ މުސްކުޅިޔާ:- އަހަރެން ދިޔައީ  މީނާގެ ބޭސް ބަލާއެވެ.ބަލިމީހުންތައް ބަލަން ޑަކްޓަރ ގޮސް އުޅެފާ އައީވެސް ވަރަށް ލަހުންނެވެ.އެއާއި އެކު ބޭސް ބަލާ ގޮސް އޮތް މީސްތަކުންގެ ގިނަ ކަމުން ވެސް އެހާކަންބޮޑުވިއެވެ . އަހަރެންގެ ހިތް އޮތީ ތެޅިތެޅިމެއެވެ އެކަމަކު ބޭސް ހިފައިގެން ނޫނީ އައުމުގައި ވެސް އޮތީ ކޮން ފައިދާއެއް ހެއްޔެވެ.އަންވަރު:-މުސްކުޅިޔާއެވެ.ކަލެއަކީ މިތަންގަޑުގެ މީހެއް ހެނެއް ހީއެއް ނުވެއެވެ . ކަލޭގެ އަސްލު ރަށަކީ ކޮބައިހެއްޔެވެ ؟މުސްކުޅިޔާ :-ދަރިފުޅާއެވެ. އަހަންނަކީ ލަކަނޫގެ އަހުލުވެރިއަކީމެވެ. ކޮންމެވެސް ޒަމާނެއްގައި އުފާވެރި ދުނިޔެއެއް ވެސް ދުށް މީހަކީން މެއެވެ.އެކަމަކު އެންމެ ރަގަޅެވެ.މާތް ކާލާންގެ ކިބައަށް ޝުކުރު ހުއްޓެވެ އަދު މިއިން ހާލު ކަލޭ ތިޔަ ދެކުނީއެވެ.ޒަމާން ވެސް ހާދަހާ ކުލަ ތަކެއް ދައްކައެވެ.އަހަރެން ފުރަތަމަ އައީ ކިޝްވަރު ސުލްތާނާ އަށް ކިރު ދިނުމަށް ޓަކައެވެ.އެއި ގޮތަށް މިބައިމީހުންގެ ތޭރެގައި އިދެވުނީއެވެ.މިއަހެންކުއްޖާ ދެކެ އަހަރެންގެ ފުރާނަ އަށް ވެރެ ވެސް ބޮޑަށް އަހަރެން ލޯބިވެއެވެ.އަންވަރު:-ޝައްކެއްވެސް ނެތެވެ.ކެލެއަކި ވަރަށް ވަފާތެރި އަންހެނަކީމުއެވެ.މިފަދަ ނުރައްކަލަކާއި ތިޔަ ގޮތަށް ކުޅެލުމަކީ ފަސޭހަ ކަމެއް ނޫނެވެ .ކަލޭ ތިޔަ ކުރާ ޤުރުބާނީ ގެ ހެޔޮ ޖަޒާ މާތްރަސްކަލާންގެ ދެއްވާށިއެވެ.އަންވަރު މިހެން ބުނުމުން އެދައިތަ ރޯން ފަށައިފިއެވެ. އަދި ބެނެއެވެ.އަހަރެން ކީއްކުރަން ހެއްޔެވެ؟އަހަރެންގެ ފުރާނަ ގޮސްގެންނަމަވެސް މިދަރިފުޅު ސަލާމަތް ވެއްޖިއްޔާ ވަރިހަމައެވެ.ކިޝްވަރަށް ޓަކައި އުފަލުން އަހަރެން ނުއުފުލާނެ އެއްވެސް އުދަގުލެއް  ދުނިޔެއަކު ނެތެވެ އޭމާތް ރަސްކަލާކޯއެވެ.ހިތާމައިގައިވާ އެންމެންގެ އަޑުތައް އައްސަވާ ރަސްކާލާކޯއެވެ.އަޅުގަޑުގެ ދަރިފުޅަށް ޝިފާ ދެއްވާށެވެ. މިހެން ބުނެފައި އެދައިތަ ގިސްލާލަފައި ރޯ ފަށައިފިއެވެ.އަންވަރުވެސް ފެންކަޅި ވެއްޖެއެވެ ހިދުކޮޅަކަށް ފަހު އަޑުގެ މައްޗަށް އޭނާ ބާރު ފޯރުވަމުން ބުނެއެވެ.މުސްކުޅިޔާ އެވެ.ފިކުރު ބޮޑު ނުކުރޭ ށެވެ މާތްރަސްކަލާންގެ ރުައްސެވިއްޔާ މީނާ ވަރަށް އަވަހަށް ރަގަޅު ވެދާނެއެވެ.މައަށް ވަރެ ދަށަށް ގޮސްފައި ތިބި މީހުން ރަގަޅުވާތަން ވެސް އަހަރެން ދުށީމެވެ.އުންމީދު ކަޑާލާންވީ  އެއްވެސް ސަބަބެއް ނުފެނެއެވެ. މާތްކަލާންގެ ރަޙްމަތުން ފަހަރެއްގައި ވެސް އެދުން ކަޑާކަށް ނުވާނެއެވެ.މުސްކުޅިޔާ:-(ކަރަނުތައް ފޮހެމުން)އެކަމަކު ކަލޭ މިއޮއް ފަދަ ނުރައްކަލުގެ ތެރެއަށް ތިޔަ ވެއްޓި ގަތީ ކީއްރަން ހެއްޔެވެ.ކަލޭގެ ހަނދެއް ފަދަ މޫނު އަންގައިދެނީ ތިޔައީ  ކޮންމެވެސް މާތް ޚާންދާނެއްގެ އައްޔެއް ކަމެވެ . އަހަރެންގެ ބަސް އަހާށެވެ.މިސުންޕާ ރަށް ދޫކޮށްފައި އަވަހަށް ހިގައިދާށެވެ.މިތާގައި އެއްމެ މިނެޓެއްގެ އިރުވެސް ކަލޭ ހުރުމަކީ އެކެށީގެންވާ ކަމެއް ނޫނެވެ ދާށެ ދާށެ އަހަރެންގެ  ބަސް  އަހާށެވެ.މިތަނުން އަވަހަށް ހިގައިދާށެވެ.އަންވަރު :-ނޫނެކެވެ.ދައިތާއެވެ.ކޮންމެއަކަސް މިހުރީ އާދެވިފައެވެ.ދެން އަހަރެން ހުއްޓަދޭށެވެ.އަހަރެންވެސް ކަލޭގެ ކިޝްވަރު ސުލްތާނާ ގެ ހާލު ބަލާނީއެވެ.އެކަކަށް ވުރެ ދޭއް ރަގަޅު ވާނެއެވެ.މުސްކުޅިއާ :-ނޫނެކެވެ. ދަރިފުޅާއެވެ.ކަލޭގެ ދެފައިގައި ހިގައި ބުނަމެވެ.މިތާ އެއްގޮތަކަށް ވެސް ނުހުރެ އަވަހަށް ދާށެވެ.މަރުގެ އަގައާ ޚަވާލުވާނީ ކާކު ކޮން އިރަކުން ކަމެއް ނޭގެއެވެ. މުޅި ރަށުގައި އަގަހުޅުވައިގެން އެއޮށް ދުވަނީއެވެ. އެކަމަކުވެސް ބަނޑެއް ބޮޑެއް ނުވެއެވެ. އަންވަރު:-ތިޔަހެން ވިއްޔާ ކަލޭ ހަދާނެ ގޮތެއް ނިކަން ބުނެބަލާށެވެ.މިތާގަައި އިންނާނީ ހެއްޔެވެ؟ މުސްކުޅިޔާ :- އާއެކެވެ.މިނަސީބެއް ނެތް އިންސާނާ އަށް ދިރިހުރެ ވަކި ކުރާނީ ކީއްހެއްޔެވެ ؟އެންމެންވެސް ކޮންމެވެސް ދުވަހަކުން މަރުވާނެއެވެ.ވީއިރު އަހަރެންގެ ކިޝްވަރަށް ޓަކައި ޖާނު ދުއްވާލިއަސް ދިރިއުޅުން ބޭކާރުވީ ކަމަކަށް އަހަރެން ނުދެކޭ ނަމެވެ.އެކަމަކު އެއްވެސް ކަމަކާއި ނުލައި ކަލޭގެ ފުރާނަ ބިރުވެރި ކަމުގެ ތެރެއަށް ވައްދަންވީ ކިއްކުރަން ހެއްޔެވެ؟އަންވަރު :-ތިޔަބުނަނީވާ ތެދެކެވެ. ނަމަވެސް ކަލޭ އަންހެނަކު ކަމުގައިވާ ހާލު ތިޔަ ފަދަ ހިތްވަރަކާއި ހަމްދަރްދީ އެއް ދައްކާއިރު އަހަރެން ފިރިހެނަކަށްވެ މަރަށް ފިލަން ދުވާނީ ކިހިނަކުން ހެއްޔެވެ؟ އެންމެ ރަގަޅެވެ.ދެން ދިގުވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.މީނާއަށް އަވަހަށް ބޭސް ދެމާހިގާށެވެ.މުސްކުޅިޔާ އަށް ޖެހުނީ މަޖްބޫރު ވެގެން ނަމަވެސް ވާހަކަ ހުއްޓާލުމަށެވެ.އަދި ބޭސް ދޭންވީ ގޮތް ލިއެފައިވާ ކުރުދާސްގަދު އަންވަރު އަތަށް ދީފިއެވެ. އަންވަރު ކިޝްވަރު ސުލްތާނާ މަޑުމަޑުން ނަގާ އެނާގެެ ބޯ އަންވަރުގެ ކޮޑު ގައި ޖައްސާ ބެންދުމަށް ފަހު. ބޭސް ދީފާ އެނެއްކާވެސް ބާއްވައިފިއެވެ. އަދި ކޯލާވަޓަރުން ތުނި ފޮތި ކޮޅެއް ތެންމައިގެން ނިއްކުރީގައި އަޅަން ފަށައިފިއެވެ މުޅި ރޭގަޑު ހަތަރު ދަން ވަންދެން ގެއްލިފައި އޮތުމަށް ފަހު އިރުގެ އަލިކަން އޭގެ ދޯދިތައް ސިއްރު ސިއްރުން އެކޮޓަރީގެ ތެރެއަށް ފޮނުވިއިރުވެސް އަންވަރު އިނީ ކިޝްވަރު ސުލްތާނާ ގެ މިލާފައިވާ މޫނާ ދިމާއަށް ކަޅި ހުއްޓާލައިގެން ނެވެ.އުއްމީދާއި ހިތާމަ އެކުލެވިފައިވާ ހާލެއްގައެވެ. ކިޝްވަރުތޯއެވެ.ކުރިއެކޭ ވެސް އެއްފަދައިން ހޭނެތިފާ ގޮތަށް އެބައޮތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

މަޖުބޫރުން ވެވުނު ލޯބި 5

Next

ކަލާގެ ހައްގުގައި ތިންވަނަބައި(އެންމެން ސިއްސުވާލި ކައިވެނި)

Next
January 26, 2025

ކަލާގެ ހައްގުގައި ތިންވަނަބައި(އެންމެން ސިއްސުވާލި ކައިވެނި)

Previews
January 26, 2025

މަޖުބޫރުން ވެވުނު ލޯބި 5

3 Comments!

  1. cutie girl says:
    January 26, 2025 at 2:25 pm

    mi part ves v reethi masha allah
    curiously waiting for next part
    keep it up
    i appreciate your hard work

    1. Anonymous says:
      January 26, 2025 at 8:08 pm

      in shaa allah next part v avaheh annaane vaahaka dhannavaalann

    2. blackshadow eddie areenadam says:
      January 27, 2025 at 5:09 am

      އިރާދަ ކުރެއްވިއްޖިޔާ ވަރަށް އަވަހަށް 3 ވަނަ ޕާރޓް ރިލީޒް ވެގެން ދާނެ ވާހަކަ ދަންނަވާލަން .
      ވާހަކަ ކަމުދާނެ ކަމަށް އުއްމީދު ކުރަން

Comments are closed.

Next Episodeފަންވަރު 03←


All Right Reserved!